ނޫސް ބަޔާން: ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަތައް ފެށުމާ ގުޅިގެން އެމްޑީޕީ އިން ނެރޭ ނޫސް ބަޔާން
25 ޖުލައި 2010
ކޮރަޕްޝަނާއި، ފަސާދައާއި ރިޝްވަތުގެ ތުހުމަތުތަކާ ގުޅިގެން ކިލަނބުވެފައިވާ، ރާއްޖޭގެ ސިޔާސީ މަސްރަހް ހަމަޔަކަށް އަޅުވައި، ބިނާކުރަނިވި ގޮތަކަށް ގައުމުގެ އެންމެހާ ކަމެއް ބައްޓަންކޮށް، ގައުމާއިގެން އަމާން ބަނދަރަކަށް ވާސިލްވުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އިދިކޮޅު ފަރާތްތަކާމެދު ވާހަކަތައް ފެށިފައިވާ ވާހަކަ ދަންނަވަމެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކާއެކު އެމްޑީޕީ އިން މިފެށި މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާމަނިކާއި، އެ ގްރޫޕްގެ ނައިބު ރައީސް މުޙައްމަދު އަސްލަމްގެ އިތުރުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ދެ މެންބަރުން ކަމަށްވާ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާ އެވެ.
ސުލްހައިގެ މޭޒު ޚިޔާރުކޮށް، މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމަށް، ޕާޓީތަކުގެ މެދުގައި މިއަދު މިފެށި ސުލްހައިގެ ވާހަކަތަކާ ބެހޭ ތަފްސީލު އަދި ދެވެން ނެތް ނަމަވެސް މިޕާޓީ އިން އުއްމީދުކުރަނީ މިމަޝްވަރާތަކުގެ ސަބަބުން، ޤައުމުގެ ސިޔާސީ މަސްރަހަށް ދެމެހެއްޓެނިވި ފައިދާތަކެއް ކުރާނޭ ކަމުގައެވެ. އަދި މިޕާޓީ އިން ސިޔާސީ އެންމެހާ ފަރާތަތަކަށް މިގޮވާލަނީ ޤައުމުގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑުވުމުގެ ފުރުޞަތު ނުދެއްވައި، އެންމެހާ މުއައްސަސާތަކުންނާއި ސިޔާސީ ޕާޓީތަކުން ވިސްނުންތެރިކަމާއެކު މަސައްކަތްކޮށް އިޚްލާޞްތެރިކަމާއި، އުޚުއްވަތްތެރިކަމުގެ ސިފަކުރިއަށް ނެރެ، މިނާޒުކު ދަނޑިވަޅުގައި، މިޤައުމުގެ ޙައްޤުގައި މަސައްކަތްކޮށްދެއްވުމެވެ.
ސަރުކާރާއި، އިދިކޮޅު ޕާޓީތަކާއިދެމެދު ވާހަކަތައް ފެށްޓެވުމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަދީ، ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމަށް މިޕާޓީ އިން ކުރަމުންމިދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވައި، ކެތްތެރިކަމާއެކު ތިއްބެވުމަށް މި ޕާޓީގެ ލޮބުވެތި މެންބަރުންނަށް އިލްތިމާސްކުރަމެވެ.
މިފުރުޞަތުގައި ޕާޓީ އިން ކުރާ މިފަދަ އިލްތިމާސްތަކަށް ލޮބުވެތި މެންބަރުން ދެއްވާ ފުރިހަމަ އިޖާބައާއި، ޕާޓީއަށްޓަކައި މެންބަރުން ވެވަޑައިގަންނަވާ މަތިވެރި ޤުރުބާނީ ފާހަގަކޮށް، މިޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންނަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް










މިޤައުމުގަ މިވަޤުތު މިތިބަ އިދިކޮޅު ސިޔާސީލީޑަރުންނާއެކު ވާހަކަދައްކައިގެން މިޤައުމު އަމާންބަނދަރަކައް ގެންދެވޭނެހެން ހިއެއްނުވެއެވެ. އެވެރިން ސުލްހަވާކަށް ބޭނުމެއްނުވާނެއެވެ. އެވެރިން ބޭނުންވާނީ ވެރިކަމެވެ.
Comment by king — Sunday, July 25, 2010 @ 6:39 pm
ބުނަން މާގިނަ ދޫތަކެއް ދޭން ހަދާނެކަމެއްނެތް. އެމް.ޑީ.ޕީ ން ހުށައަޅާބަލަ މިހާރުން މިހާރަށް އެއްވެސްއިންތިހާބަކާނުލާ ޑީ.އާރު.ޕީ އާ ވެރިކަންހަވާލުކުރަން.ވަރަށް އަވަހަށް އެއްބަސްވާނެ. އެނޫންކަމަކާ އެމީހުން އެއްބަސްވާނެހެނެއް ހިއެއްނުވޭ. ދެން ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވާ ބާރުތަށް އަތުލާ ބޭނުންހާ ގޮތަކަށް ޤާނޫނާ ކުޅުނަތި ނުދޭތި.
Comment by ABDUL RAZZAG — Sunday, July 25, 2010 @ 10:42 pm
މިޤައުމުގަ މިވަޤުތު މިތިބަ އިދިކޮޅު ސިޔާސީލީޑަރުންނާއެކު ވާހަކަދައްކައިގެން މިޤައުމު އަމާންބަނދަރަކައް ގެންދެވޭނެހެން ހިއެއްނުވެއެވެ. މީގެކުރިން ދަރުބާރުގޭގައިވެސް މިކަލަބައްދަލުވުމެއް ކުރިއައް ދިޔަ ވީކަމެއް ހަރާން އަވަހައް ވަގުން ހައްޔަރުކުރޭ އޭރުންއެނިމުނީ
Comment by andhaa — Monday, July 26, 2010 @ 1:33 am
ވަގުންހިމާޔަތް ކުރުމަށް އެމްޑީޕީގެ ނަމުގާ ވަގުންނާ ވަހަކަ ދެއްކުމުގެ އެއްވެސް ޙައްގެއް އެމް ޑީ ޕީ ގެވެރިން ނަކަށް ނޯން ނާނެ
އެމެރިކާ މީހުން އިރާޤާށް އެރީ ދިވެހީން ގާތުގަ އަހާފަތަ؟
Comment by Moosa reeko — Monday, July 26, 2010 @ 9:46 am
އެމް ޑީ ޕީ ގެ ދިހަހާސް މީހުން މަގުމައްޗައްނުކުމެ ކަރަޕްސަނާ ދެކޮޅައް އަޑު އުފު ލުމުން އެކަމުގެ ތުހުމަތު ގާ ހައްޔަރުކުރި މީހުން ބަންދުން ދޫ ކޮައްލުމަށް ފަހު ޤައުމު
އިސްލާހު ކުރަން އެމީހުނާ އެކު އިށީ ނުމަކީ ބޮޑ.ު ޖޯކެއް
Comment by David h — Monday, July 26, 2010 @ 9:59 am