Maldivian Democratic Party » ނޫސް ބަޔާން
dhaaira2010

Monday, May 25, 2009

ނޫސް ބަޔާން

ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-005
ތާރީޚް: 25 މޭ 2009 (ހޯމަ)

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމަށާއި ނައިބުރައީސްކަމުގެ މަގާމަށް އިންތިޚާބުކުރާނެ މެމްބަރުން ކަނޑައަޅުއްވައިފި

އަލަށް އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމަށާއި ނައިބު ރައީސްކަމުގެ މަގާމަށް އިންތިޚާބުކުރައްވާނެ ބޭފުޅުން ކަނޑައަޅުއްވައި އެ ފަރާތްތަކަށް ތާއިދު ހޯދުމުގެ މަސައްކަތް ކުރައްވަން ފަށްޓަވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމަށް އިންތިޚާބު ކުރުމަށް ޕާޓީން ނިންމާފައިވަނީ ޅ ހިންނަވަރު ދާއިރާއަށް މިހާރު އިންތިޚާބުވެ ވަޑައިގެންފައިވާ މެމްބަރ އަލްފާޟިލް އިބްރާހީމް މުހަންމަދު ސާލިހެވެ. އަދި ނައިބުރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ޕާޓީން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ފ ބިލެތްދޫ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންފައިވާ އަލްއުސްތާޛް އަހްމަދު ހަމްޒާއެވެ.

ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް

No Comments »

No comments yet.

Leave a comment