މެންބަރުންގެ ޚިޔާލު: އަނެއްކާ އަނެއް ހަސަނު.!
ލިޔުނީ: ފުނަމާ
ހަސަނަކީ ދިވެހީންގެ ތެރޭގައި ވަރަށް ޢާންމު ނަމެކެވެ. އެތައްބައެއްގެ ލޯބިވާ ދަރިންނާއި، ބޭބެއިން، ކޮއްކޮއިން އަދި ކިއެއްތަ ފިރީންނަށްވެސް މިނަން ކިޔައެވެ.
ހަސަނަކީ ދިވެހީންގެ އިސްތިޤްލާލްއާއި މިނިވަންކަން ގެއްލި ތާރީޚުދުށް އެންމެ ދިގު މުއްދަތަކަށް ދިވެހީން އަޅުވެތިވެފައިވާ އަޅުވެތިކަމާވެސް ގުޅިފައިވާ ނަމެކެވެ. ދިވެހިންގެ ތާރީޚްބުނާ ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށަށް ދިވެހީން އެއްލާލި ނުލަފާ ޚާއިނަކީ 9 ވަނަ ހަސަން ރަސްގެފާނެވެ.
ދޮން ފަރަންޖީ އަންހެނަކާ ހަސްގަނެ އިސްލާމްދީން ދޫކޮށްލައި ރާއްޖެއިން ބޭރަށް ގޮސް އެމީހަކާ އިނދެ، ރާއްޖޭގެ ރައްޔިތުން މިހަސަނު ރަސްކަމުން އަޒަލްކުރުމުން ރާއްޖެ ޕޯޗުގީޒުންނަށް ވިއްކާލައި އެއުރެން ރާއްޖެ ހިފުމުގެ އަޑީގައި މަޑިއްޕައިގެން ހުރީ މިދެންނެވި ހަސަނެވެ. ދޮންފަރަންޖީއަކާ އަޅައިގަތުމުން ދީންދޫކޮށް ދިއުމާ ޤައުމު ވިއްކާލުމާ އޭގެސަބަބުން އެތަކެއް އަހަރަށް ދިވެހިން އަޅުވެތިވެގެން ދިޔަދިޔުމަކީ ދުވަހަކުވެސް ދިވެހީން ހަނދާން ނުނެތޭނެ އަދި އެކަމުގެ މެދުވެރިޔަކަށްވި ހަސަނަށް މާފުކުރާނެ ކަމެއްނޫނެވެ. އަދި ދިވެހި ތާރީޚްގެ މިއަނދިރި ސަފްހާތައް އަބަދުވެސް ކިޔެވި ކިޔެވި ދިވެހީންގެ ތެރޭގައި އޮންނާނެއެވެ.
ނަމަވެސް ހިތާމައަކީ މިފަދަކަންކަމުން ޢިބްރަތް ލިބިގަނެ މިފަދަ ކަންކަން ތަކުރާރު ވިޔަނުދިނުމަށް ސަމާލުވެ އަބަދުމެ ތިބޭންވާއިރު މާއަވަހަކަށް އެކަންކަން ހަނދާން ނައްތާލެވޭކަމެވެ. މިސާލަކަށް ދަންނަވާނަމަ މިއަދު ޕޯޗުގީޒުގެ ފުޓްބޯޅަ ޓީމަކީ ދިވެހީންގެ ގިނަބަޔަކު އެންމެ ސަޕޯޓުކުރާޓީމެވެ. އަނދިރި އަނދިރީންނޭ ބުނުމުން ރުޅިއަރާވަރަށްވުރެ ބޮޑަށް ކްރިސްޓިއާނޯ ރޮނާލްޑޯދެކެ ދިވެހި ގިނަބަޔަކު ލޯބިވެއެވެ. މިއީ ގިނަ ދިވެހީންގެ ކިބައިގައި ލައްވާފައިވާ މާފުކުރުމާ ހިތްހެޔޮކަމުގެ ދަލީލަކަށްވެސް ވެދާނެއެވެ.
އިސްލާމް ދީނަކީވެސް މާފުކުރުމާ ހިތްހެޔޮކަން އިސްކުރުމުގެ ދީނެވެ. ތިމާމެންނަށް އަނިޔާނުކުރާ ބަޔަކާމެދު ހިތްހެޔޮކޮށް އިންސާފުން ކަންކުރުމަކީ އެދީން އަޅުގަނޑުމެންނަށް ގަދައަޅައި ގޮވާލާފައިވާ ކަމެކެވެ. ބޭރުގެ މެހެމާނުންނަށް އަޅުގަނޑުމެން އަބަދުވެސް މަރުޙަބާ ކިޔައި އުޅެނީއަކީ އެމީހުންގެ ދީނެއް ބަލައިގެންނެއް ނޫނެވެ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް އޭގެ ސަބަބުން ދިވެހީންނަށް ތާރީފުލިބޭ ކަމެކެވެ.
ތާރީޚް އަބަދުވެސް އަނބުރާ އިއާދަވެޔޭ މުސްކުޅީން ބުނެއުޅޭ އަޑުއިވެއެވެ. އެހެން ކަމުން ކޮންމެ ކަމެއް ކުރާއިރުވެސް މާޒީގައި ދިވެހީން ދެކެފައިވާފަދަ ހިތްދަތި ދުވަސްތަކެއްގެ ތެރެއަށް ދިވެހީން ނުދާނޭ ގޮތުގެ މައްޗަށް ވިސްނާ ތިބުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އަދި މިފަދަ ކަންކަން ކުރިމަތި ކޮށްފާނެ މީހުންނަކީ ކޮބައިތޯ ބަލައި އެތެރެއިންނާއި ބޭރުންވެސް ބަލައި އަބަދު ސަމާލުވެ ނުތިބެވިއްޖެނަމަ ފަހަރެއްގައި ހީނުކުރާ ކަމަކުން މުޅިޢުމުރަށް ހިތާމަކުރާން ޖެހިދާނެއެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލިދިޔަ ކޮންމެ ފަހަރެއްގައިވެސް ދިވެހީންގެ ޚިޔާނާތްތެރީން މިކަމުގެ މޭސްތިރިންގެ ގޮތުގައި ތިބިކަންދަނެ ސަމާލުވާން ޖެހޭނެއެވެ. މިބުނި ވާހަކަޔަކީ ދިވެހީން އަބަދު ދިވެހީންނަށް ޝައްކުކޮށް ފާރަލަމުން ދުވާށެކޭ ނޫނެވެ. އެކަމަކު ޣާފިލްވެފައި ތިބެގެން ނުވާނެއެވެ.
މިއަދު ރާއްޖޭގެ ސިޔާސީ މަސްރަޚް ހޫނުކޮށް ވެރިކަން ވައްޓާލުމަށް ފާޅުގައި ބުނަމުން ބަޔަކު މަސައްކަތް ކުރަމުންދާއިރު އަދި، އެތަކެއްދުވަހު ވެރިކަމުގައި ބަގުޑިލައިގެން އުޅުނު އަނިޔާވެރި ވެރިޔަކު ވެރިކަމުން ބޭލުމުން މިކަން ހަޖަމު ނުކުރެވިގެން އުޅޭއިރު މީގެ ސަބަބުން ދިވެހީންނަށް ކުރިމަތިވެދާނެ ކަމަކާއިމެދު ވިސްނާ އަބަދުވެސް ތައްޔާރުވެ ލޯހުލުވައިގެން ތިބޭން ޖެހޭނެއެވެ.
މިސާލަކަށް ފަރަންޖީ ނޫނަސް ބޭރުގެ ދޮން އަންހެނަކާ އަޅައިގަނެ އިނދެގެން އިސްލާމްދީން ދޫނުކުރިޔަސް މުރުތައްދުވުމުން އަދަބުދޭން ނުޖެހޭކަމުގައި ފޮތްލިޔެ މުރުތައްދުވުމަކީ މާބޮޑުކަމެއް ނޫންކަމުގައި ހަދަންއުޅޭ، އަދި މިވަޤުތު ދިވެހި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކުގެ ފައިދާ ނަގައިގެން ބޭރަށް ފުރަފުރައިގެންގޮސް ބޭރުޤައުމުތަކުގައި ދިވެހި ސަރުކާރަށް ޕްރެޝަރުކޮށް ވައްޓާލަދިނުމަށް އާދޭސްކުރާ މީހުން އުޅޭތަން ފެނުމަކީ މާބޮޑަށް މިކަމުގައި ދިވެހީން ސަމާލުވާން ޖެހޭނެކަމެއް ކަމުގައި ދެކެމެވެ. އަދި މިކަމުގައި އިސްކޮށް އުޅޭމީހާޔަކީ ކުރީން ދެންނެވި ސިފަތައް ހުރި މީހެއްގެ އިތުރުން ވެރިކަން ހޯދަންއުޅެ ނުލިބުމުގެ އިތުރުން ހަސަނެއް ކަމުގައިވާނަމަ މިއީ ދިވެހީން ވަރަށް ބޮޑަށް ވިސްނާންޖެހޭނެ ކަމެކެވެ. ދެވަނަ ފަހަރަށް އެކަހަލަ ހަސަނެއްގެ ނުބައި މަޅީގައި ދިވެހީން ޖެހިގެން ނުވާނެއެވެ.










މިހާރު މާލަސްވެއްޖެ ކައުންސިލް ކެމްޕޭން އވަސްކުރަންވީނޫންތޯ
Comment by Anonymous — Friday, July 30, 2010 @ 4:34 pm
ކޮންކެމްޕޭނެންތައް އެމްޑީޕީއައް ކުރެވޭނީ އެމްޑީޕީ ކުރިއަރާގެންދިޔައީމިޕާޓީއަކީވަކިބައެއްގެމިލްކެއް ނޫންކަމައް ބުނެ ރައްޔިތަކު އޮޅުވާލާގެން ވެރިކަމައް އެރުނީމާ މިބުނެލީ މީބަޔަކުމަސައްކައްކޮއްގެން ލިބުނު ވެރިކަމެއް ނޫނޭ އޮގަނައިޒުކުރެވިފައިވާ މަސައްކަތް ކަމައްވީތީ ކާމިޔާބުވީޔޭ.މިއީވަކިބަޔަކައް ފެނުނުގޮތް މިހެންވެ އަޅުގަޑުބުނީ ތިޔަކަންއެގިދާނީމަޖިލިސްކެންޕޭނުގާ (ފަންސަވީސްއާ ތިރީސްއާދެ) މެދުގެއަދަދެއްލިބިދާނޭ ބުނުމުން ވާހަކައަކީ ވާހަކައަކީ ބުނަނީކަލޭހޭގޮޑިބަހަނީ އަޅުގަޑުބުނީންދެކެންތިބޭށޭ އެއައްވުރެންގިނަވޭތޯ ކިހިނެއް ތަވީ ކައުންސިލް އެވަރުވެސްނުވާނެ
Comment by IBRAHIMDIDI — Sunday, August 22, 2010 @ 12:35 pm
ވަގުންނައް ވީކަމުގާވިއަސް އެމީހުންވެސްދަނޭ އަދި ފާހަގަކުރޭ އެމީހުން ކާރީގާ އުޅޭމީހުން އެވަރުވެސްނޭގޭނު ނުވިސްނޭމީހަކު އަހަރުމެންވެރި އަކައް މިލެވުނީ އަވަހައް އިސްތިއުފާދީ ވެރިކަމުންފާބާ އަވަހައްފާބާ
Comment by IBRAHIMDIDI — Wednesday, August 25, 2010 @ 7:16 pm
ހީނުކުރައްޗޭ މިގައުމަކީ އެމްޑީޕީގެސަޕޯޓަރުންގެއެކަނި މިލްކެއްކަމަށް ތިމަންނާމެން ބޭނުން މީހަކައް ބޭނުންކަމެއް ކުރެވޭނެކަމައް ކޮބާލަދު ކޮބާއިހައްދުވަހުހައްޔަރުކުރިމީހު ން ކެއްނުކުރެވިގެން އަލިފާނައް ގޮވަމުން ޖެހުނީ ދޫކޮއްލާން ކޮބާލަދު؟؟ ދެންފެންނާނީ ރައީސް ނަށީދު އަންނީ ކަލޭމެންދޫކޮފާ އިސްތިއުފާދީ ފިލާތަން އެކަން މިހާރު ދުރެއްގާނުވޭ.
Comment by IBRAHIMDIDI — Friday, August 27, 2010 @ 9:34 pm
ވަރަށްއަސަރުކުރާނެ ، މިޕާޓީގެކަންކަންވެގެންދާގޮތް ފުރިހަމަވީމާ ، ތިމެން ކިތަންމެވަރަކަށް މަސައްކަތެއްކުރިޔަސް ވެރިކަން ލިބެނީ ވަކިފަރާތަކުންކަން ހަދާނަށް ނުގެނަސް ވާހަކދައްކާތި ހިތާމަކުރަން ، ރައްޔިތުންގެ ތާއިދުކުރިގޮތް އެއްމެފަހުން ބޭއްވި ރިޔާސީވޯޓުންލިބުނު ނަތީޖާއަށްބަލާލީމާ ވަރަށްރީއްޗަށްފެންނާނެ ، ކާރީގަމަސައްކަތްކޮށްފާ އެއްމެފަހުވަގުތު ނުބައިމަގަކުންދެވުނީމާ ކީއްތޯކުރާނީ ، ކުއްލިޔަކަށް ނިދީގެއޮއްވާ ފެނުނީ
އެއްމެރަގަޅުވާނީ ދެންއަވަހަށް ރައީސުނަށީދަށް ފުރުސަތެއްނުދީ އަވަހަށް އޭނާވެރިކަމުން ވައްޓާލަން ، =އަސްތާ -
Comment by abdul sattar — Saturday, August 28, 2010 @ 1:37 pm
ތިއަބުނަނީ ކޮން ވާހަކައެއްތަ މާކަނާ ސަރުކާރެއް ނެތީ އެއްނޫންތައް ތިޔަހެންވީޔާ ބަސްނުވިކޭ ނަމަ ސަރުކާރަކައް ނުވޭނޫންތައް ބިންހިމަ؟ އެހެންނޫންތަ ވާނީ މާކުރީން މާދިގުއަތެއް ހަދާގެން އަތްފޯރާފަށައް ހުރިހާކަމެއް ގެންނާން ތިޔަނިކުތީ ބިންހިމަގަހަކަށް އަރާގެން ދެންކިހިނެއްއަތްފޯރާނީ ދެންއޮތީ ވީހާވެސްއަވަހައް ފޭބޭތޯ މަސައްކަތްކުރުން އަވަހައް އެކަންކުރޭ.
Comment by IBRAHIMDIDI — Sunday, August 29, 2010 @ 2:08 am
ކޮންކަމެއްކުރެވިގެންތަތިއުޅެނީ؟ ކާބޯތަކެތި އަތްނުފޯރާގެން އަގުއުޅޭ މަތިކަމުން ތިރިކުރަން މިއެރީ ބިންހިމަ ގަހަކަށް އެރީމާ ވެސް އައްނުފޯރި މާކުރުވީ ދެންމިބުނާ އަތްފޯރާތޯ މަސަކައްކުރާތާ ދެއަހަރުވީނޫންތައް؟ މައުމޫނުހެދިގޮތައް ތިމަންނާމެންކާރީގާ އުޅޭ ދޮގުހަދާ މީސްމީހުންގެ މަސްކާ މަދު ބަޔަކައް ކަންތަށް ކޮއްދެވެނީ.ރެއާދުވާލު ހަބިލިޔަނާ ބާރަބިލިޔަން ރުފިޔާލިބޭ ގައުމެއްކޭމިއީ. މިތާގާތިބީ ތިންލަށްކަހަމަނުވާމީހުން ވީއިރުދެންކޮންކަމެއްކުރެވިގެން ހޯބޯލައްވަމުންތިދުވަނީ އަހަރެމެން މިތިބީ ކަލޭމެންގެ ތެރޭގާ ތިބެގެން އޭކާކު މީކާކު ރަގަޅައް ދަސްކޮއްގެން ބަލަގަ އަހަރެމެންވެސްމިނިކުއްނަނީ ދެކޮޅައް ހޮހޮހޯ ދެންވަގުތުފާއިތުވެއްޖެ. ކުރާކައް ކަމެއްނެއް
Comment by IBRAHIMDIDI — Monday, August 30, 2010 @ 12:28 pm
ތިއައީނުކުޅެދޭމީހުންގެ އާދަކާދަ ހުންނަގޮތޭ މީހަކުއްޗެއް ބުނާއިރައް ދެންބުނާނެ އެއްޗެއްނެތީމާ ބުނާބަސް ހަސަނައް ހީވާނެ އަބަދުވެސް ކެއުގަޑުކަޑާހެން
Comment by IBRAHIMDIDI — Tuesday, September 7, 2010 @ 3:26 am