ކެބިނެޓަށް މަރުހަބާ ދެންނެވުން
8 ޖުލައި 2010
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދައުލަތުގެ ވަޒީރުންގެ މަޖިލިސް އިއްޔެ އަލުން ޢައްޔަން ކުރެއްވުމާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލޮބުވެތި މެންބަރުންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް އާއި، ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އަދި ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީގެ ނަމުގައި
މަރުހަބާ ދަންނަވަމެވެ.
އެމްޑީޕީގެ މެނިފެސްޓޯ ތަންފީޛްކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން، ތަޢުރީފާއި ޝުކުރު ޙައްޤުވާފަދަ ގޮތަކަށް މުޅި ވަޒީރުންގެ މަޖިލިސް އެކުގައި އިސްތިޢުފާދެއްވުން އެއީ، އެބޭފުޅުންގެ ސަފުތަކުގެ ބަދަހިކަން ދިވެހިރައްޔިތުންނާއި މުޅިދުނިޔެއަށް ހާމަވެގެން ދިޔަ ކަމެއް ކަމުގައި މިޕާޓީން ދެކެމެވެ.
އެމްޑީޕީ އިން ޔަޤީންކަންކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޙިކުމަތު ޢަމަލީގެ ދަށުން، ވަޒީރުންގެ މަޖިލީހުން ކުރިޔަށް އޮތްތާނގައި ވެސް މަސައްކަތްކުރައްވަމުން ގެންދަވާނީ އިހު ހުރި ސާބިތުކަމާއި، ކެރުމާއި ހިއްވަރާއެކު މި ދިވެހި ޤައުމުގެ މަސްލަޙަތު އެންމެ ކުރިޔަށް ނެރުއްވައިގެންނެވެ. އަދި އެމްޑީޕީ އިން ޔަޤީންކުރާ ގޮތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެމްޑީޕީން ވެފައިވާ ވަޢުދުތައް ފުއްދެވުމުގެ މަސައްކަތުގައި ވަޒީރުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ސާބިތުކަމާއެކު ދެމިތިއްބަވާނެއެވެ.
އެމްޑީޕީގެ އުއްމީދަކީ މިއަދަށްވުރެ އަދި މާފަހި މާދަމާއެއް ދިވެހި ދައުލަތުގެ ވަޒީރުންގެ މަޖިލީހަށާއި، ދިވެހި ލޮބުވެތިރައްޔިތުންނާއި، ދިވެހި ޤައުމަށް މިންވަރުކުރެއްވުމެވެ. މިލޮބުވެތި ދިވެހި ޤައުމަށް ރޯޝަނީ މުސްތަޤްބަލަކަށް އެދެމެވެ.
.










މަޖުލީހުގެ ރުހުމް ނެތީސް ވަޒީރުންގެ މަޖިލީހެކޭ ބުނެވަހަކަ ދައްކަން ލަދުނުގަނޭތަ؟ ޤައުމަށް ޚިޔާނާތްތެރިވެ އިސްތިއުފާ ދިންބަޔަކަށް އަލުން ރުހުންދީ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ދެވަނަ ފަހަރަށް އެންޑޯސްކުރުމަކީ އެމަނިކުފާނުވެސް މިޤައުމާ ދޭތެރޭ ނުވިސްނަވާކަމުގެ ހެއްކެއް. މަޖުލީހަށް އަޅުގަނޑު އިލްތިމާސް ކުރަނީ މިއިންއެކަކަށްވެސް ރުހުން ނުދިނުމަށް.
Comment by ammadey — Monday, October 4, 2010 @ 12:56 pm
ރުހުމާއި އިތުބާރު ނެގުމާއި މިދެކަން ނޭގޭ ބަޔަކު މަޖިލުހުގައި އުޅެން ލަދެން ނުގަނޭތަ. ބަޔަކަށް ނޭގޭ ވާހަކަ ދައްކާއިރު ތިމާމެން ފުރަތަމަ ތަހުޒީބުވޭ.. މައުމޫން ފެއިލްވީ ފަދައިން ތަސްމީނާއި،ޔާމީނާއި ހަސާނާއި ،ގާސިމާއި ޖަމީލާއި ފެއިލްވާނެ . އޮޅުވާލުމާއި މަކަރު ހެދުމާއި ދެގޮހެދުން ހުއްޓާލުމަށް އިދިކޮޅުފަރާތްތަކަށް ގޮވާލަން. ތިޔަ ޑޮކްޓަރުން ވަގުންނާއި ވަކީލުން އަދި އުސްތާޛުން ހަގީގަތާއި ކުރިމަތި ލާންޖެހޭނެ، ދެނެއް ނުވާނެ ތިކަން ހަސާނާ ދޭ މެލޭއަށް
Comment by Upper — Monday, October 4, 2010 @ 3:22 pm