Maldivian Democratic Party » އަދާލަތު ޕާޓީއާ ނުލައި މިސަރުކާރު ހިންގަން ފަސޭހަ ނުވާނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވިދާޅުވެއްޖެ
mdp_banner

Tuesday, May 4, 2010

އަދާލަތު ޕާޓީއާ ނުލައި މިސަރުކާރު ހިންގަން ފަސޭހަ ނުވާނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވިދާޅުވެއްޖެ

4 މެއި 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ އަދާލަތު ޕާޓީއާ ދުވަހަކުވެސް ވަތްކެއް ނުވާނޭ ކަމަށާއި، އަދާލަތު ޕާޓީއާ ނުލައި މިސަރުކާރު ހިންގަން ފަސޭހައެއް ނުވާނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެޕާޓީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އަދާލަތަކީ ވަރަށް ވަފާތެރިކަމާއެކު ވެރިކަން ބަދަލުކުރުމުގައި މަސައްކަތް ކޮށްދިން ޕާޓީ އެއް ކަމަށާއި، އެހެން ކަމުން އެމްޑީޕީއާ އަދާލަތު ޕާޓީއާ ދުވަހަކުވެސް ވަތްކެއް ނުވާނޭ ކަމުގައެވެ. އަދި ބައެއް ފަހަރަށް ޕޯޑިއަމްތަކުގައި އަދާލަތާ ދެކޮޅަށް އެއްޗެއް ބުނަން ޖެހުނު ކަމުގައި ވިޔަސް އަދާލަތާ ނުލައި ސަރުކާރު ހިންގަން ފަސޭހަ ނުވާނޭކަން ގަބޫލުކުރައްވާ ކަމުގައި މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ލާމަރުކަޒީ ބިލު އެމްޑީޕީން ބޭނުންވާ ގޮތަށް ފާސްނުވި ކަމުގައި ވިޔަސް ކުރިޔަށް އޮތްތަނުގައި އެބިލާގުޅޭ ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށާއި، އެއްވެސް ޤާނޫނަކަށް އިސްލާޙް ހުށަހެޅުން ޤާނޫން އަސާސީން މަނާކޮށްފައި ނުވާ ކަމުގައެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ޕީއޭ އިން މަޖިލީހުގެ ދެން އަންނަ ދައުރެއްގައި ޑީއާރުޕީއާ އެކު މަސައްކަތް ނުކުރާނޭ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށާއި، އެ ދެޕާޓީގެ ދެމެދުގައި މިހާރުވެސް ވަރަށް ބޮޑު ކޯޅުންގަނޑެއް އެބައޮތް ކަމުގައި ވިދާޅުވިއެވެ.
މި ދެބޭފުޅުންގެ އިތުރުން ރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 2 މެންބަރުން ކަމަށްވާ މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފް ވެސް ވާހަކަ ދެއްކެވިއެވެ. މި ބޭފުޅުން ދެއްކެވި ވާހަކައިގައި ލާމަރުކަޒީ ބިލު މިހާރު އޮތްގޮތުން ރައްޔިތުންނަށް ލިބޭނޭ ގެއްލުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ.

3 Comments »

  1. މޫސާމަނިކުގެ ވާހަކައަކީ ކިހާ ބާރު ހުރި ވާހަކައެއްކަން އެނގޭނީ އެމްޑީޕީއާއި އަދާލަތުން ފާއިތުވިއަހަރު ވި އެއްބަސް ވުމަށް އެމްޑީޕީން އަމަލު ކުރާ މިންވަރަކުން. އަހަރެމެން މިތިބީ ބަލަން

    Comment by aneel — Tuesday, May 4, 2010 @ 5:43 pm

  2. އިބްރާހިމް އިސްމާއީލެވެ’ އެންމެ ފުރަތަމަ ވެސް ރާއްޔިތުންގެ ޚާއްސަ މަޖިލީހުން ޤާނޫނޫއަސާސީ އިސްލާޙު ކުރިއިރު، ރާއްޖޭގެ އަތޮޅުތައް ލާމަރުކަޒީ އުސޫލުތަކުގެ މައްޗަށް ހިންގުމުގެ ބާރު ޤާނޫނުއަސާސީން ލިބިދިން ހިނދު، ކަމުގެ މަގުސަދު ނުވަތަ ލާމަރުކަޒް ކުރުމުގެ ހަގީގީ މަންފަޢާ އަތޮޅުތަކަށް ހާސިލްވާނެ ގޮތަކީ، ފިޑްރަލް ސިޔާސަތުގެ މައްޗަށް ދައުލަތް ހިންގުމުގެ ފުރުސަތު ދެވިގެންކަން، ޤާނޫނު ޑްރާފްޓް ކުރެއްވި މަޖިލީސް މެންބަރުންނަށް އެނގިވަޑައި ނުގަތީ ކީއްވެހެއްޔެވެ؟ ހަގީގަތުގައި ލާމަރުކަޒީ އުސޫލުތަކުގެ ތެރެއިން، އަތޮޅުތަކަށް ފައިދާކުރާނީ ފިޑްރަލް ކޮންސެޕްޓެއްގެ މައްޗަށް ޤާނޫނު އެކަށަ އެޅިގެންނެވެ. ފިޑްރަލް ފިލޯސަފީގެ ހިކުމަތަކީ، ޚާރިޖީ ސިޔާސަތުނޫން ހުރިހާ ބާރުތަކެއް މައިސަރުކާރުން ޕްރޮވިންސްތަކަށް ދޫކޮށްލުމެވެ. ޤާނޫނުތައް އެކަށަ އަޅުއްވާއިރު، ދަންތުރަ ޤާނޫނު ޑްރާފްޓް ނުކުރައްވާށެވެ’

    Comment by Hassan Mahir / Huludoo — Wednesday, May 5, 2010 @ 2:02 am

  3. ކަމަކު ނުދޭ ވެރިކަން ބަދަލުކަން ހުރިހާ މަސައް ކަތެއްކުރިކުދިން ބާކީވެއްޖެ.. ވަޡީފާތައް ދެނީ މުޅިން ޑީ އާރު ޕީ މީހުނަށް..މިހެންދަންޏާ އެމްޑީޕީ ރުޅިދާނެ…އަޅުގަނޑުމެން ދުރަްދާންޖެހިދާނެ…ކުޅުދުއްފުށީގަވެސް ވަނީ މިހެން،،ބެރުއާދަނުލަނީ ވޯޓަރ ސަޕުލަޔަށޯ،،ބަސް ވަގުލީ އެސްޓީ އޯއަށޗ..އަޅުގަނޑުމެން ވަކިކުރަން ނުކުތް މީހުން ނަށް މަގާމުތައް ދޭނަމަ މިގެނެވުނީ ކޮން ބަދަލެއްބާ…..ބޭނުމީ ހަމައެކަނި މައުމޫނު ބާލާކަށް ނޫން ހުރިހާރަށެއްގަވެސް ކުދިކުދި މައުމޫނުތައް އެބަތިބި ..އެމީހުން ބޭރުކުރަން އަހަރެމެން ނުކުތީ..ފަހުން ދެރަވަނެ ..ވިސްނާ ރަގަޅައް

    Comment by sukoor — Wednesday, May 5, 2010 @ 1:09 pm

Leave a comment