Maldivian Democratic Party » މެންބަރުންގެޚިޔާލު .. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއެވެ (2)
mdp_banner

Wednesday, July 7, 2010

މެންބަރުންގެޚިޔާލު .. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއެވެ (2)

މިކަންކަމުން އެނގި ފާޅުވަނީ ދިވެހީންގެ ސަޤާފަތާ ދިވެހީން ވަކިވާން ނުވަތަ ވަކިކުރާން ބޭނުން ނުވާ ބަޔަކު އެބައުޅޭކަމެވެ. މައުމޫނުގެ އަނިޔާވެރި ވެރިކަން ފުރޮޅާލެވުނީ ދިވެހިންގެ ކެރުމާއި ބޭރުގެ އެހީތެރިކަމާއިއެކުގައެވެ. ބޭރުގެ އެހީ ނެތްނަމަ، މިއަދު މިވެރިކަންކުރާން އެކަކުވެސް ނުބެހެއްޓީސްކަން ކަންކުރަމުން އައި ގޮތަށް ބަލާއިރު ހީވެއެވެ. އަދި ޑިމޮކްރަސީގައި ރައްޔިތުން ހަމަހަމަވެ، ޤައުމުގެ މުއަސަނދިކަން ހެޔޮގޮތުގައި އެންމެނަށް އަތްފޯރާފަށަށް ގެންނާން އުޅޭތަން ފެނި، ހަސަބާއި ނަސަބަށް ބެލުމެއްނެތި، އެނެމެހާ ރައްޔިތުން އެކުގައި އުޅޭތަންފެނި ކުރީގެ ވެރިންނާއި، އެވެރިން އުފެއްދި ބޮޑުންނާއި، އެވެރިމީހާއަށް އަޅުކަންކުރާ މީހުން މިއަދުގެ ވެރިކަން މުލުން ލުހެލައި ކުރީގެ ސަޤާފަތާ އެއްގޮތަށް ބަދަލުކޮށްލައި މުށުން ދޫވި ވެރިކަމުގެ އާރާއި ބާރު، ގާތުތިބި އަޅުންތަކާއި، ސުމާރެއް ނެތި ޚަރަދުކުރަމުންދިޔަ މާލާ ގެއްލި، ނިކަމެތީންނާއި ދެރަވަރު ކަމުގައި އެއުރެން ހަދައިގެން އުޅުނު މީސްތަކުން ޤައުމުގެ ކުރީ ސަފުގައި ނުކުމެ އެންމެން އަތާ އަތް ގުޅުވައިގެން ހިނގާތަން ޤައުމުގެ މާލިއްޔަތު އަމިއްލަ މިލްކެއްގެ ގޮތުގައި ހަދައި ބޮޑެތި މަހުޖަނުން ކަމުގައި ވެގެންތިބި މީސްތަކުންގެ ކައިރިއަށް ހިނގާން ދާންޖެހި މުހުތާދުތައް ފުއްދުމަށްޓަކައި އަމިއްލަ ދަރީން ވެސް އެމީހުންގެ ތަންމަތިތައް ކަމުގައި ހަދަން ޖެހުނު ސަޤާފަތް އުވިދާތަން ފެނުމުން ހަޖަމު ނުކުރެވި މިއަދު އެތެޅި ފޮޅެނީއެވެ.
ލޮބުވެތި ދިވެހި ރައްޔިތުން މި ޚުތޫރަތްތެރި ދަނޑިވަޅުގައި ފިސާރި ސާބިތުކަމާއެކު އެހާމެ ވިސްނުންތެރިކަމާއެކު، ފިޔަވަޅު ނާޅައިފިނަމަ އަނެއްކާވެސް މިއަދު ދިވެހި ވެރީންގެ އަނިޔާވެރިކަމާ އަޅުވެތިކަމުގެ ސަޤާފަތުގެ ތެރެއަށް ދިވެހީން ބަނދެގެން ގެންދިއުމަށް އެކުރަމުން ގެންދާ މަސައްކަތް އެއުރެން ކާމިޔާބުކުރާނެތެވެ. ޑިމޮކްރަސީ ނައްތާލައި ދިވެހީންގެ އަޅުވެތިކޮށް އެވެރިން ނުރުހޭ ކޮންމެ މީހަކަށް ފިސާރި އަޒާބުދައްކަވާނެއެވެ. އަނިޔާވެރި ސަޤާފަތް ދެން ދިވެހިން ޤަބޫލެއް ނުކުރާނެއެވެ. އެހެނަސް އެކަން ދެމިއޮންނާނީ އެސަޤާފަތް ދިރުވިޔަ ނުދޭން ފިސާރިއަކަށް އެންމެން ނޫނެކޭ ބުނެގެންނެވެ. ކުރީގެ އަނިޔާވެރި ވެރިކަން ފުރޮޅާލައި ދިވެހީން މިދުވަސް ހޯދައިގަނެވުނީ ހާދަހިއްވަރަކުންނެވެ. އެހެނެއްކަމަކު މިކަން ދެމެހެއްޓުން މިއަދު މިވަނީ ސުވާލުގެތެރެއަށް ހުށަހެޅިފައެވެ. މުއްސަނދީންނާއި، ކުރީގެ ބޮޑުންނަށް އިތުބާރުކުރެވުމުން މިއަދު މިފެންނަނީ އޭގެ ހިތި ނަތީޖާއެވެ. ބޮޑެތި މަހުޖަނުން މީގެތެރޭގައި އެއުޅުނީ ރައްޔިތުންނަށް ހެޔޮއެދިގެން ނޫންކަން މިއަދު މިދަނީ ސާބިތުވަމުންނެވެ. އެމީހުންގެ ހުރިހާވެސް އަމާޒަކީ ވެރިކަން ހޯދުމެވެ. މައުމޫން ބަލިކޮށް ވެރިކަން ލިބޭތޯ އުޅެ ނުލިބުމުން އަހަރެމެންނާއި ހިތްހެޔޮކަމަށް ހެދި ސަމާސާކޮށް އުޅެ ވެރިކަން އަހަރެމެން ނިކަމެތީންނަށް ލިބުމުން ދަޅައި، ފިރާލައި، ތިމާމެން ބޭނުން ގޮތަކަށް ނުހެދުމުން އަނެއްކާ ކުރީގެ ޓޮމް އާއި ޖެރީ ވެސް އެއްބައިވެ ކުޅިގަނޑު އަތުރާލީއެވެ. ބޭނުމަކީ ދިވެހީންގެ ސަޤާފަތް ގުޅިފައިވާ ޝާނާއި، ޝައުކަތު މުށުތެރެއަށް ލުމެވެ. އަތުން ދޫވި މާލު އަނބުރާ ހޯދައިގަތުމެވެ. ރަގަޅު ނިޔަތެއް ނެތްތާ ލަދު ޙަޔާތުގެ ކަންފުޅެއްވެސް އެއުރެންގެ ހަމަނެތީއެވެ.

3 Comments »

  1. އިޚްލާސްތެރިކަމާއެކު ކުޅުދުއްފުށީގައި އަޅުގަނޑަށް ފައިސާގެއެހީ އެއްކުރާ ފޮށި ބެހެއްޓި މީހުންނަށް އޮންޅުންފިލުވައިދިނުމަށްޓަކައި ބުނެލަންބޭނުމީ: ކޮންމެ ފޮއްޓެއް ބެހެއްޓިއަސް ބުރުމާގެ އަތުންނާއި ޔާމީނުގެ އަތުން ނުނަގާ ދެކޮޅެއް ނުޖެހޭނެ. ވެރީ ސޮރީ އިގޭތޯ ބޯގަޅި ކުއްޅުއްފުށީ މީހުންނޭ! މަށަކީ ތިހާ ދަށުދަރަޖައިގެ މީހެއްނޫން މަސްވެރިންގެ އަތުން ސަލާންޖަހާކަށް. (ކުއްޓި)

    Comment by kutti — Wednesday, July 7, 2010 @ 12:43 pm

  2. . ހައް ހައް ހާ. 2013ގައި ވެރިކަން އެހެންނޫނީ މިފަހަރު އަންނި ކަލޯ ގަދަކަމުން ބާކިތިބި މެމްބަރުންނަށް ރިޝްވަތު ދީގެންވެސް ވައްޓާލާލަން. ހައް ހައް ހާ. މަގޭ އެއް މައްސަލައެއްވެސް ނުބެލޭނެ. ހައް ހައްހާ. ހޭއަރުވާލާނަން. ހައް ހައް ހާ. އޮންނާނީ މުޅި ގައުމުގެ ހުރިހާ***ންގެ ލާރިގަނޑުކާލާފަ. ހައް ހައް ހާ. އެއް މައްސަލައެއްވެސް ނުބެލޭނެ. ހައް ހައް ހާ. ޏެމް.ޑީ.ޕީ.އަށް އެއް *** . ހައް ހައް ހާ. ޏެމް.ޑީ.ޕީ.ގެ މެމްބަރުންނަކީ ފިނޑި ބައެއް. ހައް ހައް ހާ. ބޫބޫ. ހައް ހައް ހާ. ޔާމީނުގެ ގޭންގުތައް ނެރެ ތަޅާލާނަން. ހައް ހައް ހާ. ބޫބޫ. (ކޮބާ ބިރު ގަނެއްޖެދޯ) ހައް ހައް ހާ.

    Comment by alhaa — Wednesday, July 7, 2010 @ 12:48 pm

  3. މީ ހަމަވަގެއް

    Comment by maree — Thursday, July 8, 2010 @ 2:41 am

Leave a comment