ރައްޔިތުންގެ މަޖިލިސް 2009 ގެ އިންތިޚާބަށް ކުރިމަތިލައްވާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޕޭން ރަސްމީކޮށް އިފްތިތާހްކޮށްފި
މޭމަހުގެ 9 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ 76 ކެންޑިޑޭޓުންގެ ކެންޕޭން ރަސްމީކޮށް އިފްތިތާހުކުރުން ހޮނިހިރުދުވަހުގެ ރޭ 9 ޖެހިއިރު މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވައިފިއެވެ. ކެންޕޭން ފެށުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގައި މިހާރު ޕާޓީ ތަމްސީލު ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ކ އަތޮޅު މެމްބަރ އަދި ޕާޓީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ އާއި ލ އަތޮޅު މެމްބަރ މޫސާ މަނިކާއި ތ އަތޮޅު މެމްބަރ ހަސަން އަފީފާއި ފ އަތޮޅު މެމްބަރ އަހްމަދު ހަމްޒާ ވާހަކަ ދެއްކެވިއެވެ. އަދި މަޖިލިހުގެ ފުވަށްމުލަކު މެދު ގޮނޑިއަށް ވާދަކުރައްވާ އެމްޑީޕީގެ ޒުވާން ކެންޑިޑޭޓް ޝިފާގް މުފީދުވެސް ވާހަކަ ދެއްކެވިއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް މުހަންމަދު ނަޝީދާއި ޕާޓީގެ ވަގުތީ ރައީސް އަދި ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީވެސް ވާހަކަ ދެއްކެވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ކެންޕޭން ލޯންޗް ކުރުމަށް ބޭއްވި މި ހަފުލާގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ މެމްބަރުން އެ ބޭފުޅުންނާ ކުރިމަތިލައްވާ ދާއިރާތައް އަންގައިދޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ދެއްކުނެވެ. މި ރަސްމިއްޔާތު ބެލުމަށް އެމްޑީޕީއަށް ތާއިދު ކުރައްވާ ދޮޅުހާހެއްހާ މީހުން އާޓިފިޝަލް ބީޗަށް ހާޒިރުވިއެވެ.









ވީޑިއޯ ނުވަތަ އޯޑިއޯއެއް ނުލިބޭނެތޯ؟ ވަރަށް ބޮޑަށް ބޭނުން އެމްޑީޕީ ޖަލްސާތައް އަޑުއަހަން.. ރާއްޖެއިން ބޭރުގައި ހުންނަ ކުއްޖެއް
Comment by Mohamed — Sunday, April 5, 2009 @ 9:33 pm
އަޅުގަނޑަށް މި ޖަލްސާގެ ވީޑިއޯ ސީޑީ އެއް ލިބިދާނެތޯ.
Comment by Solah — Monday, April 6, 2009 @ 1:26 am
އޯޑިއޯ އަޕްލޯޑް ނުކުރަނީ ކީއްވެ، އެ ޖަލްސާއަށް ނުދެވުނަސް އަޑު އަހާލަން ބޭނުންވޭ……..
Comment by Anonymous — Monday, April 6, 2009 @ 4:03 am
ތޭރަވާ ކިޔާފައި ވާ ނަނާ ހުވަފެން ދުޝީމޭ މި ލަވަ ޑައުން ލޯޑް ކުރޭވޭނެ ގޮތެއް ހަދާދެވިދާނެތޯ؟
Comment by Anonymous — Tuesday, April 7, 2009 @ 6:53 pm
ނަނާ ހުވަފެން އަޕްލޯޑް ކުރެއްވުން އެދެން
Comment by Anonymous — Tuesday, April 7, 2009 @ 7:00 pm
ނަނާ ހުވަފެން ދުށީމޭ މި ލަވަ އަޕްލޯޑް ކޮށް ދެއްވިދާތޯ؟؟؟ޑައުންލޯޑް ކުރަން ބޭނުން……
Comment by ainthu — Thursday, April 9, 2009 @ 12:52 pm
ތި ޕާޓީގެ ލަވަ އަލުގަނޑަށް މެއިލް ކޮއްދެއްވުން އެދެ
Comment by ahmed Yaasir — Sunday, April 12, 2009 @ 4:21 pm
ނަނާ ހުވަފެން ދުށީމޭ އަޕްލޯޑް ކޮށްދެއްވާ
Comment by anee — Monday, April 13, 2009 @ 10:04 am
ނަނާ ހުވަފެން ދުށީމޭ ޢަޅުގަނޑަށް މެއިލް ކޮށްދެއްވާ
Comment by hasaab — Monday, April 13, 2009 @ 10:59 am
ނަނާ ހުވަފެން ދުށީމޭ ޢަޅުގަނަނާ ހުވަފެން ދުށީމޭ މި ލަވަ އަޕްލޯޑް ކޮށް ދެއްވިދާތޯ؟؟؟ޑައުންލޯޑް ކުރަން ބޭނުން
Comment by Ibrahim Mohamed — Friday, April 17, 2009 @ 8:51 am
ވޯޓް އެމްޑީޕީ ޑޮޓްކޮމްގައި ނަނާ ހުވަފެން ދުށީމޭގެ ހުރިހާ ލަވައެއް އެބަހުއްޓެވެ. ޖަލްސާއަށް ނުދެވުނަސް ޖަލްސާތަކުގެ ވީޑިޔޯވެސް އެވެބްސައިޓުން ފެނެއެވެ. ހާދަ ހާސްވެގެން ތިޔަ އުޅުއްވަނީ؟ އެމްޑީޕީ މެމްބަރުންގެ ގޮތް ހުސްވާކަށް ނުވާނެ
Comment by hassan zareer — Friday, April 17, 2009 @ 10:13 am
ނަނާ ހުވަފެން ދުށީމޭ ޢަޅުގަނޑަށް މެއިލް ކޮށްދެއްވާ
Comment by Hassan Waheed — Sunday, April 19, 2009 @ 11:13 am
ނަނާ ހުވަފެން ދުށީމޭ ޢަޅުގަނޑަށް މެއިލް ކޮށްދެއްވާ
Comment by Adbulla — Monday, April 20, 2009 @ 10:47 am
votemdp.com މި ވެބްސައިޓުން ހުރިހާ ލަވައެއް ލިބޭނެއެވެ
Comment by editor — Wednesday, April 22, 2009 @ 10:58 am
ވަރަށް ރީތި ޅެމެއް! އެމް ޑީ ޕީ ގެ ކެންޕޭނާ ވަރަށް ގުޅޭ ކެންޕޭން! ވޯޓް ލަތީފް! ދިއްގަރު ދާއިރާ!
Comment by Mohamed Ihsaan — Sunday, April 26, 2009 @ 1:42 pm
ނަނާ ހުވަފެން ދުށީމޭ… އެއީ މޮޔަލަވައެއް، އެމް.ޑީ.ޕީ ގަ ވެސް އުޅެނީ މޮޔަ މީހުން.
Comment by mariyam — Wednesday, May 13, 2009 @ 2:38 pm