Maldivian Democratic Party » ރައީސް ނަޝީދު މިރޭ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާނެ
dhaaira2010

Wednesday, July 28, 2010

ރައީސް ނަޝީދު މިރޭ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާނެ

28 ޖުލައި 2010

ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރެއްވުން މިރޭ، ( 28 ޖުލައި 2010 ވާ ބުދަ ދުވަހުގެރޭ) 9.00 ގައި އެމްޑީޕީ ހަރުގޭގައި އޮންނާނޭ ކަމަށް އެޕާޓީން މަޢުލޫމާތުދެއެވެ. އަދި މި ބައްދަލުކުރެއްވުމަށް އެމްޑީޕީގެ މެންބަރުންގެ އިތުރުން އެޕާޓީއަށް ތާޢީދުކުރައްވާފަރާތްތަކާއި، އެމްޑީޕީ އަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ބައިވެރިވެވަޑައިގެންދެއްވުމަށް ވެސް އެމްޑީޕީ އިން އެދެއެވެ..

2 Comments »

  1. ތިބައްދަލުވުމަކީ މިޤަވްމުގައި ހަމަނުޖެހުން އުފެއްދުމާއި މާރާމާރީ ހިންގުމާއި ސިޔާވެރިން ހައްޔަރުކުރުމަށް ހިންގާ އޮޕަރޭޝަނަކަށް ނުހެދުމަށް އެމްޑީޕީގެ އިސްވެރިންނަށް ގޮވާލަން. މިހެންމިދެންނެވީ އެންމެފަހުން ބޭއްވި ތިޕާޓީގެ ޖަލްސާއެއްގަ ކަންކަން ދިޔަގޮތަށް ބަލާފަ.އަދި ސުލްހަޔަށް ހުރަސް އެޅޭފަދަ ވާހަކަ ނުދެއްކުމަށްވެސް ރީކޯއަށާއި މާރިޔާއަށާއި އަފީފަށް ތަކުރާރުކޮށް ދަންނަވަން.

    Comment by ތިނަދޫ މީހެއް — Wednesday, July 28, 2010 @ 11:28 am

  2. މިހާރު މި ފެންނަނީ އިދިކޮޅުޕާޓީ އިން ވެރި ކަން ކުރަމުން ދާ ތަން ހުރިހާ ބާރެއް އޮތީ އިދިކޮޅު ފަރާތް ތަކުގަ، “އަތޮޅު ވެރިންނަށް ހިއްޕެވޭނީ ވަލުގައޭ، ބާރެއް ނުލެއްވޭނޭ” ބުނާ ބީދައިން، ނިކަމެތި ރައްޔިތުން ކޮރަޕްޝަނާ އިދިކޮޅަށް ނުކުތީމާ ފެންނަނީ ފުލުހުންނާ ސިފައިން ނުކުމެ ކުށްވެރިން ހިމާޔަތް ކޮށް، ރަޙުމް ކުޑަ ގޮތަކަށް ރަޔިތު މީހާ ހިފާ ހައްޔަރުކޮށްގެން ގެންދާތަން، ނުފެންނަ ތަނަށް ވުރެ ފެންނަތަނަށް ޔަޤީން ކަން އޮންނާނީ، ރައްޔިތުން އައްޑަނަޔަކަށް ނުހަދާ އެމީހުން ވާނުވައްދާ ކަމެއް ކުރެވުނިއްޔާ ރަގަޅުވާނެ، ރަށްތައް ރީތިކުރުމަކުން ހިތް ތައް ސާފެއް ނުކުރެވޭނެ، ރައްޔިތުން ދެކެން ބޭނުންވި ދުވަސް އަދިއެއް ނާދެ، މިހާރު ރައްޔިތުން ކެއްމަދުވެފާ މިތިބީ މިރޭ ނަޝީދު ދައްކަވާނޭ ވާހަކަޔާ، ކުރެއްވޭނީ ކޮން ކަމެއްތޯ ދުށުމަށް،

    Comment by ahmed — Wednesday, July 28, 2010 @ 1:31 pm

Leave a comment