Maldivian Democratic Party » ސިވިލް ސާވިސްގެ ވިއުގަގެ ތެރޭގައި ފައިދިގުމަކުނު ފަދައިން ‘ފޮށިލައިގެން’ ތިބި ޑީއާރޕީ މީހުން

Sunday, March 15, 2009

ސިވިލް ސާވިސްގެ ވިއުގަގެ ތެރޭގައި ފައިދިގުމަކުނު ފަދައިން ‘ފޮށިލައިގެން’ ތިބި ޑީއާރޕީ މީހުން

އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ވެދެއްވުމަށް ކުރައްވާފައިވާ ވައުދުތަކުގެ އެންމެ ބޮޑު ހުރަހަކަށް މިއަދު ވެފައިވަނީ ވެރިކަން ބަދަލުވިއިރު ރާއްޖޭގެ ބައިތުލްމާލު ހުސްވެފައިއޮތުމާއި ރާއްޖޭގެ ސިވިލްސާވިސްގެ ހޭލުންތެރިކަން ކުޑަވުމެވެ. އެތައް ޒަމާންތަކެއް ވަންދެން ރައްޔިތުން އެދެމުން ދިޔަ ބަދަލުތަކެއްގެ ބިންގާ މިހާރު އޮތް ސަރުކާރުން އަޅައިދީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް އެ ސަރުކާރުން ރެއާދުވާލު މަސައްކަތް ކުރާއިރު އެކަންކަން ވިޔަ ނުދިނުމަށް ފޫގަޅާ ނުކުމެ ތިބި އެއްބަޔަކީ ސިވިލް ސާވިސްގެ ޕާމަނަންޓް ސެކްރެޓަރީންނެވެ.

ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއްގެ ސިވިލް ސާވަންޓުންގެ އިސް މީހަކަށް ހުންނަނީ ޕާމަނަންޓް ސެކްރެޓަރީއެކެވެ. އެމީހުންނަކީ އެއިރެއްގައި އޮންނަ ސަރުކާރަކުން އަންގާ ގޮތެއްގެ މަތިން އެ ސަރުކާރަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމަ ކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސިވިލް ސާވިސްގެ މުއައްޒަފުން ލައްވާ ކުރުވުމުގެ މަސްއޫލިއްޔަތު އުފުލާ ބައެކެވެ. އެހެންނަމަވެސް މިދެންނެވި ޕާމަނަންޓް ސެކްރެޓަރީންގެ ތެރެއިން ގިނަ މީހުންނަކީ އެކަން ކުރާ ބައެއް ނޫނެވެ. މިއީ އިއްތިފާގެއް ނޫނެވެ. މިއީ މުސްކުޅި ރައީސް މައުމޫނުގެ ‘ޕްލޭން ބީ’ ކަމުގައި ބެލެވެއެވެ.

ސިވިލްސާވިސް ގާނޫނު ރާއްޖޭގައި ފާސްވެ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމަށް ނަންހުށަހެޅުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާން ކުރިއެވެ. އެއާއެކު މައުމޫނު ސަރުކާރުގެ ކޮންމެ މިނިސްޓަރަކު އެމީހެއްގެ އޮފީހުން އެ މަގާމަށް ކުރިމަތިލާނެ މީހަކު ކަނޑައަޅާ ސިޓީ ފޮނުއްވުމަށް އެފަރާތަކަށް އެންގިއެވެ. އަދި އެ ކަނޑައެޅި މީހެއްގެ އިތުރުން އެ އޮފީހަކުން އެހެން މީހަކު ސިޓީ ނުލުމަށްވެސް އެންގިއެވެ.

މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ޑީއާރޕީގެ އެކްޓިވިސްޓް ވިންގަކަށް ސިވިލް ސާވިސް ހަދައިގެން އުޅޭ ތަނެވެ. އެކްޓިވިސްޓުންގެ ލީޑަރުންނަށް މިފެންނަނީ ޕާމަނަންޓް ސެކްރެޓަރީންނެވެ. އެމީހުންގެ މަސައްކަތަކީ ސަރުކާރާ ރައްޔިތުންނާ ޖެއްސުމެވެ. އަދި އެމީހުންގެ އޮފީހުގައި އެމްޑީޕީގެ ސަޕޯޓަރެއް ހުރިނަމަ ނުވަތަ މައުމޫނުގެ ސަރުކާރަށް ފާޑުކިޔާ މީހެއް ހުރިނަމަ އެމީހަކު ބާކީ ކޮށްލުމެވެ. އަދި ޑީއާރޕީއަށް ސަޕޯޓު ކުރާ މީހުންނަށް މަގާމުގެ ކުރިއެރުން ދިނުމެވެ. އޭގެ އިތުރުން ރައްޔިތުން މާޔޫސްވާފަދަ ވާހަކަތައް ފެތުރުމެވެ.

މިކަން މިހެން އޮތުމަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. ސަބަބަކީ ހަމައެކަނި ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނުވުން އެކަންޏެއް ނޫނެވެ. ދުނިޔެއަށް އަންނަ ބަދަލާ ފައިހަމަ ނުކުރެވޭ ހޭލުންތެރިކަން ކުޑަ ގިނަ އަދަދެއްގެ ބަޔަކު ސިވިލް ސަރވިސްގައި ތިބުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ. ހަމަގައިމުވެސް ދެކުނު އޭޝިޔާ ސަރަހައްދުގެ ބައެއް ގައުމުތަކުން ފެންނަފަދަ ވިސްނުމުގެ ގޮތުން ބަނގުރޫޓުވެފައިވާ ބައެއް ރާއްޖޭގައި ތިބުމަކީ މުޅި ދުނިޔެއަށް ދިވެހިގައުމު ހުޅުވިގެން ދާއިރު ދެރަ ކަމެކެވެ. ލަދުވެތި ކަމެކެވެ.
އަޅުގަނޑުމެން ދިވެހި ރައްޔިތުން މިއަދު މިވަނީ ދުނިޔޭގެ ނަމޫނާ ބަޔަކަށް ވެފައެވެ. 30 އަހަރުގެ ވެރިކަމެއް އެއްވެސް ލޭ އޮހޮރުވުމަކާ ނުލާ ނިންމާލީތީއެވެ. ދޭދޭ ރަހުމަތްތެރިކަމާ ގާތްކަން ދުރުގައި ބާއްވާފައި މިކަމުގައި ހުރި ފައިދާއާ ގެއްލުމަށް ވިސްނާ މިއީ ކޮންމެ ދިވެހި ދަރިޔަކު ފަޚުރުވެރިވާންޖެހޭ ކަމެކެވެ.

ސިވިލް ސާވިސްގެ ވިއުގައިގެތެރޭގައި ފައިދިގުމަކުނު ފަދައިން ‘ފޮށިލައިގެން’ ތިބި ޑީއާރޕީ މީހުންނާ އެމްޑީޕީގެ އެކްޓިވިސްޓުންނާ އަޅާ ބަލާއިރު އެމްޑީޕީގެ އެކްޓިވިސްޓުންނަކީ ސިޔާސީ ގޮތުން ވިސްނުންތޫނު ބައެކެވެ. ދިވެހި ގައުމުގެ ތަސައްވަރު އެމީހުންނަށް ފެނެއެވެ. އެ ތަސައްވުރަށް މަސައްކަތް ކުރަންވެސް އެމީހުންނަށް އެގެއެވެ. (ނިމުނީ)

14 Comments »

  1. thirees aharuge dhigu verikan nimunas bai alhaafavaa meehunnaai thimaage meehun thibeynekan engey ehenveema ebaigandu konme thanehga thibbas rayyathunge hithugai rulhiverikan ufadhdhaa kureege gothah anburan masakkai kuraane sarukaarun mikankan hallu kuranvaane rayyathunnah olhuvaalaafavanee dhogu hedheema e ee dhedhuhen heevaavarah maumoonaai eynage meehun bahah varah molhuvaane e ee pataa tha aleemge meehun

    Comment by waheedbe[botle] — Saturday, May 16, 2009 @ 7:43 pm

  2. މިހާރުގެ އެމްޑީޕީ މިވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ބައެއް ހިސާބުތަކުގައި އެމްޑީޕީގެ ހަޤީޤީ ބާނީއިން ވެރިކަންކުރަމުންދާއިރު، ރާއްޖެތެރޭގެ ބައެއްރަށްރަށުގައި، ބައެއްމީހުންގެ އެހީތެރިކަމާއެކު އަނެއްކާވެސް ކުރީގައި ރަށުއޮފީސްތަކުގައި ރައްޔިތުންގެ ޚަޒާނާތައް ކަމުންގެންދިޔަ މީހުން މޫނުމަތި ބަދަލުކޮށްގެން ވެރިކަން އަތުލަނީއެވެ. މީގެ ފުރިހަމަ މިސާލަކީ ށ. އަތޮޅެވެ. އަތޮޅު ކައުންސިލަރ ގެ އެހީތެރިކަމާއެކު، މާއުނގޫދޫގައި އެމްޑީޕީއަށް އެންމެ ފުރައްސާރަކުރި ކުޑަކަތީބު މިހާރު ހުރީ ކައުންސިލަރަކަށެވެ. މިއީ ޕާޓީގެ ނަޒަރަކުން ވިސްނާލަންޖެހޭ ކަމެކެވެ. ށ. އަތޮޅުގައި މަޖްލީހުގައި ލިބުނު ނާކާމިޔާބީގެ އަސްލަކީވެސް މިއެވެ.

    Comment by MDP ACTIVIST — Monday, August 17, 2009 @ 1:29 pm

  3. މިއަދު ދިވެހި ރައްޔިތުން ވިސްނަންވީ ދައުލަތް ހިންގުމަށްޓަކާ މިސަރުކާރުން އެކަށަ އަޅުއްވާފައި ހުރި ހަރުދަނާ ސިޔާސަތާއި، ސަރުކާރުގެ ފަސްވަޢުދު ތަކުގެ މައްޗަށެވެ. އެވަޢުދު ތަކުން ރައްޔިތުންނަށް ފައިދާ ކުރާނެ ތޯއެވެ؟ އެއީ، (1) ދަތުރު ފަތުރު ކުރުމުގެ ނިޒާމުން މުޅިރާއްޖެ ގުޅުވާލުމާއި، (2) ބޭސްސިޓީ އަށް ސަލާން ޖެހުން ނައްތާލުމާއި، (3) ޑުރަގަށް ހުޅުވާލި ދޮރު ބަންދު ކުރުމާއި،(4) އަތްފޯރާ ފަށުގައި ބޯހިޔާ ވަހިކަން ހޯދާ ދިނުމާއި (5) ދިރިއުޅުމުގެ އަގު ތިރިކުރުމެވެ. އެހެންކަމުން ލާމަރުކަޒީ އުސޫލުތަކުގެ ސިޔާސަތާއި، ސަރުކާރުގެ 5 ވަޢުދު ތަކަކީ، ދިވެހި ޤައުމާއި ރައްޔިތުންނަށް ފައިދާ ކުރާނެ 5 ވަޢުދުކަމަށް ވީހިނދު، މިސަރުކާރު ވެރިކަމާއި ޙަވާލުވީ އިރު، ދުނިޔޭގެ އިޤުތިޞާދީ ޙާލަތު އޮތް ގޮތާއި އަދި ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ވެސް މިގޮތުގައި އޮތް ހިނދު، ވެސް ސަރުކާރުން ދަނީ، މިވަޢުދުތައް ރައްޔިތުން ނަށް ފުއްދާ ދިނުމަށްޓަކާ އިންތިހާޔަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިޙަޤީގަތް އޮޅުވާލުމަށް ޓަކާ ބޮޑެތި އަނާޅިން ދަނީ ޤައުމު ފިތުނަވެރި ކުރުވަމުންނެވެ. ޙަޤީގަތުގައި ބަޔަކު މިސަރުކާރު ދެކެ ނަފުރަތު ކުރަނީ 5 ސަބަބެއްގެ މައްޗަށެވެ އެއީ، (1) ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް ދަޢުލަތް ހިންގުމާއި، (2) ކުރީގެ ސަރުކާރުން އަމަލު ކުރިހެން އޮފީސްތަކުގެ އަތްމައްޗަށް ބަޖެޓް ދޫނުކުރުމާއި، (3) ހަރުދަނާ އުސޫލެއްގެ މަތިން ވިޔަފާރިން ޓެކްސް ނެގުމަށް ތާއިދު ކުރުމުގެ ސިޔާސަތާއި، (4) ޓޫރިޒަމް ފުޅާ ކުރުމުގެ ސިޔާސަތާއި، (5) ކުރީގެ ސަރުކާރުން ހިނގާފައިވާ ޚިޔާނާތުގެ މައްސަލަތައް ބެލުމަށް ސަރުކާރުން މަސައްކަތް ކުރުމެވެ. ކަންއޮތީ މިހެންކަމަށް ވީހިނދު، ގާނޫނީ ހަމަތަކުގެ މަތިން ސުލްހަވެރި ކަމާއެކު، މިސަރުކާރުން ވެފައިވާ 5 ވަޢުދު ރައްޔިތުންނަށް ފުއްދާ ދިނުމަށްޓަކާ ފަސްޖެހުމެއް ނެތި ކުރިއަށް ދިއުމަށް ގޮވާލަމެވެ. އަދި ސަރުކާރުގެ ބަހާއި އަމަލު އެއްގޮތް ކުރުމަށް ވެސް ގޮވާލަމެވެ.

    Comment by Hassan Mahir/ ADDU — Wednesday, February 10, 2010 @ 2:16 am

  4. އަލްފާޟިލް ޤާސިމް އިބްރާހީމެވެ’ ގަބޫލު ކުރަމެވެ’ މުޖުތަމަޢެއްގެ ތެރޭގައި ސިޔާސީ ޕާޓީތަކުން އަދާ ކުރަންޖެހޭ ގައުމީ މަސްއޫލިއްޔަތާއި ސިޔާސީ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންކަން ސިޔާސީ ގޮތުން ކުރަން ޖެހެއެވެ. މިމޭރުމުން ވިސްނާ އިރު، މުޖުތަމަޢުގެ ތެރޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުން ސަރުކާރަށް ބިނާކުރަނިވި އުސޫލުން ސުލަޙަވެރި ކަމާއެކު، ފާޑު ކިޔަން ޖެހެއެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް, ރާއްޖޭގައި އުފެދިފައިވާ ކުދިކުދި ސިޔާސީ ޕާޓީ ތަކަކީ، ސިޔާސީ ޕާޓީތަކުގެ ގޮތުގައި ޝަރުޠު ހަމަވާ އަދި ޕާޓީގެ އެހެނިހެން ގުނަވަން ފުރިހަމަ ގޮތުގައި މަސައްކަތް ކުރާ ޕާޓީތަކަށް ވުމަށް ގޮވާލަމެވެ. ނަމުން ބޮޑު ސިޔާސީ ޕާޓީއެއްގެ ލަގަބު ލިބި ނަމަވެސް ޕާޓީގެ ގުނަވަން ފުރިހަމަނުވެ ޕާޓީ ހިނގާ ނުހިނގާގޮތް ޕާޓީގެ މެންބަރުންނަށް އެނގިވަޑައި ނުގަންނަވާ ކަތާވަ ހޮނދެއި” ވެޑެނަރަކަ” ސިޔާސީ ޕާޓީތަކަކީ ދިވެހި ރައްޔިތުންނާއި ދަޢުލަތަށް ގެއްލުން ހުރި ޕާޓީތަކެވެ.
    އައްޑޫ އަލްފަޤީހު އަލް އާލިމު އިބްރާޙިމް ބަހާއުއްދީން (ފަނޑިޔާރު ތައްޚާނުގެ ދޮންމަނިކުގެ ބޮޑު ހެލަވަން ވެސް ހުޅުދޫ އަތިރި މަތީގައި އެބަހުއްޓެވެ. އެހެލަވަނުން ގެރި ބޭނުންކޮށް ކޮފްރާއިން ތެއުހާނާ ނަހަދައެވެ. ވީހިނދު، އެހެލަވަނުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މިމޭރުމުން ވިސްނާ އިރު، މިފަދަ ކުދިކުދި ސިޔާސީ ޕާޓީތަކުގެ މިސާލަކީ މިއެވެ. ރަޖިސްޓްރީ ކުރުމަށް ފަހު ހިނގާދިޔަ ދިގު މުއްދަތުގައި ކޮންގުރެސް ނުބާއްވާ މެންބަރުންގެ ރުހުން އޮތް ގޮތުގެ މައްޗަށް ޕާޓީގެ ގުނަވަންތައް މަސައްކަތް ނުކުރާ އަދި އެޕާޓީގެ މެންބަރުން ނަށް ޕާޓީގެ ކަންކަން ހިނގާގޮށް އެނގިވަޑައި ނުގަންނަވާ ޕާޓީތަކަށް ވީހިނދު، މިއީ ސިޔާސީ ޕާޓީތައް ހިންގަންޖެހޭ ގޮށްތޯ ދިވެހިގައުމީ ޕާޓީއަށް ނިސްބަތްވާ އަޅުގަނޑުގެ އާއިލީ 6 މެމްބަރުން އެބަ ސުއާލު ކުރެއެވެ. އަދި ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ އަޅުގަނޑުގެ އަޚުންތަކެއް ވެސް އަޅުގަނޑުގެ ކިބައިން، އެބަ ސުއާލުކުރެއެވެ. ވީހިނދު، ސިޔާސީ ގޮތުން ޕާޓީގެ ގުނަވަންތަކާއި، އުސޫލުތަށް ފުރިހަމަ ނުކޮށް، ތިބި ކުދިކުދި ޕާޓީތަކުގެ ނަމުގައި ދައްކަވާ ވާހަކަތަކުގެ މިސާލީ މަދިރިއެއްގެ އަޑުގެ މިސާލެވެ.

    Comment by Hassan Mahir / Huludoo — Wednesday, March 17, 2010 @ 1:08 pm

  5. އަޅުގަޑުމެންނަށް 5 ވައުދުފުއްދޭނީ ފުރަތަމަ އަޅުގަޑުމެން އަޅުގަގުމެނަށް
    އިހުލާސްތެރިވެވިގެން ގައުމައް އިހުލާސްތެރިވެވޭނީ ރޭދުވާލު ޖާނާމާލު އަދި
    އަބިދަރީންގުރުބާން ކޮށްގެން މިވެރިކަންހޯދާދިން މީހުން ނައްވަފާތެރިވެވި
    ގެން ވީއިރު އަޅުގަޑުމެން މިގެނާވެރި ކަމުގައިވަނީ ފިތުނަފަސާދަ އާއި
    ނަސްލީތަފާތުކުރުން އަޅުގަޑުހިތާމަކުރަން 4 އަހަރުއަޅުގަޑުމެންކުރިމަސަ
    ކަތް ތާކުތާކުނުޖެހިދުވަހުންދުވަހައްފޭލްވަމުންދާތީ. ސަރުކާރުންކާގެން
    އުޅޭމަދުބަޔަކު ޓީވީ ރޭޑިއޯ އާއި ނޫސްތަކުން މިވެނިކަމެމުރަން ފަށާފިޔޭ
    އެވެނިކަމެއްކުރަން ފަށާފިއޭ ކިޔާފާ އަޑުފެރިކަމަކު މިހާރު އެއްވެސްކަމެށްގައި
    ރައްޔިތުން އައްފޯރުވަންމިޖެހެނީ ހަރުގަޑަކައް އަރާގެންނޫންތަ؟

    Comment by IBRAHIMDIDI — Friday, March 19, 2010 @ 3:30 pm

  6. އަޅުގަޑުމެންގެތެރެއިން އާދެ މ . ޑ . ޕ ވެރިކަމައް ގެންނަން
    މަސަކަތް ކުރި މީހުންގެތެރެ އިންމިވަރުބަހެއްވެސް މީހަކުބުނެފި ނަމަ
    އަޑުފަތުރާލަނީ އެވާހަކަ އެއްބުނިމީހާ އަކީ މިވެނިކަމެއް ނުލިބިގެން
    އުޅޭމީހެކޭ އެވެނިކަމެއްނުލިބިގެން އުޅޭމީހެކޭ ކިޔާފާ ހަގީގަށް އޮޅުވާލަން ކޮންމެވެސް ދޮގުވާހަކަ އެއްފަތުރާލަނީ ވީމާރަގަޅުވާނީކޮންކަމެއްތަ ؟
    އަޅުގަޑު ވެސް މިވެރިކަން ގެނައުމަށްޓަކާ މަސަކަތް ތަކެއްކޮފާވާތީދޭނަސޭހަތެއް ދޮގުހެދުމާއިބޮޑާކަންދޫކޮއްލުންއެދެ ށުކުރީޔާ.
    އެއިރުންފަހަރެއްގައިރަގަޅުވެދާނެ.

    Comment by IBRAHIMDIDI — Saturday, March 20, 2010 @ 10:53 pm

  7. ސިއާސީކަންތަކަކީ ރައްޔަތުންލޮލުގާއަދުންއަޅުވާލާ އެއްބަޔަކު އަނެބަޔަކު
    އޮޅުވާލުން ދޯ؟ ބަލަގަ އަހަރެމެންމިތިބީ ނިދާފަ އެއްނޫން.
    މީހަކުބަހެއްބުނެލާއިރައް އޭނާއަކީ އެވެނިޕާޓީއެއްގެމީހެކޭމިވެނިޕާޓީއެއްގެމީހެކޭ
    ކިޔާއޮޅުވާލުން މިއީމީސްމީހުންގެކުރިމަތީގައި އަގުވެއްޓޭކަމަކީމިކަންދަންނަންތޯ؟
    ށުކުރީޔާ.

    Comment by IBRAHIMDIDI — Saturday, March 20, 2010 @ 11:21 pm

  8. އަޅުގަނޑަކީ އެމް.ޑީ.ޕީ މެމްބަރަކީމެ. އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއްވޭ ވަރަށް އިހްލާސް ތެރިކަމާ އެކު ޕާލިމަންޓްރީ ގުރޫޕް ގެ މެމްބަރުންގެ އަރިހުން.މީ ހަމަ އެކަނި އަޅުގަނޑު އެދޭ އެދުމެއްވެސް ނޫ މީ މުޅި ގަމުގެ އިލްތިމާސް އެއް ކުއްކުރުމަށް ނަފްރަތުކުރާ މީހުންގެ އިލްތިމާސް އެއް،އަދި މީހުންގެ ހައްގުތަކަށްށާ ދީނަށާ މުޅި ގައުމަށް ގެލުންދޭން އުޅޭމީހުންގެ ކަންތަ ހުއްތުވުމަށް ވަރަށް ބޮޑަށްބޭނުންވޭއެވެ.އަޅުގަނޑު އަޑުއެހިން .ޑީ.ސީ.ޕީ ކޮމިށަނަރުގެ އިލްތިމާސްގެ އަޑުވެސް އަދި އެޓާރނީ ޖެނެރަލްގެ އިލްތިމާސްގެ އަޑުވެސް.މަޖިލީހުގަވާ.4 ބިލެއްވާ ކަމަށް ކުށްކުރުން ހުއްޓުވުމަށް،ފުލުހުން ނަށާ ކޯރޓު ތަކަށް ގާނޫނީ ބާރުލިބިދޭ،މިބިލްތަށް ވީހާވެސް އަވަހަކަ ފާސް ކޮށްދިނުމަށް އެދެން.މިބިލްތަށް ފާސްވެގެން ދިއުމަކީ އެމް.ޑީ.ޕީ.އަށް ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނީ އަދި ގައުމައް ސުލްހަމަސަލަސް ކަންވެސް ލިބިގެންދާނެ ކަމާމެދު އަޅުގަނޑު ށައްކެއްނުކުރަން،މީ މިލޮބުވެތިގައުމުގެ އާދޭސް

    Comment by fayaz — Thursday, March 25, 2010 @ 10:10 am

  9. ފަޔާޒު އަޅުގަޑު އިސްލާހައްމަސަށްކަތްކުރި ހުރިހާފަރާތަކައް ގޮވާލަންޕާލަމެންޓް އުވާލުމައް އަޑުއުފުލާން ރައްޔަތުންގެރުހުމާނުލާ ރައްޔަތުންގެމަޖިލިހައް ހޮވުމާއިގުޅިގެން ނަހަމަގޮތުގައި ބެއިތެލްމާލުންއަމިއްލަގޮގުންމުސާރަކަޑައަޅާގެންނަހަމަމުސާރަނަގާގެންތިބެއް
    ގައޮމުގެޅަދަރީން ހަލާކު ކުރުމައް އެކަކު އަނެކަކުގަޔަންއަރާތަޅާފޮޅާމަޖިލިސް އުވާލުމައް ސަރުކާރައްގޮވާލަން ރަށްޔަތުންނައްފައިދާހުރިއެއްވެސް މަސަކަތެއްނުކުރާތީވެ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންމަޖިލިސްއުވާލުމައްގޮވާލަން. ށުކުރިއްޔާ

    Comment by IBRAHIMDIDI — Sunday, March 28, 2010 @ 9:38 pm

  10. ބަލަގައެވަރުން ވައުދު އަހުދުވަމުން ރައްޔަތުންނައް ރަންއިލޮށިން ރަންކަދުރު ކާންދޭނަމޭކިޔާ ދޮގުހަދާގެން ވެރިކަން ލިބުނީމާ މިހާރުފަގީރު ރައްޔާތުންގެ ކަރުގާނޫންތަ؟ ތިޔަހިފެނީ ފެންއިސްކުރުނަގާފި އަޅުގަޑުމެންދުއްވާސައިކަލްގަޑުންއޮޅުވާލާފާ 3ތިންގޮތައްޓެކުސްތިނަގަނީކޮންމެވެސްފަރަންޖީނަމެއްކިޔާފާ ގައުމުގެށަރޮއީނިޒާމު ސަދޫނ އަށްވުރެންދައްދަރަޖާގައިވަނީ ގައޮމުގައިހަމައެއް އުސޫލެއްނެއްކަންހަމަނޭގެނީތަ؟ ކާރިކުރެވުނު މައުމޫނުގެ މީހުން އަޑީގާ ތިބެގެން ރަޔަތުންގެ ކުރިމަތީގާ ސަރުކާރުގެ ހައިބަޔާއި އިތުބާރުކަޑާލަނީކަންނޭގެނީތަ؟އަދިވެސްމިވަރުވެގެންދާއިރު ނިދީންހޭނުލެވެނީތަ؟

    Comment by IBRAHIMDIDI — Wednesday, April 7, 2010 @ 1:40 am

  11. 16 އެޕްރީލް 2010 ވާ ހުކުރުދުވަހަކީ ދެކުނުޕްރަވިންސްގެ ކަޅުހުކުރުކަމުގައި ލަފާކުރެވޭ އެހެންނޫންތަ؟ ވާނީ ދޮގުހަދާގެން ސަރުކާރުހިންގާތާ ދެއަހަރު ހިންގިއްޖެއްވީޔާ ރަންކަދުރުކާންދޭނަމޭ ބުނެ ކާންނުލިބުނީމާ ތަފާތު ހިސާބު ތަފާތުކުލިވަރު ފެށޭނެނޫންތައް؟

    Comment by IBRAHIMDIDI — Friday, April 16, 2010 @ 1:07 am

  12. މ ޑ ޕ ގެފަރާތުންދެކުނުޕްރަވިސްއައް ކުރިދަތުރުން ޕާޓީއައްކުރީފައިދާތޯ؟ ނުވަތަގެއްލުންތޯ ؟ ޖަވާބަކީކަޑަ އަޅާގެއްލުންސަބަ ބަކީވޭތުވެދިޔަ 30އަހަރުގެވެރިކަހިމާޔައްކުރަންމަސަކަށް ކުރި ގައުމައްހިޔާނާތެރިބަޔަކުލައްވާ އެމީހުނައްމަގާމުގެބިރުދައްކާގެންޕާޓީއައްވެއްދުމީ ކަޑައަޅާޕާޓީއައް ވީބޮޑުގެއްލުމެއް.ވާހަކައަކީ ވާހަކައަކީ މިކަމުގެ ގެއްލުންފެންނާނީ އެންމެބޭނުންބޮޑުވާވަގުތު މިކަމުގެހިތާމަޔާއިއަސަރުފެންނާނެ.

    Comment by IBRAHIMDIDI — Sunday, April 18, 2010 @ 7:37 am

  13. އާބާދުވާދީ ސ.ހުޅުދޫ
    ހުޅުދޫ ދިވެހިރާއްޖެ.

    އިއްޒަތްތެރި ރަޢިސުލް ޖުމުމުހޫރިއްޔާ
    އަލްފާޞިލް މުޙައްމަދު ނަޝީދަށް
    ވެދުން ސަލާމަތް ފަހު ދަންނަވަމެވެ.
    މަނިކުފާނެވެ’ މާފުށީގައި ޤާއިމުކުރެވުނު” ޕްރޮޑަކްޝަން ސެންޓަރ” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަނިކުފާނު ވިދާޅުވީ އަބަދުވެސް ފަހަތަށް ޖެހެން ސަރުކާރަށް އެނގޭނެ ކަމަށާއި، ރާއްޖޭގެ 20 އަތޮޅު ހަތް ޕްރޮވިންސަކަށް ބަހާލައިގެން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަކީ، ސިޔާސީ އެއްވެސް ބޭނުމެއް އެކަމުގައި އޮވެގެން ކުރައްވާ މަސައްކަތެއް ނޫންކަމަށާއި، އިދާރީ ދާއިރާތައް ހަތް ސަރަޙައްދަކަށް ބެހުމުން އެކަމުގައި ތަރައްޤީއަށް އޮތް ހުރަހެއް ނުވަތަ އިޤްތިޞާދަށް އޮތް ހުރަހެއް ސާފުކޮށް ދެއްވައި ފިނަމަ، މަނިކުފާނުގެ ސިޔާސަތު ނުވަތަ ސަރުކާރުގެ ސިޔާސަތު ފަހަތަށް ޖެއްސުމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ. އެހެންކަމުން ރާއްޖޭގެ 20 އަތޮޅު 7 ޕްރޮވިންސްއަށް ބަހާލުމުން، ސިޔާސީ ގޮތުން ތަރައްގީގެ ނާރެހުގައި އަތޮޅުތަކުގެ މައްޗަށް ނިކުމެދާނެ އުސޫލީ ގެއްލުން ބަޔާންކުރާ ހުށީމެވެ.
    މަނިކުފާނެވެ’ ޙަގީގަތުގައި ވެސް އަޅުގަނޑު ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ދައުލަތް ހިންގުމަށް ތާއިދުކޮށް، އަދުގެ ސަރުކަރަށް ހިއްވަރުދެމެވެ. ސަބަބަކީ،2500 އަހަރުވީ އިރު، އިދާރީ ގޮތުން ދިވެހިރާއްޖޭގެ ރަށްވެހިކަމުގެ ތަރައްގީއާއި، އިމުރާނީ ކުރިއެރުން މިއަދު އޮތް ހާލަތު ރާއްޖޭގެ ދެކޮޅުން ތަޖުރިބާ ކުރައްވާށެވެ’ ދިގު މާޒީއެއް ކަޑައްތު ކުރި ގައުމަކަށް ރާއްޖެ ވީހިނދު، ރާއްޖޭގެ އުތުރާއި ދެކުނު ފަޅުވީ މާއިގަނޑު ސަބަބުތަކަކި ކޮބާ ހެއްޔެވެ؟ އަޅުގަނޑުގެ ނަޒަރުގައި، މިކަމުގެ މައިގަނޑު ސަބަބުތަކަކީ، ދައުލަތް ހިންގުމުގެ ދުސްތޫރީ ބާރު އެކަށައެޅުއްވި ފަރާތްތަކުގެ ވިސްނުމާއި، ޒަމީރުގައި އެއިރު ރާއްޖޭގެ ދެކޮޅުގެ ރަށްވެހިކަމުގެ ތަރައްޤީގެ މައްޗަށް އިހުމާލުވެ އޮތުމެވެ. އެފަދަ މީހުންގެ ވިސްނުމުގައި ދައުލަތް މާނަކުރެވިފައި އޮތީ މާލޭ އިސްލާމީ މަރުކަޒާއި ޝަހީދު ހުސައިން އާދަމް ބިލްޑިންގާއި ދެމެދަކީ ދިވެހިދައުލަތް ކަމުގައެވެ. ޒަމާނުއްސުރެ، މިފަދަ ވިސްނުމުގެ އަލީގައި ގައުމު އާރާސްތު ކުރުމުގެ ސަބަބުން، ރާއްޖޭގެ ދެކޮޅުގެ ގަދަރުވެރި ލޮބުވެތި ރައްޔިތުން ގައުމީ ތަރައްގީން މަހުރޫމު ވެފައިވާކަން ރާއްޖޭގެ އުތުރާއި ދެކުނުގެ ދިރިއުޅުމުގެ ހަޔާތުގެ މައްޗަށް ތަހުލީލީ ނަޒަރަކުން ވިސްނާބަޔަކަށް ގަބޫލުކުރެވެން އެބައޮތެވެ.
    މަނިކުފާނެވެ’ އަޅުގަނޑުގެ ނަޒަރުގައި މަތީގައި ބަޔާންކުރެވުނު މައްސަލަ ވަރަށް ސާފެވެ. ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް މީގެކުރިން ދައުލަތް ހިންގިފައި އޮތްނަމަ، މިއަދު ރާއްޖޭގެ ކަންކޮޅުތަކުން މިފެންނަ ތަފާތު އިޖުތިމާޢީ މައްސަލަތަށް ނުފެނުނީހެވެ’ ދަންނަވަން މިއުޅެނީ، އެންމެ ވާހަކައެކެވެ. އެއީ މިދައުލަތް އެދިގޮވަނީ ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް މިދައުލަތް ހިންގުމެވެ. ޔަގީނުންވެސް ގައުމީ ޝަކްވާތަކުގެ މައްޗަށް ނިމުންއޮތީ، މިހާރު ގައުމުގައި އޮތް މަރުކަޒީ އުސޫލުތައް ދޫކޮށް ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ދައުލަތް ހިންގިގެންނެވެ. ހަގީގަތަކީ މިއީކަމުގައި ވީހިނދު، މިސަރުކާރުން ވެސް ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ދައުލަތް ހިންގުމުގެ ތައްޔާރީތައް ވަމުންދާއިރު، އަތޮޅުތައް ބަހާފައި އޮތްގޮށް މާގިނައެވެ. އަޅުގަނޑުގެ ނަޒަރުގައި ރާއްޖެ އިދާރީ ގޮތުން ބަހަންޖެހެނީ 3 ސަރަހައްދަ ކަށެވެ. ހަގީގަތުގައި ލާމަރުކަޒް ކުރުމުގެ ހަގީގީ މަންފަޢާ ލިބޭނީ އެއިރުންނެވެ. ސަބަބަކީ، ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ދައުލަތް ހިންގުމުގެ އެންމެބޮޑު ބޭނުމަކީ، ނުވަތަ ޙިކުމަތަކީ ޚާރިޖީ ސިޔާސަތުނޫން ހުރިހާ ބާރުތަކެއް މައިސަރުކާރުގެ ކިބައިން ޕްރޮވިންސް ތަކަށް ނުވަތަ ލޯކަލް ސަރަހައްދު ތަކަށް ދޫކޮށްލުމެވެ. މަގުޞަދަކީ، އެ ސަރަހައްދު ތަކުގައިވާ ގުދުރަތީ ވަސީލަތްތަކުގެ މަންފަޢަ ހޯދާ މައިސަރުކާރުގެ ނުފޫޒެއް ނެތި އެ ސަރަހައްދު ތަކެއް ތަރައްގީ ކުރުމުގެ ފުރިހަމަ މިނިވަންކަމާއި، އިޚުތިޔާރު އެސަރަހައްދު ތަކަށް ލިބިދީފައި އޮތުމެވެ. މިހާރު ޕްރޮވިންސް ހަދާފައި އޮތް އަދަދުތަކާއި، އެކަން ކުރުމަށް އޮތް ސިޔާސަތުގެ ސަބަބުން މަގުސަދު ހާސިލު ކުރުމަކީ، މުސްތަހީލު ކަމެކެވެ. މިސާލަކަށް ބައްލަވާށެވެ’ ފުއައް މުލަކާއި އައްޑޫ އަތޮޅަކީ އެއް ޕްރޮވިންސްއެވެ. އަޅުގަނޑުގެ ނަޒަރުގައި އެއް ޕްރޮވިންސަކަށް އެ ދެއަތޮޅު ކުޑައެވެ. މިސާލަކަށް ހުވަދޫ އަތޮޅާއި، ފުއައް މުލަކާއި، އައްޑޫ އަތޮޅަކީ، އެއް ޕްރޮވިންސް ކަމުގައި ވިނަމަ، މަތީގައި ބަޔާންކުރެވުނު މަގުސަދު ހާސިލްވީހެވެ’ ދާދިފަހުން މަނިކުފާނު ވިދާޅުވެފައިވާ ފަދައިން، ގައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ، އެބައެއްގެ ބިމެވެ.

    އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
    17 އެޕްރީލް 2010
    އަލްމުޚުލިސް
    ޙަސަން މާހިރު ހުސައިން.
    ސ. ހުޅުދޫ އާބާދުވާދީ

    ——————————————————————————————————-

    Comment by Hassan Mahir / Huludoo — Sunday, April 18, 2010 @ 3:44 pm

  14. އަހަރެންހިތައް އަރާބައެއްމީހުންގެ ލަދުހަޔާކުޑަކަމާއިގޮތްކުޑަކަން ޕ ޓ އޭކިޔާ
    ފާވާހަކަދައްކަން ކޮބާޕާޓީއަވަނުމުގެބޭނުމަކީ ؟ ކޮބާޖަމުޢީޔާ އަކަވަނުމުގެބޭނުމަކީ ؟ ޕާޓީއަ ކައް ވަދެގެންމަގުމައްޗައްނިކުމެމުޒާހިޜާކޮއްދީޖަލްސާތައް ތައްޔާރުކޮއްދީއަމިލައް އަތުންގޮޑިތައްނަގާ ޢުފުލާދީ ގޮވާލާ ކޮންމެކަމެއްކޮއްދީ ދީ ހުރި އަދި އެންމެފު
    ރަތަމަ އަންހެނަކައް މޑޕ ހަރުގޭގައި ކޯޑިއަމައްއަރާވާހަކަދެއްކި އަންހެންމީހާ
    މ އިރާކުވިލާ ށާރީފާ ފުރަތަމަ ނޫސްވެރިންގެމުޒާ ހިރާކުރިދުވަހުފުލުހުންގެ
    އަނިޔާވެރިކަންފެނި އެމުޒާހިރާގެކަންތައްނިމުނުއިރުވަނީދުނިޔެންމޮޔަވެފާ އެމޮޔަމީހަގޮވާގެން ވެރިކަމާހަމަޔައް ޕާޓީ އަންނަދެންމަސައްކަތްކުރި އޭނާގެ
    ފިރިމީހާ ކޮބާ ؟ ކިހިނެއް މިދެމީހުނައްހެދީ ؟ މިބާވަތުގެވާހަކަ އެއްބުނާއިރައް
    އޭނާޔަކީމިވަނިޕާޓީ އެއްގެމީހެކޭ އެވެނިޕާޓީއެއްގެމީހެކޭބުނާއިރުމިމީމުންގެލަދެއް
    ހަޔާތެއްވެސްނެތީބާ ؟ މީތައް އަޅުގަޑުމެންމިގެނާޑިމަކުރަސީއަކީ ؟

    Comment by IBRAHIMDIDI — Friday, April 23, 2010 @ 9:04 am

Leave a comment