Maldivian Democratic Party » މެންބަރުންގެ ޚިޔާލު: ދިވެހިބަސް އުވުނީކަމަށް ގަބޫލުފުޅުކުރައްވަނީ ތޯއެވެ.؟
dhaaira2010

Sunday, July 11, 2010

މެންބަރުންގެ ޚިޔާލު: ދިވެހިބަސް އުވުނީކަމަށް ގަބޫލުފުޅުކުރައްވަނީ ތޯއެވެ.؟

ލިޔުނީ: މުއާޒު މުހައްމަދު (މޯލާ)

11 ޖުލައި 2010

މިދުވަސްވަރަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެކެވެ. މިސަރުކާރު ވެރިކާމާއި ހަވާލުވުމާއިއެކުވެސް ތައުލީމީ ދާއިރާއަށް އެދެވޭ ބަދަލުތަކެއް އަންނަންފެށިއެވެ. އެއް ދަންފަޅިއަކަށް ސްކޫލްތަކުގެ ކިޔެވުން ބަދަލުކުރުމާއި އިންޓަރނޭޝަނަލް ސްކޫލްތަކެއް ޤާއިމްކުރެވުނެވެ. މިބަދަލުތައް އަޅުގަނޑެކޭ އެއްގޮތަށް އެންމެން ގަބޫލުކުރުމަކީ ފަހަރެއްގައި ނުވެދާނެކަމެކެވެ. އެހެންނަމަވެސް ވިސްނާ ފިކުރުކުރުން ކީއްތޯއެވެ.
ދިވެހިރާއްޖޭ ތަޢުލީމުގެ ޤައުމީ މަންހަޖް މުސްކުޅިވެފައިވަނިކޮށް ކިޔަވައިދނުމުގެ އާ މުޤައްރަރެއް އެކުލަވައިލާން ޖެހިފައިވުމީ މިސަރުކާރު އަދި ކޮންމެ ސަރުކާރެއް އައިކަމުގައިވިޔަސް ކުރަންޖެހިފަތްއޮތްކަމެއް ކަމަށް ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންހެން ޤަބޫލްފުޅުކުރާނެ ތެދު ހަޤީޤަތެއްކަން ކަށަވަރެވެ. މިއަދު އެންމެ ބޮޑަށް ހޫނުވެފައިވާ އެއްބަހުސަކީ ދިވެހި އިސްލާމް އިޚްތިޔާރު މާއްދާއެއްގޮތުގައި މަތީސާނަވީ ތަޢުލީމުގައި ކިޔަވާގޮތަށް ހަމަޖައްސާނީތޯ ނުވަތަ ނޫންތޯއެވެ. ބައެއްފަރާތްތަކުން މިކަމަކީ ސިޔާސީ ކަމެއްގޮތުގައި ނަގައިގެން ދައްކަމުންގެންދާ ވާހަކަތަކުން ކޮންމެވެސް ވަރަކަށް ރައްޔިތުންނަށް އޮޅޭކަހަލައެވެ.
މަންހަޖް އިސްލާހުކުރުމަށްޓަކައި ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ޤައުމީ މަންހަޖްގެ ޙިއްސާދާރަކަށްވުމާއެކު ތަފާތު ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއްބޭއްވިފައިވެއެވެ. މިގޮތުން މަޝްވަރާ ކުރެވިފައިވާ ފަރާތްތަކުގެތެރޭގައި ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި، ސަރުކާރުގެ ވުޒާރާތަކާއި،އަމިއްލަ ޖަމާޢަތްތަކާއި، ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން ސިޔާސީޕާޓީތައް ވެސް ހިމެނުނެވެ.
އަޅުގަނޑާއި އެކު ކިޔަވަމުންގެންދާ ބައެއްދަރިވަރުން މިމައްސަލާގައި ވަރަށް ބޮޑަށް އަޅުގަނޑާއި ބަހުސްކޮށްހަދައެވެ. އެބޭފުޅުން ވިދާޅުވާގޮތުން މިހާރުގެ ސަރުކާރުން ދިވެހިބަހަށް ފޫހިވެފައިވާ ކަމަށާއި އަދި ދިވެހިބަސް އުވާލީއެވެ. އަަދި މިކަމާ ދެކޮޅަށް އަޅުގަނޑުވެސް ތެދުވެ ދިވެހިބަސް މަޖުބޫރުމާއްދާއަކަށް ހެދުމަށް ޕެޓިޝަންހެދުމުގައި އެބޭފުޅުންނާއި ބައިވެރިވެ މަސައްކަތްކުރުމަށް އަޅުގަނޑަށް ނަސޭހަތްތެރިވެއެވެ. މައްސަލައެއްނެތްތާއެވެ.އެކި ބޭފުޅުންގެ ޚިޔާލުތައް ތަފާތުވާނެކަން ޚުދު އަޅުގަނޑުވެސް ގަބޫލުކުރަމެވެ.
އަޅުގަނޑު އޭލެވެލްް ހެދިއިރު އެއްކުލާހެއްގައި ކިޔަވަން އުޅުނު ގިނަކުދިންގެ ޝަކުވާއަކަށްވީ ދިވެހި އިސްލާމް ކިޔަވަމުން އެހެންފިލާވަޅު ހަދާނެ ވަގުތެއް ނުލިބޭ ވަހަކައެވެ. މިއީ އޭލެވެލް ހަދާގިނަ ދަރިވަރުންގެ ފަރާތުން އަޑުއިވޭ ވަހަކައެވެ. ހަޤީގަތުގައިވެސް އެކަން އޮތީހަމަ މިގޮތަށެވެ. އޭލެވެލްއަކީ މަތީސާނަވީގެ ބިންގަލަށް ވެފައި ޔުނިވާސިޓީ ތައުލީމަށް ދާއިރު މަދުވެގެން ތިންފާސް ބޭނުންވެއެވެ. އޭލެވެލްގައި ފަސް މާއްދާ ކިޔެވުމަކީ ބޮޑު އުދަގޫކަމެކެވެ. މިވިސްނުމުގައި މިކަންކުރުމަކީ ބުއްދިވެރިކަމެއްކަމަށް އަޅުގަނޑު ޤަބޫލްކުރަމެވެ.
ބަހަކީ އެއްވެސް ބަޔަކު އުފައްދާއެއްޗެއްނޫނެވެ. ބަސްބަހީ ޤުދުރަތީ އެއްޗެކެވެ. ބަހެއް ނެތިދާނީ އެބަޔެއް އެބަހަކުން ވާހަކަދެއްކުން ހުއްޓާލުމުންނެވެ. ދުނިޔޭގައި ނެތިގޮސްފައިވާ ބަސްތައް ނެތިގޮސްފައިވަނީ އެބަހުން ވާހަކަދައްކާ މީހުންނެތި ދިއުމުންނެވެ. ދިވެއްސަކަށް ވީތީ އަޅުގަނޑުމެންގެ ހަމަކޮންމެ މީހަކަށްވެސް ދިވެހިބަހުން ވާހަކަދައްކަން އެގޭނެއެވެ. އެބަހަކުން ވަހަކަދައްކާ ބަޔަކު ދިރިއުޅޭ ހިނދަކު ބަހެއް މަރުނުވާނެއެވެ. އެހެންކަމުން މަންހަޖާއި މިކަމާއި ގުޅުމެއްހުރިކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ.

5 Comments »

  1. އަހަރުމެންނަށްވެސް ވަރަށް އުނދަގޫ ފަސްމާއްދާ އޭލެވެލް ގައި ކިޔަވަން….އެހެންވީމާ އޮޕްޝަން ކުރުމަކީ މައްސަލައެއްނޫން….ދިވެހިބަސް މަޖުބޫރުނަމަ އަހަރުމެން ޑޮކްޓަރުކަމުން މާސްޓާރ ނުވަތަޕީއެޗްޑީ ހަދާއިރުވެސްކިޔަވަންޖެހޭނޭބާ؟؟؟ ކޮބައިތޯ ބޭނުމަކީ ގްރޭޑް10 ނިމޭއިރު ދިވެހިބަހުގެ އާންމު އުސޫލާއި ހަމަތަކާއި އެނގޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.އެހެންވީމަ ސަރުކާރުން އެގެންގުޅޭ ޚިޔާލަކީ މުޅިން ގޯސް ޚިޔާލެއް ނޫން. އަޅުގަނޑެއް ގަބޫލް ނުކުރަން މިސަރުކާރު ދިވެހިބަހާއި އިސްލާމް ދީން މިޤައުމުން ފޮހެލަން އުޅޭކަމަކަށް.

    Comment by ކިޔަވާކުއްޖެއް — Sunday, July 11, 2010 @ 12:51 pm

  2. ދިވެބަސް އުވުނީކަމަކަށް އަދި ގަބުލެއް ނުކުރެވޭ. އެކަމަކު ކަންތައް މިހާރު ވަމުން މިދާގޮތުން ވަރަށް އަވަހާ ދިވެހިބަސް އުވިދާނެކަމަށް ގަބޫލުކުރެވޭ. މިއަދުވެސް އެކަމުގެ އަލާމާތްތައް ފެންމަތިވަމުން މިދަނީ. އަޅުގަނޑަކީވެސް އޭ-ލެވެލް ހެދި މީހެއް. ދިވެހިވެސް ކިޔެވިން. އެކަމަކު ދުވަހަކުވެސް ދިވެހި ފިލާވަޅެއް ހަދަން ވަގުތު ދޭތީ އެހެން ފިލާވަޅެއް ނެހެދެނީއެކޭ ނުބުނަން. ބުންޏަސް ބުނެފަ އޮންނާނީ އެހެން މާއްދާތަކާހުރެ ދިވެހި ފިލާވަޅު ނުނިންމޭ ވާހަކަ. އަދި ދަންނަވަން. ދިވެހި ބަސް އުވުނީކަމަށްވަނީ ދިވެހި ބަހުން ވާހަކަދެއްކުން ހުއްޓާލުމަކުން ނޫން. ދިވެހި ބަހަށް ދެވިފައިވާ އަހަންމިއްޔަތުން އެންމެ ސޫތެއްހާތަން ދޫވިޔަސް ދިވެހިބަސް އުވިދިއުމުގެ މަރުހަލާ އެ ފެށުނީ. މިއީ ދިވެހި ލޭ ހިނގާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން އަޅުަގނޑުގެ ޒަމީރު އެއްބަސްވާ ގޮތް. ފަހަރުގައި މިއީ އެހެން ބެފުޅުންގެ ޚިޔާލަށް ނުވެދާނެ.
    ދިވެހި ބަސް ކިޔެވުމުގައި އިޚުތިޔާރީ ކުރުމުގެ ބަދަލުގައި މަޖޫބުރުކޮށް، ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ދިވެހިބަހުން ‘ސީ’ ފާހަށްވުރެއް ދަށުން ލިބިފައިވ ާމީހަކަށް ވަޒީފާ ނުދިނުން ކީތްތޯ؟ އޭރުން ޔަގީނުންވެސް ދިވެހި ބަހަށް ލޯބި ކުރަ ދިވެހި ދަރިންތަކެއް މުޖުތަމައުއަށް ނުކުންނާނެ.

    މަންހަޖު މުސުކުޅިވެފައިވާކަން ގަބޫލުކުރަން. އެކަމަކު އެމަންހަޖުން ބައެއް އުވައިލުމަކީ ފަހަރެއްގައިވެސް މަންހަޖު އިސްލާހުކުރުން ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ…….
    އަރީފް

    Comment by އަހުމަދު އަރީފް — Sunday, July 11, 2010 @ 4:42 pm

  3. މުޅިން ގޯސް ވާހަކައެއް ނޫން.. އޭލެވެލް ކިޔަވަމުން ދާ ދަރިވަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށްވެސް ބުނެވޭނީ ދިވެހި މާއްދާ އިޚްތިޔާރީ މާއްދާއަކަށަ ހެދުން ބުއްދިވެރިއޭ.. އޭ ލެވެލްގައި ކިޔަވައިދޭ ބަޔޮގްރަފީ ފަދަ ޓޮޕިކްތަކުން ދިރިއުޅުމުގައި ކުރާނެ މާ ބޮދު ފައިދާއެއް ނެތް… ބަހުން ކުރިއަށް ދާން ބޭނުން ވާ ދަރިވަރުންނަށް އެ މާއްދާ އޮޕްޝަނެއްގެ ގޮތުގައި ނަގައިގެން ކިޔެވުން މައްސަލައެއް ނޫން…

    Comment by havaru — Sunday, July 11, 2010 @ 8:31 pm

  4. ތަނެއް ދޮރެއް ނޭނގޭމީހާ ވެސް، ޤިޔާމަތްދުވަހުގައި ހިސާބު ބެއްލެވޭނެއެވެ. ދުނިޔެމަތިން ލިބެންހުރި ހުރިހާ ޢިލްމެއް ލިބިގެންހުރި މީހާވެސް، މަރުވީމަ ބެއްލެވޭނީ ހިސާބެވެ. އެދުވަހަކުން އެއް އިންސާނަކު އަނެއް އިންސާނަކާ ތަފާތުވާނެ ހަމައެކަނި ކަމަކީ ތަޤްވާވެރިކަމެވެ. ތިޔައިން އެއްވެސް ބޭފުޅަކަށް، ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ތަކަކަށް ސޫރަތުލް ފާތިޙާ ނުވަތަ އަލްޙަމްދު ނޭނގިދާނެ ކަމަށް ހީފުޅުވެލައްވާތޯއެވެ؟ ނަމަވެސް މި ހިނގަމުންދާ އަހަރުގައި މިފަދަ ގިނަ ކުދިން ތިބި ސްކޫލަކަށް އަޅުގަނޑަށް ދެވުނެވެ. މިކަން އަޅުގަނޑަށް މިވަނީ އަމިއްލައަށް ތަޖުރިބާ ކުރެވިފައެވެ. ހައިރާންވެ އަންތަރީސް ނުވޭތޯއެވެ؟
    މިހެންކަމުން އިޚްތިޔާރީ ކުރަންވީ ބޭނުންވާ މާއްދާއެއް ކިޔަވާކަށް ނޫނެވެ. އިސްލާމް ދިވެހި އިޚްތިޔާރީ ނުކުރާއިރު ވެސް، އެ ދެމާއްދާ ކިޔަވަނީ، ކިޔަވަން ބޭނުން ކުދިބަޔެކެވެ. މި ދެމާއްދާގެ ނަތީޖާތަކަށް ބަލާލުމުން މިކަން ޔަޤީންކުރެވޭނެއެވެ.

    Comment by devana visnun — Monday, July 12, 2010 @ 12:04 am

  5. އެއްކަލަ މޮޔަ އާދަމް ވަހީދު މިހާރު ޕުރޮވިންސް އޮފީހުގެ ބޮޑެތި މީހުން ވަށާ ހާދަވަރަކައް އެބުރެޔޭ،، މިސަރުކާރައްފާޑުކިޠާފަ ކައުންސިލަރުކަމުންއިސްތިއުފާދީފަ ، އަނެއްކާ ވަޒީފާއެއް ހޯދަން އުޅެނީބާ،،ބަލަ ލިޔަންކިޔަން ނޭގެންޏާ ކަލޯ ތި ބޮޑެތި މަގާމް ތަކެއްނުފުރޭނޭ ،އެކަން ގަބޫލުކޮއްބަލަ، ބޭނުންވަނީ މިނިސްޓަރުކަން ، އެކަމަކު ލިޔަންކިޔަންވެސްނޭގޭ، ކަލޯއްށް ކައުންސިލަރުކަން ދިނީމަ މިކުޅުދުއްފުށިން އެމްޑިޕީ މިވަނީ ބައަބައިވެ ހަލާކުވެފަ، ކަލޯދުރައްދޭ،މަންމަރަށައް ، ކުމުންދުއައް

    Comment by shukoor — Monday, July 12, 2010 @ 11:21 am

Leave a comment