mdp_banner

Tuesday, August 7, 2012

އަނެއްކާ ވެސް ފުލުހުން އުސްފަސްގަނޑަށް އަރައިފި

މެއި 29 ވަނަ ދުވަހު އުސްފަސްގަނޑު ރޫޅާލުމުގައި ސިފައިން ފުލުހުންނަށް އެހީ ވަނީ - އެމްޑީޕީ ފައިލް ފޮޓޯ

ފުލުހުން މިއަދު އަނެއްކާ ވެސް އުސްފަސްގަނޑަށް އަރައި އެތަނުގައި ހުރި ފޮޓޯތަކެއް ގެން ގޮސް އުސްފަސްގަނޑުގައި ތިބި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ގާތްގަނޑަކަށް މިއަދު ހެނދުނު 10 ޖެހިއިރު ފުލުހުން އުސްފަސްގަނޑަށް އަރާފައި ވަނީ 10.15 ގައި ފުލުހުންނަށް 6 ގަޑިއިރަށް ދީފައިވާ ކޯޓު އަމުރެއް ހިފައިގެން ގޮސް ކަމަށް އެމްޑީޕީ ވެބްސައިޓަށް ވަނީ މައުލޫމާތު ލިބިފައެވެ.

4 Comments »
  1. ވާހާކަ ހަދާފާ ބަހަށްޓާ… އަހަރުމެން މޑޕ އިން އެބަޖެހޭ އަންބުރާ ވެރިކަމަށް އަންނަން،، އަހަރެންގެ ބައްޕަޔަށް ކުރިން ލިބުނު ލާރި މިހާރު ނުލިބި ވަޒީފާ މި ވެރިކަމުގަ ގެއްލިޖެ.. އަހަރުމެން އެންމެން ވެގެން މި ބާއީ ސަރުކާރު ވައްޓަންވީީ..

    Comment by aboo — Tuesday, August 7, 2012 @ 4:35 pm

  2. ފޮޓޯއާއި ވީޑީއޯ ޕޯސްޓަރ ލިޔެކިޔުން ނައްތާލަން އުޅުނަސް އިންސާނުންގެ ހިތެއްބަދަލެއް ނުކުރެވޭނެ ، ކެރޭހީވާގި ގައުމުގެދަރިން މިކުރާމަސައްކަތްހުއްޓާލާނީ މިގައުމަށް ހަމަޖެހުން ހޯދައިދީފަ ، ނުކުޅެދޭ މީހުން މަސައްކަތަކަށްވާނީ މިގޮތަށް ތާއަބަދު މިކަހަލަ ދަށުދަރަޖައިގެ ތާކުންތާކުނުޖެހޭ ކަންކަންކުރަން ، އެމްޑީޕީގެ މެންބަރުންނާއި އެޕާޓީގެ ފިކުރަށްތާއީދުކުރާ ލޮބުވެތި ރައްޔިތުންނަކީ ފިސާރިވަރުގަދަ ހިތްވަރަކާއި އަޒުމެއްގަ ތިބިބައެއް ، ލާހިކައެއްނޫން ކުޑަބަދަލެއްވެސް ކިތަންމެ ވަރަކަށް ޕެޕަރސްޕްރޭއާ އަސޭމިރުން ލައްޓިބުރި ބިޑި ހުއްޓަކަސް އަޅުަގަޑުމެން ނުުގުޑާނެ ، ފަހަތަކަށްނުޖެހޭނެ ދުވަސްތަށްގުނަމުންގޮސް ވަގުތުކުޑަތަންވާވަރަށް ތިމީހުންއަތުން ވަރަށްބޮޑަށްގޯސްހެދޭނެކަން އަޅުަގަޑުމެންނަށް ސާފުކޮށް އިގޭ ، ގައުމު މިހާލަތަށްވައްޓާލުމުގައި އަޑީގަތިބެގެން ރާވާހިންގާ އަމަލީގޮތުން ބައިވެރިވި ހުރިހާމީހުންނަކީ އަޅުަގަޑުދައްނަވާނީ މިގައުމަށް ޣައްދާރުވީ މީހުން ، މިމީހުންނަށް އިންސާފުގެ މަގުން ގާނޫން ލިބެންޖެހޭ އެއްމެހަރުަކަށިދިނުމަކީ ކޮންމެހެން ކުރާންޖެހޭނެކަމެއްކަމުގައިދެކެން ، ރާއްޖޭގަ ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް ރައްޔިތުންބޭނުންވަނީ ގކެނެރީގޭ މުހައްމަދު ނަށީދުކަން ރައްޔިތުން މިދައްކަނީ އަމަލާއިބަހުން ބާޣީސަރުކާރަށް އަންގަމުން . = އަސްތާ =

    Comment by Asthaa — Tuesday, August 7, 2012 @ 4:56 pm

  3. އެމީހުން ހީކުރަނީ ދެން ފޮޓޯ ތަތް ނުކުރެވޭނެ ކަމައްތަ؟އެހެނެއް ދެން ނުވާނެ އެއްނުން..ހަމަ ނެއްޓީ ހަރުކުރީ..ދެން ލަލަލާ…ލަލަލާ…

    Comment by ali auf — Wednesday, August 8, 2012 @ 11:22 am

  4. ދިވެހި ފުލުހުންނާއި ސިފައިންނަކީ ދިވެހީންގެ ބޮލުގެ ތާޖުކަމުގައިދެކި ފަޚުރުވެރިވީ ވުން މިއަދު މިބާޣީން އައިސް މުޅީން ނައްތާލައި ފުލުހުންނާއި ސިފައިންނަކީ މިގައުމުގައި ނެތްވަރުގެ ނުބައިނުލަފާ ޚަސީލަތް ތަކުގެ ވެރީންގެ ގޮތުގައި ލޭބަލްކޮށްލުމަކީ ބާޣީ ވަހީދާއި މައުމޫނު ގުޅިގެން ހިންގި ބޮޑުޖަރީމާއެކެވެ. ދެން ކޮންމެ ސަރުކާރެއް އައިކަމުގައި ވީނަމަވެސް ގެއްލިގެން މިދިޔަ ފުލުހުންނާއި ސިފައިންގެ އިތުބާރު އަނބުރައި ގެނެވިދާނެ ކަމަކަށް ހީއެއް ނުކުރެވެއެވެ. މިއީ ފިސާރި ހަޑިމުޑުދާރު ގޮތްކުޑަ އަމަލެކެވެ. މިއަދުގެ ސިފައިންނާއި ފުލުހުންނަކީ ދިވެހި ސިފައިނާއި ފުލުހުންނޭ ބުނާން ލަދުގަނެއެވެ. އެކަމަކު ހަމަކަށަވެރުންވެސް އެއީ ޚާއިނުންނެވެ. ބާޣީންނެވެ. މިގައުމާއި ރައްޔިތުންގެ އިތުރުން މަތިވެރިވެގެންވާ އިސްލާމް ދީނުގެވެސް ދުޝްމަނުންނެވެ.

    Comment by funama — Wednesday, August 8, 2012 @ 11:53 am

Leave a comment