އެއީ އެއްމިލިއަން ކަންތައް ދެއްތޯ. ދެން މަނިކު ވަރަށް ހެއްވާ ސްޓޯރީ އެއް ޖެއްސީ - ލީކްވި އޯޑިއޯ ކްލިޕް
4 ޖުލައި 2010
* ތިރީގައި މިވަނީ ކޮރަޕްޝަނުގެ މައެސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ،ޕީއޭގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް އާ ދެމެދު ފޯނުން ކުރެވިފައިވާ ކަމަށް ބެލެވޭ މުޢާމަލާތުގައި ދެފަރާތުން ދައްކާފައިވާ ވާހަކަ ލީކުވި އޯޑިއޯ އަޑުއަހައިގެން ލިޔެފައެވެ.
ނާޒިމް: ދެން ހަމަ އޮރިޖިނަލް އެބައޮތް މިހާރު
ޔާމީން:އެހެންވީމާ މާދަމާ ތީތި ހެނދުނު އޭސީސީ އަށް ވައްދައިގެން އޭސީސީ އިން ކިހާ އަވަހަކަށް ބަޔާނެއް ނެރެވޭނެ.
ނާޒިމް: މާދަމާ ހަމަ ނެރެން ޖެހޭނެ ނޫންތޯ.
ޔާމީން: އާނ މާދަން ނެރެންޖެހޭނެ
ނާޒިމް: މިރޭ އެމީހުން އަންނަންދެން އޭސީސީގެ ދެ … ތިއްބޭ މެލޭޝިޔާގަ. އެތާ ރައީސް އެބަ ހުންނެވި. ދެން އަޅުގަނޑު ހަމަ އެއްކަލަ އަޅުގަނޑުމެންގެ ހޯރަފުށީ ވަހީދު، އުޅޭނު ހޯރަ ވަހީދު، އޭނަ މެދުވެރިކޮށް ހަމަ ޑައިރެކްޓްކޮށްދީފިން ދޭންވާ ހުރިހާ ވޯނިންގ އެއް. މީތި މިއީ މަސްޓެއް ކަމަށް. ދެން ޤާސިމަށް ވެސް އެނަންބަރު ޕާސްކޮށްފިން. ޤާސިމްއާ ގުޅުން އޮންނަ ކަމަށް ވަނީ.
ޔާމީން: ދެން ޤާސިމް އަތުން އަދި އެއްޗެއް ލިބޭ ވަރެއް ނުވޭދޯ.
ނާޒިމް: ނޫނޭ. ރޯޒް ކަންތައް ނިންމައިފީމޭ ބުނި. އޭނަ ވަރަށް މަސައްކަތްކުރި. އިއްޔެ އިރު އޮއްސި ހަޔެއް ޖެހި އިރު އޭނަ ގޮވައިގެން ދިޔައީ ޕެރަޑައިސްއަށް. ގޮސްފަ ނުވަގަޑިބައި ދިހައެއް ޖެހި އިރު އެއްކަލަ މީޓީންގ އަށް އައީ. އައިސްފަ ބުނި ޚަލާސް ނިމުނީއޭ.
ޔާމީން: އެހެންވީމާ އޭގެ މާނައަކީ؟
ނާޒިމް: އެއީ އެއް މިލިއަންކަންތައް ދެއްތޯ. ދެން މަނިކު ވަރަށް ހެއްވާ ސްޓޯރީ އެއް ޖެއްސީ. އަޅުގަނދު އިއްޔެ ހުކުރުން ފައިބައިގެން ދިޔަ ގޮތަށް ދިޔައީ ޤާސިމް މެންގެއަށް. ގޮސްފައި …
ޔާމީން: އެހެން ވީމާ މިހާރު ރޯޒް ޖުމްހޫރީއަށް ވަނީތަ.
ނާޒިމް: ނޫން. އެހެނެއް ނޫން. ދެން ހަމަ މިކަންކަމުގަ ދެއްތޯ އެއީ.
ޔާމީން: އެހެންވެއްޖިއްޔާ ތި ވަން މިލިއަންކަންތައް ނާޒިމް ތިޔާ އަޅުވާފައި، ރޯޒް ނަގަންވީނު.
ނާޒިމް: އާނ އެހެންނޭ. ދެން މިހާރު ރޯޒްއަށް އިނގޭނެ. ދެން މިހާރު މަނިކާ ހަވާލުކޮށްފައި އޮންނާނީ. އޭގެ ފަހަތުބައި ހަދަންޖެހޭނެއްނު. އެއް މިލިއަން ނިމުނީމާ އަދި އެބައޮތެއް ނޫންތޯ، ދެމިލިޔަން ކަންތައް. އެހެންވީމާ ދެން މިވާ ގޮތަކީ މީ، ޑައުޓް އުޅޭ ހުރިހާ އެއްޗެއްގެ ވާހަކަ އަޅުގަނޑު ބުނިން. ދެން ޤާސިމާ ފަހުން ވާހަކަދައްކާލެވޭ ގޮތެއްނުވި. ދެން، ބުނީ ހަމަ ބަރާބަރުވާނޭ، ސަތޭކަ ޕަސެންޓްވާނޭ. ދެންމިހާރު އެއްވެސް ހުރަހެއް ނެތޭ. އެހެން ބުނެފަ އޮތީ. އެހެންވީމާ އެކަމާ ކަންބޮދުނުވާށޭ.
ޔާމީން: ދެން މަނިކު ކޮން ސްޓޯރީއެއް ތި ޖައްސަނީ
ނާޒިމް: މަނިކު ކައިރިއަށް އަޅުގަނޑު މިދިޔައީ. ޙަސަން ސަޢީދު ކައިރިއަށް ޤާސިމް ދެގަޑި ބައި އިރު ދާންވެގެން.










މީ މިޤައުމުގެ ޙާލަތު ހުރިގޮތް …އެކަމުދޯ އެބޭފުޅާ އެޔޮތް އެޅި ޅަ ކުރުނބައެއް ދޯ!!!!!!!!!!!އެއް މިލިއަން ރުފިޔާ އޯ!!!!!!!!!!!! އައި ނީޑް ސަމް ކޭޟް ޓޫ 111111
Comment by merodona — Monday, July 5, 2010 @ 1:08 pm
“އެއް މިލިއަން ކަންތައް ދެއްތޯ”
އެކަމަކުވެސް ކޮރަޕްޓެއް ނޫނޯ މިވިދާޅުވަނީ، ރީތިވެގެން ރައްޔިތުންނަށް ތިއްތި ދެއްކެން ދެން އުޅޭނެ ކަމެއްނެތް. މިހާރު ތިޔައޮތީ ސޯޓު ބޭލިފަ، އެވެސް **** އެއްކޮށް. ………………….. ޚާއިނުން ހިފާ ހައްޔަރު ކުރޭ……… ދެން ހިތް ތިރި ނުކުރޭ………. މިހާރު މިއޮތީ ހިތްވަރާއި އެކު ޤައުމަށްޓަކައި މަސައްކަތް ކުރަން ޖެހިފައި………………….
Comment by hassan — Monday, July 5, 2010 @ 3:02 pm