އަންހެނުންގެ ޢިއްޒަތާއި ކަރާމާތަށް ގެއްލުންވާފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެމްޑީޕީ އަންހެނުންގެ ރޫހުން ގޮވާލަން
ދިވެހިރާއްޖޭގެ ސިވިލްސާރވިސަސް ކޮމިޝަންގެ މުވައްޒިފަކަށް ޖިންސީގޯނާ ކުރިކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖްލީސްގެ “މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް” ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެމައްސަލަ ސާބިތުވެ މިނިވަން މާހައުލެއްގައި ކަމިޝަންގެ ރައީސް އިސްތިއުފާ ދިނުމަށް ވަނީ އަންގާފައެވެ.
ދައުލަތުގެ މުއައްސަސާ ތަކުން އެއްވެސް ބެލުމެއްނެތި ޢާއްމުރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އަރައިގަންނަމުންދާ ދަނޑިވަޅެއްގައި އަންހެނުންގެ ޢިއްޒަތާއި ކަރާމާތަށް ގެއްލުންވާފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަންހެނުންގެ ރޫޙުގެ ފަރާތުން ގޮވާލަމެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ގެ 37 ވަނަ މާއްދާގެ ނ. ގައި ބަޔާންވެގެންވާ ފަދަ “ހަމަ ހަމަ ކަމާއިއެކު މުޢާމަލާމާތްކުރެވޭ ރައްކާތެރި މާޙައުލެއް” ގައި މަސައްކަތް ކުރުމަށް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ލިބިދޭ ޙައްޤު ހިމާޔަތްކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލްކަން ދެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫޙުގެ ފަރާތުން ގޮވާލަމެވެ.
ސިވިލްސާރވިސަސް ކަމިޝަންގެ ރައީސް އެކޮމިޝަންގެ އަންހެން މުވައްޒިފަކަށް ޖިންސީ ގޯނާކުރުމަކީ އަންހެނުންނަށް ޤާނޫނު އަސާސީގެ 37 ވަނަ މާއްދާއިން ލިބިދޭ ރައްކާތެރިކަމަށް އަރައިގަތުން ކަމުގައި އެމްޑީޕީ އަންހެނުންގެ ރޫޙުގެ ފަރާތުން ދެކެމެވެ. އަދި އެ ޢަމަލު އެމްޑީޕީ އަންހެނުންގެ ރޫޙުގެ ފަރާތުން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަމެވެ.
އަދި ސިވިލްސާރވިސަސް ކަމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާ އެކުރީ އެކަށީގެންނުވާ ކަމެއް ކަމުން ޤާނޫނުއަސާސީގެ 187ވަނަ މާއްދާގެ ދަށުން އޭނާ ސިވިލްސާރވިސަސް ކަމިޝަންގެ މެންބަރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނަށް ދަންނަވަމެވެ.
ސިވިލްސާރވިސަސް ކަމިޝަންގެ ރައީސަކަށް ހުރެ ރައްޔިތުންގެ މަޖްލިސްގެ “މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީން” އެމައްސަލަ ނިންމާފައިވާތީވެ މުޅި ސިވިލް ސާރވިސަސްގެ މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ޙަވާލުގައި އިސްވެ ހުންނަވާ ވެރިޔެއްގެ މިފަދަ ޢަމަލު ތަކަކީ ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫނެވެ. އަދި މިފަދަ ބޭފުޅަކު އެމުއައްސަސާގައި ހުންނެވުމަކީ އެ މުއައްސަސާއަށް ލިބޭ ހުތުރެއް ކަމުގައިވެސް ދަންނަވަމެވެ.
މިފަދަ މައްސަލަތަކުގައި އަންހެން ކަނބަލުންނަށް އެހީތެރިވެ ދެއްވުމަށާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އެ ކަމިޝަންގެ މެންބަރު ކަމުން ވަކިކޮށްދެއްވުމަށް ތިޔަ ޢިއްޒަތްތެރި މެންބަރުން ވޯޓްދެއްވުމަށް އަންހެނުންގެ ރޫޙުން ގޮވާލަމެވެ.
ބަޔާން ނެރުނީ: ޝިޔާމާ އަޙްމަދު
އަންހެނުންގެ ރޫޙުގެ ރައީސާ
7905222



އަންހެނުންނަށް ވަޒީފާއަދާކުރުމުގެ މާހައުލުގައި އަދި އެހެން މާހައުލެއްގައިވެސް އެއްވެސްހާލެއްގައި ޖިންސީ ގޯނާއެއް ، ނުވަތައެހެންއަނިޔާއެއްކޮށްގެން ނުވާނެ ، އެބައިމީހުންނަށްވެސް މިނިވަންކަމާއިއކު އެހްންވެސްއިންސާނުން އުޅޭގޮތަށް ބިރުވެރިކަމެއްނެތި އުޅުމުގެ ހުރިހާހައްގެއްލިބިގެންވާކަން އެއްމެންވެސް ދަންނަންވާނެ، އެހެންނަމަވެސް ހިތާމައަކީ ބައެއްފަހަރު އަންހެންކަބަލުންނަށް އިންސާނިއްޔަތާއި ޚިލާފަށް ވަރަށްދަސޫދަރަޖައިގެ އަމަލުތަށް މިރާއްޖޭގައި ފަހަކަށްއައިސްގިނަވަމުންދާކަން ، އެގޮތުން އިހަކަށްދުވަހުވެސް ފެނިގެންދިޔައީ އަންހެންކަބަލުން ގައުމީކަމެއްގައި ސުލްހަވެރިކަމާއިއެކު އެއްވެއަޑުއުފުލަމުންދަނިކޮށް ފުލުހުންގެތެރެއިން ބަޔަކު ނިކުމެ އެމީހުންނާއިމެދު ވަރަށްއިހާނެތިކޮށް ކަންކުރަމުންދިޔަތަން ، އަނެއްކޮޅުން މިހާރު މީޑިޔާތަކުން އަޑުއިވިގެންމިއުޅެނީ ވަޒީފާގެ ހިމާޔަތާރައްކާތެރިކަން ނަގަހައްޓަން ހަވާލުވެހުރި މުއައްސާސާގެ އެއްމެއިސްވެރިމީހާ އެއޮފީހުގައި މަސައްކަތްކުރާ މުއައްޒިފެއްގެ އިއްފަތްތެރިކަން ގަދަކަމުން ފޭރިގެންވާހަކަ ،މިހިރީ ދިވެހިރައްޔިތުން ފުންކޮށްވިސްނާ ފިކުރުކޮށް މިގައުމުގެ މުސްތަގުބަލަށް ހެޔޮގޮތެއްވޭތޯ ކެޑިނޭޅިމަސައްކަތްކުރަންޖެހިފައި، ހަގީގަތުގައި މިކަންކަންދިމާވެގެންއުޅެނީ އެއްމެމަތީފަންތީގައިވެސް މީގެކުރިންވެސް މިކަހަލައެތަށް ކަމެއް ހިންގާ ތުހުމަތުކުރެވިފައިވާ ފަރާތްތަށް ބައެއްމުއައްސަސާގެ ެިސްވެރިންގެގޮތުގައި އުޅުއްވާކަމުން، އަދި މީގެ އިތުރަށް މިކަންއެއްކާރިކޮށް ، ދާދިމިދާކަަށްދުވަހުވެސް މިގައުމުން ފެނިގެންދިޔައީ ދީންއައްޑަނައަކަށް ހަދާ، އަދިމުއްސަނދިމަހުޖަނުން އެމީހުންގެ މުހުތާދު ނުފުއްދޭތި ދިވެހިރައްޔިތުންގެ ތާއީދާއިއެކު ވެރިކަމުގެހުންނެވި ބޭފުޅާމަޖުބޫރީހާލަތަކަށް ގެނެސްގެން އިސްތިޔުފާދެއްވިތަން ، މިވަރުގެ ނުބައި އަމަލުތަށްރާވާ ހިންގަންފަސްނުޖެހޭ ބަޔަކު ދުވާލަކު އެމީހެއްގެ އޮފީހުގެ ހުންނަމުއައްޒިފު މީހާބޭނުންގޮތަކަށް ޖިންސީގޯނާކުރާކަށް ކުޑަކޮށްވެސްފަސްނުޖެހޭނެކަމަށް ގަބޫލުކުރެވޭ ، މިހުރިހާކަމަކާ ދެކޮޅަށް ދިވެހިންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ޖާނާއި މާލުގުރުބާންކޮށް ނިކުމެ އަޑުއުފުލަމުންދާ ރައްޔިތުންނަށްދެމުންދާ އަނިޔާވަރަށްސާފުކޮށް ދަނީފެނެމުން . ނިންމާލަމުން އަޅުގަޑުރާއްޖޭގަ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަންބޭނުން މިލޮބުވެތި ވަތަން ފެބުރުއަރީ 7 ގައި ދިވެހިންއަތުން ގަދަކަމުން ފޭރިގެންފައިވާ މީހުންއަތުން ސަލާމަތްކުރުމަށް ތިމާގެ ގައުމީ ވާޖިބެއްކަމުގައިދެކިގެން ކެރިގެން މިމީހުންނާއި ކުރިމަތިަލައިގެންނިމުމަކަށް ގެނައުމަށް ހިތްވަރާއި އެކުތެދުވާންވެއްޖެ. މިކަމަކީ ހަމައެކަނި އެމްޑީޕީނިސްބަތްވާ މެންބަރުންގެ އެކަނި މައްސޫލިއްޔަތެއް ނޫން ،ހުރިހާދިވެހިންގެ މައްސޫލިއްޔަތެއް ގައުމީ ވާޖިބެއް . = އަސްތާ =
Comment by Asthaa — Tuesday, July 17, 2012 @ 4:16 pm