ހަމަނުޖެހުންތަކުގައި ނޫސްވެރިންނަށް އަނިޔާ ލިބެމުންދާތީ އެކަން ސަރުކާރުން ކުށްވެރިކޮށްފި
މިހާރު މާލޭގައި ހިންގަމުންގެންދާ ސިލްސިލާ ހަމަނުޖެހުންތަކުގައި، ނޫސްވެރިންނަށް ބޮޑެތި އަނިޔާ ލިބެމުންދާތީ ސަރުކާރުން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިގޮތުން ހޯމަދުވަހުގެ ރޭގެ ހަމަނުޖެހުންތައް ރިޕޯޓްކުރުމަށްދިޔަ އެމްއެންބީސީގެ ނޫސްވެރިއެއް ކަމުގައިވާ މޫސާ ނައުޝާދަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާތީއާއި، އެމް.އެން.ބީ.ސީގެ އެޑިޓަރ ޠައްޔިބު ޝަހީމަށް ދީފައިވާ އަނިޔާތައް ފާހަގަކުރައްވައި، އެކަންވެސް ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ.
މިކަންކަން ކުށްވެރިކުރައްވަމުން، ޕްރެސް ސެކްރެޓެރީ މުޙަންމަދު ޒުހައިރު ވިދާޅުވީ، ސިޔާސީ ބޭނުންތައް ފުއްދުމަށް، ވާދަވެރި ފަރާތްތަކުން މާލެތެރޭގައި ހަމަނުޖެހުން އުފައްދައި ބިރުދައްކަމުން ގެންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، ބިރުވެރިކަމުން ސަލާމަތްވެހުރެ، ޚަބަރުތައް ރިޕޯޓްކުރުމަށް ނޫސްވެރިންނަށް ލިބިފައިވާ ޙައްޤަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމްކުރުމަށް ޒުހައިރު ގޮވާލެއްވިއެވެ.










ކިޔުންތެރީންނަށް އެންމެފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ، އަޅުގަނޑަކީ ގާނޫނީ ވަކީލެއްވެސް ނޫން. އަދި އަޅުގަނޑުގެ ނަމުގެ ކުރީގަވެސް އަދި ފަހަތުގަވެސް ރަމްޒު ކުރެވި ފައި ހުންނަ އަކުރުތަކެއްވސް ނުހުރޭ. އުޅެނީ މާލެއިން ބޭރު ބީރައްޓެހި ރަށެއްގައި. ނަމަވެސް މެމްބަރު ނަޝީދު އެވިދާޅު ކަމަށް ނޫހުގައި އޮތްއެއްޗަކާ ދޭތެރޭ އެއްޗެއް ބުނެލާހިތް ވީ. ހެވާ ނުބަޔާ ތަފާތު ކުރަން އެގުމާ، ރައްކާތެރި ގޮތާ ނުރައްކާތެރި ގޮތް އެނގުމާ، ނިޔާ އާއި އަނިޔާ އެގުމަށް ލޯޔަރަކަށް ވާން ނުވަތަ ޖަޖަކަށް ވާކަަށެއް ނުޖެހޭ. މިސާލަކަށް މަގުމަތީގައި ހިގައި ބިގައި އުޅޭނެ ގޮތުގެ ގާނޫނެއް ނުވަތަ ގަވައިދެއ ނޯވޭ. މި ދެންނެވީ ދުއްވާ އެއްޗެތި ދުއްވުމުގެ ގާނޫނާ ގަވައިދުގެ ވާހަކައެއް ނޫން. މަގު ހުރަސްކުރަންޖެހޭނީ ޒީބްރާ ކްރޮސިން އަކުންނޭ ނުވަތަ ޓްރެފިކް ސިގްނަލް ހުންނަ ދިމާލަކުންނޭ ލިޔެފަ އޮތް ގާނޫނެއް ގަވައިދެއް ނޯންނާނެ. ނަމަވެސް މީހަކު ތަކުރާރު ކޮށް ކެނޑިނޭޅި ޖޭވޯކް (ޖެހުނުކޮންމެ ދިމާލަކުން ހުރަސް) ކުރަން ފަށަައިފިއްޔާ ހަމަ ޔަގީނުންވެސް ދެންތިބި އެހެން މީހުންގެ ސަލާމަތާ ރައްކާތެރި ކަމައްޓަކާ އެފަދަ މީހާޔަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިން އޭނާޔަށް ކަށަވަރު ކޮއްދޭ އަސާސީ ހައްގުތަކުގެ ތެރެއިން ބަޔެއް ހިފަހައްޓައި ކޮންމެވެސް އެއްގޮތަކުން ހައްޔަރު ކުރާނޭ ކަމީ އަޅުގަޑު ޝައްކު ކުރާކަމެއް ނޫން. އަދި އެގޮތައް އެކަން ކުރުން އެއީ ގާނޫނުއަސާސީގެ ރޫހަކީވެސް.
މިރާއްޖެއަކީ މިއީ އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން އަޅުގަނޑުމެންނަށް ވާރުތަ ކުރެވިފައިވާ ތަނެއް ނޫން. މިއީ އަޅުގަނޑުމެންގެ ދަރީންނާ ހަވާލު ކުރުމަށް ﷲ ތަޢާލާ އަޅުގަނޑުމެންނާ ހަވާލުކުރައްވާފައިވާ ބޮޑު އަމާނާތެއް.
Comment by kaani — Thursday, January 26, 2012 @ 7:06 am