ފުވައްމުލަކުގައި ހުންނަ އެމްޑީޕީ އޮފީހުގެ ދިދައިގައި ބަޔަކު ރޭ އަލިފާން ރޯކޮށްލައިފި
28 ޖުލައި 2010
ފުވައްމުލަކުގައި ހުންނަ އެމްޑީޕީ އޮފީހުގެ ދިދައިގައި ބަޔަކު ރޭ އަލިފާން ރޯކޮށްލައި އަންދާލައިފިއެވެ. މިކަން ހިންގާފައިވަނީ ރޭ އެއޮފީހުގައި މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އެއްވުމެއް ނިންމާފައި އެމްޑީޕީގެ މެންބަރުންނާއި އެޕާޓީއަށް ތާޢީދުކުރާ ފަރާތްތައް ގެއަށް ދިޔަ ފަހުންނެވެ.
އެއޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފަކު މިއަދު ވިދާޅުވީ ރޭވަރަށް ދަންވަންދެން އޮފީހުގައި މީހުން ތިބި ކަމަށާއި، އެއޮފީހުގެ ދިދައިގައި އަލިފާން ރޯކޮށްލާފައިވަނީ އޭގެފަހުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށާއި އެބަޔަކު އޮފީހުގައި ވެސް ރޯކޮށްލަން މަސައްކަތް ކޮށްފައިވާ ކަމުގެ ހެކިތައް ފެންނަން ހުރި ކަމަށެވެ. އަލިފާނުގެ މާބޮޑު ޙާދިސާއެއް ނުހިނގީ ރޭ ފުވައްމުލަކަށް ވިއްސާރަވުމުންކަމަށް ލަފާކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަވަނީ ތަޙުޤީޤް ކުރައްވަމުންނެވެ. މިމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުނުކުރާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި އެމްޑީޕީގެ އެއްވުމުގައި ޖުމްހޫރީ ޕާޓީ އާއި، ޑީއާރުޕީގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުން އެމްޑީޕީއަށް ސޮއިކޮށްފައިވާ ކަމަށް ފުވައްމުލަކު އެމްޑީޕީ އޮފީހުން މަޢުލޫމާތު ދެއެވެ.










ރޯކުރަނެއެވެ. އަދިމީހުން ކަތިވެސްލާނެއެވެ. ވެރިކަމާ ހަސްގަތީމަ ކޮންމެކަމެއްވެސް ކުރާނެއެވެ. ހިތުން އިދިކޮޅު މީހުން ހީކުރަނީ އެމްޑީޕީ މިހާރު އޮތި ނޭވާ ހޮލިޔައް އެޅިފަކަމުގައެވެ. އެކަމަކު ޙަޤީޤަތުގައި މިއަދު އެމްޑިޕީގެ ކުރިމަތީގައި އިދިކޮޅުމިހުންނަށް ހަކިވެސް ހިއްޕާ ނުލެވޭނެކަން މިހާރު އެމިހުންނަށްވެސް އެބައެނގެއެވެ. އެހެންވެ ރާޑިވެގެން އެއުޅެނީ ކުރާނެ ނުކުރާނެ ކަމެއްވެސް ނޭނގިގެންނެވެ.
އިރާދަކުރެއްވިއްޔާ އެމްޑީޕީއިން މިކުރާ މަސައްކަތުގައި ﷲ ބަރަކާތް ލައްވައި މިޤައުމުގެ ފަސާދަވެފައިވާ އަނިޔާވެރީންނާއި ކިޔާނާތްތެރި ވަގުންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށިއެވެ.
މައުމޫނީ ޚުރާފާތްތަކުން މިޤައުމު ސަލާމަތް ކުރައްވައި އަމާން ބަނދަރަކަށް މިޤައުމައިގެން ދިއުމުގެ ހެޔޮތައުފީޤު އަޅުގަނދުމެންނަށް ދެއްވާށިއެވެ. އާމީން! މިޤައުމުގެ ވެރީންނަށް ހެޔޮވިސްނުން ދެއްވައި ރައްޔަތުންނަށް ހާއުފާވެރިކަން މިންވަރު ކުރައްވާށިއެވެ.
Comment by funama — Wednesday, July 28, 2010 @ 2:53 pm
ދިދައެއް ރޯކޮށްލުމަކުން އެމްޑީ ޕީ ގެ ޢަޒުމަކަށް ގުޑުމެއް ނާރާނެއެވެ، މިއުޅޭ ހަތަރު ފަސް ވަގަކު ހައްޔަރުކޮށް ގަދަވެ ގަނެގެން އުޅޭ ދެތިން ހަތަރު ޤާޟީން ނަށް ފުރިހަމަ ޢަދަބު ދެވުނީމާ، ދެންތިބި ހާކާލި ބުރުވާލި ބައިގަޑު ގެއްލިދާނެ، ދެން ކިޔާނީ ނަޝީދު (އަންނި) ވަރުގެ ރަގަޅު މީހަކު މިޤައުމުގެ ވެރިކަމަކަށް ނާދެއެވެ، އެދުވަސް ދެން މާ ލަސް ވެދާނެ ކަމަކަށް ނުފެނޭ،
Comment by ahmed — Wednesday, July 28, 2010 @ 4:07 pm
އެތިބީ ވެރިކަމާހެދި މޮޔަވެފައެވެ. ވެރިކަމުންބޭލީމާވެސް ދައްކަނީ ވެރިކަމަށްއަރާވާހަކައެވެ. ވެރިކަންވައްޓާލާވާހަކައެވެ.ވެރިކަންކުރާހިތޫންނެވެ. ދެންކިޔަނީ އިސްތިއުފާދޭށޭ، އަހަރެމެން މިތިބީ ވެރިކަންކުރާށޭ، ބަލަގަ ތިރީސްއަހަރު ވެރިކަންކުރެވުނީމަވެސް ނުފުދެނީތަ؟ ކިތައްމެ ކުރާހިތްވިޔަސް ފަސްއަހަރުވަންދެން ކެތްކޮށްބަލަ!
Comment by ABDUL RAZZAG — Wednesday, July 28, 2010 @ 10:58 pm
މިސަރުކާރުގައި ތިބ ވަގުންނާއި ހިޔާނާތްތެރިންނާއި ރިޝްވަތުދޭ މީހުންނާއި ރިޝްވަތު ހިފާ މީހުން މަދީތޯއެވެ. އެމީހުންގެ ކިބައިން މިގައުމު ސަލާމަތްކުރުމަކީ ނެތް ކަމެއްތޯއެވެ. އިންތިޚާބުތަކުގައި ތިބުނާ ރިޝްވަތުގެ ކަންކަން ފެނިގެންދާނެ. ދާއްޔާ ނާޒިމާއި ޤަސަމު މިނިމިދިޔަ އިންތިޚާބުގައި ވޯޓު ހޯދުމަށް ފައިސާ ޚަރަދުކުރިވަރު އެގޭނީ އެދެމީހުންނަށް އެކަންޏެވެ. މިއީ ރިޝްވަތު ނޫން ދެންކޮންއެއްޗެއް ހެއްޔެވެ. ހުރިހާވެސް މައްސަލައަކީ މިސަރުކާރުން މިސަރުކާރުގެ ވެރިން ތިމާގެ ދަރި ތިމާއަށް ދޮންފުތުވާ އުސޫލުން ހުރުމެވެ.
Comment by ތިނަދޫ މީހެއް — Thursday, July 29, 2010 @ 8:29 am