އުތީމު ބަނދަރު މިއަހަރުގެ ތެރޭގައި ހަދަން ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ތިލަދުންމަތީ އުތުރުބުރީ އުތީމު ބަނދަރު މިއަހަރުގެ ތެރޭގައި ހަދަން ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އުތީމު މަދަރުސާގެ ސިލްވަރ ޖުބުލީ ފަންޑު އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި، އެ ރަށު ރައްޔިތުންނާ މުޚާޠަބު ކުރައްވައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ.
އުތީމަކީ، ގާމަތީ ރަށެއްކަމަށްވުމާއެކު، ބަނދަރުގެ ސަރވޭ ކުރުމުގަޔާއި، ބަނދަރުގެ ޑިޒައިން ހެދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާއިރު ރައްޔިތުންގެ އެއްބާރުލެއްވުން ބޭނުންފުޅުވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ތަޢްލީމަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް ބައްލަވާލައްވަމުން، އުތީމުގެވެސް ތަރައްޤީގެ އެންމެ މުހިންމު އެއް މުއައްސަސާއަކީ ތަޢުލީމް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި ތަޢުލީމަށާއި ޞިއްޙަތަށް ޚަރަދުކުރާ ވަރަށް، ދެކުނު އޭޝިޔާ ސަރަޙައްދުގައި ނިސްބަތުން ޚަރަދު ނުކުރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އުތީމުގައި މިއަދު ހަވީރު އޮތް ޘަޤާފީ ޕްރޮގްރާމްގެ ޙަރަކާތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ. މި ޕްރޮގްރާމްގައި އޮތީ، ނޮޅިވަރަންފަރު ޒުވާނުންގެ ޘަޤާފީ ކުޅިވަރާއި، ކެލާ ސްކޫލް ކުދިންގެ މަލިކު ދަނޑިޖެހުމެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މިޔުޒިކް ޝޯ ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ބައްލަވާލެއްވިއެވެ.











އެމް.ޑީ.ޕީގެ މުޒާހަރާތައް ކިހާސަޅި ޕްރޮފެޝަނަލްދޯ..!! އެގޮތައް މުޒާހަރާކުރުމަށް އިދިކޮޅުފަރާތްތަކަށް ގޮވާލަން.. އަމާންއޮމާން ކަމާއެކީ ރައްޔިތު މީހުންގެ ތެރެއިން ކަމާނުބެހޭ މީހުން އަރާމު ނިދީގަ އަނބިދަރިންކާރީގަ..މި ގޮތައް ސަޅިކޮށް އިދިކޮޅުފަރާތްތަކުންވެސް އަމިއްލަ ތަންތަނުގައި ރައްޔިތުންނަށް އުނދަގޫނުވާނޭހެން މުޒާހަރާކުރުމަށް ގޮވާލަން.. ހަރުގެއެއް ހަދައިގެން.. އޭރުން މުޒާހަރާ ރޫޅަން ބަޔަކުވެސް ނާންނާނެ އަދި ހައްޔަރެއްވެސް ނުކުރާނެ…ބޮނޑިބަތްކައި އުފާކޮށް ހަދާފައި ކޮންމެރެއަކު ގެއަށްދެވޭނެ.. އަމާން ކަމާއި ސަލާމަތްތެރިކަމާއެކު.. މި އީ 21ވަނަ ގަރުނު..އަޕްޑޭޑެވެބަލަ..
Comment by kaani — Thursday, January 26, 2012 @ 7:08 am