ނޫސް ބަޔާން
ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-010
ތާރީޚް: 30 ޖޫން 2009 (އަންގާރަ)
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އާއި އަދާލަތު ޕާޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ދެޕާޓީން އެއްބަސްވާކަމުގެ ލިޔުމެއްގައި މިއަދު ދެ ޕާޓީން ސޮއިކުރައްވައިފިއެވެ. އެމްޑީޕީގެ ފަރާތުން ސޮއި ކުރެއްވީ ޕާޓީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީއެވެ. އަދާލަތު ޕާޓީގެ ފަރާތުން ސޮއި ކުރެއްވީ އައްޝައިހް ޙުސައިން ރަޝީދު އަހްމަދެވެ.
މި އެއްބަސްވުމުގެ މަޤްސަދަކީ ހިނގަމުންދާ ރިޔާސީ ދައުރުގައި ސަރުކާރު ވަރުގަދަކޮށް ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް އިންސާފުވެރިކަމާއެކު ފުޅާ ދާއިރާއެއްގައި ފަހިކޮށްދިނުމަށް ބާރުއެޅުމެވެ.
މިގޮތުން ސަރުކާރު ހިންގުމުގައި މިހާރު އަދާލަތު ޕާޓީއަށް އޮތް ދައުރު އިތުރުކުރުމަށް އެއްބަސްވެފައިވެއެވެ. މީގެ އިތުރުން، ސިޔާސީ ގޮތުން ދެޕާޓީގެ މެމްބަރުންނާއި ޢާންމު ރައްޔިތުންގެ ހޭލުންތެރި ކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ފަދަ އިންތިޙާބުތަކުގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް









މިކަން އޭޕީން ކުރަންވީތާ ކޮންދުވަހެއް! އަސްލު މަޖްލިސް އިންތިޚާބުގަވެސް މިހެން ހެދިނަމަ ދެބައިމީހުންނަށްވެސް މާ ފައިދާ ބޮޑުވާނެ އެވެ.
Comment by i love adhaalath — Wednesday, July 1, 2009 @ 11:24 pm
ވަރަށް ފުރިހަމަ ނިންމުމެއް. ދެޕާޓީއަކީވެސް މިވަގުތު ރާއްޖޭގައިއޮތް އެންމެ ހިއްވަރުގަދަ ދެޕާޓީ. މިހާރު “ޒައީމު” އިތުރަށް ޖެހިލުންވާނެ. ދެން ލަލަލާ.. ހޮހޮހޯ
Comment by Anonymous — Friday, July 3, 2009 @ 12:46 am
އެންމެ ފަހުން އޮތް މަޖިލިސް އިންތިޚާބުގަ އަދާލަތު ޕާޓީއަށް ގޮނޑިއެއް ނުލިބުނުކަމީ ހިތާމަހުރިކަމެއް. ހިތާމައިގެ ކޮޅެއްވެސް ނެތް. ދިވެހިރާއްޖޭގައި ފުރިހަމަ އިސްލާމީ ވެއްޓެއް އޮތް ހެޔޮވެރިކަމެއް ޤާއިމުކުރެވޭނީ ދީނީ ޢިލްމުވެރިން މަޖިލީހުގަ ތިބެގެން. ޑީއާރުޕީއިން ހޮވިފައިހުރި އަފްރާޝީމަކީ ދީނީ ޢިލްމުވެރިއެކޭ ބުނަން ހެޔޮވާވަރުގެ މީހެއްނޫން. ފުރަތަމަވެސް އޭޕީ އާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރިނަމަ މިފަދަ މީހުން މަޖިލީހަށް ވައްދާކަށް ނުޖެހުނީސް. ކުރިއަށް އޮތް ތާގަ ދެޕާޓީ ގުޅިގެން މަސައްކަތްކުރުމަށް ގޮވާލަން. ދިވެހި ޤައުމުއެދިއެދި މިއޮތީ ތިޔަ ފަދަ ބަޔަކަށް. ދިވެހި ޤައުމަށް ކުރިއެރުން ގެނެވޭނީ ތިޔަފަދަ ބަތަލުންނަށް. ރާއްޖޭގެ ޑިމޮކްރެސީގެ ބާނީންނާއި، ދިވެހީން ފުރިހަމަ އިސްލާމްދީނަށް ވާސިލުކުރުމަށް ޖިހާދުކުރަމުންދާ މަތިވެރި އަބްތާލުންނަށް.
Comment by Didi — Friday, July 3, 2009 @ 10:08 pm
އޭޕީއަށް މަޖިލީހުގެ ގޮނޑިއެއް ލިބުނުނަމަ ޑީއާރުޕީގެ މެމްބަރުންނަށް މަޖިލީހުގައި ހިތުހުރިގޮތެއް ނެހެދޭނެ. ފުރަތަމަވެސް އެމްޑީޕީއާއި އޭޕީ ގުޅިގެން މަސައްކަތްކުރިނަމަ އޭޕީގެ ހުރިހާ ގޮނޑިތައް ކާމިޔާބުކުރެވޭނެކަން ޔަޤީން. އޭރުން އެމްޑީޕީއަށް އެކަމުގެ ފައިދާ ފެނިގެންދާނެ. މިހާރު މަޖިލީހުގަ އެތިއްބެވި އެއްވެސް ޕާޓީއެއްގެ އެއްވެސް ބޭފުޅަކަށް އޭޕީގެ މެމްބަރަކާ ވާދައެއްނުކުރެވޭނެ. އެބޭފުޅުން ބުނެލާ އެންމެ ބަހަކުން ދެންތިބި ބަޔަކަށް އުފްވެސް ނުބުނެވޭނެ. ދީދީ ބުނިހެން މިހާރު މަޖިލީހުގަ އަފްރާޝީމްހުރުމަކުން ވާނެކަމެއްނެތް. އޭނަޔަށް ރައްދުދެވޭ ވަރުގެ ބޭފުޅަކު މަޖިލީހަށް ބޭނުންތެރި. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެމްޑީޕީ އާއި އޭޕީ ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑުވެސް ގޮވާލަން. މިކަމުގައި 2 ޕާޓީންވެސް އެއްބާރުލުން ދޭންޖެހޭނެ. ރާއްޖެއަށް ހެޔޮވެރިކަމެއް ގެނެވޭނީ އޭޕީގަތިބި ދީނީ ޢިލްމުވެރިންނާއި، ރައްޔިތުންގެ ޙައްޤުޤަ މަސައްކަތްކުރާ އެމްޑީޕީއަށް. ޙަޤީޤީ ދީނީ ޢިލްމުވެރިންނާއި، ރައްޔިތުންގެ ޙައްޤުގަ ވަކާލާތުކުރާ ބަޔަކުތިބި ޕާޓީއެއް މިދެޕާޓީ ނޫނިއްޔަކާނެތް. އުމަރު ނަސީރު ހެދިގޮތަށް އޭޕީއިން އެމްޑީޕީއާއި ގުޅުމަށް އަޅުގަނޑު ގޮވާލަން. އޭރުން މުޅިރާއްޖޭގައިވެސް އެފަދަ ދެވަނަ ޕާޓީއެއް ނޯންނާނެ. އެހެންކަމުން 2 ޕާޓީންވެސް މިކަމަށް ވިސްނެވުމަށް އެދެން.
Comment by Thakhaan — Friday, July 3, 2009 @ 11:47 pm
ދީނުގެ ރުކުންތައް އިސްފަސްކުރާ މީހަކު މަޖިލީހުގައި ބަހައްޓަން ހެޔޮވެސް ނުވާނެ. އިއްޔެ މަޖިލީހުގައި ޓެކްސް އާ ބެހޭގޮތުން ދީނީ ދަރުސްދެމުން އެ އަފްރާޝީމަކު ބުނީ ޒަކާތަކީ ދީނުގެ 2 ވަނަ ރުކުނޯ. މީހަކު ފަހެ އަންތަރީހެއް ނުވާނެތަ ؟ ހަމަ މި އަފްރާޝީމް އެބަ ބުނޭ ޒިނޭ ކުރުމަކީ ހަރާމް ކަމެއް ނޫނޭ. ވާހ ވާހ .. ތިއޮތީ މެލޭޝިޔާއިން ދީނީ ތަޢްލީމް ޙާޞިލްކުރެވިފަ ……..
Comment by އަފްރާޝީމް — Tuesday, July 7, 2009 @ 2:30 pm