Maldivian Democratic Party » ރިޔާސީ ނިޒާމަކަށް ފެތޭގޮތަށް ޕާޓީގެ އަސާސީ ޤަވާއިދަށް ގެންނަން ބޭނުންވާ އިސްލާހް ތައް ގެނައުމަށް އެމްޑީޕީން ނިންމައިފި
mdp_banner

Sunday, March 7, 2010

ރިޔާސީ ނިޒާމަކަށް ފެތޭގޮތަށް ޕާޓީގެ އަސާސީ ޤަވާއިދަށް ގެންނަން ބޭނުންވާ އިސްލާހް ތައް ގެނައުމަށް އެމްޑީޕީން ނިންމައިފި

6 މާރޗް 2010

ރިޔާސީ ނިޒާމަކަށް ފެތޭގޮތަށް ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ބޭނުންވާ އިސްލާހްތައް ޕާޓީގެ އޮނިގަނޑަށް ގެނައުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ނިންމައިފިއެވެ. އެމްޑީޕީން މިގޮތަށް ނިންމީ މިއަދު ބަނޑޮހުގައި ބޭއްވި އެމަޖިލީހުގެ ރިޓްރީޓަށް ވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި އެމްޑީޕީގެ ކޮންގްރެސް އެޕާޓީގެ އަހަރީ ދުވަސް ކަމަށްވާ 26 ޖޫން 2010 ގައި ބޭޢްވުމަށާއި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ މިހާރަށް ވުރެވެސް ހަރުދަނާ ކުރުމުގެ ގޮތުން އަސާސީ ގަވާއިދަށް މުހިއްމު އިސްލާޙް ތަކެއް ގެނައުމަށް ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.
އެމްޑީޕީގެ އިސް މަގާމްތަކަށް ބޮޑެތި ބަދަލު ތަކެއް ގެނައުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވެއެވެ. އެގޮތުން ޕާޓީގެ ރައީސް ކަމުގެ މަގާމާއި، ނައިބު ރައީސް ކަމުގެ މަގާމު އުވާލައި ޗެއަރޕާސަންގެ ދަށުން މަސައްކަތް ކުރައްވާނޭ ދެ ނައިބުން އިންތިޚާބުކުރާ ގޮތަށް ހަމަ ޖެއްސުމާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސަށް ސިޔާސީ އިސް ދައުރެއްދޭ ގޮތަށް ގައުމީ މަޖިލީހުގެ އަޣްލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާ ތަކަށް ބަދަލެއް އަތުވެއްޖެ ނަމަ އަދި ޕްރޮވިންސް އުފެދުމުން ގައުމީ މަޖިލީހަށް ބަދަލު ގެނެސް ދާއިރާތަކުގެ ހިންގާ ކޮމިޓީތައް އަލުން އިންތިޚާބު ކުރުމަށްވެސް މިއަދުގެ ބައްދަލު ވުމުގައި ފާސްކޮށްފައި ވެއެވެ.
ދެން އަންނަ ރިޔާސީ ދައުރަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް ވެސް ކަނޑައަޅާނީ ރިޔާސީ ޕްރައިމަރީއަކަށް ފަހު ކަމަށް އެޕާޓީން މިއަދު ވަނީ ނިންމާފައެވެ. މި ބަދަލުތަކާއި ގުޅިގެން ޕާޓީގެ އިންތިޚާބީ މަޤާމްތައް އަލުން އިންތިޚާބު ކުރެވޭނެއެވެ.
އެމްޑީޕީން މިހާރު ދަނީ އެޕާޓީގެ ކޮންގްރެސް އަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.

2 Comments »

  1. ޖަލްސާ ތަކުގެ އޯޑިއޯ އަޕްލޯޑް ކޮއްދޭށޭ ކިޔާ އާދޭސް ކުރުމުންވެސް އަޑެއްނާހާ.. ކީއް ކުރާނީ ނުވަންޏާ ނުވާވާހަކަ ބުނެފަ. ވެބްސައިޓް ހުއްޓާލަންވީނުން!!

    Comment by misoru — Monday, March 8, 2010 @ 12:42 am

  2. ވަރަށްރަގަޅު އިސްލާޙެއްކަމައް ފެއްނަނީ….. ކުރިޔަށް ދިވެހިޤައުމު، ކުރިޔަށް އެމްޑީޕީ… (ސިވާސް)

    Comment by sivaas — Tuesday, March 9, 2010 @ 3:53 pm

Leave a comment