mdp_banner

Wednesday, March 16, 2011

އދ.އޮމަދޫ ރަށު ކައުންސިލް މެންބަރަކު އެމްޑީޕީއަށް ސޮއިކުރައްވައިފި

އިބްރާހީމް ރާމިޒް

omadhoo-councillor

ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އދ. އޮމަދޫ ރަށު ކައުންސިލް މެންބަރުކަން ހޯއްދަވާފައިވާ އެރަށު އުޑުވިލާ ހަސަން ޙުސައިން މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
މިއަދު ހަވީރު އެމްޑީޕީ ސެކްރެޓޭރިއަޓްގައި އެ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު ކައުންސިލަރ ޙަސަން ހުސައިން ވިދާޅުވީ ” އެމްޑީޕީއާ ގުޅުމަށް ނިންމީ އެޕާޓީއަކީ ސަރުކާރު ހިންގާ ޕާޓީއަށް ވެފައި ރަށުގެ ތަރައްގީއަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރެވޭނީ އެމްޑީޕީއާ ގުޅިގެން” ކަމަށް ވާތީ ކަމަށާއި، އެމްޑީޕީ އަށް ސޮއިކުރެއްވީ ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެގޮތަށް އެދެމުންދާތީ ކަމަށެވެ.
އަމިއްލަ ގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވައި އެއިންތިޚާބު ކާމިޔާބު ކުރެއްވި ގިނަ އަދަދެއްގެ ކައުންސިލަރުން ގެންދަވަނީ އެމްޑީޕީއާ ގުޅިވަޑައިގަންނަވަމުންނެވެ. އެގޮތުން ގއ.ކޮނޑޭގެ 3 ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކުރައްވައި އެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ނެގިތާ މާގިނަ ދުވަހެއް ނުވަނީސް ތ.ބުރުނީގެ 2 ކައުންސިލަރަކު އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ރަށު ކައުންސިލްގެ މެޖޯރިޓީ ވެސް ވަނީ އެމްޑީޕީއަށް ލިބިފައެވެ. އަދި ދާދި ފަހުން ލ.ގާދޫގެ ކައުންސިލަރަކު ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
މިއަދު މިބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު އާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަށްފަހު ޝާހް ވިދާޅުވީ ގިނަ އަދަދެއްގެ ކައުންސިލަރުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަމުން ގެންދިއުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި، ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން މިހާތަނަށް އެމްޑީޕީއާ ގުޅިވަޑައިގެންނެވި ހުރިހާ ކައުންސިލަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ޝާހް އިތުރަށް ވިދާޅުވީ ” އެމްޑީޕީގެ ވަގުތީ ރައީސް ވަރަށް އަވަހަށް އުތުރުގެ ރަށްރަށަށް ދަތުރުފުޅެއް ކުރައްވާނެ. މި ދަތުރުފުޅުގައި އުތުރުގެ ބައެއް ރަށްރަށުގެ އަމިއްލަ ކައުންސިލަރުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނޭ” ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ލ.މާވަށުގެ ޑިއާރުޕީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އެރަށު ހިރުދުމާގޭ ޔޫސުފް އަލީ ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.

3 Comments »
  1. ރައްޔިތުންދެކެ ލޯބިވާ ކޮށްމެ ދަރިޔަކު ކަންތައްކުރާނީ ތިޔަގޮތަށް. ކައުންސިލަށް ކުރިމަތިލީ ރަށްޔިތުންނަށް ކަމެއް ކޮށްދޭން ކަމަށްވާނަމަ ކަންކުރެވޭނޭ ބަޔަކާއި ގުޅިގެން މަސައްކަތް ކުރުން އެއީ ބުއްދިވެރިންގެ ފިކުރަކީ . އެމްޑީޕީއާއި ގުޅުނު ކައުންސިލަރުންށާއި މެންބަރަށް ށުކުރު އަދާކުރަން.

    Comment by madagaskara/faresmathoda daaira — Wednesday, March 16, 2011 @ 4:42 pm

  2. ހަސަން ހުސޭނު ތިޔަ ދެއްކެވި ވިސްނުންތެރި މިސާލު އެހެން ކައުންސިލަރުން ގަބޫލު ކުރައްވާނެ ކަމަށް ހީކުރަން. ހަސަން ހުސޭނަކީ އަބަދުވެސް އިސްލާހަށް ތާއީދު ކުރެއްވި ބޭކަލެއް!! މަރުހަބާ، މަރުހަބާ !!

    Comment by Maniku — Wednesday, March 16, 2011 @ 5:35 pm

  3. ހަސަނަކީ އަރި އަތޮޅުގެ ވިސްނުންތެރި ދަރިއެއް. މާކުރީއްސުރެ އެމްޑީޕީ ފިކުރުގެ މީހެއް !!

    Comment by Ayya — Wednesday, March 16, 2011 @ 10:10 pm

Leave a comment