Maldivian Democratic Party » އެމްޑީޕީ ޕްރައިމަރީސްގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން މާލޭގައި ތިބި ފަރާތްތަކުގެ ވޯޓުލުން ޣިޔާސުއްދީން ސްކޫލުގައި ހުކުރު ދުވަހު ބާއްވަނީ
mdp_banner

Monday, January 19, 2009

އެމްޑީޕީ ޕްރައިމަރީސްގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން މާލޭގައި ތިބި ފަރާތްތަކުގެ ވޯޓުލުން ޣިޔާސުއްދީން ސްކޫލުގައި ހުކުރު ދުވަހު ބާއްވަނީ

20 އިންތިޚާބީ ދާއިރާ އެކުލެވޭ 48 ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕްރައިމަރީސްގައި މާލޭގައި ތިބި އެދާއިރާތަކުގެ މީހުންނަށް ވޯޓުލުމުގެ އިންތިޒާމް 23 ޖަނަވަރީ ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ޣިޔާސުއްދީން ސްކޫލުގައި އޮންނާނެއެވެ.
ޕްރައިމަރީސް ބާއްވާ 20 އިންތިހާބީ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީ މެންބަރުންގެ ތެރެއިން މާލޭގައި ތިބި މެންބަރުންނަށް 20 ފޮށި ބެހެއްޓިފައި ހުންނާނެއެވެ. އެއީ މާލޭގެ 4 ފޮއްޓާއި އަތޮޅުތަކުގެ 16 ފޮއްޓެވެ.
މިއިންތިހާބުގައި ކޮންމެ ވޯޓު ފޮއްޓެއްގެ ކައިރީގައި އެމްޑީޕީން ކަނޑައަޅާ ދެ އޮފިޝަލުންނާއި އެއިންތިހާބީ ދާއިރާއަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ކެންޑިޑޭޓެއްގެ މަންދޫބަކު ހުންނަ ގޮތަށް ހަމަޖެހިފައިވެއެވެ.
މިއިންތިހާބަކީ އެމްޑީޕީން މީގެކުރިން ބާއްވާފައިވާ އިންތިހާބުތަކެކޭ އެއްފަދައިން މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރެވެމުންދާނެއެވެ. މިގޮތުން މިއިންތިހާބުގެ ކަންތައް ކުރިއަށްދާ ގޮތް ބެލުމުގެ ފުރުސަތު ނޫސްވެރިންނަށް ހުޅުވާލެވިފައިވެއެވެ.

3 Comments »

  1. މިހާރު މިދަނީ ރަނގަލު މިސުރާބަށެވެ.ސާބަސްއަންނި.ގައުމާއިގެންކުރިޔަށް ފަސްނުބަލާ އަދުއްވުން ފަހަތަށްޖައްސާލާ ކުރިޔަށް.އަޅުގަނޑުމެން މިތިބީ އަންނިއާއެކުގައެވެ.ނަމޫނާއަކަށް އަޅުގަޑު މެންގެ ދީލަތި އޮބާމާގެ ސިޔާސަތު އެއީއެންމެ ރަނގަޅުސިޔާސަތު މިވަގުތު ދުނިޔެއަށް އެންމެރަނގަޅު ސިޔާސަތު ފޮލޯކުރުން ރަނގަޅު މިހާރު މިއޮތް ވަޅުގަޑުންއަރަން އަންނިކުރިޔަށް.

    Comment by rushdee — Thursday, January 22, 2009 @ 11:01 pm

  2. ރާއްޖޭގެ ތަރައްގީއަށް އަންނި ކުރަންވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަލަށް ޝުކުރުވެރިވަން. ނަމަވެސް އަދިވެސް ޖަމްއިއްޔާތަކުގެ ދައުރު ފުޅާވެ ހަރުދަނާ ޒިންމާދާރު މަދަނީ މުޖުތަމައެއް ގާއިމްކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެވެން އެބަޖެހޭ. މިގޮތުން ކޮމިޔުނިޓީ އޯގަނައިޒޭޝަން ޑިވެލޮޕްމެންޓް ކައުންސިލް އޭކިޔާ އިދާރާގެ ހިންގުން ހަރުދަނާކޮށް މައުމޫނުގެ ވެރިކަން ދަމަހައްޓަން އެތަނުގެ ފަންޑް ނަހަމަ ގޮތުގައި ބޭނުން ކުރި ވެރިންގެ ބާރު ކަޑުވާލާ އެތަނަށް ޗެއާމަނަކު އައްޔަން ކުރުން މުހިންމު ނުބވަތަ އެތަނަކީ އިންތިޚާބުކުރާ ބޯޑަކުން ހިންގާތަނަކަށް ހައްދަވާ. ސާބަސް އަންނި

    Comment by James — Friday, January 23, 2009 @ 12:14 pm

  3. މަދަނީ ޖަމްއިއްޔާތަކަށް މިހާރަށްވުރެ ބޮޑަށް އަޅާލާ އެހީތެރިވެ ރަށްރަށުގައި ހިންގާ ޕރޮގްރާމްތަށް މަދަނީ ޖަމްއިއްޔާތަށް މެދުވެރިކޮށް ކުރުން މުހިންމު. އަޅުގަޑުމެން މިތިބީ ސަރުކާރުގެ ފަހަތުގައި އިޚުލާސްތެރިކަމާއެކު މަސައްކަތްކުރަން. ނަމަވެސް މައުމޫނުގެ 30 އަހަރު ގޮތަށް ކެމްޕެއިން ނޮކޮށްފިނަމަ އަޅުގަޑުމެންނާއި ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅު ނާޅާތި….

    Comment by huvadoo — Friday, January 23, 2009 @ 12:18 pm

Leave a comment