Maldivian Democratic Party » ގދ. ހޯނޑެއްދޫ އަޕާރ ސައުތު އިނިޝިއޭޓިވް ގޮފީގެ ނޫސް ބަޔާން
mdp_banner

Friday, July 2, 2010

ގދ. ހޯނޑެއްދޫ އަޕާރ ސައުތު އިނިޝިއޭޓިވް ގޮފީގެ ނޫސް ބަޔާން

2 ޖުލައި 2010

ދިވެހިރާއްޖޭ ގެދުސްތުރީ ވެރިކަމުގެ ނިޒާމް ފުނޑުފުނޑުކޮށްލައި މިޤައުމުގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުގެ ބާރުކަނޑުވާލުމަށްރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީ އާއި ޕީއޭ އަދި ބައެއްއަމިއްލަ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތް މިގޮފީގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ދިވެހިރައްޖޭގެ މަތީ ތައުލީމް ހާސިލްކުރާ ކުރާ ދަރިވަރުންނަށް ދެމުންގެންދާ ލޯނާއި މަސްވެރިންނަށް ލިބޭ ސަބްސިޑީސް ނުލިބޭގޮތަށް ދިވެހިރާއްޖޭގެ މާލިއްޔަތާއި ބެހޭ ޤާނޫނު ފާސްކޮށްފައިވަތީ އެކަންވެސް ކުށްވެރިކުރަމެވެ.
އެކަމުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލަށް ހުރަސްއަޅައި ދިވެހި ޤައުމުގެ އެންމެބޮޑު ރައުސުލްމާލް ކަމަށްވާ ތަޢުލީމީ ޒުވާނުން މިޤައުމުން ނައްތާލުމަށް ކުރަމުންގެންދާ މަސައްކަތެވެ. އަދި އެބައި މީހުން މި ޤައުމާއި ދޭތެރޭ ދެކޭ ނުބައި ތަސައްވުރެވެ. މިބޭފުޅުންގެ އަމަލުތައް ހުންނެވި ގޮތުން ރައްޔިތުންނަށް އިޚްލާސްތެރިކަމާއި އެކުމަސައްކަތްކޮށްދެވެން ނެތްކަމަށްބުނެ ހުރިހަ ވަޒީރުން އެއްފަހަރާ އިސްތިއުފާދެއްވުމުން އެއިން ދޭހަކޮށްދެނީ ހުރިހާވަޒީރުންވެސް އެކޮށްދެއްވީ ތެދުވެރި ވަފާތެރި އެއްވެސް އަމިއްލައެދުމެއްނެތި ޤައުމަށްޓަކައި ކޮށްދެވި ހިތްވަރުގަދަ އަމަލުފުޅުތަކެއް ކަމެވެ.
މިސަރުކާރުން ރައްޔިތުންނަށްޓަކައިވެފައިވާ ވަޢުދުތައް ފުއްދަން ކަނޑައެޅިގެން ޑީއާރުޕީ އާއި ޕީއޭ އަދި ބައެއްއަމިއްލަ މެންބަރުންގެ ޢަމަލުފުޅުތަކުގެ ސަބަބުން ސަރުކާރު ހިންގުމަށް ދަތިވެ، އަދިޤާނޫނު އަސާސީގެ ރޫޙާއި ޚިލާފަށް ޤާނޫނުތައް ފާސްކުރުމަކީ ދިވެހިރައްޔިތުން ނުހަނުކަންބޮޑުވެ ވަޑައިގަންނަވާ ކަމެކެވެ.
ވީމާ ޑީއާރުޕީ އާއި ޕީއޭ އަދި ބައެއްއަމިއްލަ މެންބަރުންގެ ޢަމަލުފުޅުތަކުން ސަރުކާރު ހިންގުމަށް ދަތިވެ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް މަޖިލީހުގައި ޢަމަލު ކުރައްވާތީވެ މިގޮފީގެ ފަރާތުންމިޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި މިބޭފުޅުންގެ މިފަދަޢަމަލުތައް މިހާރުން މިހާރަށް ހުއްޓަވައިލެއްވުމަށް ގދ. ހޯނޑެއްދޫ އަޕާރ ސައުތު އިނިޝިއޭޓިވް ގޮފިންގޮވާލަމެވެ.
އަދިޤައުމެއްގެ އަމާން އޮމަންކަމާއި އެކު ދެމިއޮންނާނީ އެޤައުމެއްގައި ހަރުދަނާ ޝަރުއީނިޒާމެއް ގާއިމްވެފައި އޮތުމުންނެވެ. ފުރިހަމަ ދިމިޤްރާތީ ނިޒާމެއްގެ އެއްއަސްލަކީ އެޤައުމެއްގެ ޝަރުއީ ނިޒަމުގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރާއި އިޚްތިރާމްކަމަކީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެންކަމުން ޤާނުނީ އިމުގެ ތެރެއިން ޤައުމަށް ހިޔާނާތްތެރި ވެފައިވާ މީހުން ވެފައިވާ ހިޔާނާތްތައް ބައްލަވައި ދެއްވައި ވަކިފަރާތުގެ މޫނަށް ބެލުމެއްނެތި ތައައްސުބުން އެއްކިބާވެތިބެ ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓްތަކަށްގޮވާލަމެވެ.

ގދ. ހޯނޑެއްދޫ އަޕާރ ސައުތު އިނިޝިއޭޓިވް ގޮފި

1 Comment »

  1. ތީ ހަމަ ތެދު ވާހަކަ އެއް ޑީ ރ ޕީ މީހުން ޤަސްތުގަ ކުރާ ކަމެއް ހަމަ އެއީ . އެމް ޑީ ޕީ ގެ އަގު މީހުންގެ ކުރިމަތީ ވައްޓަން ވެގެން . އެމް ޑީ ޕީ އަށް ކަމެއް ނުވާކަން އަންގަން

    Comment by eleena princess — Saturday, July 3, 2010 @ 2:22 pm

Leave a comment