ޑީއާރުޕީން ކައުންސިލް އިންތިޚާބުތައް ކާމިޔާބުކޮށްފިނަމަ މިރާއްޖެ ސިޔާސީ އަދި އިޤްތިޞާދި ތަދުމަޑުކަމެއް ތަހައްމަލް ކުރަން ޖެހޭނެ – އަލްހާން
6 މާރޗް 2010
ބަޔަކު ކިތަންމެ ނުރުހުނަސް މިރާއްޖޭގައި ހިންގޭނީ އެމްޑީޕީގެ ސިޔާސަތު ކަމަށާއި، ޑީއާރުޕީން ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުކޮށްފިނަމަ އެމްޑީޕީގެ ސިޔާސަތު ތަންފީޒު ވިޔަނުދިނުމަށް ޑީއާރުޕީން މަސައްކަތްކޮށް މިރާއްޖެ ސިޔާސީ އަދި އިޤްތިޞާދީ ތަދުމަޑު ކަމެއް ތަހައްމަލް ކުރަންޖެހޭނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ސ. ފޭދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ވިލޭރޭ ގއ.ކޮލަމާފުށީގައި ބޭއްވި އެމްޑީޕީގެ ޚާއްޞަ ޖަލްސާއެއް ގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ “ފާއިތުވެގެންދިޔަ 30 އަހަރުގެ ވެރިކަމުގެ ނުތަނަވަސް ކަމާއި އަދުލު އިންސާފުން އެއްކިބާވެ ތިބެ ކޮށްފައިވާ ކަންތައްތަކަށް ފާޑު ކިޔަން ޖެހޭނޭ” ކަމުގައެވެ. އަދި ކޮންމެ ސިފައެއްގައި ނަމަވެސް ބަޔަކު ރަގަޅު ކަމެއް ކޮށްފައިވާނަމަ އެކަމުގެ ވާހަކަ ވެސް ދައްކަން ޖެހޭނެ ކަމުގައެވެ. އަދި ޑިއާރުޕީގެ ލީޑަރޝިޕުން ޒިންމާދާރު އިދިކޮޅު ޕާޓީ އެއްގެ ގޮތުގައި ހަރަކާތްތެރި ނުވާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޤާނޫނީ ގޮތުން އުފެދިފައިވާ އެމްޑީޕީ އިއްތިހާދުގެ ސަރުކަރު ވައްޓާލުމަށް ކަމުގައެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ ގުޅުމުގެ ފުރުޞަތު ލިބިގެން ދިޔުމަކީ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ވަރަށް ފަޚުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވަމުން އަލްހާން ވިދާޅުވީ “އަޅުގަނޑުމެން މިދެކޭ ވެރިކަމާ މިއަދު މިރާއްޖޭގައި ގާއިމްވެފައި މިއޮތް ދުސްތޫރީ ނިޒާމް ގެނައުމުގެ އެންމެ ބޮޑު ހިއްސާއެއް. އެންމެ މުހިއްމު ދައުރެއް އަދާކުރީ މިޕާޓީ (އެމްޑީޕީ) އާ މިޕާޓީގެ ފަރާތުން މިރާއްޖޭގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު” ކަމުގައެވެ.
ރައީސް ނަޝީދުގެ އަނެއް ދިވެހިރާއްޖެގެ ތަޞައްވުރަކީ ހަގީގީ ތަޞައްވުރެއްކަން ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވަމުން އަލްހާން ވިދާޅުވީ “އަޅުގަނޑަށް ތަޞައްވުރު ކުރެވެނީ ރައީސް ނަޝީދުގެ އަނެއް ދިވެހިރާއްޖޭގެ ތަޞައްވުރަކީ ތިޔާގި، އިޖުތިމާޢީ ރައްކާތެރިކަން ލިބިގެންވާ ބޯހިޔާވަހި ކަމެއްގެ ތެރޭގައި މަސްތުވާތަކެތިގެ ވަބާއިން ސަލާމަތްވެފައިވާ، ލާމެހިފައިވާ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން މިރާއްޖޭގެ ކުދި ކުދި ޖަޒީރާ ރަށްތަކުގެ މެދުގައި ފާގަތިކަމާއެކު ދަތުރު ކުރަމުންދާ ދުޅަހެޔޮ، ސިއްހަތު ރަގަޅު ރައްޔިތަކު ދިރިއުޅެމުންދާ ރާއްޖެއެއް ” ކަމުގައެވެ.










ަލްހާނު ސާބަހޭ
Comment by yaantey — Sunday, March 7, 2010 @ 8:59 pm
މަވޯޓާ ޝަރީފެވެ’ ސިޔާސީ ގޮތުން ދިވެހި ރާއްޖޭގައި ދެމިގެން ދިޔަ 2500 އަހަރުވީ ޝާހީ ރަސްކަމާއި، 1953 އަހަރު ނަމެއްގައި މިރާއްޖޭގައި ބިންގާއެޅުނު ޖުމުހޫރީ ވެރިކަމުގެ ސިޔާސަތާއި އެވެރިކަމުގެ ޙުކޫމަތުގެ ތެރޭގައި އަދުލު ވެރިކަން އޮތްގޮތާއި، އެވެރިކަމުގެ ފުރަމާނީ ބާރުތައް ބޯދާ ވެރިން ބޭނުން ކުރެއްވި ގޮތާއި، އެކަމުގެ ސަބަބުން ރާއްޖޭގެ މައުސޫމު ލޮބުވެތި ރައްޔިތުންގެ މައްޗަށް ވާރުތަވި ނުވަތަ ވާރުތަވަމުން ދާ ޢިޖުތިމާޢީ ހުސްކަމުގެ ދިރިހުރި މިސާލު ޝަރީފަށް މިރާއްޖޭގެ ކަންކޮޅު ތަކުން ނުފެނޭ ހެއްޔެވެ؟ ފުރަބަންޑާރަ ތައްޖެހުމުގެ ޝާހީ ސަގާފަތުގެ ތެރެއިން، މަރުހޫމު އިބުރާހިމް ނާސިރުގެ ވެރިކަމަށް ފަހު 1978 ގައި މިރާއްޖޭގައި ބިންގާ އެޅުނު މަޢުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގެ މިސާލީ ތެއްފިނީގައި ހަންޑިކުޑަ ފަޅާހެން ދިވެހި ދައުލަތުގެ ތަނަވަސްކަމާއި، އަދުލު އިންސާފް ޚަރާބުވެ ދިއުމެވެ. ކަންއޮތީ މިހެންކަމަށް ވީހިނދު، ރާއްޖޭގެ ވެރިކަމުގެ ދުސްތޫރީ ނިޒަމާއި، ވެރިކަން ހިންގުމުގެ މައްޗަށް މިގެނެވުނު ތާރީޚީ އިންގިލާބީ ބަދަލުތައް ފުނޑުފުނޑު ކޮށް، މިރާއްޖޭގައި މަލްޓިޕާޓީ ނިޒާމެއްގެ މައްޗަށް ގާއިމުވެ އޮތް ޤާނޫނީ ވެރިކަމުގެ ޑިމޮކްރަޓިކް އުސޫލުތައް އިންދިރާސްކޮށް ލުމަށް ޝަރީފުމެން ތިޔަ ކުރައްވާ މަސައްކަތުގެ މައްޗަށް މޭވާއެއް ނެތެވެ. ޝަރީފުއެވެ’ ރައްޔިތުން ބައިބައިކޮށް އެބައި މީހުންގެ ހިތްތަކުގައި ފިތުނައިގެ އަލިފާން ރޯކޮށް، ރައްޔިތުންގެ ހިތްތައް ލެންބޭތޯ ޝަރީފުމެން ތިޔަ ކުރައްވާ މަސައްކަތަކީ، ޖައްވުގައި ތެޔޮހުރިތޯ ބެލުންފަދަ ކަމެކެވެ.
އިލްމުވެރި ބައެއްގެ މެދުގައި ޑިމޮކްރަޓިކް ޙިކުމަތުގެ މައްޗަށް ބިނާވެ ޝަރީފު ވެސް ޝާމިލުވެ ރާއްޖޭގެ ޤާނޫނު އަސާސީ ރައްޔިތުންގެ ޙާއްސަ މަޖިލީހުން އެކަށައެޅި ހިނދު، ޤާނޫނު އަސާސީ ފުރިހަމަ ކުރުމަށްޓަކާ އާއްމު ޤާނޫނު ހެދުމުގެ މައްޗަށް ޝަރީފް މެންގެ އިޚްލާސްތެރިކަން ރައްޔިތުންގެ މައްޗަށް މިއަދު އެބަހުރި ހެއްޔެވެ؟ މަރަދޫ އާބެޔާ ކަޓާރާހެން،، ނުވަތަ ގަންފޭދޫ ހެމަބެޔާ ފަދައިން ޝަރީފު މެންގެ ބުއްދިއެއް ނެތެވެ. އެހެނީ އަޑިއަޑިން ސިއްރުވެރި ގޮތުގައި ވިސްނުމެއް ނެތި މަދަނީ ބަސް ނޭހުމަށް ސިވިލްސަރ ވިސްއަށް ހިތްވަރުދީ އަތޮޅުތަކުގެ ހަމަހިމޭން މާހަޢުލުގައި ތިބި އަނބި ދަރީންނާއި، އާއިލާއާއެކު، އުފާވެރި ދިރިއުޅުން ކަޑައްތު ކުރަމުންދާ މާމަމެންނާއި، ކާފަމެންގެ ލޮބުވެތި ދިރިއުޅުމުގެ މައްޗަށް އެތައް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދައި، ތަޅާފޮޅުވައި، ހަސަދަ އުފައްދައި ކަންކަމުގެ ހަގީގަތާއި ޚިލާފަތް ވާހަކަ ދައްކާ އިރު، ބައެއްގެ މިއިހާނެތި ވިސްނުމުގައި ލޯބޯކޮށި މުސްކުޅިން ޝާމިލު ކުރަން ވެސް ފަށައިފިއެވެ. ލޮބުވެތި މައުސޫމު ރައްޔިތުންގެ ހިތްތަކާ ކުޅެ، އުމުރުން ދުވަސްވުމުގެ ސަބަބުން ތުރުތުރު އަޅައަޅާ ތިބި މަރު މުސްކުޅިންގެ މެދުގައި ސިޔާސީ އުދާސްތައް އުފައްދައި، ދައުލަތުގެ އިއްޒަތާއި ކަރާމާތް ކަނޑުވާ ރާއްޖޭގެ ވެރިކަމުގެ ބާރު ރަމްޒްކޮށް ދޭ މައިމަރުކަޒާއި، ރައީސުލް ޖުމުހޫރިއްޔާ އިންނަވާ ރިޔާސީ ގަނޑުވަރުގެ ގޭޓްމަތިން ފުންމާލާނެ ކަމުގެ ނަގުލީ ސިގުނަލް މުސްކުޅި އަންހެނުންގެ ކުރިމަތީގައި ހާމަކުރުމަށް ވުރެ، މާދަމާ ތިމެން އުދުހިފައި ގޮސް އެމެރިކާގެ ވައިޓް ހައުސްތެރެއަށް ފުންމާ ލާނެކަމުގައި އުމަރު ވިދާޅުވީ ނަމަ މާ ތާހިރުވީހެވެ’
އަލްޙާން ވިދާޅުވީ ތެދެކެވެ. ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލް ތަކުގެ އިންތިޚާބު ޑީއާރުޕީ ކާމިޔާބު ކޮށްފިނަމަ، އެމްޑީޕީގެ ސިޔާސަތު ތަންފީޒު ވިޔަ ނުދިނުމަށް ޑީއާރުޕީން މަސައްކަތް ކޮށް، މިރާއްޖެގެ މައްޗަށް ސިޔާސީ އަދި އިޤްތިޞާދީ ވޭންދެނިވި ތަދުމަޑު ކަމެއް ތަހައްމަލް ކުރަން ޖެހޭނޭއެވެ. މިއީ ލޮބުވެތި ރައްޔިތުން ވިސްނަންޖެހޭ ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމެއް މިރާއްޖޭގައި ކުރެއްވި ކުރީގެ ވެރިންގެ ނަޒަރިއްޔާ ދަމަހައްޓަން މަސައްކަތް ކުރުމަކީ، އުއްމަތަށް ބަލާ ޖެއްސުމެވެ.
Comment by Hassan Mahir / Huludoo — Monday, March 8, 2010 @ 2:12 pm
ޕާޓީ ޤައުމީއެވެ’ ރަނގަޅު ޙަޠާރަތެއް ބިނާކުރެވޭނީ ރަނގަޅު ނިޔަތާއި ގެންނެވެ. އިޙްސާންތެރި އަމަލާއި ބަހުގެ ދުލަކީ ދިގު އެއްޗެކެވެ. އޭގެ އިއްޒަތާއި ކަރާމާތް ބޮޑެވެ. މިއަދު ދިވެހި އުއްމަތަށްޓަކާ އަދި ވަޒަނަށްޓަކާ އަޅުގަނޑުމެން ޒިންމާތަކެއް އުފުލަން އެބަޖެހެއެވެ. މަދުބައެއްގެ ތެރެއިން ނަމަވެސް ގައުމުގެ ކަންކަން އިސްލާހުކޮށް، ހަގީގަތުގެ މައްޗަށް ވިސްނާ ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ޒަމީރަށް ބުރަވުމުގެ ބަދަލުގައި ގައުމީ މަސްލަހަތު އިސްކުރަން އެބަޖެހެއެވެ. ސިޔާސީ ކަންކަން ވަޒަންކޮށް މިނެކިރަން އެބަޖެހެއެވެ. އަމިއްލަ ޒާތީ މަސްލަހަތު އެއްކިބާކޮށް، ގައުމީ ކަންކަމުގައި އެންމެ ހެޔޮގޮތް އިސްކުރަން އެބަޖެހެއެވެ. އަމިއްލަ ޒާތީ މަސްލަޙަތައް ވުރެ ޖަމާޢަތުގެ މަސްލަހަތު ކުރިއަށް ނެރެން އެބަޖެހެއެވެ. ޝަރުޠެއްނެތި މިސަރުކާރަށް ބައިޢަތު ހިފިމީހުން ކޮބާހެއްޔެވެ؟ މިދައުލަތަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ލޮބުވެތި ޤައުމު ކަމުގައި ވީފަދައިން، ސަރުކާރުން ދައުލަތް ހިންގުމަށްޓަކާ އެކަށަ އަޅުއްވާ ސިޔާސަތަކީ، އެންމެންގެ ލާބަޔަށް އެކަށައެޅޭ ސިޔާސަތު ކަމަށް ވީހިނދު، އަޅުގަނޑުމެން ސިޔާސީ ކަންކަމުގައި ދަތުރު ކުރަންވީ އިސްލާޙީ ބަދަލުތަކުގެ ތެރެއިންނެވެ. ފަސާދައިގެ ޖަދަލު ތަކެއްގެ ތެރެއަށް ނޫނެވެ. ކިބުރުވެރިކަމާއި، ބޮޑާކަމުން އެއްކިބާ ވެގެންނެވެ. ފުރަ މާލެ އާއި ރަށްފުށުގެ އިބާރަތުން ދޭހަކޮށް ދޭ ނަޒަރިއްޔާތުގެ މައްޗަށް ނޫނެވެ. 4000 އަހަރުވީ ދައުލަތް ހިންގި މަރުކަޒީ ބޯދާ ޝާޙީ އުސޫލުތަކުގެ މައްޗަށް ތަހުޒީބު ބަދަލު އަންނަން ޖެހެއެވެ. ކުރީގެ ޝާހީ އުސޫލުތަކާއި ވެރިކަމުގެ ޙުކޫމަތު މިއަދު އޮރިޔާންވީ ކީއްވެ ހެއްޔެވެ؟ އުއްމަތުގެ މައްޗަށް އަނިޔާވެރި ވުމުގެ ބާރަކަށް ބޯދާ އުސޫލުތައް ވުމެވެ. ޔަގީނެވެ’ ކޮންމެވެސް އެއްދުވަހަކުން ބާޠިލު އުސޫލުތަކުގެ މައްޗަށް ޙައްޤު ކުރި ހޯދާނެއެވެ. މިއަދު ގައުމުން މިފެންނަނީ އެމަންޒަރެވެ. ވެރިކަމުގެ ބޯދާ އުސޫލުތަކުގެ މައްޗަށް އިންގިލާބީ ބަދަލުތައް އަތުވެއްޖެއެވެ. ނަމަވެސް އިސްލާޙާއި ބަދަލު ގެންނަން ތިބީ އިންސާނުން ކަމަށް ވީހިނދު، ލޮބުވެތި ރައްޔިތުންގެ ކިބައިން އިސްލާހުގެ މައްޗަށް އިޚްލާސްތެރި އަމަލު ފެންނަންޖެހެއެވެ. ނޫންނަމަ، އެކަމުގެ ވޭނާއި ހިތްދަތިކަން ދެކޭނީ ވަކިބަޔަކަށް އެކަންޏެއް ނޫނެވެ މުޅި އުއްމަތުގެ މައްޗަށެވެ.
ކަންއޮތީ މިހެންކަމުގައި ވީހިނދު، ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ކުދިކުދި ސިޔާސީ ޕާޓީ ތަކުގެ ތެރެއިން ބައެއް ޕާޓީތަކުގެ އަމަލު ހުރިގޮތް ނިކަން ދެކޭށެވެ’ ”ގައުމީގެ ނަމުގައި” ލިޔެފައިވާ ކަރުދާސް ތަކެއް ބަޔަކު ވަނީ ރޭ މަގު މައްޗަށް އަޅާފައެވެ. އެކަރުދާސް ކޮޅުގެ މަތީގައި އުރުދޫބަހުން ލިޔެފައި ވަނީ، ޕީތާހޫން މުލްކް ޗަލަނޭކޯ” އަދި ތިރީގައި ދިވެހިބަހުން ޤައުމު ހިންގުމަށްޓަކައި ރާބޯން ޖެހޭބާ؟ މިހެންނެވެ. ބަދުމާޝީ ގައުމީއެވެ’ މިރާއްޖޭގެ ރިސޯޓްތަކުގައި ރާވިއްކުމާއި، ނަސަންދުރާގައި ރާވިއްކުމާއި، މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން 826 ފަރާތަކަށް ރާގަތުމުގެ ހުއްދަ ދިނީ ކުރީގެ ސަރުކާރުން ރާބޯން ހެއްޔެވެ؟ ނުވަތަ އެހުއްދަ ދިނީ މިސަރުކާރުން ހެއްޔެވެ؟ ބޮޑާކަމާއި، ކިބުރުވެރިކަން ބޮޑުވެއްޖެ ބަޔަކަށް ދެދުނިޔެއިން ވެސް ލިބޭނީ ގެއްލުމާއި ހަލާކެވެ. ތިޔައުޅެނީ ތަޢުލީމީ ގާބިލުކަމުގެ ސަބަބުން ދެއަތް ކާރި ނުކުރެވި ގެންނެވެ.
Comment by Hassan Mahir / Huludoo — Tuesday, March 9, 2010 @ 3:22 am
ދިވެހި ރާއްޖޭގެ ފުރަމާނީ ވެރިކަމުގެ ތާރީޚުގެ މައްޗަށް ނަޒަރު ހިންގާއިރު، މިރާއްޖޭގައި ރައްޔިތުންގެ މައްޗަށް ހިންގުނު އަނިޔާވެރި ވެރިކަމުގެ ތެރެއިން، އެންމެ ގެއްލުން ބޮޑު ހަމައެކަނި ވެރިކަމެއް ކުރެއްވި ވެރިޔަކީ، އަޅުގަނޑުގެ ނަޒަރުގައި، 30 އަހަރު މިގައުމުގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް މަޢުމޫން އަބްދުލް ގައްޔޫމެވެ. ސަބަބަކީ، ދެމެހެއްޓެނިވި ތަރައްގީގެ މައްޗަށް ގައުމު އާރާސްތު ކޮށްފައި ނެތުމެވެ. ދައުލަތުގެ އެންމެ ބޮޑު ހޮސްޕިޓަލް އަމިއްލަ ފައިމައްޗަށް ތެދުކޮށްފައި ނެތުމެވެ. މިހެންގޮސް މިސިލްސިލާ ދިގުވާނެއެވެ. ރާއްޖޭގެ އުތުރާއި ދެކުނު ފަޅުކޮށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން %40 ރައްޔިތުން މާލެއަށް ހިޖުރަކުރުމުގެ ސަބަބުން ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހި ދިރިއުޅުމުގެ މައްޗަށް ބިކަހާލު ޖެއްސި ވެރިޔަކީ، މަޢުމޫނު އަބުދުލް ގައްޔޫމު ކަމުގައި ވުމެވެ. ބޮޑު ޅޮސް ގަހަކުން ދޭފަތެއް ހަދަންނޭގުނު ކިއްސަރު ވަޑާމަށް ދަޢުވާކުރި މާވަޑިޔާ އަށް ޅޮސްގަސް ހުސްވީ އިރު، ދޭފަތް ނެހެދުނު ބީދައިން، މިގައުމު ހިންގުމެވެ. އެހެންމެ މިގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް ހުރަސްއެޅުނު ދަންތުރަ ސިޔާސަތު ރާވާ ތަންފީޒުކޮށް، ރައްޔިތުންގެ ގައުމީ ހައްގުތައް ހިމާޔަށް ކުރަން ނޭގުމާއި، ވެރިކަމުގައި އިންނަވާ ކުށްކުނި ކުޅުއްވުމެވެ. ދުނިޔޭގެ ގައުމުތަކުގައި ރައްޔިތުންގެ ހައްގުތަކަށް އިޚުލާސްތެރިވީ ވެރިންނަށް ލިބުނީ އިހުތިރާމާއި ގަދަރެވެ. މިސާލަކަށް ކުރީގެ ސިންގަޕޫރުގެ ބޮޑުވަޒީރު ލީކުއާންޔޫ ފަދަ ބޭފުޅުންނަށް ރައްޔިތުންގެ ފަރާތުން ލިބުނީ، ލޯއްބާއި ހަމްދަރުދީއެވެ. ހަގީގަތަކީ މިއީ ކަމުގައި ވީހިނދު، ކުރީގެ ސަރުކާރުގެ ސިޔާސަތު ހަރުދަނާކަމާއި، މަޢުމޫނުގެ ޒަޢާމަތުގައި މިރާއްޖެއަށް ބޮޑެތި ތަރައްގީ އައިސްފައިވާ ކަމަށް ދައުވާ ކުރުމާއި، އެމަނިކުފާނުގެ 30 އަހަރަކީ ތަރައްގީގެ ރަން ތިރީސް އަހަރުކަމަށް ހެދުމަށް ވަކާލާތު ކުރައްވަނީ މައުމޫނު ފުރަތަމަ ވެރިކަމާއި ހަވާލުވިތާ 5 އަހަރު ފަހުން ދުނިޔެއަށް އުފަންވި ދެތިން ޅަކުއްޖެކެވެ. އެކުދިންނަށް މައުމޫނުގެ ވެރިކަމާ މެދު އެނގޭނީ ކޯޗެއްހެއްޔެވެ؟ މަޢުމޫނުގެ ޒަޢާމަތުގައި ސަރުކާރަށް ޚިދުމަތް ކުރެއްވި ހަރުދަނާ މުސްކުޅިން ކޮބާ ހެއްޔެވެ؟ އެމީހުންގެ ބަހަކީ ކޮބާހެއްޔެވެ؟
ވިސްނަވާށެވެ’ ކުރީގެ ސަރުކާރުން ދިވެހި ދައުލަތުގެ މަތިވެރި އަމާނާތް އަދާކުރި ދޯހަޅި ސިޔާސަތުގެ ހިތިނަތީޖާ މިއަދު މިދަނީ، މުޅި ރާއްޖެއިން ފެންނަ މުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުފަޅުވެ މާލެއަށް މީހުންތޮށް ޖެހި މަސްތުވާ ތަކެތީގެ ވަބާގައިޖެހި ޒުވާނުންގެ އަޚުލާގު ތަޢައްޔަރުވެ އެކަކު އަނެކަކަށް މަރާ ބޮޑެތި ޖަރީމާތައް ހިންގާ ބޮޑުވެގެންވާ އިޖުތިމާޢީ ހުސްކަމެއްގެ ތެރެއަށް މުޅި އުއްމަތް ވަނީ ވެއްޓިފައެވެ. ސަބަބަކީ ކޮބާތޯއެވެ؟ ޖުމުލަ ގޮތެއްގައި އާއިލާތަކުގެ މެދުގައި ފަގީރުކަން އާއްމުވެފައި އޮތުމެވެ. މަސްތުވާ ތަކެތީގެ މުސީބާތް ފާވެއޮތުމެވެ. ރާއްޖޭގައި މަސްތުވާ ތަކެތި ބޭނުން ކުރާމީހުން އެންމެ ފުރަތަމަ ފެންނަން ފެށީ، 1972 އަހަރު ހިސާބުގައެވެ. އެއީ އިނގިލިން ގުނާލެވޭ ދެތިން މީހުންނެވެ. 1978 އާއި 1980 އަހަރާއި ދެމެދު މިއަދަދު އިތުރުވާން ފެށިއެވެ. 1994 އާއި 2001 އާއި ހަމައަށް އާއިރު، މަސްތުވާ ތަކެތީގެ ވަބާގައި ޖެހުނު ޒުވާނުން އިންތިހާއަށް މައްޗަށް ހިނގައްޖެއެވެ. ހަގީގަތުގައި 1978 އާއި 1980 އަހަރާއި ދެމެދު މަސްތުވާ ތަކެއްޗާއި ދެކޮޅަށް އެއިރުގެ ސަރުކާރުން ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އެޅުނުނަމަ، 1994 އަހަރުން 2001 އަހަރާއި ހަމައަށް މިވަބާގައި ޖެހުނު ޒުވާނުން ކަންބޮޑުވާހާ މިންވަރަށް ދާކަށް ނުޖެހުނީހެވެ. ޖުމުލަ ގޮތެއްގައި ވިޔަފާރި ވެރިންގެ ތެރެއިން ބަޔަކު މަސްތުވާ ތަކެތީގެ ވިޔާފާރި ތެރެއަށް ވަދެގަތީ، 1994 އާއި 2001 އާއި ދެމެދުގައެވެ. ކުރީގެ ސަރުކާރުން މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅު ތަކެއް ނޭޅުނު މައިގަނޑު ސަބަބުތަކަކީ، މަސްތުވާ ތަކެތީގެ ވިޔާފާރި ފުޅާ ދާއިރާއެއްގައި ހިންގި މީހުންގެ މައްޗަށް ނަޒަރު ހިންގާ އިރު، ކަމުން ހާމަކޮށް ދެއެވެ.
ހަގީގަތުގައި ކުރީގެ ސަރުކާރުން ދިވެހިދައުލަތް ހިންގެވި ގޮތާއިމެދު ސުއާލުކުރަން އެބަޖެހެއެވެ. އެހެނީ، ދިވެހިރާއްޖޭގެ އުތުރާއި ދެކުނަށް ނިސްބަތްވާ ރައްޔިތުންގެ މުސްތަގުބަލް ސުއްނާފަތި ކޮށްލި ދަންތުރަ ސިޔާސަތު ރާވާ އެފަދަ ދަންތުރަ ގާނޫނުތައް ހަދާ، ދިވެހި ރައްޔިތުންގެ މުސްތަގުބަލް ބަރުބާދު ކުރި ވެރިންނާއި، ގާނޫނުތައް އެކަށައެޅި މީހުންނާއި، ސުއާލުކުރަން އެބަ ޖެހެއެވެ. ބޭނުމަކީ ކޮބާތޯއެވެ؟ ކުރިމަގުގައި ދިވެހި ދައުލަތާއި ހަވާލުވާނެ ސަރުކާރުތަކަށް ޢިބުރަތެއްގެ ގޮތުންނެވެ. ރާއްޖެކަހަލަ ޖަޒީރާ ގައުމެއްގެ ޢިޖުތިމާއީ ހަމަޖެހުމުގެ ބިންގަލަކީ، އިގުތިސާދީ ސިނާއަތު އަތޮޅުތަކަށް ފުޅާކުރުމެވެ. ހަގީގަތުގައި އިންސާނުންގެ އަޚުލާގާއި ޡަބިއްޔަތު ރަނގަޅު ކުރެވޭނީ ތަނަވަސްކަމާއި އުފާވެރިކަން މަތީ ދިރިއުޅުމުގެ ފުރުސަތު ލިބިފައިވާ ބަޔަކަށް ވެގެންނެވެ. އެއީ އިގުތިޞާދީ ގޮތުންނާއި އިމުރާނީ ގޮތުންނެވެ. މިދެވަސީލަތް ރައްޔިތުނަނަށް ލިބޭނީ އެ ގައުމެއްގެ ސަރުކާރަކީ ދުޅަހެއުކަން މަތީއޮވެ ރައްޔިތުން ނަށް ތަރައްގީއާއި ކުރިއެރުން ފަހިކޮށްދިން ސަރުކާރަކަށް ވެގެންނެވެ. ރާއްޖެކަހަލަ ރައްޔިތުންގެ ޚަޒާނާ ކާހުސްކުރި ގައުމެއްގެ ރައްޔިތުންނަށް ޖެހޭނީ މިރާއްޖެ ފަދައިން އިޖުތިމާޢީ ފޭރާން ގޯސްވެ އެ ގައުމެއްގައި ބަޔަކަށް ނޫޅެވޭ ހިސާބަށް އަޚުލާގީ ގޮތުން ތަޢައްޔަރުވީ ގައުމަކަށެވެ.
Comment by Hassan Mahir / Huludoo — Wednesday, March 10, 2010 @ 12:57 am
ލޯޔަލް އޮޕަޒިޝަނެއްގެ ގޮތުގައި ތިބެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އިޙްލާސްތެރި ބުރަ މަސައްކަތް ކުރައްވާ ދިވެހި ރައްޔިތުންގެ ގައުމީޕާޓީ އަދި ސިވިލް ސަރވެންޓުންގެ މުސާރައިގެ މައްސަލާގައި ސސިވިލް ސަރވިސް ކޮމިޝަނުން ކުރައްވާ ދަޢުވާގައި ވަކާލާތުކޮށް ދިނުމުގެ ބުރަ މަސްޢޫލިއްޔަތު އުފުއްލަވާ ރާއްޖެ ޗެމްބާސްގެ ވަކީލު ޑރ މުޙައްމަދު ޖަމީލު އަޙްމަދަށް މަރުޙަބާ ކިޔަމެވެ . ނަމަވެސް ސިޔާސީ މައިދާނުގައި އިޚްލާސްތެރި ކަމާއެކު، އުއްމަތެއްގެ މައްޗަށް ޙައްގު ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނީ، ހަރުދަނާ އޮޕްޒިޝަން ޕާޓީތަކާއި ތެދުވެރި ފަނޑިޔާރުންނާއި ތެދުވެރި ގާނޫނީ ވަކީލުންގެ ކިބައިގާ ހުންނަން ޖެހޭ، މުހިއްމު ސިފަތަކުން ތިމާމެން ޒީނަތްތެރި ވެގެންނެވެ. ތިމާމެންނަށް ލިބިފައިވާ އިލްމުވެރިކަމާއި، ހިލްމުވެރި ކަމުގެ މައްޗަށް ތިމާމެން އަޚްލާސްތެރި ވުމާއި، ރިވެތި އަޚުލާގާއި، ޤާނޫނުގެ މައްޗަށް ތިމާ އިޙްތިރާމް ކުރުމުގެ ރިވެތިސިފަ ލިބިގެންނެވެ. އެހެންމެ ފަނޑިޔާރުންގެ ކިބައިގާ ހުންނަން ޖެހޭ ޕްރޮފެޝަނަލިޒަމާއި، އެކަމުގެ ފުރިހަމަ ފަންނުވެރި ކަމާއި ޚުލްގު ހެއުކަމުގެ ތެރެއިން ބޮޑާކަމާއި ކިބުރުވެރި ކަމުން އެއްކިބާ ވެގެންނެވެ. މިމުހިއްމު ގުދުރަތީ ސިފަތަކުން އެއްކިބާވެ އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި ފަނޑިޔާރުން މަސައްކަތް ކުރުމަކީ، މުޖުތަމަޢުގެ ހަލާކެވެ. މިއަދު މިރާއްޖެއިން ފެންނަނީ އެ މުޑުދާރު މަންޒުތަކެވެ. ޙަގީގަތުގައި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނަކީ، ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން މުޖުތަމަޢުގެ އެންމެހާ ކަންކަމުގެ މައްޗަށް ތަޖުރިބާ ލިބިފައިވާ އަދުލުވެރި ބަޔަކަށް ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްސަކޮށް، ރާއްޖެއަކީ، މިއަދު ސިޔާސީ ގޮތުން މުޅި މުޖުތަމަޢު ބަދަލު ވަމުންދާ ހަލަބޮލި ގައުމަކަށް ވީހިނދު، ކެއްތެރިވެ ވަކިފަރާތަކަށް ނުޖެހި ގާނޫނީ މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ފަނޑިޔާރުންނާއި، ގާނޫނީ ވަކީލުންވުމަކީ، ތިމާގެ އަމިއްލަ މަސްލަހަތު އޮތް ކަމެއްކަމުގައި ވިޔަސް ވަކިފަރާ ތަކަށް ނުޖެހި ހައްގު ގޮތުގައި އެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ބައެކެވެ.
ވީހިނދު، ސިޔާސީ ޕާޓީތަކުގެ ރޫޚުގައި ތިބެ މުޖުތަމަޢުގެ ތެރޭގައި ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުން އެބައިމީހުންގެ ގައުމީ މަތިވެރިވާޖިބު އަދާކުރަމުން ދާހިނދު، މުޖުތަމަޢުގެ ތެރޭގައި ހިނގާ ތަފާތު މައްސަލަ ތަކުގެ މައްޗަށް އިޙްލާސް ތެރިވުމާއި، ޢަދުލު ވެރިކަން އުއްމަތައް ޓަކާ ގާއިމުކުރވޭނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް ޙައްގު ގާއިމުކުރުމަކީ، ހަމައެކަނި ތިމާގެ އަމިއްލަ މަސްލަހަތުގެ މައްޗަށް އޮތް ކަމެއްނޫނެވެ. އެއީ ހައްގާއި ބާޠިލުގެ ދެމެދުގައި ޙާކިމާ ހުކުމް ކުރަށްވާ އިރު، ތެދުވެރި ވުމަށް މުސްލިމުންގެ މައްޗަށް ﷲ ވާޖިބު ކުރެއްވި ތަޢުހީދުގެ ހުކުމް ފުޅެކެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، ރާއްޖޭގެ ސިޔާސީ ޝަރުޢީ މުސްތަގު ބަލް ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވިދާނެ ގާނޫނީ ފުރުސަތުތަކެއް ވެރިކަން ހިންގުމުގެ ޑިމޮކްރަޓިކް އުސޫލުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނަށް ފުޅާ ދާއިރާއެއްގައި ގާނޫނީ ގޮތުން ލިބިދީފައި އޮތް ހިނދު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ވިސްނުމާއި، މުޖުތަމަޢުގެ ވިންދާއި، ގުޅުންހުރި އެންމެހާ ކަންކަމުގެ މައްޗަށް ޙައްގު ގޮތުގައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބުރަ މަސްއޫލިއްޔަތު ގުދުރަތުން އަޅުއްވާފައިވާ ބަޔަކީ، ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި މުޖުތަމަޢުގެ ތެރޭގައި ހިމެނޭ އެފަދަ މީހުންކަމުގައި ވީހިނދު، ޔަގީނުންވެސް ތިމާގެ އަމިއްލަ މަސްލަޙަތާއި ގާތްތިމާގެ މީހާގެ އެދުމަށް ވުރެ، ބޮޑަށް މުޖުތަމަޢުގެ މަސްލަޙަތުގެ މައްޗަށް އިސްކަން ދެއްވުމަކީ، ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ ދީނީ އަދި ގައުމީ ވާޖިބަކަށް ވީހިނދު، އެދުމެއްގެ ކުރިމަތީގައި ތިމާ ހަރުރަކަށް ވެގެން ނުވާނެއެވެ. 26000 ހާސް މީހުންގެ ހައްގުގައި ތިމާ ނިކުންނަ ކަމުގައި ވިދާޅުވާ ހިނދު، ދެލައްކަ އެތައް ހާސް ބައެއްގެ ގައުމީ މަސްލަޙަތުގެ މައްޗަށް ސިޔާސީޕާޓީގެ ރޫޚުން އެއްކިބާވެ ތިމާ އިޙްތިރާމް ކުރަންޖެހެއެވެ.
Comment by Siyaasee / Huludoo — Wednesday, March 10, 2010 @ 9:36 am
ގާނޫނީ ބޮޑެތި އުސްތާޛުންގެ ލަގަބު ލިބިފައިވާ މޮޅުކަމަށް ދަޢުވާކުރާ ފަޚުރުވެރި ދަރީންގެ ވިސްނުމެއް ނެތެވެ. ހަރުދަނާ ދިރާސާތަކެއްގެ ތެރެއިން، ޕޮލިޓިކަލް ސައިންސިސްޓުން މިހާތަނަށް ހޯއްދެވި މަސްލަހަތު ހުރި ތިޔަރީތައް ބޭކާރުވީއެވެ. އެހެނީ، ޕްރެޒިޑެންޝަލް ސިސްޓަމުގެ މައްޗަށް ހިންގާ ވެރިކަމުގެ އުސޫލުތަކާއި، ޕާރލަމެންޓްރީ ސިސްޓަމުގެ މައްޗަށް ހިންގާ ވެރިކަމުގެ ދުސްތޫރީ މިންގަނޑު ތަފާތެވެ. މިސާލަކަށް ގައުމުގެ ދިފާޢީ ބާރުތަކުގެ އެންމެ އިސް މަގާމް ކަމަށްވާ ޗީފްއޮފް ޑިފެންސް ފޯރސްގެ މަގާމް އައްޔަން ކުރުމުގައި ޕްރެޒިޑެންޝަލް ސިސްޓަމުގެ ތެރެއިން، މަޖުލީހުގެ ދައުރު އޮންނަގޮތައް ސިފައިންގެ ގާނޫނަށް އިސްލާހު ގެނައުމަކީ، މުޅި ސިފައިންނާއި ފުލުހުންގެ ވިސްނުމާއި، ރޫޙު ވާދަވެރި ސިޔާސީ ޕާޓީތަކުގެ ތެރެއަށް ވެއްދުމެވެ. މިއީ ދައުލަތުގެ މިނިވަންކަމާއި، ސިޔާދަތު ދެމެހެއްޓުމުގެ މަތިވެރި ޒިންމާ ގާނޫނީ ގޮތުން އަދާކުރުމުގެ މުހިއްމު ގައުމީ ވާޖިބު އަދާކުރުމުގެ ގާނޫނީ ހުވާކޮށްގެން ތިބި ހަތިޔާރު އެޅި ލަޝްކަރުގެ ގައުމީ ލޯބި ކަސިޔާރު ވުމަށް ހުޅުވު ދޮރެކެވެ. މި ވިސްނުމަކީ، ބައިނަލް އަގުވާމީ ފިލޯސަފިކް އިންތަކުން ނެއްޓިފައިވާ ރާއްޖޭގެ ދުސްތޫރީ ވެރިކަމުގެ ވެށި އަދި ސިފައިންގެ ގާނޫނު ތަޢައްޔަރު ކޮށްލި ބަދަލެއް ކަމުގައި ދެކެމެވެ.
މިއަދު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ކަންކަމުގެ މައްޗަށް ނަޒަރު ހިންގާ އިރު، ކަރުނައަޅާ ހިސާބަށް ކަންތައް ވަނީ ގޮސްފައެވެ. އެއީ އެއްވެސް ހާލެއްގައި ގައުމަށް ގެނެވުނު އިންގިލާބީ ތާރީޚީ ޑިމޮކްރަސީ ބަދަލުތަކުގައި މައްސަލަ ތަކެއް ހޫރީ އެއްނޫނެވެ. މައްސަލަ ހުރީ އަޅުގަނޑު މެންގެ އަމިއްލަ ބޯދާ ވިސްނުމު ގައެވެ. ނުވަތަ ތަޢައްޞުބުގެ ސަބަބުން މިތާރީޚީ ބަދަލު ގަބޫލު ކުރުމަށް ބޭނުން ނުވަނީއެވެ. ހެޔޮނިއަތުގައި ދިވެހި ޤައުމަށް ވިސްނާލި ކޮންމެ މީހަކުމެ މިއީ ތެދުކަމަށް ޤަބޫލު ކުރާނެއެވެ. ރާއްޖޭގެ ވެރިކަމުގައި މީގެ ކުރިންތިބި 30 އަހަރުވީ ވެރިން އެކަހެރިކޮށް، ވެރިކަން ނިގުޅައިގަތީ އެއްނޫނެވެ. ހިތާމައަކީ މިރާއްޖޭގައި އޮތް ބޯދާ ކައްޓަރު އުސޫލުތައް ނައްތާލާ ޤާނޫނޫނީ ހުދޫދުތަކުގެ ތެރެއިން، ސައްޙަގޮތުގައި ރައްޔިތުންގެ ހިތާއި، ސިކުނޑިއާއި ތާއީދު ކާމިޔާބުކޮށް، މިސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ އުއްމީދާއި ގުޅުންހުރި އެތަކެއް ވަޢުދުތަކެއްގެ ކޮށްދިނުމަށް އަހުދު ވަމުންނެވެ. އަދި މިވަޢުދުތައް ވެވޭނެ ޤާނޫނީ މަގު ތަނަވަސް ކުރުމުގެ އުއްމީދު ގައެވެ. އަދި މިކަމަށް ބޭނުންވާ ޤާނޫނީ ބާރުތައް އަދި މުޅިން ފުރިހަމަ ނުވެއެވެ. ނަމަވެސް ރައްޔިތުންނަށް ވަޢުދުތަކެއްވެ އެކަންކޮށް ދިނުމަށް އަރުވާ ޖަހާއިގެންނެވެ. ރައްޔިތުންގެ ހިތްތަކަށް ބިރާއި ހަޞަދަ އުފަން ކުރުވައިގެން ޤާނޫނީ ދާއިރާއިން ބޭރުން ވެރިކަން ބަދަލުކޮށްފައި ވޭހެއްޔެވެ؟
ބަޔަކު ގަބޫލު ކުރިޔަސް އަދި ނުކުރި ޔަސް މިރާއްޖޭގައި އޮތް 30 އަހަރުވީ ބޯދާ ވެރިކަމުގެ އުސޫލުތައް އެމްޑީޕީ އިއްތިހާދުން ބަދަލުކޮށް، ވެރިކަމާއި ހަވާލުވީ ޤާނޫނީ ގޮތުން ސުލްހަވެރި ކަމާއެކު އިއްތިހާދީ ބާރެއްގެ ގޮތުންނެވެ. ހިނިތުންވަމުން ކުރިޔަށްދެވެން އޮތް ހަރުދަނާ ޤާނޫނީ މަގު ޚިޔާރުކޮށް ގެންނެވެ. ވީހިނދު، ދުނިޔޭގައި ބޮޑެތި ޚުދުމުޚުތާރު ވެރިކަން ބަދަލު ކުރަންޖެހޭ، ހަމަތައް ބަޔާންކޮށް ބޮޑެތި ފޮތްތައް ލިޔެވިފައި ހުރިކަންކަން މިވެރިކަމުގެ ދުޝްމަނުންނަށް އެނގިވަޑައި ނުގަންނަވީ ހެއްޔެވެ؟ ގައުމަށް ހެޔޮ އެދޭ އެއްވެސް ބަޔަކު ދައުލަތުގެ ހަތިޔާރު އެޅި ލަޝްކަރު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވެއްޓުމަށް މަސައްކަތް ނުކުރާނެއެވެ. މިނަޒަރުން ވިސްނާހިނދު، ރައްޔިތުންގެ ސިކުނޑީގެ ތެރެއިން، ނިޒާމުތަކުގެ މައްޗަށް އެކަށައެޅިފައި އޮންނަ ޑިމޮކްރަޓިކް ތިޔަރީތައް ފޮހެލުމަށް ނުވަތަ ސަރުކާރުގެ ހައިބަތުގެ މުހިއްއްމު ޤާނޫނީ ސިފަ ރައްޔިތުންގެ ވިސްނުމުން ބޭރުކޮށް ލެވުމަށް ކުރީގެ އުސޫލުތަކުގެ މައްޗަށް ލޯބިކުރާ ބަޔަކު އަޑީގައި ތިބެ ގަދަވެ ގަތުމަށް ކުރާ މަސައްކަތަކީ، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އުސޫލުތަކާއި ޚިލާފު އަމަލުތަކެވެ. ވީހިނދު، މިއަދު އަޅުގަނޑު މެންގެ ރާއްޖޭގެ ސިޔާސީ އަދި އިގުތިސާދީ މާޒީގެ އާއްމު ހާލަތައް ބަލާ އިރު، އެނބުރި ބޯދާ އުސުލުތަކުގެ މައްޗަށް ވެރިކަމުގެ ބާރުތައް ނަގުލު ކުރެވޭކަށް ނެތެވެ. ސަބަބީ، ކުރީގެ ވެރިކަމުގެ އުސޫލުން މިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މައްޗަށް އޭގެ ޒާތުގައި ދައުލަތުގެ މަތިވެރި ވާޖިބު އަދާ ކުރެވިފައި ނެތެވެ.
Comment by Siyaasee / Huludoo — Thursday, March 11, 2010 @ 2:04 pm
ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ނަޝީދެވެ’ ސިފައިންގެ ޤާނޫނަށް ބަދަލު ގެނެސްފިނަމަ، ދިވެހިންގެ ހަތިޔާރުއެޅި ލަޝްކަރުގެ މައްޗަށް ނުރަށްކާ އެބައޮތެވެ. ސަބަބު ސިފައިންނާއި، ފުލުހުންނަކީ، ސިޔާސީ ކަންކަމުން ދުރުވެ ގައުމާއި ރައްޔިތުންގެ ދިފާޢުގައި ހަރަކާތް ތެރިވުމަށް ދެމިތިބެންޖެހޭ ބައެއްކަމަށް ވީހިނދު، ހަތިޔާރުއެޅި ލަޝްކަރުގެ އެންމެ އިސް ދެ އޮފިސަރުން ޢައްޔަން ކުރުމާއި، ވަކިކުރުމުގައި މަޖިލީހުގެ ރުހުން ހޯދުމުގެ މައްޗަށް ސިފައިންގެ ޤާނޫނު ބަދަލު ކޮށްފިނަމަ، އެވަގުތެއްގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެއްގެ ރުހުން ހޯދުމަށް ޠަބީޢީ ގޮތުން ސިފައިންނާއި ފުލުހުންނަށް މަޖުބޫރު ވާނެއެވެ. އެހެންކަމުން ގައުމުގެ ސަލާމަތާއި، ތަރައްޤީއަށް، ނުރަތްކާ އެބައޮތެވެ. ރާއްޖޭގެ ސަލާމަތާއި، ތަރައްޤީއަށް ހުރަސް އެޅޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި އެހެން ވެގެންނެވެ. ހަގީގަތުގައި ކުޅުދުއް ފުށީ ދެކުނު ދާއިރާގެ މެންބަރު ސިފައިންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލްފާސް ވެއްޖެނަމަ، ޔަގީނުން ވެސް ސިފައިންގެ ޚިދްމަތްތަށް ތަރުތީބު ކުރައްވަން ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވާ ސިޔާސަތުގެ މައްޗަށް ވަރަށްބޮޑަށް އުނިކަން އަންނާނެއެވެ. އެހެނީ، ސިފައިންނަށް އަމުރު ހިންގުމުގެ ގާނޫނީ އަދި ސިޔާސީ ވާފަށަކީ، ސިފައިންގެ އިސް ދެ އޮފިސަރުންގެ ދެމަގާމުކަމަށް ވީހިނދު، އެ ދެމަގާމަށް މީހުން އިސްކުރުމާއި، ވަކިކުރުމުގައި މަޖިލީހުގެ ދައުރު އޮންނަގަތަށް ސިފައިންގެ ގާނޫނު ބަދަލު ކޮށްފިނަމަ، ގައުމުގެ ހަމަޖެހުމާއި، ތަރައްޤީއަށް ނުރަތްކާ އެބައޮތެވެ. ގާނޫނު އަސާސީގެ 106 މާއްދާގެ ށ. ގެ މަޙުފޫމުގެ މައްޗަށް ބިރު އެބައޮތެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިއްޒްތްތެރި މެންބަރު މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ސިފައިންގެ އިސް ދެ އޮފިސަރުން ޢައްޔަން ކުރުމާއި، ވަކިކުރުމުގައި މަޖިލީހުގެ ރުހުން ހޯއްދަން ޖެހޭ އުސޫލު ސިފައިންގެ ގާނުނުގައި އޮތުމަށް ބާރު އަޅުއްވާ ޙިކުމަތަކީ، ކޮބާ ހެއްޔެވެ؟
Comment by Hassan Mahir / Huludoo — Wednesday, March 17, 2010 @ 2:15 pm
ޤާސިމް އިބްރާހީމެވެ’ ގަބޫލު ކުރަމެވެ’ މުޖުތަމަޢެއްގެ ތެރޭގައި ސިޔާސީ ޕާޓީތަކުން އަދާ ކުރަންޖެހޭ ގައުމީ މަސްއޫލިއްޔަތާއި ސިޔާސީ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންކަން ސިޔާސީ ގޮތުން ކުރަން ޖެހެއެވެ. މިމޭރުމުން ވިސްނާ އިރު، މުޖުތަމަޢުގެ ތެރޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުން ސަރުކާރަށް ބިނާކުރަނިވި އުސޫލުން ސުލަޙަވެރި ކަމާއެކު، ފާޑު ކިޔަން ޖެހެއެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް, ރާއްޖޭގައި އުފެދިފައިވާ ކުދިކުދި ސިޔާސީ ޕާޓީ ތަކަކީ، ސިޔާސީ ޕާޓީތަކުގެ ގޮތުގައި ޝަރުޠު ހަމަވާ އަދި ޕާޓީގެ އެހެނިހެން ގުނަވަން ފުރިހަމަ ގޮތުގައި މަސައްކަތް ކުރާ ޕާޓީތަކަށް ވުމަށް ގޮވާލަމެވެ. ނަމުން ބޮޑު ސިޔާސީ ޕާޓީއެއްގެ ލަގަބު ލިބި ނަމަވެސް ޕާޓީގެ ގުނަވަން ފުރިހަމަނުވެ ޕާޓީ ހިނގާ ނުހިނގާގޮތް ޕާޓީގެ މެންބަރުންނަށް އެނގިވަޑައި ނުގަންނަވާ ކަތާވަ ހޮނދެއި” ވެޑެނަރަކަ” ސިޔާސީ ޕާޓީތަކަކީ ދިވެހި ރައްޔިތުންނާއި ދަޢުލަތަށް ގެއްލުން ހުރި ޕާޓީތަކެވެ.
އައްޑޫ އަލްފަޤީހު އަލް އާލިމު އިބްރާޙިމް ބަހާއުއްދީން (ފަނޑިޔާރު ތައްޚާނުގެ ދޮންމަނިކުގެ ބޮޑު ހެލަވަން ވެސް ހުޅުދޫ އަތިރި މަތީގައި އެބަހުއްޓެވެ. އެހެލަވަނުން ގެރި ބޭނުންކޮށް ކޮފްރާއިން ތެއުހާނާ ނަހަދައެވެ. ވީހިނދު، އެހެލަވަނުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މިމޭރުމުން ވިސްނާ އިރު، މިފަދަ ކުދިކުދި ސިޔާސީ ޕާޓީތަކުގެ މިސާލަކީ މިއެވެ. ރަޖިސްޓްރީ ކުރުމަށް ފަހު ހިނގާދިޔަ ދިގު މުއްދަތުގައި ކޮންގުރެސް ނުބާއްވާ މެންބަރުންގެ ރުހުން އޮތް ގޮތުގެ މައްޗަށް ޕާޓީގެ ގުނަވަންތައް މަސައްކަތް ނުކުރާ އަދި އެޕާޓީގެ މެންބަރުން ނަށް ޕާޓީގެ ކަންކަން ހިނގާގޮށް އެނގިވަޑައި ނުގަންނަވާ ޕާޓީތަކަށް ވީހިނދު، މިއީ ސިޔާސީ ޕާޓީތައް ހިންގަން ޖެހޭ ގޮށްތޯ ދިވެހިގައުމީ ޕާޓީއަށް ނިސްބަތްވާ އަޅުގަނޑުގެ އާއިލީ 6 މެމްބަރުން އެބަ ސުއާލު ކުރެއެވެ. އަދި ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ އަޅުގަނޑުގެ އަޚުންތަކެއް ވެސް އަޅުގަނޑުގެ ކިބައިން، އެބަ ސުއާލު ކުރެއެވެ.
ވީހިނދު، ސިޔާސީ ގޮތުން ޕާޓީގެ ގުނަވަންތަކާއި، އުސޫލުތަށް ފުރިހަމަ ނުކޮށް، ތިބި ބަޔަކު އަމިއްލަ ގޮތުން ނުފޫޒެއް ނެތި އިސްތިއުފާ ދެއްވުމަށް ފަހު ސަރުކާރާއި މެދު މިއަދު ދައްކަވާ ވާހަކަތަކުގެ މައްޗަށް ސުއާލު އެބަ އުފެދެއެވެ. ސަރުކާރުން މި ދައްކާ ވާހަކަތަކާއި، މި އަޑުތަކަކީ މުޅިން ވަކި ބައެއްގެ ބޭނުމަށްޓަކައި ސަރުކާރު ހިންގަން ތިބި ބައެއްގެ ނުވަތަ އެ ޕާޓީގެ ބެނުމުގައި ކުރަމުން ގެންދާ ކަންތައްތަކެއް،ކަމުގައި ޤާސިމް ވިދާޅުވުމުގެ މުރާދަކީ، ކޮބާހެއްޔެވެ؟ ޖުމްހޫރީ ޕާޓީއާއި، ޢަދާލަތު ޕާޓީ އާއި ޤައުމީ އިއްތިޙާދާއި ގައުމީ ޕާޓީ. އެކުވެގެން އެކުލަވާލި ސަރުކާރުން ޑރ ޙަޞަން ސަޢީދާއި ޤާސިމް އިބްރާހިމް ސަރުކާރުން ވަކިކުރެއްވީ ކާކުހެއްޔެވެ؟
Comment by Hassan Mahir / Huludoo — Wednesday, March 17, 2010 @ 3:42 pm
ގައުމީ ޕާޓީއެވެ’ މުޖުތަމަޢެއްގެ ތެރޭގައި ސިޔާސީ ޕާޓީތަކުން އަދާ ކުރަންޖެހޭ ގައުމީ މަސްއޫލިއްޔަތާއި ސިޔާސީ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންކަން ސިޔާސީ ގޮތުން ކުރަން ޖެހެއެވެ. މިމޭރުމުން ވިސްނާ އިރު، މުޖުތަމަޢުގެ ތެރޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުން ސަރުކާރަށް ބިނާކުރަނިވި އުސޫލުން ސުލަޙަވެރި ކަމާއެކު، ފާޑު ކިޔަން ޖެހެއެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް, ރާއްޖޭގައި އުފެދިފައިވާ ކުދިކުދި ސިޔާސީ ޕާޓީ ތަކަކީ، ސިޔާސީ ޕާޓީތަކުގެ ގޮތުގައި ޝަރުޠު ހަމަވާ އަދި ޕާޓީގެ އެހެނިހެން ގުނަވަން ފުރިހަމަ ގޮތުގައި މަސައްކަތް ކުރާ ޕާޓީތަކަށް ވުމަށް ގޮވާލަމެވެ. ނަމުން ބޮޑު ސިޔާސީ ޕާޓީއެއްގެ ލަގަބު ލިބި ނަމަވެސް ޕާޓީގެ ގުނަވަން ފުރިހަމަނުވެ ޕާޓީ ހިނގާ ނުހިނގާގޮތް ޕާޓީގެ މެންބަރުންނަށް އެނގިވަޑައި ނުގަންނަވާ ކަތާވަ ހޮނދެއި” ވެޑެނަރަކަ” ސިޔާސީ ޕާޓީތަކަކީ ދިވެހި ރައްޔިތުންނާއި ދަޢުލަތަށް ގެއްލުން ހުރި ޕާޓީތަކެވެ.
އައްޑޫ އަލްފަޤީހު އަލް އާލިމު އިބްރާޙިމް ބަހާއުއްދީން (ފަނޑިޔާރު ތައްޚާނުގެ ދޮންމަނިކުގެ ބޮޑު ހެލަވަން ވެސް ހުޅުދޫ އަތިރި މަތީގައި އެބަހުއްޓެވެ. އެހެލަވަނުން ގެރި ބޭނުންކޮށް ކޮފްރާއިން ތެއުހާނާ ނަހަދައެވެ. ވީހިނދު، އެހެލަވަނުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މިމޭރުމުން ވިސްނާ އިރު، މިފަދަ ކުދިކުދި ސިޔާސީ ޕާޓީތަކުގެ މިސާލަކީ މިއެވެ. ރަޖިސްޓްރީ ކުރުމަށް ފަހު ހިނގާދިޔަ ދިގު މުއްދަތުގައި ކޮންގުރެސް ނުބާއްވާ މެންބަރުންގެ ރުހުން އޮތް ގޮތުގެ މައްޗަށް ޕާޓީގެ ގުނަވަންތައް މަސައްކަތް ނުކުރާ ނަމުން ސިޔާސީ ޕާޓީ ކަމުން ވެޑެނަރަކަ އަދި އެޕާޓީގެ މެންބަރުން ނަށް ޕާޓީގެ ކަންކަން ހިނގާގޮށް އެނގިވަޑައި ނުގަންނަވާ ޕާޓީތަކަށް ވީހިނދު، މިއީ ސިޔާސީ ޕާޓީތައް ހިންގަން ޖެހޭ ގޮށްތޯ ދިވެހިގައުމީ ޕާޓީއަށް ނިސްބަތްވާ އަޅުގަނޑުގެ އާއިލީ 6 މެމްބަރުނާއި، އަޅުގަނޑަށް ތާއިދުކުރި 30 މެންބަރުން އެބަ ސުއާލު ކުރެއެވެ. އަދި ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ އަޅުގަނޑުގެ އަޚުންތަކެއް ވެސް އަޅުގަނޑުގެ ކިބައިން، އެބަ ސުއާލު ކުރެއެވެ.
ވީހިނދު، މިވާހަކައަކީ ވެސް ދިވެހި ރައްޔިތުން މިއަދު ދައްކަންޖެހޭ، ވާހަކައެކެވެ. މިއުސޫލުން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި އެއްވެސް ބަޔަކަށް ލިބޭނަމަ، އެވާހަކައެއް ދެއްކުމަކީ، ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. އެކަންހާމަ ކުރަންޖެހެއެވެ. އެގޮތުން ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ލިބިވަޑައި ގަންނަވާ މުސާރައިގެ އިތުރުން އޯވަރ ޓައިމްގެ ގޮތުގައި 15،000 ރުފިޔާއާއި 19،000 ރުފިޔާ އެބޭފުޅުން ނަންގަވާ ކަމަށް، ރައްޔިތުން މަޖިލީހުގައި ވަޒީރުންނާއި ސުވާލުކުރުމުގެ ގަޑީގައި ހެލްތު މިނިސްޓަރ ޑރ. އާމިނަތު ޖަމީލު ވިދާޅުވި ވިދާޅުވުމަކީ، ވަރަށް ބޮޑަށް ޙަޤީޤަތާއި ޚިލާފަށް، އަދި ވަރަށް ޣައިރު ޒިންމާދާރު ގޮތެއްގައި ވިދާޅުވި ވާހަކަފުޅެއް ކަމަށް ދެކޭކަމުގައި ދިވެހި ގައުމީ ޕާޓީން ވިދާޅުވުމަކީ، އަޖާއިބުވާން ޖެހޭ ކަމެއްނޫނެވެ. ތިޔަ ގައުމީ ޕާޓީ ނަމެއްގައި ހިންގަނީ ވަރަށް ޢައިރު ޒިންމާދާރު ގޮތަކަށެވެ. ތިޔަ ޕާޓީއަށް ނިސްބަތްވާ އެތަށް ބަޔަކު ތިޔަ ޕާޓީ ހިނގާގޮތާއި ޕާޓީން ކުރާ ޚަރަދުގެ ތަފްސީލް ހޯދުމަށް އެދެމުން އެބަދެއެވެ.
Comment by Hassan Mahir / Huludoo — Wednesday, March 17, 2010 @ 5:55 pm
ނަޝީދެވެ’ ﷲ އަށް ހަމްދުކުރަމެވެ. މަނިކުފާން ސިފައިންގެ ޤާނޫނަށް އިސްލަހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލާއި މެދު، އެންމެން ވެސް ކަންބޮޑުވިއެވެ. އެހެނީ، ސިޔާސީ ތަޖުރިބާ ކާރުން ހަރުދަނާ ދިރާސާ ތަކެއްގެ ތެރެއިން، މިހާތަނަށް ހޯއްދެވި ޕްރެޒިޑެންޝަލް ކޮންސެޕްޓް ބޭކާރުވުމުގެ ނުރަށްކާ މިކަމުގައި އޮތުމެވެ. ޕްރެޒި ޑެންޝަލް ސިސްޓަމުގެ މައްޗަށް ހިންގާ ވެރިކަމުގެ އުސޫލުތަކާއި، ޕާރލަ މެންޓްރީ ސިސްޓަމުގެ މައްޗަށް ހިންގާ ވެރިކަމުގެ އުސޫލުތައް ތަފާތު ވާނެއެވެ. މިސާލަކަށް ގައުމުގެ ދިފާޢީ ބާރުތަކުގެ އެންމެ އިސް މަގާމް ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި ޕްރެޒި ޑެންޝަލް ސިސްޓަމުގެ ތެރެއިން، ޖުމުލަ ގޮތެއްގައި އެބާރު ޤާނޫނީ ގޮތުން އޮންނަނީ، ހެޑްއޮފް ސަޓޭޓަށެވެ. ފަހަރެއްގައި ފިޑެރަލް ސްޓޭޓުސް ތަކުގައި ނުވަތަ އެމެރިކާގައި އެތާގެ ޑިފެންސްފޯސްގެ މަގާމަށް މީހަކު އައްޔަން ކުރުމުގައި އެގައުމުގެ އަސްކަރިއްޔާގެ ޖެނެރަލުންގެ މެދުގައި މީހަކު ހޮވާގަތަށް އޮވެދާނެއެވެ.
ނަމަވެސް ޖުމުލަ ގޮތެއްގައި ޕްރެޒިޑެންޝަލް ސިސްޓަމަށް ވެރިކަން ހިންގާ ގައުމުތަކުގައި ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމަށް މީހަކު އިސްކުރުމުގައި މަޖުލީހުގެ ދައުރު އޮންނަ ގޮތަށް ސިފައިންގެ ގާނޫނަށް އިސްލާހު ގެނައުމަކީ، މުޅި ސިފައިންނާއި ފުލުހުންގެ ވިސްނުމާއި، ރޫޙު ވާދަވެރި ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމެވެ. ޚާއްސަކޮށް ޑިމޮކްރަސީގެ ޅަފަތުގައި ފިރުކެމުންދާ ރާއްޖެފަދަ ގައުމެއްގައި އެއުސޫލު އޮތުމަކީ، މުޅި ވެރިކަމުގެ ސިޔާސީވެށި ކިލަނބު ވެގެން ދިއުމެވެ. އެހެންކަމުން މިއީ ދައުލަތުގެ މިނިވަންކަމާއި، ސިޔާދަތު ދެމެހެއްޓުމުގެ މަތިވެރި ޒިންމާ ޤާނޫނީ ގޮތުން އަދާ ކުރުމުގެ މުހިއްމު ގައުމީ މަސްއޫ ލިއްޔަތާއި ވާޖިބުތަކާއި، ހަވާލުވެ ތިބި ދައުލަތުގެ ބޮޑު އަމަނާތްތެރިޔާ ނުވަތަ ހަތިޔާރު އެޅި ލަޝްކަރު ގައުމީ މަސްލަހަތު ދޫކޮށް، ސިޔާސީ ކަންކަމުގައި ވާދަވެރި ވުމަށް ހުޅުވުނު ނުރައްކާތެރި ދޮރާށްޓަކަށް ވީހިނދު، މިއީ ޢިލްމުވެރިކަމާއި، ހިލްމު ވެރިކަމުން އެއްކިބާވެ ގައުމީ މަސްލަހަތުގެ މައްޗަށް ލޯބިނުކުރާ ޢަދަރުވެރި ބަޔަކުގެ މަކަރުވެރި ރޭވުމެކެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ވިސްނުމަކީ، ބައިނަލް އަގުވާމީ ފިލޯސަފިކް އިންތަކުން ނެއްޓިފައިވާ އަދި ރާއްޖޭގެ ދުސްތޫރީ ވެރިކަމުގެ ވެށި ތަޢައްޔަރު ކޮށް، ސިފައިންނާއި، ފުލުހުންނަކީ، ސިޔާސީ ޕާޓީއެއްގެ ވިސްނުން ހުރި ލަޝްކަރަކަށް ހެދުމުގެ އަމަލެކެވެ. ވީހިނދު، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ ދަށުން، ރައީސުލް ޖުމުހޫރިއްޔާގެ މައްޗަށް ލާޒިމުކުރާ އެންމެހާ ގާނޫނީ ބާރުތަކުގެ ތެރެއިން، އަދި ގާނޫނު އަސާސީގެ 106 މާއްދާގެ ށ ގައި ބަޔާންކޮށް ފައިވާ ދައުލަތުގެ އެންމެ މަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލް ޖުމުހޫރިއްޔާ ކަމަށް ވީހިނދު، ދިފާޢީ ބާރުގެ އެންމެ އިސް މަގާމް ކަމަށްވާ ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި މަޖިލީހުގެ ދައުރު އޮތުމަށް ސިފައިންގެ ގާނޫނު އިސްލާހު ކުރުމަކީ، ކަނޑައެޅިގެން ރައީސުލް ޖުމުހޫރިއްޔާ އަށް ގާނޫނު އަސާސީގެ 106 މާއްދާގެ ށ ގައި ބަޔާންކޮށް ފައިވާ ރައީސުލް ޖުމުހޫރިއްޔާގެ ޤާނޫނީ ހައިސިއްޔަތުގެ މައްޗަށް އުނިކަން ލިބުމެވެ.
ނަޝީދު، މަޖިލީހަށް ހުށްހެޅުއްވި ސިފައިންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް ރިޔާސަތުން ނިންމެވި ގޮތުގެ މައްޗަށް މަރުޙަބާ ކިއަމެވެ. ހަގީގަތުގައި ވެސް އެ ބިލުގެ މަސައްކަތް އެހިސާބުން ބާޠިލު ކުރައްވައި، މަޖިލީހުގެ އެހެނިހެން މަސައްކަތުގައި ޝާމިލްވުން މާ މުހިއްމެވެ
Comment by Hassan Mahir / Huludoo — Tuesday, March 23, 2010 @ 11:23 am