ނޫސް ބަޔާން
ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-007
ތާރީޚް: 11 ޖޫން 2009 (ބުރާސްފަތި)
އެމްޑީޕިގެ ލީޑަރޝިޕްއާމެދު ބިރުވެރިކަން އުފެދޭ ވާހަކަތައް ދިޓީވީން ފަތުރަމުންދާތީ އެކަން ކުށްވެރިކުރުން
އެމްޑީޕީގެ އިސްވެރިން ދިޓީވީއަށް އިންޒާރުދޭކަމަށް ބުނެ ދިޓީވީން ބުދަދުވަހުގެރޭ އާންމުކޮށް ބުނަމުން ގެންގޮސްފައިވާތީ ދިޓީވީގެ އެއަމަލު އެމްޑީޕީން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރަމެވެ.
އެމްޑީޕީ ދެކޭގޮތުގައި އެބާވަތުގެ ވާހަކަތަކަކީ އެކަމުން އެމްޑީޕީއާމެދު ރައްޔިތުންނަށް އޮޅުންއަރައި، ބިރުވެރިކަން އުފައްދައި ޕާޓީއާމެދު ރައްޔިތުންގެ ހިތްތަކުގައި އުފެދެމުން އަންނަ އިތުބާރު ގެއްލުވާލުމަށް މަގުފަހިކުރުވާ ވާހަކަތަކެކެވެ.
މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކީ އެމްޑީޕީ އުފެދުނީއްސުރެ ބާރުއަޅާ އެކަމަށް ވަރަށް ހޭލައިތިބެ ފާޅުގައި ގޮވާލާ ވަކާލާތު ކުރަމުން އައި ކަމެކެވެ. އަދި ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ލިބިފައިވާ ޖާގައަކީ އެމްޑީޕީން އެކަމަށް ނުހަނު މަރުހަބާކިޔާ އުފާކުރާ ކަމެކެވެ.
އެހެންކަމަށްވުމާއެކު މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭނެ ކަމެއް ކުރުމަކީ މި ޕާޓީގެ ސިޔާސަތާ ޚިލާފު ކަމެކެވެ. އަދި ޕާޓީގެ ލީޑަރޝިޕްއާއި އިސްމަގާމުތަކުގައި ތިއްބެވި އެންމެހާ ފަރާތްތަކުން އެ ސިޔާސަތު ދަމަހައްޓަން އަބަދުމެ މަސައްކަތް ކުރާ ކަމެކެވެ.
ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް









dhi tv noonas ahenfaraaithakunves rayyathunnah mdp in kuran ulhey hidhmaithakah huras elheyene fadha fithna ufedheyne fadha vaahaka dhakkaa kan dhivehi rayyathungetherein gina bayaku dhaney hithaama yakee nasheed hiythirikureema kokadi key meedhaluge beedhain gaumuge hiyaanaai therin rayyathunge boakaalaa gadhavaa manzaru balan rayyathun thibenjeheykan mihaarun mihaarah avahah emeehun gaanoonuge kurimachchah haazirkoh adhab nudhevijjenama anekkaa firaunge auvaanun gadhavaanekan ekamuge biru rayyathunge hithugai vaakan yageen maumoonaai drp akee mi dhivehi ummathuge fir aunaai haamaanufadha kameh nuvatha baeh
Comment by siththifulhu — Friday, June 12, 2009 @ 8:57 pm