މެންބަރުންގެ ޚިޔާލު: ތިންބާރު އެއްދަޢުލަތެއް
7 ޖުލައި 2010
ލިޔުނީ: މުޙައްމަދު މުއާޒް (މޯލާ)
ދިވެހި ދަޢުލަތަކީ ދިވެހިރާއްޖޭގެ އެންމެންގެ ދަޢުލަތެވެ. ދިވެހި ދިދަ މިނިވަންކަމާއި އެކު ވިހުރޭ ހިނދެއްގައި ދިވެހިރާއްޖެ އޮންނާނީ މިނިވަންދަޢުލަތެއްގެ ގޮތުގައެވެ. ދިވެހިދަޢުލަތުގެ އެންމެހާ ބާރެއްވެސް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ރަސްކަމުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ ދުވަސްތަކެއްފަހަނައަޅާގޮސް، 18 އޯގަސްޓް 2007 ވީ ހޮނހިރުދުވަހު ދިވެހި ދަޢުލަތް ހިންގަންވާނީ ތިންބާރު އެކުލެވޭ ފުރިހަމަ ރިޔާސީ ނިޒާމަކުން ކަމަށް ދިވެހިން ނިންމިއެވެ. ރިޔާސީނިޒާމެއްގައި ހިމެނެނީ ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފް ގާއިމްކުރުމުގެބާރު އަދި ޤާނޫނު ހެދުމުގެ ބާރެވެ.
ދިވެހިރާއްޖޭގެ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުން ކިބައިން ކަމަށް ވީހިނދުތިންބާރު ވަކިވެފައިވާ ފުރިހަމަ ރިޔާސީ ނިޒާމެއްގައި ވަކިވެފައިވާ އެންމެބޮޑުއެއްބާރަކީ އަދުލުއިންސާފް ޤާއިމްކުރުމުގެ ބާރެވެ. ހަގީގަތަށް ބުނާނަމަ ފުރިހަމަޑިމޮކުރޮސީއެއް މެކުހަށްޖަހައި ހިނގައިގަނެވޭނީ އަދުލު އިންސާފް އެތަނެއްގައި ވަރަށްރަގަޅަށް ޤާއިމްކުރެވިގެންނެވެ. ޑިމޮކުރެސީއެއް އެތަނެއްގައި ތަންފީޒުކުރާނީ މިބާރުންނެވެ. ސަބަބަކީ މިބާރަކީ ދަޢުލަތް ހިންގުމުގެބާރާއިޤާނޫނު ހަދާ ބާރަށް ފާރަވެރިވެ މަގުފަހިކޮށްދޭ ބާރުކަމަށް ވާތީއެވެ.
ޤާނޫނުއަސާސީ ބުނާގޮތުން ދިވެހިރާއްޖޭގެ އަދުލުއިންސާފް ޤާއިމްކުރުމުގެ ބާރު ލިބިފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ. އެހެންކަމަށްވުމާއިއެކު މިބާރުގެ ތެރެއަށް އެއްވެސް ފަރާތަކަށް އަތެއް ނުބެނޭނޭއެވެ. މިހާރު ހިނގަމުންމިދާ ޝަރުއީނިޒާމުގެ އިންތިގާލީ މަރުހަލާގައި ، ޝަރުޢީކަންތައްތައް ދަނީ އެންމެފުރިހަމަގޮތަށް ބާވައޭ މިއީ ސުވާލިއުފެދިފައިވާ ކަމެކެވެ. ފެންނަމުންދާ ބައެއް މަންޒަރުތަކީ އެއްބަޔަކު ހަނުތިބޭއިރު، އަނެއްބަޔަކު ކަނޑިގެންގުޅެ، މާރާމާރީހިންގަމުންދާއިރު ކަނޑިޔާއި ހަތިޔާރު ގެންގުޅޭމީހުންނަށް ހުކުމްނުކުރެވި، މަސްތުވާތަކެތީގެ ވިޔަފަރިކުރާ ފަރާތްތައް ސާބިތުހެކިނެތްކަމަށްބުނެ ދޫކޮށްލާ މަންޒަރުތަކެވެ.
07 އޯގަސްޓް 2008 ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމްމުޅިން އެހެންގޮތަކަށް ބަދަލުވެގެން ދިޔުމާއެކު ތިންބާރު ވަކިވެފައިވާ ރިޔާސީނިޒާމެއް ދިވެހިރާއްޖޭގައި ޤާޢިމްވިއެވެ. އެދުވަހުން ފެށިގެން މިތަކަށްދިވެހިރާއްޖޭގެ އަދުލުއިންސާފް ގާއިމްކުރުމުގެ ބާރު ހަރުދަނާވެފައިވާ މިންވަރާ މެދުނަޒަރުހިންގާލުމަކީ ކޮންމެހެންމެ ބޭނުންތެރިކަމެކެވެ. ޖިނާއީ އިޖުރާއަތުގެގަވާއިދުގެ އަށްވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާގޮތުން ތިމާއަކީ ކާކުކަންއަންގައިދިނުން ފިޔަވައި އިތުރުއެއްވެސް މައުލޫމާތެއްނުދީ ހަނުހުރުމުގެ ޙައްގުކޮންމެމީހަކަށް ލިބިގެންވެއެވެ. ހަނުހުރުމުގެ ތެރޭގައި ޝަރީއަތުގެ މަރުހަލާގައި ކުރާ ސުވާލުތަކަށް ޖަވާބު ނުދިނުން ހިމެނެއެވެ.ކަންމިހެން އޮތުމުން ފުލުހުން ކުރާ ތަހުގީގުތަކަށް ހުރަސްއެޅި ޝަރީއަތް ހިންގުމަށްވެސް ހުރަސް އެޅިގެންދެއެވެ. އެހެންކަމަށްވުމާއިއެކު މިމާއްދާ މިގޮތަށް އޮތްހިދަކު ކުށްކުރާމީހުންނަށް ކުރިއަށް ދިއުމަށް ކޮށާލެވޭ މަގަކަށް ވެގެންދާނެއެވެ.
ދަޢުލަތުގެ އަނެއްބާރަކީ މިފަދަ ޤާނޫނުތައް އިސްލާހުކޮށް ޤައުމުގެވެރިކަންހިންގުމުގެ އެންމެހާ ކަންކަން ޒިންމާދާރުކުރުވާ ބާރެވެ.އާދެ ޤާނޫނުހަދާފަރާތް ރައްޔިތުންގެ މަޖިލީސްއެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންހޮވާމަންދޫބުންތަކެއް ތަމްސީލްކުރާ މަޖިލީހެވެ. ދިވެހިރާއްޖޭގެ ތާރީޚުގައިއެންމެފުރަތަމަ އިންތިޚާބުކުރެވިފައިވާ މަޖިލީހެއް އުފެދުނީ 17 އެޕްރިލް 1952 ވަނައަހަރުގައެވެ. އެމަޖިލިސް ހިމެނެނީ ދެބަޔެއްގެ މަށްޗަށެވެ. އެއީ ސެނެޓާއިރައްޔިތުންގެގެ މިދެބައިގެ މަށްޗަށެވެ. މި މަޖިލިސް އުފެދި ދިވެހިރާއްޖޭގެ ފުރަތަމަޖުމްހޫރިއްޔަތެއް ފާސްކުރެވުނެވެ. އެހެންނަމަވެސް ޖުމްހޫރީވެރިކަމަކީ އޭރުރައްޔިތުން މާބަލައިގަތްކަމަކަށް ނުވިއެވެ. އެޖުމްހޫރިއްޔާއަށް ލިބުނީފިނިތަރުހީބެކެވެ. އޭގެ ނަތިޖާއެއްގެ ގޮތުން 21 އޯގަސްޓް 1953 ގައި ޤާނޫނު އަސާސީ އުވާލައި އޭރުއޮތް ޖުމްހޫރިއްޔަތު ވިރާސީރަސްކަމަކަށް ބަދަލުކުރެވުނެވެ.
މިއަދު ދިވެހިރާއްޖެއަށް ޑިމޮކުރެސީއެއްގެނައިކަމަށް ތިންމަނޭމެންނޭބުނާ ބުނުމަކީ ރާއްޖޭގެ ބައެއް ސިޔާސީބޭފުޅުން ކުރާދަޢުވައެކެވެ. ދިވެހިރާއްޖެއަށް ޑިމޮކުރަސީ ގެނައީވަކިމީހެކޭ ވަކިޕާޓީއެކޭ ބުނެ އޭގެކުރެޑިޓް ނުނެގޭނެއެވެ.ރާއްޖެއަށްޑިމޮކުރެސީގެނައީ ދިވެހިރައްޔިތުން ބޭނުންވެގެން ދިވެހިރައްޔިތުންނެވެ. މިކަމުގެހެއްކަކީ 1953 ގައި ޖުމްހޫރިއްޔަތެއް ދިވެހިން ބަލައިނުގަތުމެވެ. އިއްޔެއާޖެހެންދެން ރާއްޖޭގައި އޮތީ ރަސްކަމުގެ ސަގާފަތެކެވެ. އެހެންކަމަށް ވުމުންޑިމޮކުރަސީ ހަޖަމްކުރަން ދަތިވީއެވެ.
ދިވެހިރާއްޖޭގެ ވެރިކަން ނަމުން ޖުމްހޫރިވެ ކަމުންވިރާސީ ސިފަޖެހިފައިވަނިކޮންވެރިކަމުގެނިޒާމް ބަދަލުކުރަންވެއްޖެކަމަށް ރާއްޖޭގެ ގިނަބަޔަކު ދެކުނުހިނދު،ވާދަވެރި ސިޔާސީ ނިޒާމަކުން މެނުވީ ހެޔޮވެރިކަމެއް ނުކުރެވޭނެކަމަށްބުނެމޯލްޑިވިއަން ޑިމޮކުރެޓިކްފާޓީނަމުގައި 2005 ވަނަ އަހަރު ޖޫންމަހުގައިއެންމެފުރަތަމަ ސިޔާސީޕާޓީއުފެދުނެވެ.މިއަދު އަޅުގަނޑުމެން ދެކެމުންމިދާ ޑިމޮކްރޮޓިކް ވެއްޓަކީ ކޮންބަޔެއް ގާއިމްކުރިވެއްޓެއް ހެއްޔެވެ. މިސަގާފަތް ހަލާކު ކޮށްލުމަށް މަސައްކަތްކުރާ މީހުން ދިވެހިން ވަރަށް ރަނގަޅަށް ދަނެއެވެ. ކޮންމެއަކަސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަންވެއްޖެކަމަށްފުރަތަމަ އަޑުއުފުލިބަޔަކީ، އެމް.ޑީޕީ. އެވެ. އަދި ޑިމޮކުރަސީގެނައުމުގެ ހުންގާނުގައި ތިބިބަޔަކީވެސް އެއީއެވެ.
ދިވެހިރާއްޖެގެ ޖުމްހޫރިޔާގެ ޤާނޫނު އަސާސީ 6 ވަނަ މާއްދާގައި ބުނަނީ، މިޤާނޫނު އަސާސީން ބަޔާންވެފައިވާގޮތުގެ މަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ. މިހެންނެވެ. ދައުލަތްހިންގުމުގެ ބާރަކީ ރިޔާސީ ނިޒާމެއްގެ އެންމެވަރުގަދަ އެއްބާރެވެ.ރައްޔިޔުންނަށް ކޮށްދޭނެކަންތައް ތައް ހިމެނޭ ސިޔާސަތުތައް އެކުލަވައިމެނިފެސްޓޯއެއްގެ ސިފާގައި ވިއްކައިގެން މެނުވީ ޑިމޮކުރެސީއެއްގައި ވެރިކަންހިންގުމުގެ ބާރުނުލިބޭނެއެވެ.1887 ވަނަ އަހަރު އޭރުއޮތް ކުޑަބަންޑާރައިގެ ވެރިކަންއަތިރީގޭ އިބްރާހީމްދީދީ އިސްވެހުންނަވައި އިދިކޮޅު މީހުން ގުޅަކުޅޭ ފަސްގަނޑަށްއެއްކުރައްވައި ވެރިކަން ވައްޓާލި ފަދައިން މިހާރުވެރިކަން ބަދަލެއް ނުކުރެވޭނެއެވެ. އަދި ރައީސް އޮފީހުގެ ދޮރާއްޓަށް އެރިކަމުގައިވިޔަސް ވެރިކަން ބަދަލެއްނުކުރެވޭނެއެވެ.
އެހެންނަނަމަވެސް ހިތާމައަކީ ވެރިކަން ވައްޓާލުމުގެ ހުވަފެނެއްގައި ތިބެގެން އެއްބާރުން ތިންބާރު ހިންގަން މަސައްކަތްކުރާކަމެވެ. ފުރިހަމަ ރިޔާސީ ނިޒާމެއްގެ ރޫހުގެއްލޭގޮތަށެވެ.ދަޢުލަތުގެ ތިންބާރު އެކުނުވެ ކޮންމެބާރެއްވެސް އޭގެ އެންމެ މިނިވަންކަމާއި އެކު ފިޔަޖަހަން ފެށީމާ އޭގެ އެންމެ ފޮނިމީރު ރަހަ ދެކޭނީ ދިވެހި ދަޢުލަތުގެ މިނިވަން ދިދައިގެ ދަށުގައިތިބި ރައްޔިތުންކަން ހަމަކަށަވަރެވެ. އަޅުގަނޑުމެންނަކީއެއް ދަޢުލަތެއްގެ ދަށުގައިތިބި އެއްބަހަކުން ވާހަކަދައްކާ ބަޔަކަށް ވީހިނދު ކޮންމެ ބާރަކުންވެސް މަސަކަތްކުރަން ޖެހޭނީ ރައްޔިތުންނަށް ޓަކައެވެ. އެބަޔަކަށް ލިބިފައިވާބާރެއް ފިތުނައިގެ ދަލުގައި ޖެހި އަމިއްލަ އެދުމުން އެއްކިބާވެތިބެއެވެ. މީހެއްގެނުވަތަ ބަޔެއްގެ ބާރު ކަޑުވައިލިއަސް ދިވެހި ދައުލަތުގެ ބާރާއި ގަދަރާއި އިއްޒަތްއެކަކަށްވެސް ކަޑުވާނުލެވޭނެއެވެ.










ސަޅި…..
Comment by Anonymous — Wednesday, July 7, 2010 @ 8:53 pm
ހުވަދޫއަށް އުފަން ހުވަދޫގެ ޒުވާން ދަރިޔެއްގެ ހުވަދޫ ރަޔިތުންގެ ވިންދާއި އިޙްސާސް އެމް.ޑީ.ޕީ ގެ ސައިޓްގައި ވާކަމީ ނުހަނު އުފާކުރާކަމެއް ހުވަދޫގެ އާޖީލް ވަނީ އެމް.ޑީ.ގެ ހިޔަލުގައި އެކަން ރަމްޒުކުރަނީ ވެރިރަށް ތިނަދޫގައި ވާ ބޮނޑު ދިދައިން އަޅުގަނޑުމެން ޒުވާނުން މިތިބީ އެމް.ޑީ.ޕީ ހިމާޔަތް ކޮށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ނަގަހައްޓަން ތައްޔާރަށް ހުވަދޫގެ ޒުވާނުން މަޖިލިސް ޒިންމާދާރުކުރުވަން ނިކުނަން މިތިބީ އަތުކުރި އޮޅާލާގެން………
Comment by hamdhoon — Wednesday, July 7, 2010 @ 9:14 pm
މިއޮ ޑީއާޕީ ފުޑެނީ ކޮންމެމީހަކާ ބައްދަލުވިއަސް ބުނަނީ ޙާއިނުން ދޫ ކޮއްލަން ހުރިހާ ވަގުން ޖަލައްލާ
ނާޒިމް މިހާރު ލަސްވެއްޖެ ހައްޔަރުކުރުން
Comment by andhaa — Thursday, July 8, 2010 @ 2:29 am
މިއޮ ޑީއާޕީ ފުޑެނީ ކޮންމެމީހަކާ ބައްދަލުވިއަސް ބުނަނީ ޙާއިނުން ދޫ ކޮއްލަން ހުރިހާ ވަގުން ޖަލައްލާ
ނާޒިމް މިހާރު ލަސްވެއްޖެ ހައްޔަރުކުރުން މިކަމައް ތާއީދު ހޫރޭ
Comment by andhaa — Thursday, July 8, 2010 @ 2:30 am
މިއަދު ޑިއާޕީ މީހުން މާލެ އާ އިރު ތަސްމީން ހުރިގޮތުން އެގޭ ރާޖްޕަކްސާ ބަވާލިހެން ރަޒާގު
Comment by andhaa — Thursday, July 8, 2010 @ 2:35 am
މަވެސް ދުށިން ހަސަނާވެސް ހުރީ ހަމަ ރަގަޅަށްވެސް ރޮވިފަ. ހައްހައްހާ ….
ލަތީ
Comment by andhaa — Thursday, July 8, 2010 @ 2:36 am
މަވެސް ދުށިން ހަސަނާވެސް ހުރީ ރޮވިފާ
Comment by maree — Thursday, July 8, 2010 @ 2:37 am
މިބާގަޑު މަޖިލިހުން ބޭރުކރޭ
Comment by maree — Thursday, July 8, 2010 @ 2:39 am
ބުނަން މޯލާ ތީހަމަ ބެސްޓް މަދަރަސީ ދައުރުގައިވެސް މިފަދަ ލިޔުންތައް ލިޔެގެން އުޅުނު ގޮތަށް މިއަދުވެސް މިފެންނަނީ… މިއަދުވެސް އަހަރުމެންނަށް މިފެންނަނީ މޯލާގެ ވިސްނުމާއި ފިކުރުހުރީ ހަމައެގޮތަށްކަން. ވަރަށް އުފާވާ އަހަރެންގެ ކުލާސް މޭޓެއް މިފަދަ ލިޔުންތައް ލިޔާކަމުން. އޭރުވެސް އަހަރުމެން މޯލާއާއި ދިމާކުރަން ރާއްޖޭގެ ރައީސް އޭ ކިޔައިގެން. އެހެންނަމަވެސް މިއަދު ގަބޫލުކުރަންޖެހޭ މޯލާއަކީ ސިޔާސީ ލީޑަރަކަށް ވެވިދާނެ މީހެއްކަން.
Comment by ކުލާސް މޭޓެއް — Thursday, July 8, 2010 @ 12:13 pm
މަށަށް ފެންނަނީ މޯލާ ޓީޗިން ހެދުން ދޫކޮށްލައި އަތޮޅުކައުންސިލަށް ކުރިމަތިލާން……
Comment by zoo — Thursday, July 8, 2010 @ 12:19 pm
މޯލާ ދެން ތިވަރަށް ސިޔާސީ ނުވެބަލަ..ވަރަށް ދިރާސާކޮށްފަ ހުރިކަން ފާހަގަ ކުރެވޭ….އެކަމަކުބުނަން މާސިޔާސީވެގެން ގޯސް ނަހަދައްޗޭ.ރަނގަޅުވާހަކައެއްތީ މިދައުލަތުގެ ޒައްރެއްގެ މިންވަރުވެސް މަޖިލިހަކަށް އަދި އެއްވެސް މީހަކަށް ކަޑުވާނުލެވޭނެ. ތިންބާރުންވެސް މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންނަށްޓަކާ. ދެންވަކިވެލީ
Comment by ބިޓެއް — Thursday, July 8, 2010 @ 12:24 pm
ޑީ ރ ޕީ މީހުން ބުނާ ގޮތުނަ އެއް މަސްދުވަސް ތެރޭގައި މިވެރިކަން ބަދަލު ކުރެވޭނެ. އަދި މި އެއަމަސްދުވަހުގެ ތެރެގައި އެމީހުން ބޭނުންވާ ފަދަ ގޮތަކަށް ރާއްޖެ އަބުރާލެވޭނެއެވ. އެހެން ކުމުން ހުވަދު އަތޮޅުގައި ތިބި ޑީ ރ ޕީ ގެ މަދު މީސްކޮޅު ގެ ހުވަފެންތައްކާ މީޔާބު ވާނެކަމުގެ އުފާ އެމީހުން ފާޅު ކުރަމުން ދާއިރު މީ ކިހާވަރެއްގެ ހަގީގަތެއްބާ. މޯލް ތޭންކްސް ތިކަހަލަ އަޕް ޑޭޓް ތައް ލިބޭތީ
Comment by eleena princess — Thursday, July 8, 2010 @ 12:52 pm
ބަޔަކުމީހުން ބަޑަށްމަރުވިޔަސް ސަރުކާރެއް ބަދަލެއްނުވާނެ މިފަސްއަހަރުނުނިމެނީސް. މުއްލާ ކިބައިންވެސް ތަންކޮޅެއް ރީތިސިފައެއް ކޮޕީކުރިނަމަ ވަރަށްބޮދުތަން ރަގަޅުވީސް ކަންނޭގެ…..
Comment by max90 — Friday, July 9, 2010 @ 12:21 am
ވަރަށް ސަޅި ލިޔުމެއް…. ޙަޤީގަތް ހާމަ ކުރުމަށް ވަރަށް މަސައްކަތް ކުރެވިފައި އެބަހުރި…. ކުދިންކޮޅެއް އެއްކޮއްލައިގެން މަޖައްލާއެއްގެ މަސައްކަތް ފެށިއްޖިއްޔާ ސަޅިވާނެ…
Comment by havaru — Saturday, July 10, 2010 @ 1:46 pm
ބަޔަކު މީހުން ވެރިކަން ބަދަލުކުރާކަށް ނޫޅެއެވެ. ހުރިހާވެސް މައްސަލަ އަކީ މިގައުމުގައި މިހާރު މައިނޯރިޓީ ސަރުކާރެއް އޮތީމައެވެ. މެޖޯރިޓީގެ ތާއީދު ލިބިގެން ވެރިކަން ކުރަނީނަމަ އެއްވެސް މައްސަލައެއް ފެންމައްޗެއް ނުވާނެއެވެ. ވެރިކަމަށް އައީ ރައްޔިތުންގެ ބޮލުގައި ތެތްގޯނި އަޅުވައި މަކަރާއި ބުހުތާން ދޮގު ހަދައި ދޮގު ވައުދުވެ، ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވާނެކަމަށް ބުނެ އެންމެފަހުން އެވެސް ފަލްސަފާއަކަށްވެ ނިމި، 24 ގަޑިއިރު ހަމައިގައި ހުންނަންނުޖެހޭ އެއްއަތުން ކުރާކަމެއް އަނެއްއަތަށް ނޭގޭ ހިސާބަށް ކަންތައް ދިޔުމެވެ. ނިކަން ކެރޭ މީހަކު މިއަތް ޖަވާބް ދީ ބަލާށެވެ.
Comment by Ismail Mohamed — Sunday, July 11, 2010 @ 12:33 pm
މިސަރުކާރުން ވައުދު ނުފުއްދާކަމަށް އިސްމާއިލް ތި ވިދާޅުވަނީ…އެއްވެސް ހެއްކެއްނެތި…..ނެގޭތަ ރަށުބަންދުން ފިލިކަމެއް. ނޭގޭތަ ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހޭކަން.ނޭގެނީތޯ ޑްރަގްޑީލަރުން ހައްޔަރުކުރިކަމެއް. މިސަރުކާރު ވެރިކަމަށްއައީ 97000މީހުންގެ ވޯޓް ލިބިގެން.ތިބޭފުޅާއަށް މައިނޯރިޓީއާއި މެޖޯރިޓީވެސްނޭގޭހެން ހީވަނީ………
Comment by kalhusoru — Sunday, July 11, 2010 @ 5:02 pm
ައދިވެސް ަުވިގޮސްފަވަ ގޮފިތަކުގެ ރައިސުން ނައް މަގާމްތައްދެނީ ، އާގޮފިތައް އަޕުޑޭޓެއްނުވޭ، އަދިވެް ކުޅުދުއްފުށިން ގުޅަނީ އާދަމްވަހީދަށާ ރެވި އައްޔައް، އެއީ އެމްޑީޕީ ހަލާކުކުރި ދެހާއިނުން، ރެވިއަލީ އާއި އޭނާގެ މުޅި އާއިލާ މިހާރުވެސް ތިބީ ހަސަންސައީދު ފަހަތުގަ،އާދަމްވަހީދު ވަނީ ރިސްފަތުނަގައިގެން މާރުކޭޓު ދީ ފަ ޑީއާރުޕީ ޖަގަހަ ހަދަިގެން ހިންގަން، ދީއާރުޕީގެ އިސް މީހުންނައް، އޭނާ ބޮޑައްގުޅުން އޮންނަނީ ޕޭލޭފުށުން ގާސިމާ، ޔާމީން އާ، ކަލޯ އާދަނާ މިރަށުން ބޭރުނުކުރަނީސް މަންމްރަށައްދޭ ، ކުމުންދުވައް، ތިއީކީ މިރަށުގަ އެްއްވެސްތާއީދެއް އޮތްމީހެއްނޫން، މާބޮޑުއާއިލާއެްވެސް އޮތްގޮލައެއްނޫން ، ކުރިން އުޅުނު ގޮތައް މަހައްދޭ ބަލަ
Comment by shukoor — Monday, July 12, 2010 @ 11:32 am