Maldivian Democratic Party » ނޫސްބަޔާން: ދިޔަމިގިލީ އެމްޑީޕީ ރަނި ގޮފީގެ ނޫސް ބަޔާން
mdp_banner

Sunday, January 29, 2012

ނޫސްބަޔާން: ދިޔަމިގިލީ އެމްޑީޕީ ރަނި ގޮފީގެ ނޫސް ބަޔާން

mdp-logo-150-x-157

މިހާރު މާލޭގައި ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ދިވެހި ރައްޔިތުންގެ ގެދޮރާއި މުދަލަށާއި ، ދަޢުލަތުގެ މުދަލާއި ތަކެއްޗަށް އަދި އާންމުރައްޔިތުންގެ ފުރާނައަށް ނުރައްކާތެރިވާ ދަރަޖައަށް ކަންކަން ގޮސްފައިވުމާއި، ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ގެއްލުންތަކެއް ލިބިގެންދާތީ، މިކަންކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިހާރުން މިހާރަށް މިކަންކަން ހުއްޓާލުމަށް މި ގޮފީގެ ފަރާތުން ގޮވާލަމެވެ.

މިމުޒާހަރާތަކާއި އަދިވެސް އިދިކޮޅު ފަރާތްތަކުން އިސްވެއޮވެ ރައްޔިތުންނަށް އަވާމެންދުރު ދައްކައިގެން، ނަމުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް، ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ކުރާ ތަފާތު އެކިކަންތައްތަކުގައި ތ.ވިލުފުށި ދާއިރާގެ މެމްބަރ ރިޔާޒް ރަޝީދު ބައިވެރިވަމުންދާތީ ، މިކަން މިރަށުގެ އެންމެހާއި އެމްޑީޕީ މެމްބަރުންނާއި އަދި ސަރުކާރަށް ތާއިދު ކުރާ މިރަށުގެ އެންމެހައި ބޭފުޅުންގެ ފަރާތުން ކުށްވެރިކޮށް މިފަދަ މުޒާހަރާތަކުގައި ބައިވެރިވުން ހުއްޓާލުމަށް އިއްޒަތްތެރި މެމްބަރަށް ގޮވާލަމެވެ.

މަނިކުފާނު ތ.ވިލުފުށީ ދާއިރާގެ ގޮނޑިއަށް މިދާއިރާގެ ރައްޔިތުން އިންތިހާބުކޮށްފައި ތިޔަހުރީ ސަރުކާރަށް ޖެއްސުންކުރުމަކަށް ނޫނެވެ. އިދިކޮޅު ފަރާތްތަކުންކުރާ ތާކުންތާކުނުޖެހޭ މުޒާހަރާތަކުގައި ބައިވެރިނުވެ، ބޭކާރު ވަގުތުތައް ނަގާނުލައި، މަނިކުފާނުގެ ދާއިރާގެ ރައްޔިތުންނަށް ވަގުތު ދީގެން ސަރުކާރާގުޅިގެން ކަމެއްތޯ ބެލެން މާރަނގަޅެވެ. މަނިކުފާނުގެ ދާއިރާއަށް ކަންތައްތަކެއް ކޮށް ނުދެވޭނަމަ އިސްތިއުފާ ދިނުމަށް ގޮވާލަމަވެ.

ކަންމިހެން އޮތުމާއި އެކު، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އެޅުމަށް ދައުލަތުގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކުރައްވާ މަސައްކަޕުޅުތަކަށް ދިޔަމިގިލި އެމްޑީޕީ ގޮފީގެ އެންމެހާ މެންބަރުންގެ ފުރިހަމަ ތާއީދު އެބައޮތެވެ.

މިއަދު ޤައުމަށް ދިމާވެފައިވާ މި ޙާލަތުން އަރައިގަތުމަށް ދިވެހި ފުލުހުންނާއި ސިފައިން އަޅުއްވަމުންގެންދަވާ އެންމެހާ ފިޔަވަޅުތަކަކީ ޤައުމުގެ މަސްލަޙަތާ އަމާންކަން ޤާއިމުކުރުމަށް އަޅުއްވާ ޙިކްމަތްތެރި ފިޔަވަޅުތަކެއްކަމަށްވެސް ޤަބޫލުކޮށް އެކަންތައްތަކައްވެސް ތާޢީދުކުރަމެވެ.

ގިނަ ޕާރޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއްގައި ވާދަވެރި އިންތިޚާބެއްގައި ރައްޔިތުންނަށް ހުށައެޅި ކަންކަމަކީ ރައްޔިތުންނަށް ކަމުދާކަންކަން ރައްޔިތުންގެ ގިނަބަޔަކުބުނެ، ރައްޔިތުންގެ ފުރިހަމައަޤުލަބިއްޔަތުން ހޮވި މި ސަރުކާރުން އެކަންކަން ފުރިހަމަވާ މިންވަރާމެދު ޙަސަދަވެރިވެ، ޤާނޫނީ މުއްދަތުގެކުރިން ޤާނޫނީއިމުން ބޭރުން މިސަރުކާރު ބަދަލުކުރުމަށް އިދިކޮޅުފަރާތްތަކުން ފަށާފައިވާ މަސައްކަތްތަކަށް ހިތްވަރުލިބޭގޮތަށް ދައުލަތުގެ ބައެއްމުއައްސަސާތަކުން ކުރާމަސައްކަތްތަށް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ގޮވާލަމެވެ.

ޤާނޫނީވެރިކަމެއް ވައްޓާލުމަށް އިދިކޮޅުފަރާތްތަކުން މާލޭ ސިޓީގެ މަގުމައްޗަށް ނިކުމެ ނުފޯދޭ ފެންފޯއްރުއްތަކެއް ވައްޓާލާ މަންޒަރު ރައްޔިތުންނަށް މިދަނީ ފެންނަމުންނެވެ.

29 ޖެނުއަރީ 2012

ނޫސްބަޔާން ނެރުނީ: އެމްޑީޕީ ދިޔަމިގިލި ރަނިގޮފި

2 Comments »

  1. ސާބަހޭ ދަރިންނޭ.. ދިޔަމިގިލީގެ ދަރިންނަކީ ހިތްވަރުގަދަ ފަހުލަވާނުންތަކެއް ތިބި ރަށެއް. ތިޔަ ރިޔާޒު އަދި ސައިޒަށް ތިރިވާނެ. މިހާރުވަރަށް ނުފެނެއެއްނު. މުޒާހިރާއީން. ރިޔާޒު އިސްތިއުފާ، އެސްޓިއޯއަށް ދަރާފައި .

    Comment by Dhaloof Mustho — Sunday, January 29, 2012 @ 3:49 pm

  2. ދަލޫފް ޔޫ އަރ ރައިޓް. އައި އެގްރީ ވިތު ޔޫ.
    ދެންނިކަން އަހަރުމެން ކައިރިއަށް ތިޔަ ރިޔާޒު ވޯތް ހޯދާ އައިސްބަލަ. މަމެންގެ ހުރިވަރު ދައްކާލާނަން. ދެން މަމެންގެ ދާއިރާއިން އެއްވެސް ތާއީދެއް ރިޔާޒުއަށް ނެތް. ހުކުރު ހަމަވާވަރަށްވެސް ވޯޓް ލިބޭނެ ހެނެއް ހިއެއް ނުވޭ. މަޖިލީހުގެ ގޮނޑި ހަނދާން ނައްތާލަ. ހަމަ ހަޤީގަތުގައިވެސް ތިޔަ ފަރާތްތަކަށް ވެއްޓޭނީ ފެންފޯއްރުއް. ދެން ލަލަލާ

    Comment by Master mind — Sunday, January 29, 2012 @ 3:54 pm

Leave a comment