mdp_banner

Saturday, May 21, 2011

ޓެކްސްގެ ނިޒާމު ފައްކާކޮށްގެން ނޫނީ އަނެއް ދިވެހި ރާއްޖެ ނުހޯދޭނޭ ކަމަށް ރައީސް ވިދާޅުވެއްޖެ

އަނިޔާކޮށްފައިވާ އެންމެންގެ މައްޗަށް އިންސާފު ގެންނާނަން – ރީކޯ މޫސަ

އަލީ ވަހީދުވަނީ މާކުރިން ވެސް މި ޕާޓީ އަށް ހިތް ކާފަރުވެފައި – މާރިޔާ

އިބްރާހީމް ރާމިޒް

96-450-x-310

ޓެކްސްގެ ނިޒާމު ފައްކާކޮށްގެން ނޫނީ އަނެއް ދިވެހި ރާއްޖެއެއް ނުހޯދޭނޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ” ވައުދުތައް މެކުހަށް” މިނަމުގައި ފެށި ޚާއްސަ ސިލްސިލާގެ ދަށުން ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ބަދަލު ކުރެވޭނޭ ކަމަށާއި، އެކަމަށްޓަކައި ބަދަލުތައް ގެނައުމަށް މި ސަރުކާރު ފަހަތަކަށް ނުޖެހޭނޭ ކަމަށާއި އެބަދަލުގެ ދަށުން ޓެކްސްގެ ނިޒާމު ގެންނަވާނޭ ކަމުގައެވެ.

” އަޅުގަނޑު ދަންނަން އަލީ ވަހީދު. އަޅުގަނޑު ބަލަނީ ނޭފަތު ކުރިޔަކަށްނޫން. އަލީ ވަހީދުގެ ވިސްނުމާ ގާބިލު ކަން ދަންނަން. އިޤްތިޞާދީ މަސައްކަތުގައި އެބޭފުޅާގެ ހިދުމަތް ލިބޭނެ. މި ޕާޓީން ރާއްޖެއަށް ސަލާމަތްތެރި ކަން ހޯދައިދޭނަން.” ރޭ އެމްޑީޕީ އާއި އަލަށް ގުޅިވަޑައިގެންނެވި އަލީ ވަހީދާއި މުޚާޠަބުކުރައްވައި ރައީސް ވިދާޅުވިއެވެ.

ވެރިކަމުގެ އުންމީދު ކޮންމެ މީހަކަށްވެސް ކުރެވެންވާނެ ކަމަށާއި، އުންމީދަކީ ޒުވާނުން އަނދަގޮނޑީގައި ނުޖެހި ކުރިޔަށް ދެވޭނެ މަގެއް ދެއްކެވުން ކަމަށް ވިދާޅުވެ، މަޖިލީހުގެ އަޤްލަބިއްޔަތު ލިބުމުން ވައުދުތައް މެކުހަށް ޖެހޭނޭ ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފިކުރު ތަފާތުވިއަސް ހަރުފަތަކަށް ފަހު ހަރުފަތެއް އަލީ ވަހީދަށް ހުޅުވިފައިވާ ކަމަށާއި، ރާއްޖެއަށް ތަރައްޤީ އާއި ދިވެހިންނަށް ރީތި ދިރިއުޅުމެއް ހޯދުމަށް ދަތުރު ފަށައި މިއަދާ ހަމައަށް އާދެވުނު އިރު އޮތީ މަޖިލީހުގެ އަޤްލަބިއްޔަތު ނުލިބި ކަމަށް ވިދާޅުވިއެވެ. އަދި މިހާރު މިދަނީ އެ އަޤްލަބިއްޔަތު ވެސް ލިބެމުން ކަމަށާއި، ލިބޭ އަގުލަބިއްޔަތު ޒިންމާދާރު ކަމާއެކު އަދާ ކުރުމަށް ގޮވާލައްވައި، ބައި މަދު މީހުންނަށް އިހުތިރާމު ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު (ރީކޯ) މޫސާ މަނިކު، ކުރީގެ ރައީސް މައުމޫނު ހައްޔަރު ކުރުމަށް ގޮވާލައްވަމުން ވިދާޅުވީ، އަނިޔާ ކޮށްފައިވާ އެންމެންގެ މައްޗަށް އިންސާފު ގެންނަވާނެ ކަމަށާއި، އިންސާފު ގެންނަން އުޅޭތީ ބައެއް ފަރާތްތަކުން ފިލަން އުޅޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކަށް މޫސަ ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

އެތައް ހާސް ބަޔަކު ހާޒިރުވި މި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ ” ފަހަރަކު މީހަކު މިޕާޓީ (އެމްޑީޕީ) އަށް ސޮއިކުރާނެ. އެކަމަކު އަޅުގަނޑުމެންގެ އަޒުމަކީ އިދިކޮޅު ޕާޓީއަކާ އެކު މަސައްކަތް ކުރުން.” ކަމަށެވެ.
އަދި ޑީއާރުޕީގެ ލީޑަރު ތަސްމީނުގެ ލިޑަޝިޕް ދެއްކެވުމަށް ވެސް މި ޖަލްސާގައި މާރިޔާ ގޮވާލެއްވިއެވެ. މާރިޔާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގެ ކުރިން އެކަމަނާ ޗެއަރޕާސަންގެ މަޤާމަށް ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވާނޭ ކަމަށް ވިދާޅުވުމާއި ގުޅިގެން އެމްޑީޕީ ގައި އާ ފަރާތްތަކަށް ފުރުސަތުހުޅުވާލެވިފައިވާ މިންވަރަށް އަލީ ވަހީދު ތައުރީފްކުރެއްވި ކަމަށާއި، “އަލީ ވަހީދު ވަނީ ކުރިން ވެސް މި ޕާޓީއަށް ހިތް ކާފަރުވެފައި” ކަމަށް މާރިޔާ ވިދާޅުވިއެވެ.

2 Comments »
  1. ދިވެހިރާއްޖޭގެ 30% މީހުންނަކީ މާސިންގާ މުއްސަދިން. އަނެއް 70% އުޅެނީ ވަރަށްހާލުގައި، މި ތަފާތު ނައްތާލުމަށް އޮތް އެންމެ ބޮޑު ހައްލަކީ މުއްސަދިންގެ ވިޔަފާރީގެ ފައިދާއިން ޑެކުސް ނަގާ ސަރުކާރުގެ އާމްދަނީ ބޮޑުކޮށް ގުރޮސް ޑޮމިސްޓިކް ޕޮރޮޑަކްޓިވިޓީ އިތުރުވާގޮތަށް ޓުވަރިޒަމް ސެކްޓާގެ ސާވިސް އިންޑަސްޓިރީގައި އަތް އަޅުވާ ބޯމަށްޗަށް ހިތްލާލުމާއި ރައްޔިތު މީހާއައް އިގްތިސާދު ކުރަން ދަސްކޮށް ދިނުން ނޫން އެހެން ގޮތެއް މިވަގުތަކަށް ނެއްކަމީ އަޅުގަނޑުމެން ށައްކު ކުރާކަމެއް ނޫން………………

    Comment by Aminath & Jaiz Maathoda — Saturday, May 21, 2011 @ 11:51 am

  2. އަލްހާން ސާބަސް ތިކުރައްވާ ހިއްވަރަށް……………..Cގހދގފެޔޖ

    Comment by Saheem — Sunday, May 22, 2011 @ 7:35 pm

Leave a comment