ޕާޓީ ޓިކެޓްގެ ޕްރައިމަރީތަކާ ގުޅޭ ޝަކުވާ ބަލާ ކޮމިޓީއެއް ގައުމީ މަޖިލިހުން ހޮވައިފި
އެމްޑީޕީގެ ޕާޓީ ޓިކެޓް ދިނުމަށްޓަކައި އެކި އެކި އިންތިޚާބީ ދާއިރާތަކުގައި ބާއްވާ ޕްރައިމަރީ ތަކާއި ގުޅޭ ޝަކުވާތައް ބަލާ ކޮމިޓީއެއް ރޭ އޮތް ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ހޮވައިފިއެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ވަގުތީ ރައީސް އަދި ނައިބުރައީސް، އިބްރާހީމް ހުސައިން ޒަކީ އާއި ގައުމީ މަޖިލިހުގެ މެމްބަރ ޑރ އިބްރާހީމް ދީދީ އާއި ޕާޓީގެ މެމްބަރ ގދ ފަރެސްމާތޮޑާ، ގަނދަކޯޅިމާގޭ، މުހަންމަދު ނިޔާޒެވެ.
ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި ކ 2 އާއި (މާލެއަތޮޅުއުތުރު) ބ 1 ގެ (ގޮއިފުޅަތުޅާދޫ) ވޯޓާގުޅޭ މައްސަލަތަކެއް ހުރުމާއެކު އެ މައްސަލަ ބެލުމަށް ރޭ ގައުމީ މަޖިލިހުން ހޮވި ކޮމިޓީއާ ވަނީ ހަވާލުކޮށްފައެވެ.










No Comments »
No comments yet.
Leave a comment