އިނގިރޭސި އެއްވެސް ސިޔާސީ ފަރާތަކާއި ޤައުމީ ޕާޓީ ގެ ވަފްދުން ބައްދަލުކުރިކަން އެނގިވަޑައިގެންފައި ނުވާކަމަށް ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެ
27 ޖުލައި، 2010
ރާއްޖޭގެ ސިޔާސީ މަސްރަހާއިބެހޭގޮތުން އިނގިރޭސި ވިލާތުގެ ސިޔާސީ ފަރާތްތަކުގައި ޝަކުވާ ކުރުމަށް އިނގިރޭސިވިލާތަށް ދިޔަ ޤައުމީ ޕާޓީގެ ވަފުދުން އިނގިރޭސި ވިލާތުގެ ސިޔާސީ އެއްވެސް ބޭފުޅަކާއި ބައްދަލުކުރެއްވިކަމުގެ ކުޑަނަމަވެސް މައުލުމާތެއް ލިބިވަޑައިގެންފައިނުވާކަމަށް އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ ޑރ.ފަރަހަނާޒް ފައިޞަލް ވިދާޅުވެއްޖެއެވެ.
ޑރ. ފަރަހްނާޒް ފައިޞަލް ވިދާޅުވީ އިނގިރޭސި ވިލާތަކީ ރާއްޖޭގެ ކަންކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ ޤައުމެއް ކަމަށާއި އެފަދަ ބައްދަލުވުންތަކެއް ކުރިއަށް ގެންދެވިނަމަ ކޮންމެވެސް ގޮތަކުން އެކަމުގެ މައުލޫމާތު ރާއްޖޭގެ ހައިކޮމިޝަނަރު ގެ ހައިޞިއްޔަތުން އެކަމަނާއަށް ލިބިވަޑައިގަންނަވާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
” އަޅުގަނޑު ނުދަންނަވަން ބައްދަލު ނުކުރައްވާކަމަކަށް. ނަމަވެސް އިނގިރޭސި ވިލާތުގެ އެއްވެސް ދުވަހުނޫހެއްގައި ޝާޢިއުކޮށްފައެއް ނެތް. އަދި އެއްވެސް ޓީވީ ޗެނެލަކުން ވެސް ހާމަކުރިކަން އެނގިފައެއް ނެތް” ކަމަށްވެސް ފަރަހަނާޒް ވިދާޅުވިއެވެ.
ޤައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސަޢީދު އާއި އެޕާޓީގެ އިސްވެރިންގެ ވަފުދެއް އިނގިރޭސި ވިލާތަށް ދަތުރެއް ކުރެއްވިކަމަށާއި ސިޔަސީ ފަރަތްތަކާއިއެކު މަޝްވަރަތައް ކުރެއްވިކަމަށް އެ ޕާޓީ އިން ހާމަކޮށްފައިވާ އެއްވެސް ޚަބަރެއްގައި އެފަދަ ބައްދަލުވުމެއްގެ ފޮޓޯއެއް ވެސް އަދި ބޭރުގެ ސިޔާސީ ފަރާތަކާއެކު ބައްދަލުކުރި ކަމުގެ ސާފުހެއްކެއް ލިބޭފަދަ އެއްވެސް ޑޮކިއުމެންޓެއް އަދި ޝާޢިއުކޮށްފައެއް ނުވެއެވެ.











ހައްހައްހައްހާ. ދެން ހަސަނާ.. ވެރިކަމާ ހެދި ހޭބަލިވިޔަސް ތަންކޮޅެއް ބޮޑުވަރު ކަންނޭނގެދޯ. އަމިއްލައަށް އަނެއްކާވެސް ބޮލާފޮށާ އެޅުނީދޯ. ރައްޔިތުންނަށް ތި މަކަރުތަކާ އޮޅުވާލުމާ ދެފުއްދެގޮތްކަން ނުދައްކާ އުޅުނަސް ވެދާނެ.
Comment by Hassan Shujau — Wednesday, July 28, 2010 @ 8:54 am
ފަރަހަނާޒަށް އެގޭކަށްނުޖެހޭ އަންގާކަށް ބޭނުމެއްވެސްނޫން. އޭނައަށް ނައަންގާ އެކަންކުރީމަ ޖޭވީދޯ. އެހެންނޫނަސް ހަސަނުމެން އެކަން އޭނައަކަށް އަންގާކަށް ބޭނުމެއްވެސްނުވާނެ. ހަސަމުމެން އެތަނަށް ދިޔައީ އޭނައަކާ ބައްދަލުކުރާކަށްނޫން އަދި އެމްބަސީގެ ޚަރަދުގައެއްނޫން ދިޔައީކީ.
Comment by ތިނަދޫ މީހެއް — Wednesday, July 28, 2010 @ 11:17 am
އިނގިރޭސި ރައްޔިތުންނަށްވެސް ސިއްރުންދޯ…ގައްޑާއިނގޭ
Comment by beybe — Wednesday, July 28, 2010 @ 11:44 am
ފަރަހަނާޒަކީ މުޅި އިގިރޭސި ރައްޔިތުދޯ. އަދި މުޅި އިގިރޭސި ސަރުކާރުތަ. ބޮލުގަ ކުލަ ޖެއްސީމަ އިގިރޭސިއަކަށްވަންޏާ ލަނޑާނަގަން އުޅޭނީ މުޅިންވެސް އިގިރޭސި ރައްޔިތުންދޯ.
Comment by ތިނަދޫ މީހެއް — Wednesday, July 28, 2010 @ 11:56 am
ހަސަނަކީ، ހަމަ މުޅިން އަނގައިން އުޅޭ މީހެއް. ދޫއޮޅޭ މީހެއް. ވެރިކަމަށް ހޭބަލިވާ މީހެއް. އެހެން ވީމާ، ހުވަފެނެއް ފެނުނަސް އެކަން އޭނަޔަށް ވެދާނެ ހަގީގަތަކަށްދޯ. ތިނަދޫ މީހެއް.
Comment by Thinadhoo — Wednesday, July 28, 2010 @ 1:47 pm
އަނެއްކާ ދުވާލަކު ޕާޓީއަކާ އިއްތިހާދުވާނެ.. އުޅެފަ ނޫޅޭނެ ގޮތެއް އޭނައަކަށް ނޭންގޭނެ. ފުރަހަމަ ޑީއާރޕީގަ ހުރެފަ އެމްޑީޕީގެ އެތައް ބަޔަކަށް ނުހައްޤުން ހުކުމްތަށްކޮށްކޮށްފަ ދެން އެމްޑީޕީއާ އިއްތިހާދުވެފަ ޑީއާރޕީ ވަރުގެ ނުބައި ބައެއްނެތި އަނެއްކާ ޑީއާރޕީއާ ގުޅިފަ އެމްޑީޕީ ވަރުގެ ނުބައި ބައެއް ނެތިފަ. މީދެން ބުއްދި ސަލާމަތުން ހުރި މީހެއް އުޅޭނެ ގޮތެއްތަ.
ބަލަގަ ވެރިކަން ކުރަން އުޅޭ މީހެއްގެ ބުއްދިވެސް ސަލާމަތުން ހުންނަންޖެހެޔޭ.
Comment by Shaaheen — Wednesday, July 28, 2010 @ 2:20 pm
ހަސަނަކީ މުޅިންވެސް މީހުންނަށް ހުވަފެން ދައްކާގެން އުޅޭމީހެކޭ ކޮއްކޮމެންނޭ.. އޭނަގެ ހަގީގަތް ބޭބެމެންނަށް ވަރަށް ރަގަޅަށް އިނގޭ. ރީތި ފިރިހެން ކުދިންނާ ހަސަނު ވަރަށް ވަރު ހުންނާނެ. ޜާއްޖޭގައި އެކަހަލަ ކަމެއްގަ އުޅެފިއްޔާ ވަރަށް އަވަހަށް ފަޅާއަރާނުދޯ.. އެހެންވީމަ އެކަމުގައޭ އިގިރޭސި ވިލާތަށް މިފަހަރު އެދިޔައީ. ކޮންމެވެސް މޮޅު ވާހަކައެއް ދައްކާފަ ދިޔައީމަތާ ހަސަނު އިތުރަށް މައްޝޫރުވާނީ ދޯ. މައްސަލަ އަކީ ޑީއާރޕީ މީހުން އޭނަ އަށް ދުވަހަކުވެސް ހެވެއް ނޭދޭނެކަން ހަސަން ބޯގަޅިކަމުން ނުވިސްނޭތީ.
Comment by Moosabe — Wednesday, July 28, 2010 @ 2:29 pm
އަދިވެސް ފަރަހަނާޒްދޯ މައްސަލައަކަށްވީ.. ހަސަން ސައީދު ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލަމުން މުޅި ދުނިޔޭގަ ދުވިޔަސް ވަރިހަމަދޯ.
Comment by Nazif Saeed — Wednesday, July 28, 2010 @ 2:32 pm
ލާޜި ޙުރިއްޔާ ކޮންމެތާކަށްވެސް ދެވިދާނެ ދެންއައިސް ފޮނިކެނޑީމަ ރައްޔަތުމީޙާ ގަބޫލު ކުރަންވީދޯ މިހާރު ތިކަހަލަ ކޮސްގޮވިޔަސް މީހުނެއް ގަބޫލެއް ނުކުރާނެ ހަސަނާ ޖަމީލޫ އެސޮރުމެން ވެރިކަމާހެދި ކޮސްގޮވަނީ
Comment by ALI — Wednesday, July 28, 2010 @ 4:50 pm
ހަސަނާ މިރާއްޖޭގައި ވެރިކަން ކުރަން ބޭނުމިއްޔާ ޑީއާރުޕީ ކަހަލަ ކޮރަޕްޓު މީހުން ނާދުރައްޖެހި ހަމަވިސްނުން ގެންގުޅެބަލަ އެއިރުން ކޮމެވެސްވަރަކަށް ރައްޔިތުން ގަބޫލުކުރާނެ ހަސަނުމެން ދައްކާވާކަވެސް……………
Comment by ALI RAS — Wednesday, July 28, 2010 @ 5:04 pm