އެމްޑީޕީގެ އާ ސެކެރެޓަރީ ޖެނެރަލް އަކަށް ޝާޒްލީ ޝަފީގު
އެމްޑީޕީގެ އާ ސެކްރެޓަރީ ޖެނެރަލް އަކަށް ހ.ޖެމިނީ، ޝާޒްލީ ޝަފީގް ހަމަ ޖައްސަވައިފިއެވެ.
ޝާޒްލީ މި މަގާމަށް ހަމަޖެއްސެވީ އޭނާ އެ މަގާމުގައި ހުންނެވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރުހުން ދިނުމާ ގުޅިގެންނެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އަންޑަރ ސެކްރެޓަރީ ކަމާއި، ޖަޕާނަށް އޭރު ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ކަމާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ ކަން ވެސް ކުރައްވާފައިވާ ޝާޒްލީ ޝަފީގަކީ އެމްޑީޕީ އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ކަމުގައި ހުންނެވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރުހުން ލިބުމާއި ގުޅިގެން މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ޝާޒްލީ ގެންދަވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންނެވެ.


މަރުޙަބާ ޝާޒްލީ! ހިތްވަރާއެކު އެމް.ޑީ.ޕީގައި ކުރިއަށް ވަޑައިގަންނަވާ!
Comment by Hussain Jabeen — Tuesday, July 31, 2012 @ 11:13 am