ެހދ. އަތޮޅު ކައުންސިލް ގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އަލްފާޟިލް ނަސްރުﷲ އިސްމާޢީލަށް ޕާރޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ މަރުޙަބާ ވިދާޅުވެއްޖ
މިގޮތުން މަރުޙަބާ ވިދާޅުވަމުން ޕާރޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވީ އެ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންތައްތައް ކުރިޔަށް ގެންދިއުމުގައި ދިމާވާ ކަންތައް ތައް ޕާރޓީ އާއި ޙިއްސާ ކުރަމުން ގެންދެވުމަށާއި އަދި ޕާރޓީގެ ފަރާތުން ވެދެވެން އެންމެހައި އެހީތެރިކަން ފޯރުކޮށްދޭނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އަދީ ނަސްރުﷲގެ ވާހަކަފުޅުގައި ޕާރޓީގެ ފަރާތުން މި އިންތިޚާބު ކާމިޔާބު ކުރެއްވުމުގައި ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ޕާރޓީގެ ރައީސަށާއި އެހެނިހެން ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.


No Comments »
No comments yet.
Leave a comment