Maldivian Democratic Party » މެންބަރުންގެ ޚިޔާލު: ޤައުމާއިގެން އަމާން ބަނދަރަކަށް
dhaaira2010

Monday, July 12, 2010

މެންބަރުންގެ ޚިޔާލު: ޤައުމާއިގެން އަމާން ބަނދަރަކަށް

12 ޖުލައި 2010

ލިޔުނީ: މުއާޒު މުޙައްމަދު (މޯލާ)

ދިވެހި ޤައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ދިވެހިން، ހިތްވަރުގަދަ އެމްޑީޕީ މެންބަރުންނާއި އިސްލާހަށް ލޯބިކުރި އެންމެންވެގެން ނުކުތީ ” ދަތުރުފެށީމޭ ޤައުމު ލިބޭތޯ ރާއްޖެދެވޭތޯ” މިޅެން ބައިތު ކިޔަމުންނެވެ. އާދެ ކޮން ދިވެހިރާއްޖެއެއްތޯއެވެ. އަނެއްދިވެހިރާއްޖެ ދެވޭތޯއެވެ. މިދަތުރުގައި ދުއްތުރާތަކާއި ދަތިތަކާއި ކުރިމަތިވެ މިދަތުރުގެ ފެށުން އައީ 11 ނޮވެމްބަރ 2008 ވީ އަންގާރަ ދުވަހުގައެވެ. އެދުވަހުން ފެށިގެން ޤައުމުގެ ނައު ޑިމޮކުރަސީއަށް އަމާޒުކޮށް ޤައުމުގެ ހިންގުން ބަދަލުކޮށްލި މާލިމީއަކީ ރާއްޖޭގެ މިހާރު އިއްޒަތްތެރި ރައީސުލް ޖުމްހޫރިްޔާއެވެ.
މިދަތުރުފެށީ ކާމިޔާބުގައި ހިތްތިރިކޮށް ނާކާމިޔާބުގައި ހިތްވަރުދަކުރުމަށް ނަސޭހަތްތެރިވަމުންނެވެ. ދިވެހި ޤައުމުގައި ހިނގަމުންއައި ޚުދުމުޚްތާރު ސަގާފަތް ފޮހޮލުމަށްޓަކައި ނަމޫނާދައްކަމުންނެވެ. ހުރިހާރައްޔިތުން ގޮވައިގެންނެވެ. ބަދަލުހިއްޕެވުމެއްނެތިއެވެ. އިސާހިތަކު ފެންނަންފެށީ މިގުލްޒާރުގައި މާތަކެއް ފޮޅެންފެށި މަންޒަރެވެ. މުސްކުޅިންނަށް އަޅާލައި، ބޭސްސިޓީ ހިފައިގެން ސަލާންޖަހަން ޖެހުނުޖެހުން ހުއްޓުމަކަށް އަންނަންފެށިތަނެވެ. ރަށުބަންދުން ފިލަންފަށައިފިއެވެ. އާއިލާތައް މާމަޔާއި ކާފައާއި އެކު އައިސްކުރީމްބޯން ދާންފަށައިފިއެވެ. އެކަނިވެރި މައިންނަށް އުންމީދުގެ ހުޅުކޮޅު އަލިވެއްޖެއެވެ.
އިސާހިތަކު ބޯވިލާތަކެއް ނަގައި މުޅިއުދަރެސްކަޅުކޮށްފިއެވެ. މިއޮޑިއަށް ލޮޅުންތަކެއް އަންނަންފަށައިފިއެވެ. ވެގެންއުޅޭގޮތަކީ އޮޑީގެ ފަޅުވެރިން މާލިމީ ބުނާގޮތަށް ރިޔާނަގައި ތިރިނުކުރަނީއެވެ. ކޮންމެއަކަސް ތޫފާނުގައި ޖެހިއްޖެއެވެ. އާދޭހެވެ. ރައްޔިތުންގެ މަޖިލީހަކީ ޤައުމު ހިނމްގުމަށްޓަކައި ކުރަންޖެހޭ އެންމެހާކަންތައްތަކަށް މަގުފަހިކޮށްދޭ ޤާނޫނުހަދާ ފަރާތެވެ. އެބޭފުޅުންގެ ޒިންމާއަކަށް ވާންޖެހޭނީ ސަރުކާރުގެ ސިޔާސަތުތަކަށް މަގުފަހިކޮށްދޭ ޤާނޫނުތައް ހެދުމެވެ. އެއްވެސްހާލަތެއްގައި ސިޔާސަތުތަކަށް ހުރަސްއެޅުމެއްނޫނެވެ. މިހާހިސާބަށްއާދެވުނުއިރު ރައްޔިތުންނަށް ލިބެންޖެހޭ އެތަކެއް ހައްޤުތަކެއް ގެއްލޭގޮތަށް ޤާނޫނުތައް ފާސްކޮށް ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ކޮންމެވެސް ޗަރުކޭސްގަނޑެއް ފެށިއްޖެއެވެ. މި ޗަރުކޭހުގައި އެތަކެއް ބަޔަކަށް ރިޝްވަތުދީ އަތްމަތި ދަތިވެގެން ބައެއް މެމްބަރުން ސަލާންޖަހަން ފަށައިފިއެވެ. ކޮންމެއަކަސް މާކަނޑުގެ މެދަށް އޮޑިމަޑުކޮށްފިއެވެ.
މިކަންތައްތައް ބެލުމަށްޓަކައި ދެންއޮތްހަމައެކަނި ބާރަކީ އަދުއިންސާފްގެ ބާރެވެ. ރިޝްވަތުގެ ތުހުމަތުގައި ބަންދުކުރެވި ދައުވާކުރެވި އިތުރަށް ތަހިޤީގްކުރުމަށް 15ދުވަހަށް ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ހުކުމްކަނޑައަޅައިފައިވަނިކޮށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިބޭފުޅުން މިނިވަންކުރުމަށް ހުކުމްކޮށްފިއެވެ. މިހިސާބުން ދެންއޮތީ ބޮޑެތިރާޅުތައް ނަގާ މާކަނޑެވެ. ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ހިސާބުއައިސް މިޖެހުނީއެވެ. ދެންއޮތީ ހިތްވަރުކުރުމެވެ. ހިކިދިޔާގައި ފަޅުމައްޗަށްތިރިކޮށް ބޮޑޮދިޔަގައި ބަޗާރައްކާވުމަށް އަޅުގަނޑުމެންއެންމެންގެ ހިތްވަރުހުނަންވާނެއެވެ. މިޤައުމަށް ހެޔޮވެރިކަމެއް ގެނައުމުގައި ތޫފާންތަކާއި ކުރިމަތިލާފަދައިން މިޤައުމު އަމާންބަނދަރަކަށް ގެންދިއުމަށް ނުކުންނަމާ ހިގާށެވެ. މިޤައުމަށް ޑިމޮކުރެސީ ގެނައި ހަޤީގީ ބަތަލުންނާއި އެކުނުކުމެ އަނެއްދިވެހިރާއްޖޭގައި މި އޮޑި ބަނދަރުކޮށްލަމާ ހިނގާށެވެ.

8 Comments »

  1. ކޯޓުތަކުން އަދި މަޖިލިސް އިން ހިންގާ ޢައިރުޤާނޫނީ ޢަމަލު ތަކާއިމެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން. އެހެންނޫނީ ވަރަށް ގޯސްވެދާނެ ކަމަށް ފެނޭ.

    Comment by nihad — Monday, July 12, 2010 @ 11:16 am

  2. ރަގަޅު ތިޔަކޮމެންޓްއަތާއީދު

    Comment by nafee — Monday, July 12, 2010 @ 2:05 pm

  3. ވެރިކަމަކީ ވަކި ފަރާތަކުން ދެއްވާ އެއްޗެއްކަން މިހާރުގެ ރައީސަށްވެސް އެނގިވަޑައިނުގަންނަވަނީ ކަންނޭނގެ. ހަމަ އެހެންމެ ދިރިއުޅުމަކީ އިމްތިހާނެއް ކަންވެސް ނޭނގެނީކަން ނޭނގެ. ކަންކަން ނިންމުމުގައި އެހެންމީހުންގެ ޚިޔާލު ހޯދުމަކީ ބުއްދިވެރިންގެ ސިފައެއް.

    Comment by devana visnun — Monday, July 12, 2010 @ 4:23 pm

  4. އެމްޑީޕީއައް ތާއީދުހޯދަންޏާ ކުރިއައްއޮތްތާ އިންތިހާބުތައްކާމމިޔާބުކުރަންޏާ ރައްރަށުގަތިބި ގޮފިތަކުގެ ރައީސުންކުރެ އިދިކޮޅުޕާޓީއަކާ ސިއްރުގުޅުންބާއްވަގެން ރިސްވަތުނަގަމުންދަނީ ކޮންބައެއްތޯބަލާ އެމީހުން ވަކިކުރާށެވެ، އޭގެތެރޭގައި ކުޅުދުއްފުށީ ގުއި އާދަމްވަހީދާ ހިނި އަލީ ހިމެނެއެވެ. އެދެމީހުންގެ ލީޑަރުކަމެއް މެޖޯރިޓީ މެމްބަރުން މިއަދު ގަބޫލެއްނުކުރެއެވެ،

    Comment by Rameez — Tuesday, July 27, 2010 @ 2:43 pm

  5. ނައީމު އެމްޑީޕީން ސަޕޯޓަރުންކަމައްތިއަބުނާގިނަމީހުންނަކީތިޔަބުނާކަރެޕް ށަންމިސާލަކައްބަލާނަމަމިހާތަނައް ރައްޔަތުންގެމަޖިލިހުގާތިބި އެމްޑީޕީގެމެންބަރުން ޕާޓީއާ އެއްކޮޅައްވަކާލާތުކޮތްކޮއްތިބެފާ މޭޒުތަންދޮށުންދިއްކުރެވޭއަތެއްގާހިފާގެން އެފަރާތައް

    Comment by IBRAHIMDIDI — Friday, July 30, 2010 @ 2:26 pm

  6. ނައީމު އެމްޑީޕީން ސަޕޯޓަރުންކަމައްތިއަބުނާގިނަމީހުންނަކީތިޔަބުނާކަރެޕް ށަންމިސާލަކައް ބަލާނަމަ މިހާތަނައް ރައްޔަތުންގެ މަޖިލިހުގާތިބި އެމްޑީޕީގެމެންބަރުން ޕާޓީއާ އެއްކޮޅައް ވަކާލާތުކޮތްކޮއްތިބެފާ މޭޒުތަންދޮށުންދިއްކުރެވޭއަތެއްގާހިފާގެން އެފަރާތައްވޯޓްމިހާތަނައްދީފާވަނީ. އެވަގުތު ދިއުމުން ބުނަނީއޮޅިގެންކަމައް .ދެންކުރީގަތިބޭނީ ވެރީގެ ގޮތުގާތިބޭމީހުން ކާރީއިހުލާސްތެރިމެންބަރުންގެ ދޭތެރެޖައްސާމީހު މިސާލަކައް އެއީ ބޮންޑަޢިބުރާހީމުކަހަލަ ތިނަދޫކަހަލަ މަޖީދު ކަހަލަ މިބާވަތުގެ މީހުންގެ ނުފޫޒުގަދަވެ ފިތުނަފަސާދަ އުފެދި ސަޕޯޓަރުން ގެއްލިއްޖެ.

    Comment by IBRAHIMDIDI — Friday, July 30, 2010 @ 2:55 pm

  7. މައުމޫނުވެސް ބުނަމުން އައީތިގޮތައް އޭނާވަށާގެން އުޅުނު މީހުންވެސް ބުނަމުންއައީ ތިގޮތައް އެކަމަކު ގަމުގާތިބި މުސްކުޅީންނާއި އެކަނިވެރިމައިންނާއި ނުކުޅެދޭމީހުންނައް ދޭއިނާޔަށްވެސްދެނީ ގާނޫނާހިލާފައް ފެންނަބަޔަކައް ދެންކޮންއެއްޗެއްލިބޭނެ ވާހަކައެއް ތިއަބުނަނީ ރައީސްނަށީދު ރަގަޅުވާނީ އިސްތިއުފާދީ ވެރިކަމުންފޭބުން.ށަރޮއީނިޒާމު އެއްކޮތް ހުއްޓި ހަމައެއް ލަމައެއްނެތް ނަމަކައްމީހަކު ހޮވާފާ ރައްޔިތުންގެ ބަޖެޓުންކާންދީފާ ތިބޭ .ކޮބާ ކުރެވުނު ކަމަކީ އަޑުތަކެއް އާރުވާ ދޮގުހެދުން ނޫނީ؟

    Comment by IBRAHIMDIDI — Thursday, August 26, 2010 @ 10:28 am

  8. އެހެންނާވެސް އަދިރިމީހުނައް ތަންތަން ނުފެނޭ ކޮންމެކަމެއްގާ ވެސް ސައިޒުން ނެޓުނީމާ ހީވާނެ ތިމަންނާމެންނައް މިކުރެވެނީ ރަގަޅު ކަންތައް ކަމައް.

    Comment by IBRAHIMDIDI — Thursday, August 26, 2010 @ 10:36 am

Leave a comment