އައި ނީޑް ސަމް ކޭޝް: އޯޑިއޯ ކްލިޕް
5 ޖުލައި 2010
* ތިރީގައި މިވަނީ އިއްޔެ ލީކުވި އޯޑިއޯ ކްލިޕްތަކުގެގެ ތެރެއިން އެންމެ މަޝްހޫރު އެއް ވީޑިއޯ ކްލިޕް ކަމަށްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދާއި، ކޮންމެ ބޭނުމެއްގައި ނަމަވެސް މަޖިލިސް މެންބަރުންނަށް ވަރަށް ދީލަތި އެހީތަކެއް ވެދެއްވާ ކަމަށް ތުހުމަތުކުރެވޭ، މަޝްހޫރު މަހުޖަނު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަދި ހަމަ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އާއި މެދު ކުރެވިފައިވާ މުޢާމަލާތެއް ކަމަށް ބެލެވޭ އޯޑިއޯ ކްލިޕް އަޑުއަހައިގެން ލިޔެފައިވާ ޑައިލޮގެކެވެ.
ނަޝީދު: އަނެއްކާ ލަ… މިހާރު ދެތިން މަސްވީ އަޅުގަނޑު ތިކަމަކުން ސަލާމަތް ނުވެގެން އުޅޭތާ.
ޤާސިމް: މިހާރު މިނިންމަނިއްޔޭ
ނަޝީދު: އަދިވެސް އޮފީހުގައި. މަޖިލީހުގައި ތިއުޅުއްވަނީ
ޤާސިމް: އާނ ހައެއް ޖެހި އިރު އައި ގޮތަށް. މިހާރު ނިންމާލާފައި މިދަނީ.
ނަޝީދު: އާނ އޯކޭ. އޯކޭ
ޤާސިމް: ކިހިނެއްވީ؟ މިދަނީ
ނަޝީދު: އަޅުގަނޑު ގުޅާލީ. އަތްމަތި ވަރަށް ދަތިތޯ ތިބޭފުޅާގެ
ޤާސިމް: ކިހިނެއްވީ؟
ނަޝީދު: އައި ނީޑް ސަމް ކޭޝް
ޤާސިމް: ކިހާވަރެއް؟
ނަޝީދު: …. ބޭނުން ވެގެން
ޤާސިމް: މިކޮޅަށް ކުއްޖަކު ނެތްތަ ފޮނުވާ ލެވޭކަށް؟
ނަޝީދު: މިގަޑީގައި ބޭފުޅާ ނޫޅޭނެ އިނގޭތޯ.
ޤާސިމް: ނޫޅޭނެ ދޯ
ނަޝީދު: މާދަމާ ހެނދުނުން ރަގަޅުވާނެ. ހަމަ މައްސަލައެއް ނެތޭ.
ނަޝީދު: އެކަމުދެން މީހުންނަށް ފެންނާނެ. ބަލާނެދޯ.
ޤާސިމް: ތިތަނުން އަޅުގަނޑު އެހެން ވެއްޖިއްޔާ، މީ އަނެއް ވިލާޔަށް އަނެއް މީހަކު ފޮނުވޭތޯ ބަލަންތޯ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ގެ ބްލޮގްގައި އޭނާ ލިޔުއްވާފައިވާ ގޮތުން، އަތްމަތިދަތިވާ ފަހަރުތަކުގެ ތެރެއިން ބައެއްފަހަރު ބައެއް މީހުންގެ އަތުން ފައިސާގެ އެހީއަށް އެދިފައި ހުންނާނެއކަމަށާއި މީހަކު ކަމަކަށް އެދުމުން، އެކަން ކޮށްދިނުމަށް އަތުގައި އެ ޢަދަދަށް ފައިސާ ނުހުންނަފަހަރު، މީހުން އަތުން ފައިސާ ހޯދައިގެން އެކަން ކޮށްދީފައިވާނެކަމަށްވެސް މެމްބަރު ނަޝީދު ވިދާޅުވެފައިވެއެވެ.
ނަމަވެސް އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ މި މުޢާމަލާތް މިހާ ސިއްރުވެރި ގޮތަކަށް ގެންދިއުމުގެ ސަބަބުންނެވެ. އެހެން ކަމުން ގިނަ ފަރާތްތަކުން މިއީ ރިޝްވަތާ ގުޅުންހުރި ޢަމަލެއް ކަމަށް ބުނަމުން ގެންދެއެވެ.










ހާދަ ވަރަކަށް ބޭނުން ވެގެން ދޯ ގާސިމް މެން ކަހަލަ މީހަކަށް ގުޅާނީ. މިހިރީ ވާ މެމްބަރެއ. ހަމަ ނަމޫނާ މެމްބަރެއް.
Comment by ހަސަނު — Monday, July 5, 2010 @ 12:52 pm
“އައި ނީޑް ސަމް ކޭޝް” މިއީ ދޯ ނަޝީދު (ކުއްޓި މިހާރުގެ ނަމުންނަމަ “ކޭޝް”) މެންގެ ޙަގީގީ ފެންވަރަކީ. ކުރިން ވެސް ރައްޔިތުން ދަވާލައިގެން އުޅުނީ. މިހާރުވެސް ބެލެނީ މަހުޖަނެއްގެ ޖީބަށް ފުންމާލައިގެން ރައްޔިތުން ދަވާލެވޭތޯ….. ވާ..ވާ..ވާވާ.. ސަޅި….
Comment by hassan — Monday, July 5, 2010 @ 3:06 pm
ކޮބާ މައްސަލަ އަކީ..ދެން މީގެން ސާބިތު ކުރެވޭނީ ކޮން ކަމެއް؟ ކަން ބޮޑުވާ މީހުން ކަން ބޮޑުވާން ބައި ތިއްބާ…ރީދީ ފޮތި ހިފައިގެން މަގުމަތީ އެބުރޭ…ދެން އެނޫން ގޮތެއް ނެތް..ނުވެސް ވާނެ..ދެން ލަލަލަ….
Comment by Nasheed — Monday, July 5, 2010 @ 10:22 pm
ދިވެހި ޤައުމުގައި އަޅެ މިއަދު މި ނިޔުޓެމުންދަނީ އެބުނާ “އަންދާ ޤާނޫނު”ގެ ފީތާތަކެއް ބާވައެވެ. ސުބުޙާނަﷲ….
އަބުރުރުވެރިކަމުގެ ފޭރާމުން ނިވާވެގެންތިބެ، ޤަދަރުވެރިކަމުގެ ގަހަނާއިން ޒީނއތްތެރިވެގެން ތިބި މީހުންގެ ޙާލު މިހާހިސާބަށް ހިނގައިދާނެކަމަށް ހަމަ ޤަބޫލުކުރަންވެސް ދައްޗެވެ. އަޅުގަނޑު ހީކުރަނީ މިޤައުމުގައި ތިބި އެންމެ ފަސްބައި ރީތި މީހުންނަކީ ކުރީގެ ނިޔުމޯލްޑިވްސްގެ “ތިންބެއިން” ކަމަށެވެ. އެހެންނަމަވެސް، ޙަޤީޤަޔް މިއަދު މިއޮތީ ހާމަވާން ފަށާފައެވެ. އެކަކު… ޖީބަށް ކަޅާކުރަމުން ދާއިރު، އަނެއް ދެމީހުން އެދަނީ ޤައުމަށް ރިޝްވއތުގެ ބަލި ފެތުރި މީހާ ވެއްޓުނަ ނުދޭން ކޮނޑުއަޅަމުންނެވެ. އެއީވެސް ފައިސާގެ ދަހިވެތިކަމުގައި ކަމަށްވެސް ވެދާނެއެވެ. އެކަމަކު ދެރަކަމަކީ ….އަދިވެސް އިންތިޚާބެއް ހަމަ ކައިރިވާއިރަށް ” މަށާކީ އެންމެ ފަސްބައި ރީތިމީހާ” ކަމަށް ދަޢުވާ ކުރާނެތީއެވެ. ތިޔަ ވިދާޅުވާއެއްޗެއްގެ މާނައެއް ހަމަ ނޭނގުނެވެ.
Comment by muwathin — Tuesday, July 6, 2010 @ 8:04 am
ކުއްޓިމެން ދެން ތަންތަނަށް އަރާ ތިބެގެން ކޮން އަގައެއް ތަޅާ ކަށް ތިހިރީ ބޭޒާރުވެފަ ދެން ލަލަލަ!!!! އަދިވެސް ރއްޔިތުންގެ ހައްގޭ ކިޔައިގެން ލަދެއް އަޅެ ފަހެ ނުގަނޭބާ!!! އައިނީޑް ސަމް ކޭޝް ކުއްޓި!!!!!!
Comment by kamana — Tuesday, July 6, 2010 @ 12:54 pm
މި 3 އޯޑިއޯ ކުލިޕް ޑައުންލޯޑް ކުރެވޭނެ ގޮތެއް ހަދާދެއްވާ….
Comment by Ably — Wednesday, July 7, 2010 @ 12:39 pm
އުސްތާޒު ނަޝީދަކީވާ ހާދަހާ ޢިލްމުވެރި އަދި އަދުލުވެރި ސޯލިޙު މީހެއްކަމުގައި އަހަރެމެން ދުށީމެވެ. މާމަޑުމަޑުން ހުރެ ބްލޮގް ހަދައި ރައްޔަތުންގެ މައްސަލަތަކާ ގުޅޭގޮތުން ލިޔާއިރު މިދެން ހީވަނީ މާކަ ޢިލްމުވެރި ހުރިހާކަމެއް ދަންނަ މީހެއްހެނެވެ. އެކަމަކު މިއަދު މިއެނގުނީ މީނާ ހަމަ ރަނގަޅީ ކޮށްޓެއްގައި ގެންގުޅެންކަމެވެ.
Comment by funama — Thursday, July 8, 2010 @ 9:34 am
ޑރޕ ގެ މީހުންނަކީ ވވވވވ ރަގަޅު ބައެއް
Comment by މުހައްމަދު — Tuesday, February 22, 2011 @ 4:54 pm