Maldivian Democratic Party » ރައްޔިތުންގެ ކޯޓުގެ 8 ވަނަ އަޑުއެހުން މިރޭ އޮންނާނެ
dhaaira2010

Thursday, July 22, 2010

ރައްޔިތުންގެ ކޯޓުގެ 8 ވަނަ އަޑުއެހުން މިރޭ އޮންނާނެ

22 ޖުލައި 2010

ރައްޔިތުންގެ ކޯޓުގެ 8 ވަނަ އަޑުއެހުން، ލޮނުޒިޔާރަތްކޮޅު 3 ބާރު ވަކިކުރާ ސަރަހައްދުގައި މިރޭ އޮންނާނެއެވެ.
މިރޭ (22 ޖުލައި 2010 ވާ ބުރާސްފަތި ދުވަހުގެރޭ) 9 ޖަހާއިރު އޮންނަ މިއަޑުއެހުމަށް ވީހާ ވެސް ގިނަ އަދަދެއްގެ ބަޔަކު ހާޒިރު ވުމަކީ މިކަން އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެފަރާތުން ބުނެއެވެ.
ރައްޔިތުންގެ ކޯޓުގެ 8 ވަނަ އަޑުއެހުން ކުރިން ބާއްވާ ގޮތަށް ހަމަޖެއްސީ ރޭ 9 ޖަހާއިރަށެވެ. އެހެން ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ރޭ ޓީވީއެމް އިން ބޭއްވި ފޯރަމް ބޭއްވުމާ ގުޅިގެން ރޭ ބާއްވަން ހަމަޖެއްސި އަޑުއެހުން މިރެއަށް ފަސްކުރީއެވެ.

1 Comment »

  1. ރައްޔިތުންގެ ކޯޓްގެ ނަމުގައި ކޯޓެއް ހުޅުވުމަކީ ޢައިރުޤާނޫނީ ކަމެއްނޫންބާ! މިއީ ޤާނޫނުގެ އިމުންބޭރުކަމަކަށްވާތީ މިފަދަކަންތައް ނުކުރެއްވުމަށް މިކޯޓް އުފެއްދެވިފަރާތަށް ނަސޭޙަތްތެރިވަން.

    Comment by މުހަންމާދީ — Thursday, July 29, 2010 @ 2:33 pm

Leave a comment