ނޫސްބަޔާން
ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-011
ތާރީޚް: 92 ޖޫން 2009 (ހޯމަ)
ސަރުކާރުގެ މިނިސްޓަރުންނަށް ދިވެހިރައްޔިތުން ކުރަމުންދާ އިތުބާރު ގެއްލުވާލުމަށް ޑީއާރޕީގެ ކޯލިޝަނުން ހިންގަމުންދާ އަމަލު ކުށްވެރިކުރުން
ދައުލަތުގެ މުއައްސަސާތައްކަމަށްވާ އިލެކްޝަންސް ކޮމިޝަނާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ހިއުމަން ރައިޓްސް ކޮމިޝަން ފަދަ މުއައްސަސާތަކުން ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ އިހްސާސްތަކާއި ޝުއޫރުތަކަށް އަޅާލުމެއްނެތް ދަނޑިވަޅެއްގައި، ތިމަރަފުށީގެ ރައްޔިތުންނާ އެރަށުގެ މަދަނީ ޖަމާޢަތްތަކުން، އެރަށުގެ ޙާލަތު އޮތްގޮތުން އެތަނަށް ގްރޫޕްހަދައިގެން ދިއުމީ ރަށުގެ މަސްލަހަތު ގެއްލޭނެ ކަމެއްކަމުގައި ބުނުމުން، ތިމަރަފުށީ ރައްޔިތުންގެ މި އާދޭހަށް ސަރުކާރުން ރިއާޔަތް ކުރައްވައި އެރަށުގެ ހާލަތު މޮނިޓަރ ކުރައްވައި ހަމަޖެހޭތޯ މަސައްކަތް ކުރައްވަމުން ދަނިކޮށް، ޑީއާރުޕީގެ ކެންޑިޑޭޓް މުޙައްމަދު ޣައްސާނު މައުމޫން ގްރޫޕް ހަދައިގެންގޮސް، ރަށުގެ ރައްޔިތުންނަށް ގޮންޖަހާ އަދި މާލެއަށް އެބުރި އައިސް ދިން ނޫސް ކޮންފަރެންސެއްގައި، ދިވެހިސަރުކާރުން ތިމަރަފުށީ ރައްޔިތުންގެ މިއެދުމަށް އިޖާބަދެއްވުމާއި ގުޅިގެން ދިވެހިރައްޔިތުން ސަރުކާރުގެ މިނިސްޓަރުންނަށް މިހާރު ކުރަމުންދާ އިތުބާރު ގެއްލުވާލުމަށް އެ މިނިސްޓަރުންނާ މެދު ރައްޔިތުންގެ މަޖިލިހުގައި އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅުވައިގެން އާންމުކޮށް ވާހަކަ ދައްކަމުން ދާތީ މިކަން މި ޕާޓީން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ ބަސް ބުނާނެ މީހަކު އިނުމުގެ ފުރުޞަތު ޑީއާރުޕީގެ ކެންޑިޑޭޓް މުޙައްމަދު ޣައްސާން މައުމޫން ނަގާލާ، އަދި އެދާއިރާގެ ރައްޔިތުންގެ ބަސް މަޖިލިހުގައި އިއްވާނޭ މީހަކު ނެތް ދަނޑިވަޅެއްގައި، ތިމަރަފުށީ ރައްޔިތުންގެ ހިމާޔަތަށް ތެދުވާ ބަޔަކާމެދު ފިޔަވަޅު އަޅަން އިންޒާރުދޭތީ، މިކަން ކުށްވެރިކޮށް، ދިވެހި ސަރުކާރުން ހުރިހާ ދިވެހިރައްޔިތުންގެ އެދުންތަކަށް ތަންދެއްވައިގެން ތިޔަ ކުރައްވާ ހެޔޮވެރިކަމަށް މިޕާޓީން މަރުހަބާ ކިޔަމެވެ.
ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް









GHASSAAN ah heyo edhey faraaithah madhukan dhenehure alhugandu ghassaan ah dhannavan mulhiumurugai raskalehge dharieh fadhain noolheveyne kan gabool kuravvaa thiyakamun dhuruvumakee varah rangalhukameh thiyakudhin dhivehi rayyathunge ihsaasu dhannaanee miraajeygai masakkai kuran ais ulhey bangaalheennah vure kudakohkan handhaan kuravvaa thiya kudhinge bappaa fulhu gaumugai verikan kurevvi goi visnaalun rangalhu raajethereygai ulhuvvaa ahunnaai uhthunge haalu engeynee maleygai ulhey meehunge haalu engey bayakah kan yagee veemaa alhuganduge ilthimaas akee thiyagoi dhookollaa hamamagah aun thiyabeyfulhunnah hunnaanee dhuniyeyge ufaa hoadhifa jaahaai izzathaai hedhi thiyavarun noolhuvvaa thiyakameh nuvaanekamugai alhugandu midhannavanee dhivehinge gina baehge visnumah balaafa kaaminee verikan abadhu baavan noolhey thibeyfulhaage bappa maumoon firaunah vure kulhadhaanaeh nuvaane firaunuves nethigen dhiyaee
Comment by siththifulhu — Thursday, July 2, 2009 @ 5:36 am