އެމްޑީޕީ.ގެ އަންހެނުންގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ރާޅުގަނޑުގައި މިއަދު ހަވީރު އޮންނާނެ
އެމްޑީޕީގެ އަންހެނުންގެ ޖަގަހަ ހުޅުވުމުގެ ރަސްމީ އިޙްތިފާލް މިއަދުހަވީރު 4 ޖަހާއިރު 3 ބާރު ވަކިކުރި ސަރަޙައްދު (ރާޅުގަނޑު) ގައި ބާއްވާގޮތަށް އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ފަރާތުން ނިންމައިފިއެވެ.
އެމްޑީޕީ އަންހެނުންގެ މި ޖަގަހަ ހުޅުވުމުގެ އުފާވެރި ޙަފްލާގައި އެމްޑީޕީގެ އެންމެހައި މެންބަރުންނާ ސަޕޯޓަރުން ބައިވެރިވެވަޑައިގެން ދެއްވުމަށް އެމް.ޑީޕީގެ އަންހެނުންގެ ރޫޙުގެ ފަރާތުން ވަނީ ދަޢުވަތު އަރުވާފައެވެ.
އަދި މިރަސްމިއަޔާތުގައި ރާއްޖޭގެ ހުރިހާރަށް ރަށުގެ އަންހެންބޭފުޅުން “ޢަމަލީގޮތުންނާއި، ފިކުރީގޮތުން” ބައިވެރިވެވަޑއިގެންދެއްވުމަކީ އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ވަރަށް ބޮޑުއެދުމެއް ކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުން ބުނެއެވެ.
“ރާއްޖޭގެ އަންހެނުން މިނިވަންކަމުގެ ތެރެއަށް ނެރެދިން ޕާޓީ އަކީ އެމްޑީޕީ ކަމަށް ވުމާއެކު ދިވެހި އެންމެހާ މައިންނާއި، އެމައިންގެ އެންމެހާ ދަރިން ރައްޔިތުންގެ މި އަނިޔާވެރި ޙާލަތު ބަދަލުކުރުމަށް ކުރިމަތިވެފައި މިވާ ގައުމީވާޖިބު އަދާކުރުމުގައި އަންހެނުންނަކީ ހިތްވަރު ހުރި ބައެއްކަން ދިވެހިތާރީޚުގައި ފަވާލުމަށްޓަކައި ހުރިހާ އަންހެން ބޭފުޅުން” މިޙަރަކާތުގައި ބައިވެރިވެ ދެއްވުމަކީވެސް އެމްޑީޕީ އަންހެނުންގެ ރޫޙުގެ ގޮވާލުމެކެވެ.



ގޫޑް ކީޕް އިޓް އަޕް
Comment by jaaweed — Wednesday, February 22, 2012 @ 2:24 pm
ފިސަހެރި، ކެރޭބަޔަކަށްވާތި! އެމް ޑީ ޕީ އަންހެނުންގެ ރޫޙަށް ސާބަސް!
Comment by Mohamed — Wednesday, February 22, 2012 @ 2:31 pm
އަންހެނުންގެ ރޫޙުގެ ޖަގަހ ރަސްމީކޮށް ހުޅުވުމުގެ ރައްސްމިއްޔާތު ހިގަމުންދާއިރު ރާއްޖޭގެ ހުރިހާކަންކޮޅުތަކުން ލައިވްކޮށް ފެނުމުގެ އިންތިޒާމު ހަމަޖައްސާދެއްވުމަށް އެދި ވަރަށް ގިނަ މީހުން އެދެމުން އެބަދޭ . އައްޑޫސިޓީގެ ގިނައަންހެނުންނަކި މިނިވަންކަމަށް ލޯބިކުރާ އިންސާފުހޯދުމަށް ކެޑިނޭޅި
ޖާނާއި މާލު ގުރުބާންކުރާ ބައެއްކަން މިފުރުސަތުގައި ފާހަގަކުރަން ، . = އަސްތާ =
Comment by Asthaa — Wednesday, February 22, 2012 @ 3:31 pm
މިނިވަންކަން ހޯދުމަށާއި، އަޅުގަނޑުމެންގެ އަތުން ފޭރިގަނެފައިވާ އަޅުގަނޑުމެން ރައްޔިތުންގެ ވެރިކަން އަނބުރާ ހޯދުމަށް ރާއްޖޭގެ އެކި ކަންކަޮޅުތަކުގައި ތިބި އަންހެނުން މަސައްކަތް ކުރަން މިއަދު މިވަނީ ޖެހިފައި. އެހެންކަމުން ރާއްޖެގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެނުން ނުކުމެ ހިތްވަރާއި އަޒުމާއި ޔަޤީންކަމާއި އެކު މަސައްކަތްފައްޓަވާ. ޖަގަތައް ހެދުމާއި ބަޢާވާތާއި ބެހޭ މަޢުލޫމާތު ލިބިނެތް ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާ. ރައީސް ނަސީދު ދިވެހީންނަށްޓަކައި ވެވެޑައިގަން ގުރުބާނީ އޮޅުން ފިލުވައިދެއްވާ. އަޅުގަނޑުމެންގެ ސަރުކާރުން ވި ވަޢުދުތަކުގެ ތެރެއިން ހާސިލުވި މިންވަރު ބުނެ ދެއްވާ. އެއިރުން ﷲގެ އިރާދަފުޅާއި މިންވަރުފުޅާއި ތިބޭފުޅުންގެ އަޒުމްއެކުވެ އަޅުގަނޑުމެންގެ މަސައްކަތް ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ނިމިގެންދާނެކަމީ ސައްކެތް އޮތްކަމެއް ނޫން.
Comment by Aisha. kolamaafushi. — Wednesday, February 22, 2012 @ 5:27 pm
“ރާއްޖޭގެ އަންހެނުން މިނިވަންކަމުގެ ތެރެއަށް ނެރެދިން ޕާޓީ އަކީ އެމްޑީޕީ ކަމަށް ވުމާއެކު ދިވެހި އެންމެހާ މައިންނާއި، އެމައިންގެ އެންމެހާ ދަރިން ރައްޔިތުންގެ މި އަނިޔާވެރި ޙާލަތު ބަދަލުކުރުމަށް ކުރިމަތިވެފައި މިވާ ގައުމީވާޖިބު އަދާކުރުމަށް، ތިޔަ ހުރިހާ އަންހެން ބޭކަނބަލުން ތިކުރާ ހިތްވަރަށް ހަމަ ސާބަސް………
Comment by Khaled — Thursday, February 23, 2012 @ 12:07 am
އެމްޑީފީގެ އަންހެނުންގެ ރޫހަށް ސާބަސް ސާބަސް
Comment by mohamed xiyad — Thursday, February 23, 2012 @ 10:02 am