ތިންދާއިރާއަށް ހޮވުނު ތިން ރައީސުންނަށް ޗެއަރޕާސަން މަރުހަބާ ވިދާޅުވެއްޖެ.

reeko-moosa1

އިއްޔެ ބޭއްވުނު އިންތިހާބުތައް ކާމިޔާބު ކުރައްވައިގެން ތިންދާއިރާއަކަށް އަލަށް އިންތިހާބުވި ތިންރައީސުންނަށް މިޕާޓީގެ ޗެއާރޕާސަން މޫސާ މަނިކު މަރުހަބާ ވިދާޅުވެއްޖެއެވެ.

އެގޮތުން ހޯރަފުށީ ދާއިރާގެ ރައީސްކަމަށް އިންތިހާބުވި އަލީ ރިޔާޒް އާއި ކުޅުދުއްފުށި ދެކުނު ދާއިރާއަށް އިންތިހާބުވި ހަސަން ޝުޖާ އަދި ދިއްގަރު ދާއިރާގެ ރައީސްކަމށް އިންތިހާބުވި ތާހާ މުހައްމަދު އަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާ ކަމަށާއި، ދާއިރާގެ ކަންކަން ކުރިއަރުވާ ދާއިރާއިން އެމްޑީޕީއަށް ބޮޑުކާމިޔާބެއް އެބޭފުޅުންގެ ޒައާމަތުގައި ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ޗެއަރޕާސަން ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެބޭފުޅުންގެ އެހީތެރިކަމާއިއެކު އެދާއިރާތަކުން ފުރިހަމަ އަޣްލަބިއްޔަތެއް އެމްޑީޕީއަށް ލިބިގެން ދާނޭކަމަށް ޔަގީންކުރައްވާކަމަށްވެސް ޗެއަރޕާސަން ވިދާޅުވިއެވެ.

މީގެއިތުރުން އިއްޔެ އިންތިހާބުވި އެހެނިހެން ބޭފުޅުންނަށްވެސް މަރުހަބާ ދަންނަވާކަމަށާއި އެބޭފުޅުންގެ އެހީތެރިކަން ދާއިރާތަކުގެ ރައީސުންނަށް ފުރިހަމައަށް ލިބިގެން ދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޗެއަރޕާސަން ވިދާޅުވިއެވެ.

އިއްޔެބޭއްވުނު އިންތިހާބުގައި ހޯރަފުށީދާއިރާގެ ރައީސްކަމަށް އަލީރިޔާޒް އިންތިހާބުވެފައިވަނީ 184 ވޯޓުހޯއްދަވައިގެންނެވެ. 251 ވޯޓާއިއެކު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރާއީސްކަމަށް ހަސަން ޝުޖާއު އިންތިހާބުވެފައިވާއިރު، ދިއްގަރު ދާއިރާގެ ރައީސްކަމަށް ތޯހާ މުހައްމަދު އިންތިހާބުވެފައިވަނީ 104 ވޯޓު ލިބިގެންނެވެ.