ފަނޑިޔާރުގެ ހަމައަކަށް އަޅުވާފައި ނޫނީ އެމްޑީޕީން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން – ޑރ.ޑީޑީ
އިބްރާހީމް ރާމިޒް
ފަނޑިޔާރުގެ ހަމަ މަގަށް އެޅުވުމުގެ މަސައްކަތް މި ސަރުކާރުން އަބަދުވެސް ކުރަމުން ދިޔަ ކަމަށާއި، ފަނޑިޔާރުގެތައް ހަމައަކަށް އެޅުވުމަށްފަހު ނޫނީ އެމްޑީޕީން ކުރާ މަސައްކަތް ހުއްޓާނުލާނޭ ކަމަށް އެ ޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ ތިޔަހެނެއް ނުކިޔޭނެ ސިލްސިލާގެ 14 ވަނަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ.ޑީޑީ ވިދާޅުވީ ޝަރުޢީ ދާއިރާ ހަމަމަގަށް އެޅުވުމުގެ މަސައްކަތް ސަރުކާރުން މާބޮޑަށް ވެސް ލަސްކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އެ މަސައްކަތް ސަރުކާރުން ލަސްކޮށްފައިނުވާ ކަމަށާއި، އެދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަމާއި ބެހޭ ފަރާތްތަކަށް މާކުރިއްސުރެވެސް ސިޓީފުޅުތައް ފޮނުއްވަމުން ގެންދިޔަ ކަމަށެވެ.
” ފަނޑިޔާރުގެ ހަމަ މަގަށް އަޅުވަން މަސައްކަތްނުކޮށް ލަސްކުރެއްވީ ކީއްވެބާއޭ ތިޔަބޭފުޅުންގެ ހިތްޕުޅަށް އަރާވަޑައިގެންފާނެ. ރައީސް ގެންދެވީ އެބޭފުޅުން (ފަނޑިޔާރުން) ކުރައްވަމުން ގެންދަވާ ގާނޫނާއި ޚިލާފް ކަންތައް ސިޓީފުޅުތަކުން ދަންނަވަމުން. އެހެން ނަމަވެސް ރައީސްގެ ސިޓީފުޅުތަކަށް ފުރަގަސްދިނުމުން މިހިސާބަށް މިދިޔައީ.” ޑރ.ޑީޑީ ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ގާނޫނު ވުޖޫދު ނުވަނީސް ހުވާކުރެއްވި އެއްވެސް މީހަކު ގާޒީއަކަށް ނުވާނޭ ކަމަށް ވެސް ރޭގެ ޖަލްސާގައި ޑރ.ޑީޑީ ވިދާޅުވިއެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި ޢަބްދުﷲ މުޙައްމަދު ގައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށަށް ގެންދަން ޖެހުނީ އޭނާގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވުމުން ކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވިއެވެ.
އެމްޑީޕީގެ ބައެއް މެންބަރުން މަޝްހޫރު ވިޔަފާރިވެރިޔާ ޢަބްދުﷲ ޖާބިރާއި އެކު ޖުމްހޫރީ ޕާޓީއަށް ބަދަލުވުމުން އެކަމަށް އިޝާރާތްކުރައްވައި މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރުކަން ވެސް ކުރައްވާ ޑރ.ޑީޑީ ވިދާޅުވީ އެމްޑީޕީއަށް އިޚްލާސްތެރި ނޫން 6 މީހަކު ޕާޓީން ވަކިވެއްޖެ ނަމަ ޕާޓީއަށް އިޚްލާސްތެރި 10 މީހުން އެމްޑީޕީއަށް ވަންނާނޭ ކަމަށާއި، ދެން މިރާއްޖޭގައި ބާއްވާ ހުރިހާ އިންތިޚާބުތަކެއް ވެސް އެމްޑީޕީން ކާމިޔާބުކުރާނޭ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ “ވެރިކަމަކީ ގަސްހަލުވާލީމާ ވެއްޓެންހުރި އެއްޗެއް ވެއްޖިއްޔާ އެދަނީ ވެއްޓެމުން”، ކަމަށާއި، “މަހާނަމަތީގައި އަޅާފައިހުރި ފަނޑިޔާރު ގެއަކަށް” ދެން ނުވަންނަވާނޭ ކަމަށެވެ. އަދި މާލޭގެ މަގުތައް އަމާންތަނަކަށް ހެދުމަށް “ޕީޕީއެމްގެ ބޮޑު ގޭންގް” ހައްޔަރުކުރުމަށް ވެސް އަލީ ވަހީދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ ހަމައެކަނި އަންހެން ކޮއްކޮ، ގާނޫނީ ވަކީލާ ނޫރުބާން ފަހުމީ ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުގައި ސަރުކާރާ ދެކޮޅަށް ވާހަކަދައްކަމުން އެދަނީ “ކުފޫ ހަމަނުވާ ސިޔާސީ މީހުން” ކަމަށެވެ. އަދި ޖޭއެސްސީ އާއި ކޯޓުތަކުގައި ތިއްބެވީ ފެއިލްވެފައިވާ ފަނޑިޔާރުން ކަމަށާއި، “ޢަބްދުﷲ ގާޒީގެ ވަބާއިން ސަލާމަތްވުމަށް” ނުކުންނެވުމަށާއި، “މާދަމާގެ މުސްތަޤްބަލް ދިފާޢުކުރުމަށް އަޅުގަނޑުމެންގެ ފަރުދީ ވާޖިބާއި ޒިންމާ އަދާކުރުމަކީ ހުރިހާރައްޔިތުންނަށް ވެސް ހަމަހަމަ ކަމާއިއެކު ލިބިގެންވާ ހައްގެއް” ކަމަށް ނޫރުބާން ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ދިވެހި ރައްޔިތުންނަށް އުއްމީދުން ފުރިގެންވާ ބޮޑު މަންޒަރު މިދަނީ ފެންނަމުން ކަމަށް ވިދާޅުވެ، މި ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތްތަކަށް ނޫރުބާން ފަހުމީ އަލިއަޅުއްވައިލެއްވިއެވެ.











އަބަދުވެސް އެމްޑީޕީ މޮޓޯއަކީ އެކަކުއަނެކަކު ކިބައިން ހިތަވަރުލިބިގެން ގައުމު ހަމަމަގަށް އެޅުވުމަށް ކުރެވެންހުރިހާ މަސައްކތެއްކުރުމުގައި ފަސްނުބަލާ ކުރިއަށް ދިޔުން ، އެގޮތުގެ މަތިން ފަޑިޔާރުގެވެސް އެއްމެއިންސާފުން ކަންކަންބަލާ އެއްމެންނަ
ހަމަހަމަ އުސޫލުން ސަރީއަތްކުރުމުގެ ޖާގަހޯދައިދެން މިތިބީ އަތުރކުރި އޮޅަލައިގެން ވަރަށްސާބިތުކަންމަތީ ، މިހާރުކުރިއަށްދާ ސިލްސިލް މުޒާހަރާތަކަކީ އެއިރުހިންގާގައިވާ އެކިކަންކަމަށް އަދަބު ލިބިދާނެކަމަށް ބިރުން ވަކި މީހަކުސަލާމަތްކުރުމަށް ކުރެވޭ ވަރަށް ދަށުދަރޖައިގެ މުޒާހަރާތަކެއް ، ކިތަންމެވަރަކަށް މުޒާހަރާކުރިޔަސް އިރާދަފުޅުން މިގައުމަށް ރައްޔިތުންގެނެސްފައިވާ ވެރިކަމަށް ކަޑަވެސް ލޮޅުމެއްނާއަރާނެ ، އެއްމެފަހުން ކާމިޔާބު ލިބޭނީ ޙައްގަށް އިންސާފަށް މަސައްކަތްކުރާ ހަމައެކަނީ އެމްޑިޕީއަށް . = އަސްތާ
Comment by asthaa — Friday, January 27, 2012 @ 7:43 pm
ރަގަޅުވާހަކައެއް! މަ އަޖައިބުވީ އިންތިގާލީ މަރު ހަލާތެރޭގައިވެސް ރާއްޖޭގައި އުއްތަމަ ފަނޑިޔާރެއް ހުރިވާހަކަ ނޫސް ތަކާއި ސައިޓް ތަކުގައި ލިޔެވެމުން ދިޔައިތީ، އެރު މަޔަގީނުންވެސް އުއްތަމަ ފަނޑިޔާރެއްގެ މަގާމަށް ރައީސް ނަންފުނުންވައިގެން މަޖިލީހަކުން އެ މަގާމަކަށް މިހަކު ހަމަޖައްސާފަނެތް!! ގާނޫނުން އެގޭ ގޮތުގައި އިންތިގާލި މަރުހަލާގައި ސްޕްރީމްކޯޓްގައި ހުންނާނީ ފަނޑިޔާރުންގެ ތެރެއިން ވޯޓުން ހޮވޭ އިސްފަޑިޔާރެއް!! މި ހިރަ މިހިރަ ކަންތައްތަކަކީ ގާނޫނީގޮތުން ވިސްނާލުން ރަގަޅުކަންކަން!!
Comment by ތުއްތު — Friday, January 27, 2012 @ 10:38 pm
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިދިވެހި ގައުމުގެ އަދުލު އިންސާފު ދާއިރާ ހަމަ މަގައް އަޅުވަން ތިކުރާ މަސައްކަތަށް ފަށްފށުނ ސުރުރިއްޔާ ދަންނަވަން/ދަކަދާމާގެ
Comment by hamey — Saturday, January 28, 2012 @ 7:38 am
ހިތްނޭދުނަސް މުޅިދިވެހި އުއްމަތް ހެކިވާ ހަޤީގަތަކީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރެވުނީ ޤާނޫނުގައި .ލިޔެވިފަ އޮތްގޮތާ ހިލާފަށް ކަން. އަދި ފާއިތުވި ދެއަހަރު ފެނިގެންދިޔައީ ޤާނޫނުގެ އަތްނުފޯރާ ބަޔަކު އެބައުޅޭކަން. މިއަދު ފެނިގެން މިދަނީ ކައްޗަށް އެޅުނު ބިންގާ ކެއްޗާހަމަޔަށް ދިޔައިރުވެސް ތެދުނުވެގެން ، ވެރިމީހާ ގޮތްހުސްވެގެން އުޅޭތަން. ދަންނަވަން އޮތީ ދިގުނުދަންމަވާ ކުރައްވަންޖެހޭ ކަމެއް ކުރައްވައިގެން މިގައުމުގައި ހަމަޖެހުން އިއާދަ ކޮށްދެއްވާށެވެ./ބާރަށް
Comment by zuhuree — Saturday, January 28, 2012 @ 7:44 am