ނޫސް ބަޔާން: ކޮރަޕްޝަނާ ދެކޮޅު ޖަލްސާ ހުއްޓުވުން ކުށްވެރިކުރުން
17 ޖުލައި 2010
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމަށް 14 ޖުލައި 2010 ވީ ބުދަ ދުވަހުގެރޭ މިޕާޓީ އިން އިންތިޒާމްކޮށްގެން އާޓިފިޝަލް ބީޗުގައި ބޭއްވި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި، ޖަލްސާ އަކަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅައި، މި ޖަލްސާ ހުއްޓުވާފައިވާތީ އެކަން މިޕާޓީ އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މި ޕާޓީ އިން ދެކޭގޮތުގައި، ރާއްޖޭގެ ޢިއްޒަތްތެރި ރަޢީސުލްޖުމްހޫރިއްޔާ ވެސް ވަޑައިގެން އިންނެވި ޖަލްސާއެއް ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ޑީއާރުޕީ އޮފީސް ކުރިމަތީގައި ތިބެ ގާއުކައި، ގަސްދުގައި ޖަލްސާ ހުއްޓުވުމަށް ހިންގި މިލާއިންސާނީ ޢަމަލަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ޚިލާފަށް، ރާއްޖޭގެ ޤާނޫނު އަސާސީ އިން ދިވެހި ކޮންމެ ފަރުދަކަށްމެ ލިބިދީފައިވާ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް، އިދިކޮޅު ފަރާތްތަކުން ރާވައިގެން ހިންގާފައިވާ ފިނޑި އަމަލެކެވެ.
އަދި އެމްޑީޕީގެ ޖަލްސާތަކަށް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އިދިކޮޅު ފަރާތްތަކުން ހުރަސްއަޅާފައިވާކަން މިޕާޓީ އިން ފާހަގަކުރަމެވެ. މިގޮތުން މީގެ ކުރިން އެމްޑީޕީ އާއި ޖަމިއްޔަތުލް ޚައިރު ގުޅިގެން އާޓިފިޝަލް ބީޗްގައި ބޭއްވި ދީނީ ދަރުސަކަށް ޑީއާރުޕީ އިން ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވާކަން ފާހަގަކުރަމެވެ.
މި ފުރުޞަތުގައި ޑީއާރުޕީ އިން ބާއްވާ ޖަލްސާތައް އަމާން ކަމާއެކު ކުރިޔަށް ގެންދިއުމަށް މި ޕާޓީން ފުރުޞަތުދެމުންދާކަން ބަލައިގަނެ، އެމްޑީޕީ އިން ދައްކާ ޑިމޮކްރަސީގެ ރީތި ނަމޫނާގައި ދެމިތިއްބެވުމަށް އިދިކޮޅު ފަރާތްތަކަށް އިލްތިމާސްކުރަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް










އެމްޑީޕީ އާ އިދިކޮޅަށް ނިކުންނަ ތަން މިފެންނަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ސަރުކާރު ވައްޓާލާނަމޭ މިކިޔާ ބައިގަނޑެވެ، އެބައިމީހުނަށް ކުރެވޭނެ ކަމަކީ ވައްވައް ޖެހުމާ، ފޭރުމާ، މާރާމާރީ ހިންގައިގެން ބޮނދާ ތިބުމެވެ، މީހަކު ކަމެއް ކުރިއްޔާ އެކަމެއް ކުރެވޭތޯ ބަލައެވެ، މިހާރު އެމްޑީޕީ އިން ރައްޔިތުންގެ ކޯޓް ހުޅުވީމާ، އެކަންވެސް ކުރަން ވެއްޖެ، ދެންއިވޭނީ ރާމާ މަކުނުހެން ނަގޫ ތާށިކޮށް ލައިގެން ރޮއިގަންނަ އަޑެވެ، ރައްޔިތުންގެ ކޯޓުން ޙުކުމެއް ކުރަން އެމީހުން ގުޅަކުޅޭ ފަސްގަޑަށް ނުނެރެނީސް ހީވަނީ މައިތިރި ވާން ބޭނުން ނުވަނީހެން،
Comment by ahmed — Sunday, July 18, 2010 @ 12:51 am
މިއަދު ރާއްޖޭގައި ހިނގަމުންދާ އިދިކީލަ ވާދަވެރި ސިޔާސީ ކަންކަމުގެ މައްޗަށް ނަޒަރު ހިންގާ އިރު، މައްސަލަ ވަރަށްސާފެވެ. އެއީ އެއްވެސް ހާލެއްގައި ގައުމަށް ގެނެވުނު ވެރިކަމުގެ އައުސަފުޙާ ތަކުގައި ނުވަތަ ޑިމޮކްރަސީގެ ރިވެތި ނަމޫނާތަކުގައި މައްސަލަތަކެއް ހޫރީ އެއްނޫނެވެ. މައްސަލަ ހުރީ އަޅުގަނޑު މެންގެ އަމިއްލަ ބޯދާ ވިސްނުމު ގައެވެ. ނުވަތަ ވާދަ ކުރިބަޔަކަށް ވެރިކަން ނުލިބުމުގެ ސަބަބުން މިތާރީޚީ ބަދަލު ގަބޫލު ކުރުމަށް ބޭނުން ނުވަނީއެވެ. ހެޔޮނިއަތުގައި ދިވެހި ޤައުމަށް ވިސްނާލި ކޮންމެ މީހަކުމެ މިއީ ތެދުކަމަށް މިއަދު ޤަބޫލު ކުރާނެއެވެ. ރާއްޖޭގެ ވެރިކަމުގައި މީގެ ކުރިންތިބި 30 އަހަރުވީ ބަދުމާޝީވެރިން އެކަހެރިކޮށް، ވެރިކަން ނިގުޅައިގަތީ އެއްނޫނެވެ. ހިތާމައަކީ މިރާއްޖޭގައި އޮތް ބޯދާ ކައްޓަރު އުސޫލުތައް ނައްތާލާ ޤާނޫނޫނީ ހުދޫދުތަކުގެ ތެރެއިން، ސައްޙަގޮތުގައި ރައްޔިތުންގެ ހިތާއި، ސިކުނޑިއާއި ތާއީދު ކާމިޔާބުކޮށް، މިސަރުކާރު ވެރިކަމަށް އައީ އިއްތިހާދީ ބާރެއްގެ ގޮތުން ރައްޔިތުންގެ އުއްމީދާއި ގުޅުންހުރި އެތަކެއް ވަޢުދުތަކެއް ކޮށްދިނުމަށް އަހުދު ވަމުންނެވެ. އަދި މިވަޢުދުތައް ވެވޭނެ ޤާނޫނީ މަގު ތަނަވަސް ކުރުމުގެ އުއްމީދު ގައެވެ. އަދި މިކަމަށް ބޭނުންވާ ޤާނޫނީ ބާރުތައް އަދި މުޅިން ފުރިހަމަ ނުވެއެވެ. ނަމަވެސް ރައްޔިތުންނަށް ވަޢުދުތަކެއްވެ އެކަންކޮށް ދިނުމަށް އަރުވާ ޖަހާއިގެންނެވެ. ރައްޔިތުންގެ ހިތްތަކަށް ބިރާއި ހަޞަދަ އުފަން ކުރުވައިގެން ޤާނޫނީ ދާއިރާއިން ބޭރުން ވެރިކަން ބަދަލުކޮށްފައި ވޭހެއްޔެވެ؟ ބަޔަކު ގަބޫލު ކުރިޔަސް އަދި ނުކުރި ޔަސް މިރާއްޖޭގައި އޮތް 30 އަހަރުވީ ބޯދާ ވެރިކަމުގެ އުސޫލުތައް އެމްޑީޕީ އިއްތިހާދުން ބަދަލުކޮށް، ވެރިކަމާއި ހަވާލުވީ ޤާނޫނީ ގޮތުން ސުލްހަވެރި ކަމާއެކު، އިއްތިހާދީ ބާރެއްގެ ގޮތުންނެވެ. ހިނިތުންވަމުން ކުރިޔަށްދެވެން އޮތް ހަރުދަނާ ޤާނޫނީ މަގު ޚިޔާރުކޮށް ގެންނެވެ. ވީހިނދު، ބަޔަކު ދައުލަތުގެ ނަވުންބޭރުވެ ކަނޑަށް ފުންމާލީ ކީއްވެހެއްޔެވެ؟
ދުނިޔޭގައި ބޮޑެތި ޚުދުމުޚުތާރު ވެރިކަން ބަދަލު ކުރަންޖެހޭ، ހަމަތައް ބަޔާންކޮށް ބޮޑެތި ފޮތްތައް ލިޔެވިފައި ހުރިކަންކަން މިވެރިކަމުގެ ދުޝްމަނުންނަށް އެނގިވަޑައި ނުގަންނަވީ ހެއްޔެވެ؟ ގައުމަށް ހެޔޮ އެދޭ އެއްވެސް ބަޔަކު ރައްޔިތުންގެ ސިކުނޑީގެ ތެރެއިން، ނިޒާމުތަކުގެ މައްޗަށް އެކަށައެޅިފައި އޮންނަ ޑިމޮކްރަޓިކް ތިޔަރީތައް ފޮހެލުމަށް ނުވަތަ ސަރުކާރުގެ ހައިބަތުގެ މުހިއްއްމު ޤާނޫނީ ސިފަތައް ރައްޔިތުންގެ ވިސްނުމުން ބޭރުކޮށް ލެވުމަށް ކުރީގެ އުސޫލުތަކުގެ މައްޗަށް ލޯބިކުރާ ބަޔަކު އުނބަށްޖެހި އަޑީގައި ތިބެ ގަދަވެ ގަތުމަށް ކުރާ ތިޔަފަދަ މަސައްކަތަކީ، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އުސޫލުތަކާއި ޚިލާފު އަމަލުތަކެވެ. ވީހިނދު، އަޅުގަނޑު މެންގެ ރާއްޖޭގެ ސިޔާސީ އަދި އިގުތިސާދީ އާއްމު ހާލަތު މީގެކުރިން އޮތްގޮތަށް ބަލާއިރު، އެނބުރި ބޯދާ އުސުލުތަކުގެ މައްޗަށް ވެރިކަމުގެ ބާރުތައް ނަގުލު ކުރެވޭކަށް ނެތެވެ. ސަބަބީ، ކުރީގެ ވެރިކަމުގެ އުސޫލުތަކުގެ ތެރެއިން، މިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މައްޗަށް އޭގެ ޒާތުގައި ދައުލަތުގެ މަތިވެރި ވާޖިބު އަދާ ކުރެވިފައި ނެތެވެ. ވިހިނދު، ބޮޑާކަމާއި، ހަސަދަވެރިކަމާއި، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ބޮޑުކަމުން ހިންގަވާ އިރު، ބިންގަނޑު ފަޅަފަޅާއިގެން ދަނީހެން ހީވަނީހެއްޔެވެ؟ ﷲޞުބްހާނަހޫ ވަތަޢާލާ ވަހީކުރައްވަނީ ބޮޑާކަންމަތީ ބިމުގައި ނުހިނގާށެވެ’ މަޝްހޫރު ސަންދާނޫ ދީދީ ވިދާޅުވެފައިވާ ފަދައިން، މިއަދުގެ ބައެއްމީހުން ބޮޑެތި ސެޓްފިކެޓްތައް ހާސިލް ކޮށްފައިވަނީ، ގިރިގިރިންނާއި، ފަޅުފަޅުން ހެއްޔެވެ؟
Comment by Mahir/Huludu — Sunday, July 18, 2010 @ 2:57 am