މެންބަރުންގެ ޚިޔާލު: ރިޝްވަތު ނުދޭށެވެ. ރިޝްވަތުގައި ނުހިފާށެވެ.
22 ޖުލައި 2010
މުއާޒު މުހައްމަދު (މޯލާ:)
މިދުވަސްވަރަކީ ރިޝްވަތާއި ކޮރެޕްޝަނުގެ މައްސަލަތަކެއް މިޤައުމުގައި ފެންމަތިވެގެން އުޅޭދުވަސްވަރެކެވެ. މިކަންތައްތައް މިކުރާމީހުންނަށް ރިޝްވަތު ހިފުމަކީކިހާވަރެއްގެ ކަމެއްކަން ނޭގުމަކީ ފަހަރެއްގައި ވެދާނެކަމެވެ. އެހެންކަމަށް ވާނަމަ މިފަދަކަންތައް ނުކުރުމަށް އެފަދަ ފަރާތްތަކަށް ހަނދާންކޮށްދިނުމަކީ ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ.
ދަންނަވަންތޯއެވެ. ޤަވާއިދާ ޚިލާފަށް ކަމެއްކޮށްދިނުމުގެ ގޮތުން އެކަމެއްކުރުމުގެ ބާރު ލިބިގެންވާ ފަރާތަކަށް ދެވޭކޮންމެ އެއްޗަކީ ރިޝްވަތުގެ މާނާގައި ހިމެނޭ އެއްޗެކެވެ. މިމައްސަލައާއި މެދު ވިސްނާފިކުކުރުމުން އެގޭއެއްޗަކީ ރިޝްވަތު ހިފާމީހާގެ ނިކަމެތިކަމާއި ގޮތްކުޑަކަމާއި ނުބައިކަން އެންމެފުރަތަމަ ޤަބޫލު ކުރާނެ މީހަކީ ރިޝްވަތުދޭ މީހާކަމެވެ. އެހެނީ ރިޝްވަތުދީގެން ބޭނުންވާ ކަންތައްތައް ކުރަންޖެހުމަކީ ރިޝްވަތު ހިފި މީހާގެ ކިބައިގައި އެއްވެސް އިންސާނިއްޔަތުކަމެއް ނެތުމާއި އަމާނާތްތެރިކަމާއި ދީންވެރިކަމެއް ނެތުނީމައެވެ.
އަޅުގަނޑު ވަކިބަޔެއްގެ ބޮލުގައި މިތުހުމަތު އަޅުވަނީއެއް ނޫނެވެ. އެހެންނަމަވެސް ދިވެހިރައްޔިތުންނަށް މިއަދު މިފަދަ މީހުން ވަކިކުރަން ވަރަށް ރަނގަޅަށް އެނގޭނެކަމަށް ހީކުރަމެވެ. ކެނޑިނޭޅި ރާއްޖޭގެ އިދިކޮޅުފަރާތްތަކުން މިސަރުކާރުގެ ބޮލުގައި އަޅުވާ އެއްތުހުމަތަކީ ލާދީނީ ސަރުކަރެއްކަމަށާއި ޔަހުދީންގެ ސަރުކާރެއްކަމަށް ބުނެ އެކުރާ ދަޢުވާއެވެ. ކަންމިހެންއޮއްވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ރިޝްވަތުދިންކަމުގެ ތުހުމަތުގައި ބަންދުކޮށް ތަހުޤީގްކުރަން ފެށުނެވެ. މިބޭފުޅުނަން ދޭން ބޭނުންވާ ނަސޭހަތަކީ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ ބޮޑުވައްކަމުގެ ތެރޭގައި ހިމެނޭ ބޮޑުފާފައެކެވެ. އަދި ރިޝްވަތުހިފުމަކީ ޔަހޫދީންގެ އަމަލުތަކުގެ ތެރެއިން އަމަލެކެވެ. އޭގައި ހިފާމީހުންނަކީ ދޮގުވެރިންކަމުގައި ނޫނީ ނުވާނެއެވެ. ހަމައެހެންމެ އެބައި މީހުންނަކީ އަބުރާއި އިއްޒަތް ގެއްލިގެންދާނެ ބަޔެކެވެ. މިކަމުގެ ސަބަބުން ރުޅިވެރިކަމާއި ފިތުނަވެރިކަން މިޤަމުގައި އުފެދިދާނެއެވެ. ރިޝްވަތުދޭމީހާއާއި ރިޝްވަތުގައި ހިފާ މީހާއަށް މާތްﷲގެ ލައުނަތް ހުއްޓެވެ.
ދިވެހިރާއްޖޭގައި ދެން ރިޔާސީ އިންތިޚާބް އޮތީ 2013 ގައެވެ. ވާދަވެރި ސިޔާސީ ފަރަތްތަކުންވެސް މިއިންތިޚާބް ކާމިޔާބުކުރުމަށް ބޭނުންވާނެކަން ކަށަވަރެވެ. އެހެންނަމަވެސް ހިތާމަޔަކީ ޤާނޫނުން ބޭރުން ރިޝްވަތު ދީގެން ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާކަމެވެ. ތިމާމެން ހާސިލްކުރުމަށް ބޭނުން ކިތަންމެ ބޮޑުކަމެއް އޮތަސް އެކަމެއް ހާސިލްކުރުމަށް ރިޝްވަތުނުދީ ވާދަވެރި ސިޔާސީ ނިޒާމެއްގައި އުޅެން ދަސްކުރުން މާބުއްދިވެރިވާނެއެވެ. ކޮރެޕްޝަނާއި އެއްކޮޅަށް ޤާނޫނީ ވަކީލުން ވަކީލްކަން ކުރައްވައި ރިޝްވަތު ހަލާލުކުރުމަށް ދައްކާނެ އެއްވެސް ބަހަނާއެއް ނެތެވެ.އާދޭހެވެ. ކަލަކު ވޮޑިގެންވުމާއި، އާޚިރަތްދުވަހާއި އެދުވަހުގެ ހިސާބް ބެއްލެވުމާއި، އަޒާބާއި ޘަވާބަކީ އަފްސާނާއެއްކަމަށް ހަދައިދފިނަމަ ހަރާމާއި ހަލާލުގެ ވާހަކައަކީ ބޭކާރުވާހަކައެކެވެ. ދޫކޮށްލެވިފައިވާ ޖަނަވާރުތަކެއް ފެހިކަން ގަދަ ދަނޑަކަށްވަދެ ވިނަ ކާފަދައިން ހަރާމާއި ހަލާލެއް ބެލުމެއްނެތި ކެއުމުގައި ތިބޭބަޔަކަށް ނުވުމަށްވެސް ނަސޭހަތްތެރިވަމެވެ. މިގޮތަށް ކަންތައްތައް ކުރާނަމަ ނުކިޔަމެންތެރިވާ ހިމާރު ދަނޑުގެ އެއްފަރާތުގައި އެކަހެރިކޮށް، ބަނދެފައި ބާއްވާހެން ބަނދެފައި ބާއްވަންޖެހިދާނެއެވެ.










ޔާމީންމެން ދޫކޮށްފިނަމަ ބަކަރި ވިނަކާހެން ރައްޔިތުން ކާލާނެ.ސިފައިންނޭ ޔާމީން ދޫކޮށްނުލާ
Comment by kurangidhelo — Thursday, July 22, 2010 @ 6:35 pm
ޔާމީން ވެސްދޫކޮއްލާނެކަމެއް ނެއް ގާސިމްވެސް ހައްޔަރު ކުރަންވީ ޖަގިޔާނާޒިމްވެސް ހައްޔަރުކުރަންވީ މިމީސް މީހުންނަކީ މިގައުމުގެ ހަލާކު މިމީހުން ނަކީވެރިކަން ނުލިބިގެން މޮޔަވެފަތިބިބައެއް. މިދައުރުހަމަވަންދެންވެސް މިމީހުންނަކައް ތިބެވޭކައް ނެއް.ރިސްވަތުދީގެން ނޫނީއެހެންގޮތަކުންވެސް މިވެރިކަން ވައްޓާލަން މިބައިމީހުން މަސައް ކަތްކުރާނެ. އަޅެދޯފޯރިއެއް އެބަހުއްޓެއްނު. ދަރީންނާދަރީންގެ ދަރީންނައްޓަކާ މިބައިމީހުން ހައްޔަރުކުޜުން އެދެން.
Comment by king — Friday, July 23, 2010 @ 10:15 am
ރެޑް ވޭވް ސަލީމް މެނަކީ ރާއްޖޭގައި ނެތްވަރުގެ ވަގުންކަމަށް ބުނަމުން ދިޔަ އެމް،ޑީ،ޕީ ، މިއަދު ކޯލިށަން ހެދުމަށްފަހު އެމީހުންގެ ވާހަކަދައްކާ އަޑު ނީވުމަކީ ކޮރަޕްށަނުގެ އެންމެ މަތީދަރަޖަ. ދެން ކޮންހާ ބޭކާރު ކޮރަޕްށަނޭ ކިޔާކަށް. ހީވަނީ ކޮރަޕްށަނަކީ އަލަށް އުފަންވި ބަހެއް ހެން.
Comment by devana visnun — Sunday, July 25, 2010 @ 1:26 pm