mdp_banner

Thursday, July 2, 2009

“ތިމަރަފުށީ ރައްޔިތުންނާއެކު އެމްޑީޕީ” ގެ ނަމުގައި އެމްޑީޕީން ޚާއްސަ ޖަލްސާއެއް ބާއްވައިފި

“ތިމަރަފުށީ ރައްޔިތުންނާއެކު އެމްޑީޕީ” ގެ ނަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިންތިޒާމްކޮށްގެން ބުދަ ދުވަހުގެރޭ އާޓިފިޝަލް ބީޗް ގައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ އިދިކޮޅު ޑީއާރުޕީން ސަރުކާރުގެ ވަޒީރުންނާމެދު އިތުބާރު ނެތްކަމުގެ ވޯޓު ނަގާނޭ ކަމުގެ ވާހަކަ ކިތަންމެ ވަރަކަށް ދައްކަމުން ދިޔަ ނަމަވެސް އެކަމާ އެއްވެސް ވަރަކަށް ޖެހިލުންވެ ވަޑައި ނުގަންނަވާ ކަމަށާއި، އެއް ވަޒީރަކާމެދު އިތުބާރުނެތް ކަމަށް ފާސްކުރާ ތަނުން އާ ވަޒީރެއްގެ ނަން މަޖިލީހުން ފާސްކުރަމުން ގެންދާނެ ކަމުގައެވެ. އަދި ޑީއާރުޕީ އާއި ޕީއޭ އަށް މަޖިލިހުގެ އަޣްލަބިއްޔަތު އޮތް ނަމަވެސް ކުރިންވެސް މަޖިލީހުގައި އެޕާޓީތަކުން މަސައްކަތް ކުރަމުން ދިޔައީ، އަދި މިހާރުވެސް މަސައްކަތް ކުރަމުންދަނީ އާންމު ރައްޔިތުންގެ މަސްލަހަތަށް ބެލުމެއްނެތި ކަމުގައެވެ. އަދި ޑީއާރުޕީއަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ ހެވަށް މަސައްކަތްކުރި ޕާޓީއެއް ނޫން ކަމުގައި ރީކޯ މޫސަ ވިދާޅުވިއެވެ.
މިޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޕާޓީ މަސްލަހަތަށް ވުރެ އާންމު ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ ޕާޓީ އެއް ކަމުގައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަދި ހދ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ޑީއާރުޕީން މައިގަނޑު ތިން ޕްލޭނެއް ގެންގުޅޭ ކަމަށާއި، އެ ތިން ޕްލޭނަކީ، ޑޮލަރު ތާށިކުރުމުގެ ޕްލޭން އަކާއި ޓޫރިޒަމް ދާއިރާ ހަލާކު ކޮށްގެން ސަރުކާރާމެދު ރައްޔިތުން ނަފްރަތު ކުރުވުމުގެ ޕްލޭން އަކާއި، އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއިމެދު އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ ޕްލޭން ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފ ބިލެތްދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވެސް މެންބަރު އަލްއުސްތާޛް އަހުމަދު ހަމްޒާ ވިދާޅުވީ ޑީއާރުޕީން ފަށާނެ ކަމަށް ވާހަކަދެކެވޭ، ވަޒީރުންނާމެދު އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ ސިލްސިލާގައި އެންމެ ފުރަތަމަ އިތުބާރުނެތް ކަމުގެ ވޯޓުނަގާނޭ ކަމަށް އެ ޕާޓީން ބުނަމުންދާ ހޯމް މިނިސްޓަރ މުޙައްމަދު ޝިހާބަކީ މިވަގުތު ސަރުކާރުގައި ހުންނެވި އެންމެ ޤާބިލް އެއް ވަޒީރު ކަމުގައެވެ. އަދި އެފަދަ ބޭފުޅަކާއި މެދު އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައިފިނަމަ ޑީއާރުޕީން ރައްޔިތުންނަށް ހެޔޮއެދޭ މިންވަރު އެނގިގެންދާނެ ކަމުގައި ވިދާޅު ވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ އިތުރުން ތ ތިމަރަފުށީ ދާއިރާގެ ވަގުތީ ނަތީޖާއިން ކުރި ހޯއްދަވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު މުސްތަފާ ވެސް ވާހަކަ ދެއްކެވިއެވެ.

5 Comments »
  1. މުސްތަފާ ތިކުރައްވާ ހިތްވަރަށް އައްސަރިބަހާއިސާބަސްދެން ، އަޅުގަޑުގެ އިޚޫލާސްތެރިދުއާއަކީ ތިމަރަފުށީގެ ގޮޑި މުސްތަފާއަށް ކާމިޔާބުކުރެއްވުން ، އެހެންނަމަވެސް އަޅުގަޑު މުސްތަފާއަށާއި މުސްތަފާގެ ސަޕޯޓަރުންނަށް ދައްނަވާލަން ބޭނުންވޭ ، މިފަހަރުގެ ވޯޓުގެކަންކަންހިގާއިރު އެއްވެސްވަރެއްގެ ހަމަނުޖެހުމަށް ހިގުމަށް ޖާގަނުދެއްވާ ވަރަށް އަމާން އޮމާންކޮށް ވޯޓުލާ ފުރިހަމަކާމިޔާބީއެއް ޙާސިލްކުރުމަށް މަސައްކަތްކޮށްދެއްވުން ، މިހެންދައްނަވާއިރުވެސް އަޅުގަޑަށް ވަރަށްސާފުކޮށް އެގޭ އެމް ޑީ ޕީއަށްނިސްބަތްވާ އެއްވެސްމެންބަރަކު ހަމަނުޖެހުމަށް ނުހިންގާނެކަން ، އެކަމަކު ގަވާއިދުން ނެއްޓިދާނެކަމަށް ހީވާނަމަ އެކަން ހަމަމަގަށް އެޅުމަށްމަސައްކަތްކުރަންޖެހޭނެކަމަށް އަޅުގަޑު ގަބޫލުކުރަން ، އަދި އަޅުގަޑު އިލްތިމާސްކުރަން ތިމަރަފުށިގެ އަޚުންނާއި އުޚުތުންނަށް ރައްޔިތުންނަށް މާޒީންލިބިފައިވާ އިބުރަތަށް ވިސްނާއިގެން ގައުމަށް އެއްމެފައިދާވާގޮތަށް އިޚުލާސްތެރިކަމާއިއެކު މަސައްކަތްކުރާނެ ދިވެހިދަރިއަކަށް މިފުރުސަތުދެއްވުން ، = އޭސް =

    Comment by Anonymous — Thursday, July 2, 2009 @ 6:49 pm

  2. ehimarafuttakee meehun heyluntheri rashehge gothugai ma/soor rasheh ehen kamah vee iru alhugandumennah yageen ghassaan ah tharheeb nudheynekan sababakee rashuge rayyatheh huttaa firaun abdul gayyoom ge dhari hovaifinama rayyathunnah ebaimeehunnah beynun vaa haggu thah hadhaa nudheveynethaa ekan kodhdheyne vaguthu libifa vanee thirees aharu e ee kudamudhdhathehnoon moosa vidhaalhuvanee rangalhah

    Comment by siththifulhu — Thursday, July 2, 2009 @ 8:31 pm

  3. ޖަލްސާގެ ރިކޯޑިންގ އެއްނުލިބޭނެތޯ؟

    Comment by Mohamed — Friday, July 3, 2009 @ 9:12 am

  4. ހަމްޒާގެ ވާހަކަ ވަރަށް ރަގަޅު.

    Comment by Anonymous — Sunday, July 5, 2009 @ 11:39 am

  5. އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު މުސްތަފާ އަށް ކުރީފަހަރަށް ވުރެ ވެސް ބޮޑު ކާމިޔާބީ އެއް ދެއްވާތޯ ތިމަރަފުއްޓާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ހެޔޮ ދުޢާ ކުރޭ.
    މާތް ﷲ އަޅުގަނޑުމެން މައުމޫނުގެ އަނިޔާވެރި ވަކިތަކުން ސަލާމަތް ކޮށްދެއްވާށި.

    Comment by އަފްރާޝީމް — Tuesday, July 7, 2009 @ 2:23 pm

Leave a comment