Maldivian Democratic Party » ފުވައްމުލަކު ގައި މާދަމާވެސް ކޮރަޕްޝަނާދެކޮޅު މުޒާހަރާއެއް ބާއްވާނެ
dhaaira2010

Thursday, July 22, 2010

ފުވައްމުލަކު ގައި މާދަމާވެސް ކޮރަޕްޝަނާދެކޮޅު މުޒާހަރާއެއް ބާއްވާނެ

22 ޖުލައި 2010

picture-02621

ފުވައްމުލަކުގައި ތިބި ދިވެހި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން އިންތިޒާމްކޮށްގެން، ކޮރަޕްޝަނާ ދެކޮޅަށް ބާއްވާ މުޒާހަރާއެއް މާދަމާ ހަވީރު އޮންނާނެ ކަމަށް ފުވައްމުލަކުން މަޢުލޫމާތު ލިބިއްޖެއެވެ.
މާދަމާ (23 ޖުލައި 2010 ވާ ހުކުރު ދުވަހު) ހަވީރު 4.00 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ މިމުޒާހަރާ ފެށޭނީ ބޯޅަ ދަނޑުކައިރީގައި ހުންނަ ކުރީގެ ބާ ކޯޓު ކުރިމަތިން ކަމަށް ފުވައްމުލަކުން މަޢުލޫމާތު ދެއެވެ.
މިދިޔަ ހަފްތާ ބަންދުގައި ވެސް ފުވައްމުލަކުގައި މިފަދަ މުޒާހަރާއެއް ބާއްވާފައިވެއެވެ. މިމުޒާހަރާއަކީ މިހާތަނަށް ފުވައްމުލަކުގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

3 Comments »

  1. ކެޔޮކޭވަރު އެގޭނީ ބިތުގެ ފަންނެގީމާ…. ފަން ނަގާވަރަކަށް މިހާރުމިދަނީ ޑީ.އާރ.ޕީގެ އިސް ސަފުގައިތިބި މީހުން ކައިފައިހުރި ދައުލަތުގެ ކެޔޮތައް ފެންނަމުން… މިމީހުންނަށް ޙައްޤު އަދަބު ލިބެންޖެހޭނެ…. މަލާއިކަތުންނަށްވެގެން ކޮންމެ ކަމަކުން ރެކެން އެއީ މިއުއްމަތަށް ބާވައިލެއްވި ބައެއް ނޫން.. ހިތުހުރިހާ ގޮތަކަށް ޢަމަލުކުރަމުން އެގެންދަނީ….

    Comment by FIRAZ — Thursday, July 22, 2010 @ 1:57 pm

  2. ކޮރަޕްޝަނަކީ އަޅުގަޑުމެންގެ ގިނަ ބަޔެއްގެ ކަށީގައި މިހާރުހިފާފައިވާ ކަމެއް. މިހާރު މިކަން މިވަނީ ފިލުވާލަން އުދަގޫ ހިސާބަށް އެންމެނަށްއަވަލާފަ. އެއްވެސްކަމެއް ނުކުރެވޭ ސަޔަކުންނޫނީ. ފިހާރަޔަކުން އެއްޗެއް ގަންނަން ވަންނަމީހާވެސް ކިތަންމެކުޑަނަމަވެސް ޑިސްކައުންޓެއް އެބަބޭނުންވޭ. އެވަރިހަމަ ފައްސަތޭކެރުފިޔާއަށް އަގުޖަހާފައި ހުރިއެއްޗަކުން ދެރުފިޔާނަމަވެސް.
    ވީމާ މިޔަދު އަޅުގަޑުމެންގެ ރައީސަށް މިޖެހިވަޑައިގަތީ މި ނުބައި ކެންސަރު މިޤައުމުން ވިލުވޭތޯ މަސައްކަތް ކުރެއްވުމަށް. ރައީސް ނަޝީދުގެ އިޤްތިސާދީ އަދި އިކޮނޮމިކް ޕޮލިސީއަށް ވަރަށްތާއިދުކުރަން. މައްސަލަޔަކީ ދިގުމުއްދަތަކަށްމިހިސާބަށް ކޮރަޕްޓް ވެފައިއޮތް ތަނެއް ހަމަޔަކަށްއަޅުވަން ކިހާދުވަހެއްނަގާނެބޭ! އަނެއްކޮޅުން އިދިކޮޅުޕާޓީޔޭކިޔާބަޔަކު މަސައްކަތް މިކުރަނީ މިކަމަށްދަތިކޮށް ހުރަސްއަޅަން. މިހެންމިވަނީ އެބައިމީހުން ތާއީދުކުރަނީ “ކުރީގެގޮތްތަކަށް ” ކަމަށްވާތީ.
    ރައީސް ނަޝީދުގެ ގަދަހިތްވަރަށް ހަމަސާބަސް.

    Comment by މުހަންމާދީ — Thursday, July 29, 2010 @ 2:53 pm

  3. ހިތާމަޔަކީ މިރާއްޖޭގެ ގިނަބަޔަކަށް ޤައުމުގެޙާލަތާއި މިކަންކަން ރަގަޅުކުރުމަށް މިޔަދުގެސަރުކާރުން އެކުރައްވާރަގަޅުމަސައްކަތްތަކުގެ ޙަޤީޤަތް ނުވިސްނޭކަން.ޔަޤީނުންވެސް އެގެނީ މިސަރުކާރަކުނެތް ވައްކަން ކުރުމަކަށް ފުރުސަތެއް. އިންޓަރ ނެޝަނަލް އެއާޕޯޓް ވިއްކާލީޔޭ ކިޔާ ބަޔަކު އަޑުއަރުވާއިރު އަވަށްޓެރި ލަންކާ އެއާޕޯޓް އެފެންވަރަށް އެހެދުނީ ކިހިނަކުންބާ. އެޔޮށް މުއްސަދި ސިންގަޕޯރ އެފެންވަރަށް ގެންގޮސްދިނީ ކިހިނަކުންބާ. ގިނަދިވެހިންއެއްޗިތިގަންނަން ގޮސްއުޅޭ ސިންގަޕޯރ ގެ މަޝްހޫރު ސިމްލިމްސްކްއެއާ އެއީ އިންޑޮނޭޝިޔާގެ މަހުޖަނެއް ގެ ތަނެއް. އެހެރަ ބޮޑަތި ހޮޓާތަކުގެތެރެއިން ގިނަހޮޓާތަކަކީ މުޅިންވެސް ބޭރުޤައުމުތަކުގެ އިންވެސްޓްމަންޓް.
    ވިސްނަވާލައްވާ ވޭތުވެދިޔަ ތިރީސް އަހަރު މިކުޑަކުޑަ ރާއްޖެޔަށް ވަރަށްގިނައަދަދަކަށް އާމްދަނީ ލިބުނު. މިފައިސާތައް ބަޔެއްގެޖީބަށްނުވަދެ ޤައުމުގެ ތަރައްޤީއަށް ބޭނުންކުރެވުނުނަމަ މިޔަދު އަޅުގަޑުމެން ހަދައުފާވީހޭ ދޯ! ހިތާމަހުރި .މިފަދަ ޚިޔާނާތްތެރިވީބަޔަކު މިޔަދު މިއުޅެނީ ސަރުކާރަ އިދިކޮޅަށްނިކުމެގެން ހަޅޭއްލަވަން.ރައީސް ނަޝީދު އަކީ ޔަޤީނުންވެސް ނިޔަތް ތެދުވެރި އިޚުލާސްތެރި ބޭފުޅެއް. މިރައްޔިތުންނަށްޓަކައިﷲ އެބައިމީހުން ނިކަމެތިކުރައްވާށި.

    Comment by މުހަންމާދީ — Thursday, July 29, 2010 @ 3:15 pm

Leave a comment