mdp_banner

Wednesday, June 20, 2012

އެމްޑީޕީގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ދާއިމީ ނަތީޖާ މިރޭ އިއުލާން ކޮށްފިއެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް މިރޭ އުސްފަސްގަނޑުގައި ބޭއްވި ޚާއްސަ ޖަލްސާ ގައި އިއުލާންކުރެއްވި ނަތީޖާ އާއި ވަގުތީ ނަތީޖާ ގައި އެއް ވެސް ތަފާތެއް ނެތުމުން ވަގުތީ ނަތީޖާ އިން އެކި މަގާމްތަކަށް ހޮވުނު ބޭފުޅުން އިންތިޚާބުވީ ކަމުގައި މިރޭ، އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ވަނީ އިއުލާންކޮށްފައެވެ.

އެ ގޮތުން ރިޔާސީ ކެންޑިޑޭޓަކަށް 31798 ވޯޓާ އެކު ވޯޓުގައި ބައިވެރިވި މީހުންގެ 98 އިންސައްތައިގެ ބޮޑު އަޤްލަބިއްޔަތެއް ހޯއްދަވައިގެން އިންތިޚާބުވެވަޑައިގެންނެވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ވޯޓުލީ މީހުންގެ 92 އިންސައްތަ އަޤްލަބިއްޔަތާއެކު 29044 ވޯޓު ހޯއްދަވައިގެން އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އުފުއްލަވަމުން ގެންދެވި ރީކޯ މޫސާ މަނިކެވެ. ޗެއަރޕާސަން ނައިބު އިދާރީއަކަށް ހޮވިވަޑައިގެންނެވީ ކޮންގްރެސްގެ މެންބަރުންގެ ވޯޓުގެ ތެރެއިން 597 ވޯޓު ކާމިޔާބުކުރެއްވި އަލީ ޝިޔާމް އެވެ.

ދާއިރާތަކުގެ އިންތިޚާބަށް ބައލާއިރު ބާރަށު ދާއިރާގެ ނައިބު ރައީސް ކަމަށް އިންތިޚާބުވީ ހއ.ބާރަށް ގޯލްޑަން ހައުސް އަލީ ޝަމީމް އެވެ. ވެލިދޫ ދާއިރާގެ ރައީސް ކަމަށް އިންތިޚާބުވީ މާލޭ ދަފްތަރު ނަންބަރު 6981
ޢަބްދުﷲ މުޙައްމަދު އެވެ. ފޮނަދޫ ދާއިރާގެ ރައީސް ކަމަށް އިންތިޚާބުވީ ގ.ދޫރެސްވިލާ
މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) އެވެ. ވިލިނގިލީ ދާއިރާގެ ރައީސް ކަމަށް އިންތިޚާބުވީ ގއ.ކޮލަމާފުށީ އޯކިޑްވިލާ ޢަބްދުﷲ ތަސްލީމް ޢަބްދުލް ޙަކީމް އެވެ. މެދުހެންވޭރު ދާއިރާގެ ސެކްރެޓަރީ ކަމަށް ހ.ބޮކަރުމާގެ ހަސަން ފާރިޝް ރަޝީދު އެވެ. ހުޅުހެންވޭރު ދާއިރާގެ ސެކްރެޓަރީ ކަމަށް މ.ތަންތާރަ މަރިޔަމް ވަހީދާ އެވެ. ހުޅުހެންވޭރު ދާއިރާގެ ނައިބު ސެކްރެޓަރީ އަކަށް ހ.މާކޯޅިގެ ފާތިމަތު ނާޝިދާ އެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ނައިބު ރައީސް އަކަށް މ.ތްރީލޭންޑްސް މުޙައްމަދު މައުމޫން އެވެ.

މިރޭގެ ޖަލްސާ ގައި އަލީ ޝިޔާމް އާއި ރީކޯ މޫސަގެ އިތުރުން ރައީސް ނަޝީދު ވެސް ވާހަކަފުޅުދެއްކެވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އިއްތިހާދު ހެދުމުގެ ސަބަބުން ސަރުކާރު ހިންގުމަށް ކުރިމަތިވާ ގިޮންޖެހުންތަކާއި ބެހޭ ގޮތުންނާއި، އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭ ގެއްލުމުގެ މައްޗަށެވެ. އަދި އެމްޑީޕީން ރިޔާސީ އިންތިޚާބުގައި އިއްތިހާދަކަށް ނުދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

3 Comments »
  1. ސާބަހޭއިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތީމިގައުމު ފަހުރުވެރިވާ ދަރިޔަކީ 2013 ގައިރާދަކުރެއްވިއްޔާ ރައީސްކަމަށް ހޮވާނީ މަނިކުފާނު ސާބަހޭ އެމްޑީޕީ

    Comment by kaani — Thursday, June 21, 2012 @ 1:57 am

  2. ސާބަހޭއިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތީމިގައުމު ފަހުރުވެރިވާ ދަރިޔަކީ 2013 ގައިއިރާދަކުރެއްވިއްޔާ ރައީސްކަމަށް ހޮވާނީ މަނިކުފާނު ސާބަހޭ އެމްޑީޕީ

    Comment by kaani — Thursday, June 21, 2012 @ 1:58 am

  3. ސާބަހޭ ރަޢިސް ނަށީދު ދެން އަޅުގަޑުމެން ބޭނުންވަނީ އަވަސް އިންތިހާބެއް ރައްޖޭގެ ރައްޔތުން ނިކަން ފުރިހަމަ އަޤުލަބިއްޔަތަކުން ރަޢީސް ނަށީދު ހޮވާނެ. ޕާޓިއެއްގެ ރިޔަސީކެންޑިޑޭޓް އަކަށް އެއްމެ ގިނަ ވޯޓް ލިބިގެން އެ މަޤާމަށް މިހާތަނަށް އައި ރަޢީސް ނަށީދު. ރީކޯ މޫޗަޔަށް ސާބަސް ! ދެން ހިގާ އެމް.ޑީ.ޕީ ގެ ސަރުކާރުގަ މައުމޫން ޔާމީން ޤާސިމް ފަދަ ޤައުމަށް ގަައްދާރުވި ބާޤީން ޖެހޭނީ ހިފާހައްޔަރު ކުރާން …….

    Comment by Hamdhoon — Thursday, June 21, 2012 @ 3:42 pm

Leave a comment