ނޫސް ބަޔާން: މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަށް އަދުލު އިންސާފުގެ ދާއިރާއިން ހުރަސްއެޅުން
17 ޖުލައި 2010
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ބައެއް ފަރާތްތަކާއިމެދު ތަޙްޤީގު ހިންގުމަށް އަދުލު އިންސާފުގެ ދާއިރާއިން އެއްބާރުލުން ނުދޭކަން މިޕާޓީ އިން ހިތާމަޔާއެކު ފާހަގަކޮށް އެކަން ކުށްވެރިކުރަމެވެ. އެގޮތުން 1 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުންނަށް ކޯޓު އަމުރު ނުލިބިގެން އެ އޮޕަރޭޝަން ފެއިލްވި ވާހަކަ މި ޕާޓީ އިން އަޑުއެހީ ނުހަނު ހިތާމަޔާ އެކުގައެވެ. އަދި ވެރިކަންކުރާ ޕާޓީގެ ހައިސިއްޔަތުން، އަދުލު އިންސާފުގެ ދާއިރާގެ މިއަމަލު، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަކީ، މި ޕާޓީއިން ދޮރުން ދޮރަށް ހިނގައި، ރައްޔިތުން އެންމެ ކަންބޮޑުވާ 5 ކަމެއް ފާހަގަކޮށް އެމައްޗަށް ބިނާކޮށް، ރައްޔިތުންނަށް ވީ 5 ވަޢުދުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ. ނަމަވެސް، މަސްތުވާތަކެތި ބޭނުންކޮށް އޭގެވިޔަފާރިކުރާ ފަރާތްތަކާއި، ބޮޑެތި މާރާމާރީ ހިންގާ ފަރާތްތަކާއި ކޮރަޕްޝަނާއި، ރިޝްވަތުގެ ހަޑިމުޑުދާރު ޢަމަލުތައްކުރާ ފަރާތްތަކަށް މަގުފަހިވާ ގޮތަށް މިހާރަކަށް އައިސް އަދުލު އިންސާފުގެ ދާއިރާ އިން ގިނަ މައްސަލަތައް ނިންމަމުންދާކަން މި ޕާޓީ އިން ފާހަގަކުރަމެވެ.
އަދި، މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ނިޔަތުގައި އެފަދަ ފަރާތްތަކަށް ވަލުދޮރާށި ހުޅުވައިދިނުމަށް ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއިން މަސައްކަތްކުރަމުން ދިޔުމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޛްކުރުމަށާއި، ހެޔޮވެރިކަމެއް ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް، އަދުލު އިންސާފުގެ ދާއިރާ އިން، ސިޔާސީ ފިކުރު އިސްކުރައްވައި، ގަސްދުގައި، ހުރަސް އެޅުން ކަމުގައި މިޕާޓީ އިން ދެކެމެވެ.
ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޛްކުރުމުގައި އަދުލު އިންސާފުގެ ދާއިރާއިން ތަކުރާރުކޮށް، ތިލަފަތުގެ ވަކިއަތަކަށް ބުރަވެ ޙުކުމްކޮށް، ފުލުހުންގެ ތަޙްޤީގަށް އެއްބާރުލުން ދެމުން ނުދިއުން، ނިމުމަކަށް ގެނެސް، ވަކިބައެއްގެ ފައިދާއާއި މަސްލަހަތަށް ބެލުން އެއްކިބާކޮށް، މުޅި މުޖުތަމައުގެ ފައިދާއާއި ލާބައަށް މަސައްކަތްކުރުމަށް މިޕާޓީ އިން އަދުލު އިންސާފުގެ ދާއިރާއަށް އިލްތިމާސްކުރަމެވެ.
ދިގު 30 އަހަރުގެ ވެރިކަމެއް ނިމިގެން ދިޔަ އިރު އެވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި މަސްތުވާތަކެއްޗަށް ހުޅުވާފައިވާ ދޮރުތައް ބަންދުކުރުމަށް، މި ސަރުކާރުން މިވީ ދޮޅުއަހަރެއްހާ ދުވަހުގެތެރޭގައި ކޮށްފައިވާ ކާމިޔާބު މަސައްކަތް މިޕާޓީ އިން އުފަލާއެކު ފާހަގަކުރާ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. އަދި މިކަމުގައި ދިވެހި ފުލުހުން އަދާކޮށްފައިވާ ފުރިހަމަ ދައުރަށް އެފަރާތަށް ޙައްޤު ޝުކުރު އަދާކުރަމެވެ.
ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް










ޢަދުލު އިންސާފު ނަގާލުމަށް މަސައްކަތް ކުރާ ފަރާތް ތައް ހިފާ ހައްޔަރު ކޮށްގެން ނޫންގޮތަކަށް މިކަމެއް ނުހުއްޓުވޭނެ، އެމީހުން ނަށް ޢަދަބުދީގެން މިކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލަން،
Comment by ahmed — Saturday, July 17, 2010 @ 8:45 pm
މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަށް އަދުލު އިންސާފުގެ ދައިރާއިން ހުރަސްއެޅުން މިއީ ހިތާމަހުރިކަމެއް މިކަން ކަމަށް ހުރަސްއަޅާ ގާޒީނާއިމެދު ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމައް އަޅުގަޑު ދިވެހި ދަރިއެއްގެ ހައިސީޔަތުން ގޮވާލަން އަޅުގަނޑަކީ އެމްޑީޕީގެ މެންބަރަކައް ނުވިނަމަވެސް އަޅުގަނޑަކީ އެމްޑީޕީގެ ސަޕޯޓަރެއް މިފަދަ ބޮޑެތި މައްސަލަތައް ނުބަލާ ދޫކޮއްލާފިނަމަ މިގައުމު އަމާން ބަދަރަކަށް ނުދެވޭނެ ވީމާއި މިކަންތައްތަށް ނުހުއްޓުވެއްޖެނަމަ ޕާޓީއައް ސަޕޯޓް ނުކުރެވޭނެކަން ދަންނަވަމެވެ.
Comment by ދަންޑެހެލު — Sunday, July 18, 2010 @ 12:03 am
ކަހަލަ ކިތައްމެކަމެއް ފެންނާނެ ފުލުހުންނާ ސިފާންގެ ބާރުގެ ބޭނުންކުރޭ
Comment by asfaree — Sunday, July 18, 2010 @ 1:55 am
މިކަމުގާޒިއްމާވާ ގާޒީން މިހާރު ހައްޔަރު ކުރޭ ރައިސް ނަސީދުއައްގޮވާލަން ހުރިހާވަގުން ހައްޔއރުކޮއްފާ ތަހުގީގުކޮއްދެއްވާ
Comment by nafee — Sunday, July 18, 2010 @ 1:58 am
1-މަސްދުވަހަ ނަވެސް ޖަލުގާހަޔަރުކުރޭ ކޯޓް އަމުރު ބޭނުމެއް ނޫ މިގައުމު އަމާން ބަދަރަކައް”””””’ ”””” ”” ”””””
Comment by nafee — Sunday, July 18, 2010 @ 2:03 am
އަދުލުއިންސާފްގެ ދާއިރާގައި ރިޝްވަތުގައި ހިފައިގެން ތިބި މައުމޫންގެންގުޅު ބޮޑުވަގުން ހައްޔަރުކުރޭ އެއްގަނޫނާކާއި ގަވާއިދެއްގެ ދަށުން 3 ކޯޓުން ތަފާތު 03 ހުކުމް
Comment by go — Sunday, July 18, 2010 @ 8:41 am