mdp_banner

Thursday, August 16, 2012

އަލްގީންގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ ކުށް ޝަރީއަތަށް ސާބިތުނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވާތީ ކަންބޮޑުވުން ފާޅުކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 98
ތާރީޚް: 15 އޮގަސްޓް 2012 (ބުދަ)

އަލްގީންގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ ކުށް ޝަރީއަތަށް ސާބިތުނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވާތީ ކަންބޮޑުވުން ފާޅުކުރުން

ރާއްޖޭގެ ޝަރުޢީ ނިޒާމާ މެދުގައި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމުގެ ވާހަކަ ދެކެވޭއިރުއާއި، އަދި ބޭރުގެ ގާނޫނީ މާހިރުންނާއި އަދި އދ. އިން ވެސް މިރާއްޖޭގެ ޝަރުއީ ނިޒާމުން އިންސާފު ގާއިމްނުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ހިނދު، ގިނަ ބައެއްގެ ލޯތައް ހުއްޓިފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޮ ޢަބްދުﷲ އަލްގީންގެ މައްޗަށް ދައުލަތުން އުފުލި ބޮޑު ޚިޔާނާތުގެ ކުށް ޝަރީއަތަށް ސާބިތުނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވާތީ، އެކަމާ މި ޕާޓީން ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރަމެވެ.

އަލްގީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ މީޓިއޮރޮލޮޖީގެ ޑިރެކްޓަރަކަށް ހުންނެވިއިރު ޖަޕާންގެ ޖެމްސްޓެކް ނަމަކަށް ކިޔާ ކުންފުންޏަކުން ރާއްޖޭގައި ހިންގި މޫސުމާ ބެހޭ މަޝްރޫއަކުން ދިވެހި ސަރުކާރަށް ލިބެންޖެހޭ 177460 ޑޮލަރު، (2،280،361 ރ.) 4 ފަހަރެއްގެ މަތިން އަލްގީންގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އެ ފައިސާ އަލްގީންގެ އަތުން ހޯދުމަށް ކުރި ދައުވާއެކެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދު ކުރިން ބައްލަވަމުން ގެންދެވި މި މައްސަލައިގެ އަޑުއެހުން 2010 ވަނަ އަހަރުގެ ތެރޭގައި ނިންމައި، ނަމަވެސް ހުކުމް ނުކޮށް 2012 ވަނަ އަހަރާއި ހަމައަށް އޮތްކަން ވެސް ފާހަގަކުރަމެވެ.

މި މައްސަލަ މިގޮތަށް ނިންމާފައިވާ އިރު، މީގެ ކުރީގައި އޮޑިޓަރޖެނެރަލްގެ ރިޕޯޓުތަކުން ފާހަގަކޮށްފައިވާ ބައެއް އެހެން ކޮރަޕްޝަންގެ މައްސަލަތައް ކަމަށްވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ މައްސަލަތައް ވެސް އެމްޑީޕީގެ ވެރިކަން 7 ފެބްރުއަރީގައި ބަދަލުކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެމައްސަލަތައް ކޯޓުން ބޭރުކޮށް، ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާގެ މައްޗަށް ޕީޕީއެމްގެ ވަގުތީ ނައިބު ލީޑަރު އުމަރު ނަސީރު ކޯޓަށް ހުށަހެޅި މަދަނީ މައްސަލައެއްގައި ކޯޓުން މުސްތަފާއާއި އިދިކޮޅަށް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލި ގޮސްފައިވެއެވެ.

މިފަދަ ގިނަ ކަންތަތަކާއި ގުޅިގެން ރައްޔިތުންގެ މެދުގައި ޝަރުއީ ނިޒާމާއި މެދު ވަރަށް ބޮޑަށް އިތުބާރުގެއްލިފައިވާތީ މި ޕާޓީން ކަންބޮޑުވުންފާޅުކުރަމެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއަޓް

2 Comments »
  1. ެއެހެންތާވާނީ މިބާޤީ ސަރުކާރުގެ ބައިވެރިންނައް ކިހިނެއްތޯ ހުކުމެއްކުރާނީ ހުރިހާކޯޓުތަކުގައިވެސްތިބީ މިބަޤާވަތްކުރިމީހުންގެ މީހުން ﷲ އިރާދަފުޅާލައިގެން އެމް ޑީޕީގެ ސަރުކާރެއްގަ އެހުރިހާއެންމެންނައް ހައްޤު އަދަބު ދޫންވާނީ

    Comment by Ahmed siraj — Friday, August 17, 2012 @ 1:17 am

  2. ޟަރުއީ ނިޒާމާއިމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް 3 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލައެއް ސާބިތުނުވާކަމަށް މިއަދު ނިންމެވުމުން އިތުރަށް ގިނަސުވާލުތަށް ރައްޔިތުންދަނީ އުފައްދަމުން ، އެއްމެންނަށްވެސް އެގޭ ހަގީގަތަކީ ދައުލަތަށް ލިބެންޖެހޭ ނުވަތަ ލިބިފައިވާ އެއްވެސްފައިސާއެއް ނުވަތަ މުދަލެއް ތިމާއަކީ ވަކިޑިޕާރޓްމެންޓެއްގެ އެއްމެއިސްވެރިޔާ ކަމުގައިވިޔަސް ޕާސަނަލް އެކައުންޓެއްގައި ފައިސާއެއްބެހެއްޓިގެން ނުވާނެކަން ، އެހެންނަމަވެސް އުފެދޭސުވާލަކީ ޕްރެކެޓެއް ހިންގުމަށް އެއިރުގެ އާއިލީސަރުކާރުހިންގި މުއާމަލާތުގައި ފައިސާތަކެއް މީނާގެ އެކައުންޓަށް ވަންނަންޖެހުނު ސަބަބު ، މިކަމުގައިވެސް ކަންހިގާފައިވާގޮތަށް މިނޫންކޮންމެސްދުވަހަކުން ސާފުވެގެންދާނެކަމަށް އުއްމީދުކުރެވޭ ، މައުމޫނުގެ އާއިލާގެ އެއްވެސްކުލައެއްޖެހިފަ ހުރިމީހަކަށްވެސް ކިތަންމެ ފާޅުކަންބޮޑުގޮތެއްގައި މިކަހަލަ މައްސަލަތަކެއް ކުރިމަތިވިޔަސް އެއްވެސްމައްސަލައެއް ދިމާނުވާނެ ، އެހެންނަމަވެސް އެމްޑީޕީ އަށް ނިސްބަތްވާ ނުވަތަ ގައުމުދެކެލޯބިވާ މިމީހުންގެ ވިސްނުމާއި ތަފާތުކޮށްވިސްނާ މީހެއްގެ މައްސަލަ މިއިންތަނަކަށް ވަދެއްޖެއްޔާ މިމީހުންނަލޮލުފިޔަވެސްޖެހޭނީ ދެވެންހުރި އެއްމެ ބޮޑުއަދަބެއް ދީފަނޫނީ ހިތްހަމަހެޖުމަެއް ނާންނެކަން ސާފުކޮށް އެގޭ . = އަސްތާ =

    Comment by Asthaa — Friday, August 17, 2012 @ 1:44 am

Leave a comment