މެންބަރުންގެ ޚިޔާލު: ކަލޭނޭވެ. ވެލާބިސްތައް ވިހަންފަށައިފިއެވެ!
27 ޖުލައި 2010
ލިޔުނީ: ފުނަމާ
އިބިލީސް ބުންޏަސް ތެދެއްވާނީ ތެދަކަށެވެ. އިދިކޮޅު ފަރާތްތަކުން ތަންކޮޅެއް ކުރީން ފިސާރިއަކަށް ރައީސް ނަޝީދު ރާއްޖޭގެ އަތޮޅުތަކަށް ދަތުރު ކުރައްވާ ތަރައްޤީގެ ނަމުގައި އެރަށްރަށުގައި ސަރުކާރުން ކުރައްވާން ހަމަޖައްސަވާ ކަންކަން އިއުލާނުކުރައްވާ އަދި އެމަނިކުފާނުން މިކަންކަން އަވަސްކުރެއްވުމުގެ ގޮތުން ކަންކަން ފަށައިގަތުމަށް ތާރީޚުތައްވެސް ކަނޑައަޅުއްވަން ފެއްޓެވުމުން ރައީސް ނަޝީދު އަރުއްވާ ކޮންމެ ރަށެއްގައި ވެލާބިސްއަޅާހެން ތަރައްޤީގެ މަޝްރޫއުތައް ހިންގާން ފަށައިފިޔޭ ގޮވައި މަލާމާތުގެ ގޮވެލިތަކެއް ގޮވަމުން ގެންދިޔައެވެ.
ތެދުކެވެ. އެކި ރަށްރަށުގައި ފުލެޓް އަޅުއްވާނެ ތާރީޚްތައް ކަނޑައަޅުއްވައި ފެނާނަރުދަމާގެ އިތުރުން މަގުތައް ހެދުމަށްވެސް އެމަނިކުފާނުން ތާރީޚުތައް ކަނޑައަޅުއްވައި ހައްދަވާން ފެއްޓެވުމާ އަދި ޢަމަލީ ހުރިހާ މަސައްކަތެއް އެތާރީޚުތަކުގައި ފެށިގެން ދާތަން ނުފެނުމުން އިދިކޮޅު ފަރާތް ތަކަށް މިއީ ސަރުކާރުގެ އަގުވައްޓާލުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމުގައިދެކި މިކަމުގެ ފައިދާ ދިޔައީ ނެގޭތޯ ބަލަމުންނެވެ.
ޚަބަރު ފެށުމަށް ބިސްމި ކިއުމާއިއެކު ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ހުޝާމަދުކުރުމާ މީހުން ނިދިއައިސް އާފުރޭއިރުވެސް ސަރުކާރުން ފީއިލޮއްޓެއް ބިންދާލިޔަސް އެކަމަކީ އެމެރިކާމީހުން ހަނދަށް ދިއުމާ އެއްވަރު ކަމަކަށް ހަދައިގެން ކީ ސަރުކާރު ވެއްޓި މިސަރުކާރު އައުމުން އެއަޑުފަށް ކެނޑިދިއުމާ އަދި ސަރުކާރަށް މަލާމާތް ކުރުމާ ރައްޔަތުންގެ ހިތުގައި ވެރިކަމަކީ ކުޅޭކުޅޭ އެއްޗެއްކަމުގައި ހެދުމަށް ތަމްރީނުދީފައިވާ ބައެއް މީޑިޔާތިކުން މިއީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރޭ ގޮވައި ހަދާންފެށުމުން އެތައްބަޔަކަށް ކަންކަމުގެ ހަޤީގަތް ދިޔައީ އޮޅެމުންނެވެ.
ކޮންމެ ކަމަކީވެސް އެކަމެއް ކުރުމަށް ޢަމަލީ ގޮތުން ފަށައިގަތުމުގެ ކުރީން އަދި ކުރާންޖެހޭ އެތައް މަސައްކަތެއް ހުންނަ ކަންކަންކަމާމެދު ވިސްނާނުލައި ޢާންމުންގެ ބަޔަކު ދިޔައީ ވާހަކަދައްކަމުންނެވެ. ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ކަންކަން ކުރާންފެށުމުން ނަގާ މުއްދަތުގެ އިތުރަށް ވާނުވާއެއްނޭނގި އެންޓިކޮރަޕްޝަން ކޮމިޝަންފަދަ މުސްތަޤިއްލު މުއައްސަސާތަކުން އިދިކޮޅުފަރާތްތަކުން ހަމަ ގޮވާލާއިރަށް ސަރުކާރުން ކުރާ ކަންކަން ހުއްޓުވައި ވަކިމުއްދަތެއްނެތި ހުރަސްއަޅައި ފަހުން އެކަން ދޫކޮށްލައި ކުޅޭންޖެހިފައިވާ ނުވަތަ ބައެއް ވޯނިންގުތަކުން މަޖުބޫރުވާ ކަންކަމުގެ ސަބަބުންނާއި މުޅިދުނިޔެއަށް ކުރިމަތިވި އިޤްތިސާދީ ހީނަރުކަމާއި ބަދަލުވި ސަރުކާރެއް ފުރިހަމަ ގޮތުގައި ހިނގާންފެށުމުން މެނުވީ ބައެއް ބޭރުގެ އެހީތައް ކޮންމެވެސް ވަރަކަށް ހިފަހައްޓަމުން ގެންދާނެކަމާ އަދި ކުރީގެ ސަރުކާރުން ފަށާފައިވާ ބޮޑެތި ޕްރޮޖެކްޓުތައް ބިސްވަޅު ކުނިވެ ނުވިހައި ހުރުމުން ކުރާންޖެހުނު ޚަރަދުތަކާ ދުނިޔޭގެ މާލީއިދާރާތަކުން އެހާތަނަށް ރާއްޖޭގެ ސަރުކާރަށް ކުރާންއަންގާފައިވާ ކިތަންމެ ކަމެއް ނުކޮށް ހުރުމުން އެކަންކަންވެސް ހަމަމަގަށް އަޅުވާންޖެހުނީ މިސަރުކާރަށް ކަމުގައިވުމުންނާއި ރާއްޖޭގެ އާމްދަނީގެ މިންވަރު އެއްކޮށްހެން މައުމޫނު ނާޖާއިޒް ވޯޓުހޯދުމަށް އުފައްދާފައިވާ ބޮޑު އަދި ސަރުކާރަށްވުރެ ބާރުގަދަ ސިވިލްސާވިސްގެ މުސާރައަށް ހޭދަކުރާން ޖެހުމާ ރާއްޖޭގެ މާބަނޑުމީހާގެ ބަނޑުގައިއޮތް ދަރިވެސް ބޭރުގެ ޤައުމުތަކަށް ދަރުވާލާފައި އޮތުމުގެ ސަބަބުން މިކަންކަމަށް އެޅުނު ހުރަސްތައް އޮތީ ހިޔަނިއަޅުވައި ނުވަތަ ފަސްއަޅައި ފޮރުވާލާފައެވެ.
ދުނިޔޭގެ މާލީ އިދާރާތަކުގެ ކުރިމަތީގައި ދިވެހި ސަރުކާރުގެ މައްޗަށް ގެއްލިފައިވާ އިތުބާރުހޯދެމުން ދިއުމާ ވިސްނުންތެރިކަމާ ހިކުމަތާ ކެއްތެރިކަމާއެކު ސަރުކާރުން ނިޔަތްޚަލާސްކޮށް ކުރަންފެށި މަސައްކަތުން ތިރީސްއަހަރު ހެދި ކަމަށްބުނާ ތިންއަހަރުން ފުނޑުފުނޑުވާ ބަނދަރުތަކުގެ އަދަދާ އަޅާބަލާއިރު ފެންވަރުރަނގަޅު މާގިނަ ބަނދަރުހެދުމާ ގަރުނަކުން ނޫނީ ތައުލީމީ ކަންކަމަށް ކުރިއެރުން ނުލިބޭނޭ ކަމުގައި ބުނަމުން ގެންދިޔަ ކަންކަން ކުރިއަރުވަން ފެއްޓުމާ ސިވިލްސާވިސްގެ މުއައްޒަފުން ރުއްސުމަށް އެކަނި ހިންގާން އުޅުނު ހެލްތު އިންޝުއަރެންސް ޕްރޮގްރާމް މުޅިރައްޔަތުންނަށް މަދަނައިގެ ނަމުގައި ހުޅުވާލުމާ ބޭރުގެ އިންވެސްޓަރުން ޔަޤީންކަމާއެކު ރާއްޖޭގައި އިންވެސްޓު ކުރާނެމާހައުލެއް ޤާއިމްކުރުމުން ލާތެޅިފޮޅިގަނެ ކޮންމެ ގޮތަކުންވެސް ސަރުކާރުގެ މައްޗަށް އިދިކޮޅުފައިންއެރުމެއް ގެނެވޭތޯ ހީލަތްތެރި މަސައްކަތްތަކެއް ފަށައި މިހުރިހާކަމެއްގެ އަސްލު އޮޅުވާލުމަށް ގެންދަނީ ޕްރޮޕެގެންޑާ ފަތުރަމުންނެވެ.
ކަންމިހެން އޮއްވައި 2010 ޖުލައި 26 ދުވަހު އަސްތާ އިވެންފެށީ އަދި ފެންނާންފެށި ސަރުކާރުން ރައީސް ނަޝީދު ކުރައްވާނެ ކަމުގައި ވިދާޅުވި ކިތަންމެ ކަމެއްގެ އަމަލީ މަސައްކަތް ފެށިގެން ދިޔަތަނާ މީގެއިތުރުން ބާކީހުރި އެތަކެއް ކަންކަން ފަށައިގަތުމަށް އެންމެފަހުގެ ތައްޔާރީތައް ފެށިގެން ދިޔަތަނެވެ. އެއްކަލަ އެޅިކަމަށްބުނާ ވެލާބިސްތައް ފީވެ މުއްދަތު ހަމަކޮށް ވިހާންފެށީތާއެވެ.
ނަރުދަމާއާއި ގޭސްހޮޅި އަޅާން އުޅެއުޅެ ނޭޅިގެން އުޅުނު ސަރުކާރުކަމަށް އެއްކަލަ ސިޔާސީ ރަންޑީން ގޮވަމުން ގެންދަނިކޮށް އަމިއްލަ ފޮށާބޭލި ބަރަހަނާވެ ލަދުން އަނގަވަތަށް ވެއްޓި ނޭފަތަށް ވެލިވަދެ ނޭވާ ހުއްޓެނީއެވެ. ހާވަމުންދިޔަ ހަޑިތައް ރައްޔަތުންނަށް ބޭޒާރުވަނީއެވެ. އިދިކޮޅުމީހުންގެ ދެކޮޅުވެރިކަމާ ސަރުކާރުގެ އިޚްލާސްތެރިކަމާ ޤާބިލްކަން ފެނި ހާމަވާންފެށީއެވެ. އަނެއްދިވެހިރާއްޖޭގެ މަލަމަތި ފަޅުވެރީންނަށް ފެނުމުން އުފަލުން ބަލާންތިބިތަން ފެނި ކަނޑާ އެއްގަމުންވެސް ފޭރުނު ވަގުން މިއަދުއެތިބީ ގޮތްހުސްވެ ރަނގަޅަށް ރޭރުވެފައެވެ. ވެލާ ބިސްވަޅުގައި ނުވިހާ އޮތީ ކިތައްބިސްކަން ހުރިހާ ކުދިވެލާ ނުކުމެ ނިމުމުން ގުނާލަން ދެންޖެހޭނީ ހަމަތިބޭށެވެ.










“އިބިލީސް ބުންޏަސް ތެދެއްވާނީ ތެދަކަށޭ” މިސުރުހީގެ އާޓިކަލް ކިޔާލުމުން އަޅުގަނޑަށް ސިފަވެގެންދިޔައީ އިބިލީހަކީ ރައީސް ނަޝީދުކަމަށް. މިލިޔުން ލިޔުނު ފަރާތް ހައްޔަރުކުރުމަށް ރައީސް ނަޝީދަށް ދަންނަވަން. ލިޔިމުގައި އޮއްޓަރެއްނެތް. އެހެންނޫނަސް އިބިލީސް ރައްރަށަށްއަރާ އަޅައިދޭންބުނި ޢަދަދަށް ފުލެޓެއް އެޅުމަށް ހަމަޖެހިފައެއްނެތް. ތާރުއަޅަންބުނި މަގުތަކުގައި ތާރުއެޅޭނީ ދެން އަންނަ ދައުރެއްގައިކަމަށް ލަފާކުރެވެނީ. އެއީވެސް ހޮވިއްޖެއްޔާ. ކުރަންބުނި އެއްވެސްކަމެއް އިއުލާންކުރި ތާރީހެއްގައި ވެފައެއްނެތް. ވީމާ އެއީ ބޮޑުއިބިލީސް ކަމާމެދު ޝައްކެތްނެތް. ޢަބްދުލްމަޖީދު ބުނިހެން ހާކިމާއަށް އިހުތިރާމް ކުރަންޖެހޭނެ. މަޖީދު ހަނދާނެތްނެތް ކުރީގެ ހާކިމާއަށް އިހްތިރާމް ކުރަންޖެހޭނެ ކަމެއް. އަނެއްކާ އެބުނާ ހާކިމާއަށް އިހްތިރާމް އަދާކުރަންޖެހޭ ހުކުމް ދަސްވީ ބޮޑު މަގާމެއްލިބުމުންތޯ.
Comment by ތިނަދޫ މީހެއް — Wednesday, July 28, 2010 @ 11:52 am
ނަންހާމަކުރާން ބިރުންއުޅޭ ތިނަދޫ މީހާގާތުބުނަމެވެ. އިބިލީސް ބުންޏަސްއޭ ކިޔާ ސުރުޚީއެއްގެ ދަށުގައި ލިޔެފައިވާ ލިޔުމެއް ތިކީ ކާކުގެ އަންބޮނޑީގައި އެލުވިގެން އޮވެހެއްޔެވެ؟
ވަރަށް އަސަރު ކޮށްފިދޯއެވެ. ރަނގަޅުވާނީ ދެން ބޮލާފޮށާ އަޅައިގެން މީހުންގެ ތެރެއަށް ނުނިކުމެ އުޅުނިއްޔާއެވެ. ތިނަދޫގެ ރައްޔަތުންނަށް ހުތުރު އަރުވަން ނޫޅޭށެވެ. ތިނަދޫއަކީ ތިޔައްވުރެ މާހަރުދަނާ ބަޔަކު އުޅޭ ރަށެކެވެ. އިދިކޮޅު މީހުންގެ ފަސްބައިގައި އެލިގެން އުޅޭ ތިކަހަލަ މީހަކަށް ތިނަދޫގެ އެންމެންނަށް ނިސްބަތްވާގޮތައް ބަސްބުނުމުގެ ޙައްޤެއް ނޯންނާނެއެވެ.
Comment by rafeeq/thinadhoo — Wednesday, July 28, 2010 @ 3:05 pm
ރަފީޤަށް ދަންނަވާލަށް އޮތީ ލޭމައްޗަށް ނުދާށެވެ. ހަމަހޭގައި ހުންނަވާށެވެ. ރައީސް ނަޝީދު އުޅޭހެން ހަމަހޭން ނެއްޓިގެން ނޫޅުއްވާށެވެ. ކަލޭމެންކިޔާގޮތުންނަމަ ހަމަހޭގައި ހުންނަވާށެވެ. ލިޔެފައި ހުންނަ ކޮމެންޓްސްތައް ކިޔުމުގެ ޤާބިލް ކަމެއް ކަލޭއަށް ލިބިފައެއްނެތެވެ. ޑިމޮކްރަސީ ދަސްކުރާށެވެ. ކަލޭމެންގެ ބަހުންނަމަ ހަޖަމްކުރާށެވެ. އަސަރުކުރީ ކާކަށް މިހާރު އެގިއްޖެވެ. ކަލެއަކީ ފައްކާ އެމް.ޑީ.ޕީއެކެވެ. ކަލޭމެންނަކީ ހަމަ ޤަބޫލުނުކުރާ އެއްވެސްގޮތެއް ފޮތެއް އަޚްލާޤުގެ ކަންފުޅެއްވެސް ހުންނަ ބައެއްނޫނެވެ. މިހެން ބުނަން ޖެހުނީ ކަލޭގެވެސް ބަސްމަގު ހުރި ގޮތުންނެވެ. އަލިފާނާނުކުޅޭށެވެ. ކަލެއަށް ބިރަކުން ނޫޅެމެވެ. ނަންހާމަ ކުރުމާއި ނުކުރުމަކީ އަމިއްލަކަމެކެވެ. ތިނަދޫ މީހުންކިޔައިގެން ވާހަކަ ދެއްކުމުގެ ހައްގެއް ކަލެއަކަށް ނޯންނާނެވެ. ބުނޭ ރީނދޫހުންޖެހިފައި ތިބި މީހުންނަށް ހުތުރުވަނީއޭ. ކަލޭ ވާހަކަ ދައްކަނީ ކާކުގެ އަންބޮޑީގައި އެލިގެން ހެއްޔެވެ. ޝުކުރިއްޔާ
Comment by ތިނަދޫ މީހެއް — Thursday, July 29, 2010 @ 8:47 am
ރައީސް ނަޝީދުދޯ އަދިވެސް ހަމައިން ނެއްޓިގެން އުޅެނީ… ޑީއާރޕީ އާ އެމީހުންނަށް ތާއިދުކުރާ ބަޔަކަށް ވުރެން ބޮޑަށް ގޮތެއްފޮތެއް ނުހުންނަ ބައެއް މި ދުނިޔޭގަވެސް ނޫޅޭނެ. 30 އަހަރު ހުދުމުޚްތާރު ވެރިކަމެއްގައި ބަގުޑިބައްދާފަ އެވަރުން ނުފުދިގެން މި ސަރުކާރުން ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދޭން އުޅޭތީ އެކަމާ އަސަރުކޮށްގެން ހޭބަލިވެގެން ތެޅިފޮޅެނީ. ވެރިކަމެއް ދެނެއް ކަލޭމެންނަކަށް ލާހިކެއްނޫން އިރާދަކުރެވިއްޔާ ހޯދާކަށް.
Comment by Shirhan — Thursday, July 29, 2010 @ 3:09 pm
މިހާރު އިންތިޚާބެއް ބާއްވާލިޔަސް ރައީސް ނަޝީދު ހޮވޭނެކަން ސަތޭކަ ޕަސެންޓް..
Comment by Minna — Thursday, July 29, 2010 @ 3:10 pm
ޔަގީން ތީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫން. ނަންހާމަ ކުރަން ނުކެރިގެން އުޅޭ ސޮރަށް ބުނެލަން ބޭނުންވަނީ ވެރިކަންމަތިން ހަނދާން ނައްތާލާށޭ.. ރައްޔިތުން މިހާރު ވަރަށް ހޭލުންތެރިވަމުންނޭ މިދަނީ.. ކަލޭމެންގެ މަކަރުވެރިކަމުގައި ޖެހޭކަށް ނެތީމޭ.ރައީސް ނަޝީދަކީ ރައްތިޔުންދެކެ ލޯބިވާ ވެރިއެކޭ.
Comment by Moosabe — Thursday, July 29, 2010 @ 3:14 pm
ރައީސުނަށީދައް ދަންނަވަން ދިވެހިރާތްޖޭގެ ށަރޮއީނިޒާމު މިއަދުމިއޮތީ ސަދޫމް އައްވުރެންދައްދަރަޖާގައި ވީއިރު މިރާޖޭގެމިއަދުމިތިބިގާޒީންކޯޓްގައި ދެމިތިބުމައް ރައްޔަތުންނައްހަރާންކޯރުވާ ދިވެހިރައްޔަތުންގެމަޖިލިސް އެފާސްކުރިކުރުން ތަސްޖީދުނުކުރުމައްގޮވާ އިއުތިމާސްކުރަން އަޅުގަޑުއިއު ތިމާސްކުރަންމިޖެހުނީ ތިއަބޭފުޅުންމިހާތަނައްބުނަމުން އައީއިންތިގާލީމަރުހަލާނިމެންދެން ކެއްތެރިވެތިބުމައް އެދުވަސްނިމުނީމާ އަޅުގަޑުމެންނައްވަމުންއައިވައުދާހިލާފުވެވޭނެ މަމިލިހުން ފާސްކުރިފަޑިޔާރުންގެބިލްމަނިކުފާނުފާސްކޮފިއްޔާ.މިހެންވެމިވާހަކަދަންނަވަން.
Comment by IBRAHIMDIDI — Tuesday, August 10, 2010 @ 3:00 pm