މަތި ދެކުނު ޕްރޮވިންސްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުވައިދިނުމަށްޓަކައި އެމެރިކާގެ ޔޫ.އީ.އެމް. ކުންފުންޏާއެކު އެގްރީމަންޓްގައި ސޮއިކުރައްވައިފި
28 ޖުލައި 2010
މަތި ދެކުނު ޕްރޮވިންސްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެމެރިކާގެ ޔޫ.އީ.އެމް. ގްރޫޕާއި އަޕަރ ސައުތު ޔޫޓިލިޓީޒް ލިމިޓެޑާ ދެމެދު މިއަދު އެގްރީމެންޓެއްގައި ސޮއި ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، އަޕަރ ސައުތު ޔޫޓިލިޓީޒް ލިމިޓެޑްގެ ފަރާތުން މި އެގްރީމެންޓްގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙަންމަދެވެ. ޔޫ.އީ.އެމް. ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ރައީސް މިސްޓަރ ކްރިޝްނަން ޝެޓްރީއެވެ.
މި އެގްރީމެންޓްގެ ދަށުން، ޔޫ.އީ.އެމް. ގްރޫޕުން 30 މަސް ދުވަހުގެ ތެރޭގައި، މަތި ދެކުނު ޕްރޮވިންސްގެ 15 ރަށެއްގައި ނަރުދަމާއާއި، 17 ރަށުގައި ފެނުގެ ނިޒާމް ޤާއިމްކޮށްދޭނެއެވެ. ޔޫ.އީ.އެމް. ގްރޫޕަކީ އެމެރިކާގެ ފްލޮރިޑާގައި ޤާއިމް ކުރެވިފައިވާ ފެނާއި، ނަރުދަމާއާއި، ވޭސްޓް ވޯޓަރ ޓްރީޓްމެންޓް އަދި ވޭސްޓް ވޯޓަރ ޑިސްޕޯސަލްގެ ޚިދުމަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުވައިދޭ ކުންފުންޏެކެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި، އަޕަރ ސައުތު ޔޫޓިލިޓީޒް ލިމިޓެޑްގެ ޗެއަރމަން އަޙްމަދު ޝަރީފް ނަފީސް ދެއްކެވި ވާހަކައިގައި، މި މަޝްރޫޢުގެ ސަބަބުން، އެ ޕްރޮވިންސްގައި ވަޒީފާގެ އިތުރު ފުރުޞަތު އުފެދި، އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން އިތުރު ކުރިއެރުން ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.











މިސަރުކާރަކީ އެގްރިމެންޓްތަކުގައި ސޮއިކުރާ ކަންދައްކާ ސަރުކާރެއް. އެއްވެސް ޢަމަލީ ސިފައެއް ނުޖެހޭނެ. މިސާލަކަށް ތިމަރަފުށީ އެއަރޕޯޓް ހެދުމަށްކަމަށްބުނެ އެގްރިމެންޓްތަކުގައި ސޮއިކުރި ދެވަނަފަހަރުމީ. އަމަލީ ސިފައެއްނުފެނޭ. މުޅިންވެސް ސޮއިކުރުން އޮންނަނީ. ކަމެއްކުރެވުނަސް މިކުރެވެނީ ކުރީ ސަރުކާރުން ފަންޑުހޯދާ ހުރިހާ ބުރަކަމަކުން ނިމުމުން ދެން ބާކީހުރި ބައިކުރާ ފުރިހަމަކުރާ ތަން. ކާޅު ހާލިހެދީމަ ކޮވެލި ބިސްއަޅާ އުޞޫލުން. ގަބޫލުކުރިއަސް ނުކުރިއަސް ހަގީގަތަކީ މިއީ.
Comment by ތިނަދޫ މީހެއް — Thursday, July 29, 2010 @ 9:38 am
ޑިމޮކްރަސީގެ ވާދަވެރި ރޫޙާއި އެއްގޮތައް މުޖުތަމަޢުގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޤާނޫނީ ގޮތުން ރައްޔިތުންނަށް ލިބިފައި އޮތުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަމުގެ ހައްޤު އިންތަކުން އެއްވެސް ބަޔަކު އެއްކިބާވުމެއް ނޫނެވެ. ނުވަތަ އިބްލީހުގެ ފޭރާމުން އެއްވެސް ފަރުދަކު ޖަރީވުމެއްނޫނެވެ. ކޮންމެ ސަރުކާރެއްގެ ވެސް އެންމެ ބޮޑު ޤާނޫނީ މަސްޢޫލިއްޔަތަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ. އެހެންކަމުން މުޖުތަމަޢުގެ ކަންކަމުގެ މައްޗަށް ފާޑުކިޔާއިރު، ފަރުދީ މަސްލަހަތު ހިމާޔަކޮށް ގައުމީ އެންމެ މަތީ މަސްލަހަތު ދެމެހެއްޓުމަށް ޢަޒުމު ކަނޑައަޅާށެވެ’ މިނަޒަރުން ބަލާއިރު، ވަކިން ޙާއްސަކޮށް، މުޖުތަމަޢުގެ މަސްޢޫލިއްޔަތާއި ހަވާލުވެތިބި ތަޢުލީމީ ފަރާތްތަކުން ފާޑުކިއުމުގެ މައްޗަށް ރައްކާތެރިވާން ޖެހެއެވެ. ހަޤީގަތުގައި ބިނާކުރަނިވި އުސޫލުން ސަރުކާރު ހިންގުމުގެ މައިގަނޑު ސިޔާސަތުގެ މައްޗަށް ފާޑުކިއުމަކީ، ސިޔާސީ ނަޒަރަކުން ވިސްނާއިރު، ދައުލަތް ހިންގުމުގެ ސިޔާސަތު ހަރުދަނާވެ ވެރިކަމުގެ ޙުކޫމަތު ހަރުދަނާވުމެވެ. އެހެންމެ އިސްލާމީ މުޖުތަމަޢެއްގައި ފިޠުރީ ހަމަތަކުގެ މައްޗަށް ތަވާޒުނުވެ ދީނުގެ އަސްލުތައް ކިނލަބުނުވާ ޙާލުގައި ތިބެ އެބައެއްގެ ވެރިކަމާއި އަދި ސުލަޙަވެރި އަދި އިންސާނީ ފިކުރިއްޔާތާއި ގުޅުންހުރި ވެރިކަން ހިންގުމުގެ ޤާނޫނީ ބާރުތައް ސައްޙަ ކުރުމުގެ ނިޔަތުގައި ބިނާކުރަނިވި އުސޫލުން ސަރުކާރަށް ފާޑުކިއުމަކީ، މުޖުތަމަޢުގެ ކަންކަން އިސްލާޙުވުމުގެ މައްޗަށް އޮތް ވަރަށް މުހިއްމު އަސާސީ ރުކުނެކެވެ. އެއީ މުޖުތަމަޢު ފިތުނަވެރި ކުރުވާ ސިޔާސީ ބަހާއަކަށް ނަހަދާށެވެ’ ފާޑުކިއުމަކީ، މުޖުތަމަޢުގެ އެންމެހާ ކަންކަން އިސްލާޙް ވުމުގެ މައްޗަށް އޮތް މިފަދަ މުހިއްމު އަސާސީ ޤައުމީ ރުކުނަކަށް ވީހިނދު، ސިޔާސީ ގޮތުން ފާޑުކިއުމުގެ ހަމަތަކާއި ލަމަތައް ދޫކޮށް، އެއްވެސް ބަޔަކު ތިމާމެންގެ އަމިއްލަ ޒާތީ މަސްލަޙަތް ހިމާޔަށް ކުރުމުގެ ނިޔަތުގައި ނުވަތަ ތިމާމެންގެ އަތުންވެރިކަން ޤާނޫނީ ހަމަތަކުގެ މަތިން ބަދަލު ވެއްޖެކަން އެނގޭހާލު ވެސް ނުވަތަ ވެރިކަމުގެ ދަހިވެތިކަމުގައި ސަރުކާރަށް ފާޑުކިއުމީ މުޅިއުއްމަތް ފަސާދަކޮށް ލުމެވެ.
Comment by Mahir/Huludu — Thursday, July 29, 2010 @ 12:15 pm