Maldivian Democratic Party » ނ.ހޮޅުދޫ ރައްޔިތުންގެ ބޭސްފިހާރަ ރަށުކައުންސިލުން “އާސަންދަ”ނިޒާމުގައި ބައިވެރިކޮށްފައި ނުވާތީ އެރަށު އެމްޑީޕީ މެންބަރުން ބޭސްފިހާރަ ކައިރީގައި އިހުތިޖާޖްކުރަމުން އެބަދޭ
mdp_banner

Wednesday, January 25, 2012

ނ.ހޮޅުދޫ ރައްޔިތުންގެ ބޭސްފިހާރަ ރަށުކައުންސިލުން “އާސަންދަ”ނިޒާމުގައި ބައިވެރިކޮށްފައި ނުވާތީ އެރަށު އެމްޑީޕީ މެންބަރުން ބޭސްފިހާރަ ކައިރީގައި އިހުތިޖާޖްކުރަމުން އެބަދޭ

ފަހަލަސަޢީދު

2000 މީހުންގެ އާބާދީ އޮންނަ ނ.ހޮޅުދޫރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ނުލިބުގެ މައްސަލަ ފެންމަތިވެ އެރަށުގެ އެމްޑީޕީ މެންބަރުންގެ އިސްނެގުމުގެ މަތިން ގިނަބަޔަކު ބޭސްފިހާރަކައިރިއަށް އެއްވެ އިހުތިޖާޖް ކުރަމުން އެބަދެއެވެ.

ހޮޅުދޫ އިން ވާހަކަދެއްކި އެރަށު އެމްޑީޕީ މެންބަރަކު ބުނިގޮތުގައި ހޮޅުދޫ ރައްޔިތުންގެ ބޭސްފިހާރަ ރަށުކައުންސިލްގެ ފަރާތުން ކުށްޔަށް ދީފައިވަނީ އެފަރާތާ ގުޅުންހުރި މީހަކަށް ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ހިލޭބޭސްފަރުވާ ކޮށް ދިނުމަށް ގާއިމްކޮށްފައިވާ “ޢާސަންދަ” ނިޒާމުގައި ހޮޅުދޫ ރައްޔިތުންގެ ބޭސް ފިހާރަ ކައުންސިލުން ބައިވެރި ނުކޮށް ހިފަހައްޓާފައިވާތީ ގިނަބަޔަކު ބޭސްފިހާރަކައިރީގައި އިހުތިޖާޖު ކުރަމުންދާކަމުގައެވެ.

ޑީއާރުޕީގެ ކައުންސިލް މެނަބަރުން ހިމެނޭ ރަށުކައުންސިލްގެ ބޭނުމަކީ “އާސަންދަ ނިޒާމުގެ ދަށުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ނުކުރެވޭގޮތް ހެދުން ކަމަށާ އެއީ ރައްޔިތުން އެދޭގޮތެއް ނޫންކަމުގައި އޭނާ ބުންޏެވެ.

2012 ވަނައަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަދުވަހުން ފެށިގެން ދިވެހި ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ހިލޭ ބޭސްފަރުވާ ލިބޭނެކަން ކަށަވަރު ކޮށްދީފައިވާ އިރު ރަށު ކައުންސިލުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް މިދެންނެވި ހިލޭ ބޭސް ފަރުވާ ނުދިނުމަށް ކަމަށާ އެކަމާމެދު ރައްޔިތުން މިތިބީ ނުކުމެ ކަމުގައެވެ.

ހޮޅުދޫ ރައްޔިތަކު ބުނީ މިހާރު ރައްޔިތުންމިތިބީ ރަށުކައުންސިލްގެ އިދާރާގެ ކައިރީގައި ކަމަށާއި، ކައުންސިލުން މިހާރު މަސައްކަތްކުރަމުންދާ ކަމަށް ބުނިނަމަވެސް ހިލޭބޭސް ނުލިބޭހާހިދަކު އެއްވެފައި ތިބި ރައްޔިތުން ދުރަށް ނުޖެހޭނެކަމުގައެވެ.

އާސަންދަ ނިޒާމުންވެސް ވިދާޅުވަނީ އެކަން ހަމަޖައްސައި ދިނުމަށް ކައުންސިލާ ވާހަކަދައްކަވަމުން އެބަގެންދަވާކަމުގައެވެ.

3 Comments »

  1. ކައުންސިލަރުން ތިބެނީ ފުކަކަށް ހަދާފަ. ދެން އެހެނެއް ނޫޅެވޭނެ.

    Comment by abdul azeez ibrahim — Thursday, January 26, 2012 @ 2:02 am

  2. އަޑުއަހާ ކިޔަމަންވެއްޖައީމެވެ. މިޝިޢާރުގެ ދަށަށްއަބުލޯގާޒީ ދޫނުކުރުމަށްގޮވާލަން. އަދި ސަރުކާރަށްވެސް ގޮވާލަން.ޒުހުރީ

    Comment by ބާރަށް — Thursday, January 26, 2012 @ 7:14 am

  3. އިންޒާރު ދިނަސް ނުދިނަސް ތިޔަގޮތަށް ނުކުމެގެން މިސަރުކާރުވައްޓާލާކަށްނުކެރޭނެ

    Comment by kaani — Thursday, January 26, 2012 @ 7:16 am

Leave a comment