Maldivian Democratic Party » ނޫސް ބަޔާން
mdp_banner

Wednesday, June 24, 2009

ނޫސް ބަޔާން

ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-009
ތާރީޚް: 24 ޖޫން 2009 (ބުދަ)

ތިމަރަފުށީ ދާއިރާގައި އަލުން ވޯޓްލުމާ ގުޅޭ

ތިމަރަފުށީ ދާއިރާއަށް ކުރިމަތިލެއްވި ޑީއާރޕީގެ ކެންޑިޑޭޓު ޣައްސާނު މައުމޫން ވޯޓުގެ ކަންކަމާ ގުޅިގެން ހިތްހަމަނުޖެހޭތީ ދިވެހިރާއްޖޭގެ ހައިކޯޓަށް އޭނާ ކުރެއްވި ޝަކުވާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ ކުރިޔަށް ގެންދިޔައިރު، އެދާއިރާ އަށް ކުރިމަތިލައްވާ އެ ދާއިރާއަށް ހޮވުނުކަމަށް ވަޤުތީ ނަތީޖާއިން ޢިއުލާންކުރި އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު މުސްތަފާއަށް، އެކޯޓުން އަޑުއެހުންތަކުގައި އެއްޗެއް ބުނާނެ ފުރުސަތެއް ނުދެއްވާ ކުރިޔަށް ގެންދެވި ކަމީ، މިޕާޓީ ކަންބޮޑުވާ ކަމެކެވެ. އަދި މިފަދަ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އޮއްވާ ހައިކޯޓުގެ އިސްފަރާތްތައް ޑީއާރޕީގެ ޒައީމުއާއި ބައްދަލު ކުރެއްވި ވާހަކަ މީޑިއާއިން ހާމަ ކުރެވިފައިވާތީ، މިފަދަ ކަންކަން މިހެން ހުރުމީ ރައްޔިތުންގެ އިތުބާރު ދިވެހި ޝަރުޢީ ނިޒާމާ ދޭތެރޭގައި ގެއްލޭ ކަމެކެވެ.

ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފް ކުރުމަށް، އިލެކްޝަންގެ ކަންކަން ބެލެހެއްޓުމަށް ޤާނޫނުއަސާސީން ބާރު ލިބިފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާއެއްކަމަށްވާ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރެއްވުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލައިގައި ހުކުމް ކުރައްވަންދެން ހައިކޯޓުގެ މި ހުކުމް ތަންފީޒު ކުރެއްވުން ލަސްކުރެއްވުމަށް މިޕާޓީން އިލްތިމާސް ކުރަމެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމެއް ދެއްވާއިރު، މިހުކުމުން އަސަރުކުރާނެ ފަރާތެއްކަމަށްވާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު މުސްތަފާއަށް ކޯޓުގެ އަޑުއެހުން ތަކުގައި އެއްޗެއް ބުނާނެ ފުރުސަތެއް ދެއްވާ ރާއްޖޭގެ ރައްޔިތުންގެ އިތުބާރު، ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމާއި ދޭތެރޭ އިތުރަށް ނުގެއްލޭނެ ގޮތަކަށް ޢަމަލު ކުރައްވާނެ ކަމަށް މިޕާޓީން އުންމީދު ކުރަމެވެ.

ޑީއާރޕީގެ އެޝަކުވާގެ ސަބަބުން ވޯޓުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި އެހެން ފަރާތްތަކުން ބުނަމުން ދިޔައިރުވެސް، ޑީއާރޕީގެ އަމިއްލަ އެދުން ހާސިލްކުރުމަށްޓަކައި ތިމަރަފުށީ ދާއިރާގެ އެތައްހާސް ދިވެހިރައްޔިތުންގެ ބަހެއް ބުނުމުގެ ފުރުސަތެއްނެތި، ދިވެހިރާއްޖާގެ ރައްޔިތުންގެ މަޖިލީސް ހިންގަމުންދާކަމީ، ޑީއާރޕީއަކީ ދިވެހިރައްޔިތުންގެ އިހްސާސްތަކާއި ޝުޢޫރުތަކަށް އެއްވެސް ބެލުމެއްނެތި ހިންގާ ޕާޓީއެއްކަން މި ޕާޓީން ފާހަގަކުރާ ކަމެކެވެ. އަދި ޑީއާރޕީގެ އެ ޢަމަލު ވަރަށް ހަރުކަށި އިބާރާތުން މިޕާޓީން ކުށްވެރި ކުރަމެވެ.

ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް

2 Comments »

  1. alhugandumennah ilm gina kurevvumah dhuaa kurun othee maumoon mihaaruvanee muskulhivefa anekkaa dhevana maumooneh alhugandumenge dharinnah dhekkumakee hamakameh noon alhugandumen kehtherivaan dhaskoh hamavisnundhevvumah dhuaa kurumakee alhugandu hithun kuranveekan emme rangalhukanthah firaunge nubaikamun salaamaikurevvumah moosa alaihi salaam dhuvaa kurevvi fahunves firaunu saalhees aharu huri mikamun engey echchakee maumoonakee kithanme nulafaa jaahil haainakah viyas vaguthu annandhen hunnaanekan ehurun alhugandumen gabool koggen nuvaane e ee eyna rangalhukamun meehunge thaaeedhaai ekugai hunnahurumeh kamakah maumoonuge nubai nlafaa kamaajaahil kan eynage basthakah haasakoh dheenee kankamugai dhakkaafavaa vaahaka thakun engeyne veemaa thimarafushi kahala rayyathun heyluntheri rashakah rayyathunnah ekan engeyne kassaan nuvatha haamaanu viyas rashu meehakah vure rashah heyo neydheyne kan engen vaane allah efadha bayaku raajeyge baarufoaruvey magaamakah nulevvumah dhuaakurey adhi ebai meehun hadhiyaaeh dheefina hifaafa thaaeedhu nukurey mee hanguraamaeh hanguraamaigaii makaru e ee oi kameh

    Comment by siththifulhu — Friday, June 26, 2009 @ 8:39 pm

  2. ގައްޔޫމް ބުނަނީ ތިމަންނާ ތައާރަފު ކުރި ޑިމޮކްރަސީޔޯ މީ ވާހ ވާހ! …ރައީސް ނަޝީދު އިސްތިއުފާދޭށޯ… އަދިވެސް ތިމަންނާއަށޯ މިކަންކުރެވޭނީ …ގައްޔޫމުގެ ޑިމޮކްރަސީގެ އޮޑިޓްރިޕޯރޓް ތައް ހާދަ ސަޅިއޭ…ގަނޑުވަރުގަ މަ ބޭނުންކުރީ އެންމެ 71 ކާރޯ. ބަދަލަކަށްވޯޓް ދީގެން އެކަމާ ހިތާމަކުރަނީ ގައްޔޫމާ ގައްޔޫމުގެ އަވާނުން. މިހާރު މުސްކުޅިންގެ ތެރެއިން 14،000 އަށްވުރެ ގިނަ ބަޔަކަށް 2،000 ރުފިޔަވެސް އެބަލިބޭތާ. ކުރިން އެއްޗެއްލިބޭނީ އާދޭސް ކޮށް ރޮއި ހޭރިގެން. ކޯޓް ގެ އިސްފަރާތްތަކާ ގައްޔޫމް ބައްދަލުކުރީ އެމީހުންގަނެލުމުގެ ބޭނުމުގަ. އެޢީ ގައްޔޫމުގެ އެޑްވައިޒަރު ކޮލި އަލިމަނިކުގެ ސްޓައިލް…

    Comment by az — Sunday, June 28, 2009 @ 4:38 pm

Leave a comment