އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް ރިޔާސީ އިންތިޚާބަކަށް އަލުން ކުރިމަތިލާން. ސާފުސާދާ އަޣްލަބިއްޔަތެއް އަޅުގަނޑުމެން ހޯދާނަން - ރައީސް
29 ޖުލައި 2010
- ރާމިޒް -
ރިޔާސީ އިންތިޚާބަކަށް އަލުން ކުރިމަތިލައްވަން ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވި ކަމަށާއި، އެފަދަ އިންތިޚާބެއްގައި ސާފުސާދާ އަޣްލަބިއްޔަތު ލިބިވަޑައިގަންނަވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޤާނޫނު އަސާސީއަށް އެމްޑީޕީ އިން ގެންނަން ބޭނުންވާ ބަދަލުތައް ގެންނަން ޑީއާރުޕީ އިން ތައްޔާރަށް އޮތްނަމަ އެމަނިކުފާނު ހުންނެވީ މިހާރުން މިހާރަށް ވެސް އިންތިޚާބަކާ ކުރިމަތިލައްވަން ތައްޔާރަށް ކަމަށެވެ. މިގޮތުން ޤާނޫން އަސާސީއަށް އެމްޑީޕީ އިން ގެންނަން ބޭނުންވާ ދެތިން އިސްލާހެއް އެބައޮތް ކަމަށާއި، އޭގެތެރެއިން ފުރަތަމަ ކަމަކީ ފުރިހަމަ ރިޔާސީ ނިޒާމަކަށް މަގުފަހިވާނޭހެން ޤާނޫން އަސާސީ ބައްޓަންކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ފުރިހަމަ ރިޔާސީ ނިޒާމެއްގައި އަމަލުކުރާ ގޮތަށް ޤާނޫނު އަސާސީއަށް ދެތިން އިސްލާޙް ގެނައުމަށްފަހު އިންތިޚާބަކާ ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް، ރިޔާސީ އިންތިޚާބަކަށް އަލުން ކުރިމަތިލާން. ސާފުސާދާ އަޣްލަބިއްޔަތެއް އަޅުގަނޑުމެން ހޯދާނަން. އިންތިޚާބަކަށް އަޅުގަނޑުމެން ނުކުމެ، ހަމަހަމަ ގޮތުގައި މިކަން ހިންގުމަށް އަޅުގަނޑުމެން ބުނީމާ، ޤާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ބައެއް ކުދިކުދި އިސްލާޙް ގެނައުމަށް، ޑީއާރުޕީ އިން އެއްބަސްވާކަމަށް ވަންޏާ، އަޅުގަނޑުމެން މިތިބީ އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެން ތިބެންޖެހޭނީ އިންތިޚާބަކަށް ދިއުމަށް ތައްޔާރަށް” ރައީސް ނަޝީދު ރޭ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފަނޑިޔާރުން ދާއިމީކުރުމުގެ މައްސަލައަށް ވެސް ބައްލަވާލެއްވިއެވެ. އެގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ފުރިހަމަކުރަންޖެހެ ކަންތައްތައް ފުރިހަމަކުރެވިފައިނުވާ ކަމަށާއި، އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު އިންތިޤާލީ މަރުހަލާ ނިމޭއިރު، ފަނޑިޔާރުން ދާއިމީކުރުމާއި ފަނޑިޔާރުންގެ ޝަރުޠުކަނޑައެޅުން ފަދަ މުހިއްމުކަންތައްތައް ނުނިމިވާކަން ރައީސް ފާހަގަކުރެއްވިއެވެ.











ގަބޫލު ކުރަންޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބައޮތެވެ. މިގައުމަށް ކުރިމަތިވެގެން މިއުޅެނީ ޖުމުލަ ގޮތެއްގައި 3 މައްސަލައެކެވެ. ފުރަތަމަ މައްސަލައަކީ އެއްބަޔަކަށް ވެރިކަން ނުލިބުމެވެ. ދެވަނަ މައްސަލައަކީ ގައުމުގައި ތިބި އަފޫރުއްބަ ޚިޔާނާތްތެރިން އަޑީގައި ތިބެ ގައުމު ފިތުނަވެރި ކުރުވުމެވެ. ތިންވަނަ މައްސަލައަކީ ދުސްތޫރީ ފުށުއެރުމުގެ މައްސަލައެވެ. ޙަގީގަތުގައި މިރާއްޖޭގައި ޤާނޫނީ ގޮތުން އެކަމުގެ ފުރިހަމަ އިލްމުލިބިފައިވާ ހުނަރުވެރިން ވެސް މަދެވެ. އެކަމުގެ ނަތީޖާ މިއަދު ރާއްޖޭގެ ޤާނުނު އަސާސީ ތަންފީޒް ވަމުންދާ އިރު، މިހިރަދަނީ ފެންނަމުންނެވެ. ދައުލަތުގެ ޤާނޫނީ ބާރުތައް ހިންގުމުގައި ޤާނޫނީ ގޮތުން ގިނަގުނަ ފުށުއެރުންތަކެއް އެބަ ފެންމަތިވެއެވެ. މިގޮތަށް ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ ޤާނުނުތައް ފަރުމާކުރުމުގެ ފައްނާނުން މަޖިލީހުގައި ނެތި ޤާނޫނު އަސާސީ ފަރުމާކުރުމުގެ ސަބަބުން، ޤާނޫނުތަކުން އަދާކުރަންޖެހޭ ހިލްމުވެރި ދައުރު ކިލަނބުވެ ދުސްތޫރީ އަމާޒްގެއްލި އިންތިގާލީ މަރުޙަލާގެ މުހިއްމު މަގުޞަދު ފުނޑުފުނޑުވެ ޤާނޫނީ ބައެއް މާއްދާތަކުގެ މަފްޙޫމްތަކުގައި ބަރުލަމާނީ ސިފަޖެހި އަނެއްބައި މާއްދާތަކުގައި ރިޔާސީ ކުލަޖެހި މުޅި ޤާނޫނު އަސާސީ ކިލަނބުވެ އޮތުމެވެ. މިހެންވީ ކީއްވެހެއްޔެވެ؟ ސަބަބަކީ އިބްރާހީމް އިސްމާޢީލް ފަދަ މަދު ބޭފުޅަކު ފިޔަވައި އެއިރުވެސް ޤާނޫނީ ޢިލްމުވެރިކަމާއި، ޙިލްމުހުރި ބޭބޭފުޅުން މަޖިލީހުގައި ނެތުމެވެ. ޙަގީގަތުގައި ވަރަށް ގިނަގުނަ ޤާނޫނީ މަސްދަރު ތަކުގެ އިލްމުނެތި ޤާނޫނުތައް ފަރުމާ ނުކުރެވޭނެއެވެ. މިސާލަކަށް ޤާނޫނުތަކުގެ މައްޗަށް ބަހުސްކުރުމުގެ އިލްމާއި ޤާނޫނުތައް ފަރުމާކުރުމުގެ އިލްމަކީ މުޅިން ދެއިލްމެކެވެ. އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންޓަނަށް ފަހު އެމެރިކާގެ 4 ވަނަ ރައީސް މިސްޓަރ ޖޭމުސް މެޑިސަން އެމެރިކާގެ ޤާނޫނުތައް އަލުން ފަރުމާ ކުރެއްވިއެވެ. އެއީ ޤާނޫނު ފަރުމާކުރުމުގެ މާހިރެކެވެ. އީޔޫއިން ރާއްޖެއަށް ފަރުމާކޮށް ދިން ނަމޫނާ ޤާނޫނު އަސާސީ ނަކަލަކަށް ބަލާ މިރާއްޖޭގެ ޤާނޫނު އަސާސީ ފަރުމާކުރި ނަމަ، މިއަދު މިހެންނުވީހެވެ’
ޙަގީގަތުގައި ޤާނޫނުތައް ފަރުމާކުރެވޭނީ ޤާނޫނީ ޙައްޤުގެ އިލްމުގެ މުހިއްމު މަބާދީތަކާއި އެއިލްމުގެ ފުރިހަމަ ރިސާޗް ތިއަރީތަކާއި، ދުސްތޫރީ އިލްމުގެ ޤާނޫނާއި ސިޔާސީ ތަންޒީމުތަކުގެ ޤާނޫނާއި އިދާރީ ޤާނޫނުތަކާއި އިދާރީ ޝަރީޢަތްތަކާއި، ޢާއްމު އިދާރީ ހިންގުންތަކުގެ ޤާނޫނާއި ބައިނަލްއަޤްވާމީ ތަންޒީމުތަކާއިބެހޭ، ޤާނޫނާއި ޢާންމު ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚާއްސަ ޓްރިބިއުނަލް ކޯޑްތައް ހިމެނޭ ބައިނަލް އަޤްވާމީ ޤާނޫނުތަކާއި، ގުލޯބަލް ރިކޮގްނައިޒްޑް ޤާނޫނުގެ ތާރީޚުތަކާއި، ބައިނަލް އަގުވާމީކަނޑުގެ ޤާނޫނުތަކާއި. މިޒަމާނުގައި ކަނޑު މަގުންކުރާ ވިޔަފާރީގެ މޮޑެން ޤާނޫނުތަކާއި، ކުށްތަކުގެ މައްޗަށް ރިޢާޔަތް ކުރުމުގެ ފޮރެންސިކް ހުނަރުހުރި ޢުޤޫބާތުގެ ޢިލްމާއިބެހޭ ޤާނޫނުތަކާއި ސްޓޭޓަސް ޖިނާއީ ޢާއްމު ޤާނޫނުތަކާއި ޖިނާއީޚާއްސަ ޤާނޫނުތަކާއި ކޮންޓްރެކްޓްތަކާބެހޭ، ޤާނޫނާއި ސޯޝަލް ޤާނޫނާއި ބިޒްނަސް ޤާނޫނުތަކާއި ކުންފުނިތަކުގެ އާއްމުޤާނޫނާއި، ބައިނަލް އަގުވާމީ ވަޒީފާގެ ޤާނޫނާއި ޖިނާއީ އިޖްރާއާތު ތަކާބެހޭ، ޤާނޫނުތަކާއި މަދަނީ އިޖްރާއާތާއި ތަންފީޒު ކުރުންތަކާބެހޭ، ޤާނޫނުތަކާއި ޝަޚްސީ އަދި މަރުކަޒީ ޤާނޫނާއި ޢާއިލާއާބެހޭ، ޤާނޫނުތަކާއި، އިޤްތިސާދާއި ކޯޕަރޭޓިވް ލޯ، ޤާނުނުތަކާއި ބައިނަލް އަޤްވާމީ ވިޔަފާރިއާއިބެހޭ، ޤާނޫނުތަކާއި ސިޔާސީ އަދި އިޤްތިސާދީ ޤާނޫނުތަކާއި، ދައުލަތުގެ މާލިއްޔާތާއިބެހޭ ޤާނޫނުތަކާއި، ޓެކްސްއާއިބެހޭ ޤާނޫނުތަކާއި އިންސާނީ އާއްމު ބޭނުންތަކާއި ގުޅުންހުރި ބައިނަލް އަގުވާމީ ކޮވެނަންޓް ތިއަރީތަކުގެ އިލްމުނެތި ޤާނޫނީ މާއްދާތައް ފަރުމާ ނުކުރެވޭނެއެވެ. ހަގީގަތުގައި ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކިލަނބުވީ މަތީގައި ނަންގަނެވުނު ޤާނޫނީ އިލްމުނެތި ޤާނޫނު އަސާސީ ފަރުމާކުރުމެވެ. ބައްލަވާށެވެ’ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެކަށައެޅުނު ޤާނޫނުލް ޢުޤޫބާތުގެ އަސްލަކަށް ބަލާފައި އޮތީ އިންޑިއާގެ މުސްކުޅި ޤާނޫނުލް އުޤޫބާތުގެ ޕީނަލްކޯޑުގެ އަސްލެވެ. އެކަމުގެ އަސަރު އަދިވެސް ކެނޑިގެން ނުދެއެވެ.
ތެދެކެވެ’ ތިމާމެން އެއުރެންނަށް ޢަދުލު އިންޞާފުގެ ތަރާދަކީ، ވަކިފަރާތަކަށް ނުޖެހޭ ހަމަހަމަ އެއްޗެއްކަން އަންގައި ދިނުމަކީ ތިމާމެންގެ އެންމެ ފުރަތަމަ ދީނީ އަދި ގައުމީ ވާޖިބުކަމުގައި ދެކި، އެކަމުގެ ވަރުގަދަ ޢަޒުމު ހިތުގައި ބިންވަޅު ނަގަންވާނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަންކުރެވޭނީ އުފެދުމުގައި އަމާނާތް ތެރިކަމުގެ ސިފަ ގުދުރަތުން ލިބުނު ބަޔަކަށެވެ. ރިޝްވަތް ހޯދުމަށް ތިމާގެ ދެއަތް ދިއްކުރުމުގެ އާދަ ކަށީގައި ހިފާފައި ތިބި ބަޔަކަށް ޝުރާގެ މަތިވެރި އުސޫލުން އަދުލު އިންސާފް ގާއިމުކުރެވޭނެ ހެއްޔެވެ؟
Comment by Mahir/Huludu — Thursday, July 29, 2010 @ 11:51 am
ރައީސް ނަޝީދު އިންތިޚާބުގެ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކުވެސް އެވާހަކަ ދައްކަވާފައިވަނީ ވަރަށް ބޮޑުކަމެއް އެމަނިކުފާނު ބޭނުންވެގެން ރައްޔިތުން އޮޅުވާލުމަށްޓަކައި. އެކަމެއް އެމަނިކުފާނަށް ހާޞިލްވުމުން އެއީ ނުބުނާ ވާހަކައެއް ކަމަށާއި ކޮންމެވެސް މީހަކު ޕްރެޝަރކޮށްގެން ބުނި އެއްޗެއްގައިކަމަށް ބުނެ އެކަމާރެކޭނެ. ޔަހޫދީން ފާހަގަވާ ދެތިން ސިފައެއްވާނެ. އޭގެތެރޭގައި ވަޢުދެއްކޮށްފިއްޔާ އެއަށް ހިޔާނާތްތެރިވާނެ. ނަޝީދު ދައްކާ އެއްވެސް ގަބޫލުކރާކަށްނުވާނެ. ތީ އަނެއްކާ ހަމަހޭގައި ހުރެގެން ދެއްކި ވާހަކައެއްބާ.
Comment by ތިނަދޫ މީހެއް — Thursday, July 29, 2010 @ 12:07 pm
ތިކަން ހިހެންކުރާކަށްނުފެނޭ
Comment by jallle — Thursday, July 29, 2010 @ 1:03 pm
ވޭތުވެދިޔަ ތިރީސް އަހަރުވެސް އަޅުގަޑުދުށީން. ދެން އެދުވަހަށްދާކަށެއް ޔަޤީނުންވެސް ބޭނުމެއްނޫން. ރައީސް ނަޝީދަކީ ރައްޔިތުންނަށްހެޔޮއެދިވަޑައިގަންނަވާ ރަގަޅު ރައީސެއް.
ޔަޤީނުންވެސް އިދިކޮޅު ޕާޓިގެތެރެޔަކުނެތް ފަތިފުށް ރަގަޅު ސާފު ތާހިރު އެކަކުވެސް. ވީމާ އެމީހުނަކަށްސަޕޯޓެއްނުކުރެވޭނެ.
Comment by މާލޭމުހަންމާދީ — Thursday, July 29, 2010 @ 3:41 pm