އެމްޑީޕީން ދިރާގާ އެކު ބައްދަލުވުމެއް ބާއްވައިފި
އެމްޑީޕީން ދިރާގާ އެކު މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކެމްޕެއިން ކޮމިޓީގެ ފަރާތުން އަޙުމަދު ޝާހިދު (ސާބެ) އާއި އިންތިޚާބާއި ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހީމް ވަހީދު އެވެ. ދިރާގުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސޭލްސް މެނޭޖަރ މުޙަންމަދު ނިޔާޒް އާއި، ޕްރޮޑަކްޓް މެނޭޖަރ މޮބައިލް އާމިނަތު ސަނީތާ އެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި އެމްޑީޕީގެ މެންބަރުންނަށް އެ ޕާޓީއާއި ބެހޭ މައުލޫމާތު އެސްެއެމްއެސް މެދުވެރިކޮށް ފަސޭހަކަމާއެކު ފޯރުކޮށްދޭނޭ ގޮތަކަާއި ބެހޭ ގޮތުންނެވެ. އެ ގޮތުން ޕާޓީގެ އެކި ހަރަކާތްތަކާއި އެހެނިހެން ވެސް މައުލޫމާތު މެންބަރުންނަށް ފޯރުކޮށްދިނުމާއި، އެސްެއެމްއެސްކޮށްގެން ޕާޓީގެ މެންބަރެއްތޯ ބެލޭނޭ ފަސޭހަ ގޮތެއް ހޯދުމާއި، ޕާޓީން ހިންގަން ބޭނުންވާ ޕޯލް އާއި، އެސްެއމްއެސް މެދުވެރިކޮށް ޕާޓީއަށް ޑޮނޭޓް ކުރެވޭނޭ ގޮތެއް ހަމަޖެއްސުން ހިމެނޭ ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
ދިރާގުގެ ފަރާތުން ވަނީ އެމްޑީޕީން އެދިފައިވާ ކަންތައްތައް އެޕާޓީއަށް ފުރިހަމަކޮށްދިނުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމަވައިދޭނޭ ކަމަށް ވިދާޅުވެފައެވެ.



ތި ކުންފުންޏައް ޝުކުރު ދަންނަވަން އެމް ޑީ ޕީ އައް އެފަދަކަމެއް ކޮއްދެއްވަން އެއްބަސްވެ ވަޑައި ގެންނެވީތީ ޝުކުރިޔާ…
Comment by faraataa — Wednesday, June 27, 2012 @ 5:15 pm
ދިރާގުން ދެމެހެއްޓެނިވި ގޮތަކަށް މިކަން ކޮންދެވުނިއްޔާ މިވަރަށް ކާމިޔާބު ކަމަކަން ވާނެ ކަން ޔަގީން ސުކުރުދަންނަވަން ތިޔަފަދަ ކަންތައް ކޮންދިނުމުގައި ހުރީތީ
Comment by Abdul — Thursday, June 28, 2012 @ 8:44 am
ދިރާގާއި އެކު ބޭއްވި ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަންކަން ވީހާއަވަހަކަށް އަމލީގޮތުން ތަންފީޒުކުރެވިގެން ދާނޭކަމަށް އުއްމީދުކުރަން . = އަސްތާ =
Comment by Asthaa — Thursday, June 28, 2012 @ 2:02 pm